ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެ ރަށަށް ވަޑައިގެންފިއެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ފެތުރުނު ފަހުން، ގާތްގަނޑަކަށް ނުވަ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް ސޯލިހު ރަށަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި މިއަދު ހޯރަފުށީގައި ހުޅުވަނީ މި ސަރުކާރުން ތަރައްގީ ކުރި ފުރަތަމަ އެއާޕޯޓެވެ.

ހޯރަފުށީގައި އެޅި އެއާޕޯޓަށް ޓެސްޓް ފްލައިޓެއް ޖައްސަނީ.

ރައީސް ސޯލިހް މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. އެއާޕޯޓް ހުޅުވުން އޮތީ މެންދުރު ފަހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހޯރަފުށީގައި. ---ފޮޓޯ: ރައީސް އޮފީސް

އެއާޕޯޓު ހުޅުވުމުގެ ކުރިން މިދިޔަ ހޯމަ ދުވަހު އެއާޕޯޓަށް ޓެސްޓް ފްލައިޓެއް ވަނީ ޖައްސައިފައެވެ.

ހޯރަފުށީގައި އެއާޕޯޓު ތަރައްގީކުރީ އެމްޓީސީސީންނެވެ. މިއީ މި ސަރުކާރުން ފުރިހަމަ ކުރި އެންމެ ބޮޑު މަޝްރޫއެވެ. ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނިންމާލީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހޯރަފުށީގައި. ---ފޮޓޯ: ރައީސް އޮފީސް

އެ އެއާޕޯޓުގައި 37،425 އަކަ މީޓަރުގެ ރަންވޭއެއް ވަނީ އަޅައިފައެވެ. އަދި މަޝްރޫއުގެ ތެރެެއިން 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އަޅާފައިވާއިރު، ޓާމިނަލްގެ ކުރިމަތީ ސަވިސް ރޯޑު ގާއިމްކޮށްފައި ވެއެވެ. އަދި ޕަސެންޖަ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިން އިމާރާތެއް ވެސް ހުރެއެވެ.

ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ހެދި އެއާޕޯޓަށް 198 މިލިއަން ރުފިޔާ ހޭދަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ފަލި

    ތިޔާ ސައްލޭގެ މަސައްކަތްތަ ކޮބާތަ ނަހުލާ ހީވަނީ ސައްލޭ އަދި ޝާހިދުގެ ތަނެއްހެން

    8
    2
  2. ސިޔާމު

    ޝުކުރީއްޔާ ތަރަށްޤީގެ ބާނީ ރައީސް ޔާމީން

    40
    8
  3. ރާއްޖެ

    ވެރިން ކަރަންޓީނު ވާން ނުޖެހޭ ރައްޔިތުންނާއި ވެސް ބައްދަލު ކުރެވޭ. ކޮބާ މައިމޫނާ؟

    42
    2
  4. ތުނބުޅި

    ތިޔަ އެއާރޕޯޓ

    4
    1
  5. ތުނބުޅި

    ތިޔަ އެއަރޕޯޓް އަޅައިގެން ސަރުކާރަށް ވާނީ ގެއްލުން. ވަރަށްސާފުކޮށް މިބުނަނީ އިހަވަންދިއްޕޮޅުގެ އާބާދީއަކީ ގާތްގަނޑަކަށް ނުވަވަރަކަށް ހާސްމީހުން. އޭގެ ތެރެއިން ތިންބައިކޮއްފަ ދެބައި ދިރިއުޅެނީ މާލޭގަ. ޗުއްޓީއަކަށްވެސް ގިނަވެގެން ރަށަށް ދާނީ އަހަރަކު އެއްފަހަރު. ދެންއޮތީ ރިޒޯޓު. ސަރަހައްދުގަ އޮތީ އެންމެ ރިޒޯޓެއް. އެތަންވެސް އަދި ހިންގަމުންދަނީ ވާނުވާގަ. ދެންއޮތީ އިހަވަންދޫ. އިަހަވަންދޫ ރައްޔިތުންނަކީ ވަރަށް ގޮތުގަ ތިބޭ ބައެއް. ފުރަތަމަ ތިޔަ އެއަރޕޯޓް ގެ މިސްރާބު ގޯސްވީ ހޯރަފުށީ ރައްޔިތުންގެ އަމިއްލަ އެދުން ބޮޑުކަމުން. ހީވާކަހަލަ އެއަރޕޯރޓް އެޅީމަ ނިމުނިއްޔޭ. އެހެނެއްނުވާނެ. ހާދަހާ ޚަރަދެއް ދާނެ އޭ ތިޔަތަން އޮޕަރޭޓު ކުރަން. ތަސަައްވަރު ވެސް ނުކުރެވޭނެ. މަހަކަށް ދެލައްކަ ރުފިޔާ ޚަރަދު ނުކަނޑާ ޖެހުނަސް އެއީ ވަރަށް ބޮޑު ވަރު.

    17
    9
    • ހައްޤުބަސް

      ބުރޯ ހެސްޓްހައުސް އަދި ސިޓީ ހޮޓަލުގެ ދެ މަޝްޜޫއާ ދެ ރިސޯޓެއްގެ މަސައްކަތް ކުރިޔަށް ގެންދަނީ އެއް ރިސޯޓާ އެތަށް ގެސްޓު ހައުސްއެއް އޮޕަރޭޝަންގަ.. އިހަވަންދިއްޕޮޅު ސަރަހަށްދަށް އެތަށް ޕުލޭނެއް ގެންގުޅޭ ދުރުރާސްތާގަ އެއީ 8 ޑިގްރީ ޗެނަލުގެ އަނގަމަތި.. ނޭފަތު ކުރިން ވިސްނާ މީހުންނަށް ފެންނާނި ނުވަތަށް ހުރިހާކަމެއްވެސް.. ހުޅުލޭ އެއަރޕޯޓު ފުރަތަމަ އެޅިއިރު އެތަނަށް ޖައްސަނީ އަހަރަކު 2 ބޯޓު.. ކަންކަން ގުޅިލާމެހޭ ގޮތަށް ކުރީމަ ފައިދާވާނި.. ގުއި އަނގަ ތަޅައިގެން ވާނެ ކަމެއް ނެތް.. މިޔަށް ވުރެއް އާބާދީ މަދު ތަންތާނގަ އެއަރޕޯޓު އެބައޮތް

    • ރަސުން

      އިހަވަންދޫ ބައެއް ރައްޔިތުންނަކީ ވަރަށް ގުތްދޫނުކުރާ ބައެއް. އަތޮޅުގެ އެންމެން އެއަރޕޯޓް ފެހިކުރަން ގަސްއިން ދުމުގާ ބައިވެރިވިއިރު ތިރަށްމީހުން ބޮޑާކަމުން އެވަރު ކޮށްލަން ނުކެރުނު.

      • ތުނބުޅި

        މި އުޅެނީ އެއަރޕޯރޓް ގަ ގަސް ނުހެއްދިގެންތަ! ރުފިޔާ ގަސް އިންދާ . އޭރުން ފައިދާ ވާނެ.

    • ސޯލިހު

      މަހަކަށް އެންމެ ރުފިޔާއް ނުލިބުނަސް މަށަށް ހެޔޮ މަގޭ ރަށްއިތުން ލުއިފަސޭހަކަމާއެކު ދަތުރު ކުރެވެންޔާ ވަރަށް ސަލާން.

  6. ނ

    މާފިނޮޅުގައި އެޅިނަމަ ދެރަށަށް ވެސް ފައިދާ ވީސް އެކަން ނުކުރީ ޔާމިންގެ ކަމަކަށް ވާތީ....

    19
    6
    • އެހެންތަ

      ރަގަޅު މާބޮޑަށްވެސް ފައިދާވާނެ ދަތުރު ކުރަން ޖެހޭވަރު ދުރުވާނެ

  7. ޅޮލް

    ކޮބާ ދިޢްދޫ މެމްބަރު؟؟

  8. މައުމޫނު

    ކުރިން މައުމޫނު ބަނޑަށް ވަޅިކޮށްޕަން އުޅުނު ރަށެއްތީ؟

    12
    2
  9. ުޔ

    މަބޭނުން ދަރިންކޮޅާ ބއްދަލުކިރަން ރަށަށް ދާން ކަރަންޓީނު ނުވެ.

  10. ޙހހހ

    ކޮބާތަ އެޗްޕީއޭ ، ރައްޔިތުންމީހާ ބަނޑަށްޖެހިގެން ރަށަށްދާން އެދުމުންވެސް ޖަހާދެނީ 14 ، ބޮޑުކެކުރި ކުޑަކެކުރިކޮބާތަ

  11. ޒިންނީރާ

    ކޮވިޑް ފްރީ

  12. ނަޖްވާ

    ވަރަށް އަވަހަށް އެއަރޕޯޓު އަޅައިފި ދޯ؟ ކޮބާހޭ ޗާލު ނަޔާ؟

  13. ނަޖްވާ

    އަނހާ ކިހާ ހެއްވާހޭ މި ބުނީ މާލެ ސަރަހައްދުން ގޮސް ހަމަ މީހުންނާ ބައްދަލު ކޮށް ޖާފަތަށް ގޮސް ހުރިހާ ކަމެއް ކުރެވޭ!

  14. ހުސޭނުބޭ

    ރިބަންފަށް ކަޑާލަން ދިޔަ މީހެއް