ފިރިހެނުންގެ ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށްޓަކައި އަޅާލައި، އެހީތެރިވުން މުހިންމު ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިހެން ވިދާޅުވީ، ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ހުރިހާ ފިރިހެނުންނާއި ފިރިހެން ކުދިންނަށް އަރިސްކުރަމުން ކުރި ޓްވީޓެއްގައެވެ.

މި އަހަރުގެ ޝިއާރަކީ 'ފިރިހެނުންނާއި ފިރިހެން ކުދިންނަށް ދުޅަހެޔޮ ސިއްހަތު’ އެވެ.

ޖެންޑާ މިނިސްޓްރީން ވިދާޅުވީ، ‏‏ފިރިހެނުންނާއި ފިރިހެން ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށްޓަކައި މުޖުތަމައު އަދި އާއިލާ ތެރޭގައި އެކަކު އަނެކަކަށް އަޅާލައި އެހީތެރިވުން މުހިންމުކަމަށެވެ.

‏ޖެންޑާ މިނިސްޓްރީން ވިދާޅުވީ، ފިރިހެނުންނާއި ފިރިހެން ކުދިންގެ ސިއްހަތާއި، ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމާއިއެކު، މިންތީގެ ގުޅުންތައް އާލާކޮށް، ދިރިއުޅުމުގައި އަދި އާއިލާ ބިނާކުރުމުގައި ފިރިހެނުން އަދާކުރާ ދައުރުގެ މުހިންމުކަން ފާހަގަކުރާ ކަމަށެވެ

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަރޭ

    ފިރި ހެނުންނަށް މިބަސް ދަސް ކޮށް ނުދީ.މިބަސް ވެސް ނެތް ބަހަކަށް ހަދަންފެނޭ.މިބަހުގެ ސަބަބުންވުސްބައެއްމީހުންބަލިވޭ.

  2. ނަޝްފާ

    ހޫނ އިބޫ ގެ ކުލާސް ޓީޗަރު ދޯ މީ.

  3. އަކްރަމް

    ޖެންޑަރ އަކީ އަނިޔާވެރިކަން ބޮޑު ތަނެއް. އެތާ މުވައްޒަފުން އަނިޔާވެރިވެ އެމީހުންގެ ހައްގު ނުލިބިގެން އުޅޭއިރު އެމޒިހުންނަށް އެހެންބަޔެއްގެ ހައްގު ހޯދަން އުޅެވޭނެތަ؟ ޖެންޑަރ ރިފޯމްކުރޭ..

  4. ޖަސްޓް

    ލޮލް

  5. ޖެންޑާ

    ޖެންޑަާ އޮންނަނީ ނަމަކަށް، ވާ އެއް ކަމެއް ވެސް ހަރާމް. ކުޑަކުދިންގެ ހައްގެއް ވެސް ރައްކާތެރިއެއް ނުކުރެވޭ. ގިނަފަހަރަށް އޮނަނީ ކަންތައް މާމައްޗަށް ދުއްވާލާފަ ގިނަފަހަރުއެކަމާ ހެދި ކުއްޖާއައް ލިބެޭ އަނިޔާ އޮނަނީ ބޮޑުވެފަ.ޖެންޑާއިން ކުއްޖާގެ ވާހަކަ އަޑު ނާހާ ރަގަޅަކަށް ގޭތެރޭ އުޅޭ އެހެން މީހުންގެ ވާހަކަ އައް ބަރޯސާވަނީ، ކިތަންމެ ގާތްމީހެއް ގެ ފަރާތުން ވެސް ކުއްޖާއް އަނިޔާލިބިފަ ހުރޭ. ޢެފަދަ މީހުންގެ ވަހަކައް ބަރޯސާވެ ކުއްޖާ އެމާހައުލައް ދޫކޮށްލަނީ. 2 ވަނަ ފަހަރަށް މައްސަލަ ޖައްސަފާނެ ތީ ކުއްޖާ ހުންނަނީ ފިއްތާލާފަ ބިރުދައްކާފަ. ަަަަަަަ