އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް ރަނގަޅު ކަމަށާއި އެ ބަޖެޓް ކަމުނުގޮސްގެން އުޅެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުން ވައްޓާލަން ބޭނުންވެގެން އުޅޭ ބަޔަކު ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ އެތެރޭގެ މީސް މީޑިއާ ގްރޫޕްއަކަށް ފޮނުވި މެސެޖެއްގައި މާމިގިލި ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ގާސިމް މިފަދަ މޭރުކަމުން ވިދާޅުވެފައިވަނީ، މި ބަޖެޓަށް ތާއީދު ނުކުރައްވާ ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ.

މިދިޔަ ތިން ދުވަހު މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓް ބަހުސްގައި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވަނީ ޑެފިސިޓް ބޮޑު ބަޖެޓެއް ފާސްކުރަން ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފުޓްސަލް ދަނޑުތަކާއި ބައެއް އިމާރާތްތައް ހަދަން ބަޖެޓްގައި ހިމެނުމުން އާމްދަނީ ނުލިބޭ އެފަދަ ކަންކަން މި ހާލަތުގައި ބަޖެޓްގައި ނުހިމެނުމަށް ބައެއް މެންބަރުން ވާހަކަ ދެއްކެވިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވެސް މިކަން ފާހަގަކުރައްވައެވެ. އިދިކޮޅު ކޯލިޝަންގެ މެންބަރުން ވަނީ ބަޖެޓް އަނބުރާ ގެންގޮސް އަލުން ހަރަދު ކުޑަ ބަޖެޓެއް ގެނައުމަށް ގޮވާލައްވައިފައެވެ. އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ގޮވާލެއްވީ ގާތްގަނޑަކަށް 25 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުއްވުމަށެވެ.

މި ކަންކަން ފާހަގަކުރައްވައި ގާސިމް ފޮނުއްވި މެސެޖްގައި ވިދާޅުވީ މީގެ ކުރިން ވެސް ބަޖެޓް ފާސްކުރަނީ ދަރަނި ބޮޑުކޮށް ކަމަށެވެ. މިހާރު ހުށަހެޅިފައިވާ ބަޖެޓް ވެސް ރަނގަޅު ކަމަށެވެ. ގާސިމް ދެކެވަޑައިގަންނަވާ ގޮތުގައި ބަޖެޓްގައި ހިމެނިފައިވާ އަދަދު ކުޑައެވެ. ގާސިމް ވިދާޅުވީ އެ އަދަދު އިތުރު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ކާބަފައިން ދެއްކި މަގުން ހިނގަން ފަށަންވީ. ހަމަ މިހާރު ލަސްނުކޮށް ކުރިއަށް ދާންވީ މި ދެންނެވި މަގުން. މި ދެންނެވި ގޮތަށް ބަލާއިރު މި ބަޖެޓް އަދި ކުޑައީ. މިއަދު ރައްޔިތުންނަށް އެހީވާންވީ ވެވުނު ގޮތަކުން. ވެވުނު އެންމެ ބޮދު އެހީތެރިކަމެއް." ގާސިމް ފޮނުއްވި މެސެޖެއްގައިވެއެވެ.

"މި ގޮތަށް ދަރަނިކޮށް ފާސްކުރިޔަސް އެ ފައިސާ ލިބިގެން ނޫނީ ހަރަދު ނުކުރެވޭނެތާ ދޯ؟ ކޮންމެ އަހަރަކު ވެސް ފާސްކުރާ ބަޖެޓްގައިވާ ހުރިހާ ފައިސާއެއް ނުލިބޭ. އަދި ހަރަދު ވެސް ނުކުރެވޭ ދޯ؟" ގާސިމް ފޮނުއްވި މެސެޖްގައިވެއެވެ.

ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އަމަލު ކުރަމުންދާ ގޮތުގެ ސަަބަބުން ސަރުކާރަށް އިތުރު އަނދަގޫތައް ކުރިމަތިވާ ކަމަށެވެ. އެ ކަންކަން ނުކޮށް ސަރުކާރަށް އެއްބާރުލުންދީ، ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މެންބަރުން ހިމެނޭ ގޮތަށް ހުރިހާ މެންބަރުންނަށް ގާސިމް ގޮވާލެއްވިއެވެ.

"މި ކަމު ނުގޮސް އުޅެނީ ރައީސް ވެރިަކމުން ވައްޓައިނުލިވެގެން އެ ކަމާ އުޅޭ މީހުން. މި ގޮތަށް މުޅި ގައުމު ތާށިވީމަ މަޖިލީހުން ތިޔަ ގޮތަށް ތާށި ކުރީމަ ޖެހޭނީ ބަނޑަށް. އެއީ ތިޔަ ކުރައްވަން އުޅުއްވާ ކަމަކީ. އެހެން ހަދައިގެން ނުވާނެ." މަޖިލީހުގެ ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ސޭޓު

  ގާސިމޫ އެހެނެއް ނޫން ވަނީކީ!! ދެކޮޅު ނުޖެހޭ އަދަދު ތަކެއް ނެރެގެން ރައްޔިތުން ގުނބޯ ހައްދާފައި ހުރިހާކަމެއް ޔާމިނު ބޮލަށް ޖަހަންވެގެން. ގާސިމު ތިހެން ތިބުނީ މޑޕ އައް އޮތް ހީޓް ދައްކޮއްލަން އަނެއްކަވެސް އަނދުނެއް އަޅުވާލީ އެންމެން ރާވާފަ!! އަންނި އާއިއެކު އެއްމޭޒެއްގަ ސައްލާކޮއްފަ ފޮނުވިޓްވީޓެއް!! ލޮލް

  34
  1
 2. މާމިގިލީ މީހާ

  ބޯގޮވި ކަލޭގެ. ކޯވިޑް19 ޖެހިދާނެތީ ފިލާ އޮވެގެން ކޯއްޗެކޭ ކިޔާކައްތަ. މުއައްޒިފުންނައް ހަމަ މުސާރަ ނުދީ. ފިރުއައުނު

  36
  1
 3. ކޮވިޑް

  ބުނަން އޮތް އެތި ބޮޑު ކަމުން މަ ހަނު

  31
 4. ރު ޑި ކާޅު

  ފިރު އަޢައުންގެ ނިންމުން ހަލާކު ކުރަށްވާށި އާމީން:

  31
 5. އދ.

  ކަލޭ އައ އް މި އަދު ކޮންމެގޮތެ އްވެސް ރަގަޅުވާނެ ކަލޭ އަ އް ބަޑު އއަޅާލެވުނީމާ ފުދުނީ އެވަރަ އް ލިބެ އްޖެ އްނޫ ( ތީމިގަ އުމު މިހާލަތަ އްދު އްވާލި ޖާހިލް ގަ އުމަ އްޓަކާ ދީނަ އްޓަކާ ގޮވަނުން )

  31
 6. ކޮރޯނާ

  މިކަލޭގެ އިބޫ ސޯލިހު ދެކެ މިހާ ލޯބިން މި އުޅޭ ސަބަބެއް ހޯދަން ވެެއްޖެ.

  32
  • ބުޅާވަތީ

   ޢެންމެ ލޯބިވާ އަނބި ވަޒީ ރު. ޢެހެންވީ މަލޯބި ވާނެއނި

 7. ކެޔޮޅުބެ

  ގާސިމްގެބޯ ކަޅުކުރާގޮތަށް ބަހެޓުވެސް ވަނީ ކަޅުކޮށްފަ ދެން ގާސިމުއަށް އޯކޭވާނެތާ .

  30
 8. ހުސޭނުބޭ

  ދީނާއި ޤައުމުގެ ދިފާޢުގައި ނުކުންނަ މީހާ ތިއިނީ އަމިއްލަ އެދުމުގެ ދިފާޢުގައި ނުކުމެ! ބަޖެޓުން ބަހާފައި ލިބޭ އެތިކޮޅުގެ ބޭނުމުގައި ސަނާކިޔާލަކިޔާލަ!

  35
 9. މާމީ

  ގާސިމް އިބުރާހިމް ވެސް އެވިދާޅުވީ ރައްޔިތުން ފެލާގެން ވެސް ސަރުކާރައް ފައިސާހޯދަން މިބޖެޓު ރަގަޅުވާހަކަ ... އަވަހައް ޕޮލިހުން ނިކުމެ ރައްޔިތުމީހާނެ ބުރަކަށީގަވެސް އިސްޓިކާޖަހައިގެން ނަމަވެސް އަދަދު ހަމަކޮއްދީ... ރައީސް ވެސް ވިދާޅުވީ ހާލަތާ ގުޅޭ ވަރައް ފުރިހަމަ ބަޖެޓެއްކަމައް ބާރައް އަތްޖަހަންވީ....

  35
 10. މާމިގިލިފާތުން

  މމިޔޮއްހާދުވަހު ފިލާއޮވެފަ ހޯއްގޮވާފި. އަހޭ ކީއްކުރަންތަ އަގަފުޅާކުރީ. ހަނީ މޫންދުވަސްކޮޅުދޯ މީ. ސޭޓް ފެލަންސަރުކާރަށް ކެރޭނެބާ. ސޭޓްގެ ރިސޯޓްގައި ހުއްދަ ނުހޯދާ އަޅާހާއި މާރަތްތަކާއި ތަންތަނުން ސަރުކާރަށް މަހުޖަނު ދޮގުހަދާފަ ކީކޭ މިގޮވަނީ ސްޓަރފުންނަށް ހަ މަމ މުސާރަ ދީބަލަ ސްޓަރފުން ފެލާގެން އުޅެން މިޖެހެނީ.

  18
 11. ޤާރޫނު

  ޤާރޫނުމީ މިޤައުމުގެ ހަލާކަކީ މިކަހަލަމީހުން އެނބުރޭނީ އެއިރެއްގަ ވައިހުރިކޮޅަކައް އެއީ އެންމެގިނައިން އޭނަޔައްލިބޭކޮޅު

  16
 12. ސިއްތި

  ރައްޔިތުން މަޖިލިސްބަލައި ގާސިން މަޖިލީހަށް ނުގޮސް ބަޖެޓް ހަދާނެއެއްޗެއް ހަދަން ދޫކޮށްލީތާ ޤާސިމަށް އިތުބާރެއްނެތް

 13. ހުސެން

  މިއީ އެއްކަލަ ނަހުލާގެ ބޯނެއް ދެކޮޅައް އެނބު ރޭ ރުމާ ދޯ..

 14. މާމިގިލިފާތުމާ

  ސޭޓޫ މަޖުލިސް ކިތައްޖަލްސާގަ މިއަހަހަރު ބާވެ ރި ވެވިއްޖެ. ސޭޓް މާމިގިލި ދާއި ރާއިން އިސްތިއުފާދީ. ރައްޔިތުން މީގެން ސަލަމަތްވާން އެބަޖެހޭ. މިނޫންމީހަކާ ހަވާލުކުރަން ހިގާ