ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ބިންގާ އަޅަން ފަށައި، ހަމަ އެ ބާރު މިނުގައި މަޝްރޫއުތައް ނިންމާ ސަރުކާރެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށި އެއާޕޯޓް ހުޅުވުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ހޯރަފުށި އެއާޕޯޓްގެ މަޝްރޫއު އަވަހަށް ނިންމައި އެއާޕޯޓްގެ ހިދުމަތް މި ސަރަހައްދުގެ ރައްޔިތުންނަށް ދޭން ފެށުމުގެ މަރުހަލާއަށް އައީ އަތޮޅުތައް ތަރައްގީ ކުރުމުގެ ސިޔާސަތު ރައީސް ގެންގުޅުއްވާތީ ކަމަށެވެ.

"މި އެއާޕޯޓަކީ ރައީސްގެ ކެމްޕޭން ވައުދެއް، މިއަދު މި ވައުދު އެ ވަނީ ފުއްދަވާފައި. މި ރަށާއި މި އަަތޮޅުގެ ރައްޔިތުންގެ ނަމުގައާއި، ހޯރަފުއްޓަށް އުފަން ދަރިއެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ފަށްފަށުން ޝުކުރު ދަންނަވަން،" ހޯރަފުއްޓަށް އުފަން މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ހޯރަފުށި އެއާޕޯޓްގެ ސަބަބުން ހއ. އަތޮޅުގެ ސަރަހައްދުގައި އިތުރު ވަަޒީފާގެ ފުރުސަތުތަކާއި އިގްތިސާދީ އާ ހަރަކާތްތައް ފެށުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އުތުރުގެ އިގްތިސާދު ކުރިއަރާނެ ނާރެހަކަށް އެ އެއާޕޯޓް ވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރަކީ ތަރައްގީގެ މަޝްރޫއުތަކުގެ ބިންގާ އަޅައި، ހަމަ އެ ބާރު މިނުގައި އެ މަޝްރޫއެއް ނިންމާ ސަރުކާރެއް، އަޅުގަނޑުމެން ދެމިތިބޭނީ އިގްތިސާދީ އަދި އިޖްތިމާއީ ދެމެހެއްޓެނވި ހައްލެއް ހޯދައިދޭ ބަޔެއްގެ ގޮތުގައި،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓް ހަރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. މި މަޝްރޫއު ބަދަލުކޮށް އަމަލީ މަސައްކަތް ފެށުނީ ވެސް މި ސަރުކާރުގައެވެ. މިއީ މި ސަރުކާރުގައި ފަށައި ހުޅުވި ފުރަތަމަ ބޮޑު މަޝްރޫއެވެ.

ހޯރަފުށީގައި އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ އެމްޓީސީސީއާ ހަވާލު ކޮށްގެންނެވެ. އެއީ ހޯރަފުށި ފަޅުގައި 345،000 އަކަ މީޓަރުގެ ބިމެއް ހިއްކުމަށް ފަހުގައެވެ. އެ އެއާޕޯޓްގައި ވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއެކެވެ. 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގެއް ވެސް އެ އެއާޕޯޓްގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ލޫޓުވާ

    ދެން ލައިސަންސް ނުދެވިގެން މިއުޅެނީ ބިންގާ އަޅާފައިނުވާތީތޯ؟؟؟؟ ނޫނީ ޔާމީނު ސަރުކާރުން ކަންކުރިގޮތުން އަދިވެސް ހަމަޔަކަށް ނޭޅިގެންތޯ. ނޫނީ ޔާމީނު ވެރިކަން ކުރީމަތޯ؟؟؟ އަނގަނާރުވާ އެހެންކަމަކާ އުޅެބަލަ.

    64
    1
  2. ލޫޓުވާ

    ތީ އިންޑިޔާއަށް ހަދިޔާކުރަން ޖެހޭގޮތަށް އިންޑިޔާއިން ޚަރަދުކޮށްހގެން ހެދި އެއަރޕޯޓެއް. އިބޫއަކަށް ތިކަހަލަ ކަމެއް ނުކުރެވޭނެ. އެހެންނަމަ ރަށެއްގަ ނަރުދަމާއެއް އަޅާލެވޭނެތާ

    62
    1
  3. ހުސޭނުބޭ

    ކިތައް މަޝްރޫޢު އަމިއްލައަށް ފަށައިގަނެގެން ނިމިގެންތަ ތި އުޅޭނީ! ތި އެއަރޕޯޓަކީ ޔާމީނު ވަކިގޮތަކަށް އަޅާން ނިންމާފައި އޮތްތަނެއް! އެތަނަށް ކުޑަ ބަދަލެއް ގެނެސްފައި ތިކަން ކުރީމާ އެއީ އަދި ކަލޭމެން އަމިއްލައަށް ފަށައި ނންމި ކަމެއްނޫން!

    72
    2
  4. މުހައްމަދު އަންޖުމް

    އެހެންވީމަތާ އަލީވަހީދާއު ވަލުދޮރޯށިން ބޭރުގައި ކާމިޔާބް މަޝްރޫއުތައް ގިނަކޮށް ކުރުމުއްދަތެއްގައި ނިމުނީ އޯޑިއޯ އަޑުއަހާލީމާ އެކަން ސާފްވެއްޖެ މިހާރުވެސް ބަދުއަޚްލާގީ މަޝްވަރާތައް ހިންގަމުން ގެންދާކަން އިގޭ ލަދުކުޑަ ކިނބޫ ސަރުކާރުން

    59
    1
  5. ވިސްނާލުމަށް އެދެމޭ

    މޮޔަނުގޮވާ...ތި އެއާރޕޯޓު އަޅަން ބިން ހިއްކަން ފަށާފަ އޮއްވާ މިސަރުކާރުއައީ.. މިސަރުކާރުން ކުރިކަ މަކީ އެސަރުކާރުން ހިއްކަންފެށިތަން ބަދަލު ކޮއްލީ..ހޯރަފުއްޓަށް ބަދަލުކުރީ.. މިއީ މިސަރުކާރުން ފައިސާ ހަަޖެއްސި މަޝއރޫއެއް ނޫން...ބިން ހިއްކު މާއެކު އެއާރޕޯޓު ހަދާނި މުނީ މަހާޖައްރާފެ ރޔާ މީން ގެނެސްދީފައޮތީ މަ...އާކުކުޅަކަށް ގާ ބިހެއް އެޅިގެން ކޮސްނުގޮވާހުރޭ..

    69
  6. ސްކިޕަރ

    ހެހެހެ ކަޔޭމެން ވެރިކަމަށް އައި އިރު ހިއްކާފައި އޮތް ބިމެއް ތިޔާއީ. ހިއްކީ ރައީސް ޔާމީން ދިވެހިރާއްޖެއަށް ގެންނެވި މަހާ ޖައްރާފުން. ދެން ކޯއްޗެކޭ ތިޔާ ތި ކިޔަނީ؟

    75
  7. އަލިކޮއެ މިއާ

    ތިކަން އިގޭ ޤާސިމް އެހެދި ގޮތުންވެސް. ކިހާބާރަށް ފެށި މަސްރޫއެއްތޯ ގޮއްޖަހާ އެނިންމާލީ.

    20
  8. ކިނބޫ

    ރައީސް ޔާމީން ޕްލޭން ކުރައްވާ ފައިސާ ހޯއްދަވާ ބިންގާ އަޅުއްފަ ނެތް ކަމެއް ކުރެވޭނީ ކޮން ދުވަހަކުންތަ ޒުހުދާ ދައްތާ؟

    24
  9. Anonymous

    މިސަރުކާރުން ފައިސާ ހޯދި ޕްރޮޖެކްޓެްްނަމަ ތިކަންވެސް ނުވާނެ. ރައީސްޔާމީން ސަރުކާރުން ޕްރޮޖެކްޓް ފައިނޭންސް ހަމަޖެއްސީތީ ތިވީ. ނިކަން މިސަރުކާރުން އަލަށް ފަށައިގެން އެއަރޕޯޓެއް ހަދާބަލަ. ނުވާނެ. ނާގާބިލް މަކަރުވެރި ދޮގުވެރި ޖާހިލުންގެ ސަރުކާރެއް މިއީ. ތި ރައީސް ހެދި ދޮގުތައް ހޯރަފުށީ ެައްޔިތުންނަށް މިއަދު އެނގޭނެ. ރަށުގެ ބަނދަރާ ރަށުގެ ތަރައްގީއާ ގުޅޭގޮތުން ހަދާލިދޮގުން ރައްޔިތުންވެސް ތިބީ ސޮނިވެއްޓިފަ.

    24
  10. އެކަމަކުދޯ

    ކަމަނާ ބަލިވެ އިންކަމައް ވަންޏާ އެއީ އެޅުނު ރަނގަޅުބިންގަލެއް އެހެންބިންގަލެއް ނުފެނޭ އެޅިތަނެއް!

    22
  11. މިނަން

    މިއީ ފިރިންނަށް ޅައަންހެން ކުދިން ކުރުމުއްދަތެއްގައި ހޯދައިދޭ ސަރުކާރު

    23
  12. ނިޒާމު

    އޭބަލަ އަދި އިތުރު 5 އަހަރު ދިނަސް އާކަމެއް ނުކުރެވޭނެ ..ތަންތަން ވިއްކޭތޯބަލާ ..ބޯހަލާކުވޭ ލަދުންވެސް

    27
  13. އައްޑޫ މީހާ

    އޯއެމްޖީ ލޮލް ކަމަނާގެ 5 ހިއްސު ހުރީ ސަލާމަތުން ކަމާއިމެދު އެބަ ސުވާލު އުފެދޭ ތިޔައީ ޖިންނި ޝައިތާނުން ބޭނުންކޮށްގެން ހިންގާ މަޝްރޫއުތަކެއް އަހަންނަށް ވަރަށް ބޮޑަށް ޝައްކުކުރެވޭ ތަންތާގަ ރިބަން ނޫންތަ ތިޔަކަނޑަމުން ދަނީ؟ ރައީސް ޔާމީނު ވެރިކަމުން ފައިބައިގެން ދިޔައިރު ފަށާފައިހުރި ހުރިހާ މަޝްރޫއެއްހުރީ ނިންމާލެވޭވަރަށް ފައިސާ ހޯދާފައި އެފައިސާތައްވެސް ދިރުވާލީ މިނަހަލާލު ސަރުކާރުން އަހަންނަކީ ދުވަހަކުވެސް މީގެ ކުރިން ޔާމީނަށް ތާއީދުު ކުރި މީހެއްނުން އެކަމަކު ޔާމީނުގެ ތަރައްގީއަކީ ތާއީދު ނުކުރެވޭވަރުގެ ކަންތައްތަކެއް ނޫން މިއީ ހަގީގަތް

  14. އަހަުމަދު

    ތިޔަތަންހިއްކިފަތިޔައޮތީ ރައީސް ޔާމީންގެހިކްމަތުޢަމަލީގެސަބަބުން ތިޔަމަހާޖައްރާފާ ހުޅުލެހުޅުމާލެ ބުތިޖާ ދަރުމަވަންތަހޮސްޕިޓަލާ ތެޔޮޓޭންކަރާ އެއަރޕޯޓާ ހުޅުމާލެފޭސްދޭއް މީރައީސް ލޯނުނަންގަވައިގެން ކުރެއް މަސައްކަތް މިކޮންމެކަމަކީ އޭގެރިޓާންލިބޭނެ ކަންކަން އަނދުން ހުސެންކައިރީއަހާބަލަ މިއީތެދެއްތޯ ނަށާގޮށްޔަ