އާމްދަނީ ހޯދުމުގެ ގޮތުން ގޭގައި މަސައްކަތްކުރި ކަމަށް ވީނަމަވެސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީއިން ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ގެނެސްދިން ޚާއްސަ ކަވަރޭޖަށް ދެއްވި ބަސްތީގަތުމެއްގައި ފައްޔާޒް ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވި ކަމަށެވެ.

އަދި މުޅި ރާއްޖޭގެ އިގްތިސާދަށް ވެސް ނޭދެވޭ އެތައް އަަސަރެއް ކޮށްފައިވާ މި ދަނޑިވަޅުގައި ގޭގައި ތިބެގެން އާމްދަނީ ހޯދާ މީހުން ގިނަ އަދަދަކަށް ތިބިކަން ފާހަގަކުރެއްވައި ފައްޔާޒް ވިދާޅުވީ ގޭގައި މަސައްކަތް ކުރާ މީހުން އެގޮތަށް ވިޔަފާރި ކުރަން ފެށުމުން، ބައެއްކަހަލަ ވިޔަފާރިތަކަށް ގެއްލުންވާކަމަށެވެ.

އެގޮތުން ގޭގައި ވިޔަފާރިކުރަން ފެށުމުން ރެސްޓޯރެންޓް، ހޮޓާ، ކެފޭ ފަދަ ތަންތަނަށް ގޮންޖެހުމަކަށް ވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޓެކްސް ދައްކައިގެން ވިޔަފާރި ކުރާ އިރު އެފަދަ މައްސަލަތައް ދިމާވުމުން ވިޔަފާރިވެރިން ޝަކުވާ ކުރަކަން ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

އެހެން ނަމަވެސް ތަނެއް ހުޅުވައިގެން ވިޔަފާރިކުރުމަކީ އަމިއްލަ ނިންމުމެއް ކަމަށް ވާއިރު، ތަނަށް ކުލި ދައްކަން ޖެހުމުން ޝަކުވާކުރުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ހޯމް ބޭސްޑް ވޯކާޒް އަށް ވެސް ޖާގަ ދީގެން އެކަމު އެބޭފުޅުން ވެސް ޓެކްސް ދައްކަވަން ޖެހޭނެ. ލިބޭ ޖާގައިގެ ތެރެއިން ޓެކްސް ދައްކަވަން ވާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވަނީ ކުދި ވިޔަފާރިތައް ކުރިއަރުވަން މި ސަރުކާރުން އަަބަދުވެސް އިސްކަން ދޭނެ ކަން ފާހަގަކުރައްވާފައެވެ. އަދި ވިޔަފާރިވެރިންނާއި ވިޔަފާރި ކުރާ ފަރާތްތަކުގެ މަސްލަހަތަށް ވެސް ވިސްނަވާނެކަން ފައްޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ޓެކުސް

  ކަލޭމެންނަށް ވާ އއް ކަމެއްވެސް ނެތް ރައްޔިތން ބިކަ ކުުރުން ފިޔަވާ.

  45
 2. ކަންމަތީ ސޭޓު

  ތީ ހަމަ އަގައިން ބުމެލާ ބަހެއް ވާކަމެއް ހަރާން ރާއްޖެތެރޭގެ ކުދިކުދި ރަށްރަށުގައި ޓެކްސްދައްކައިގެން ކުރާ ވިޔަފާރިތަކަށް މިހާރު އިންތިހާއަށް ގޮންޖެހުންބޮޑު އޮންލައިން ގުރޫޕްތަށް ހަދައިގެން ދުވާލަކު އެތަށް ހާސް ރުފިޔާއެއްގެ އިމްޕޯޓުމުދާ ދަނީ އާންމުން ވިއްކަމުން އަދި ޕިއްޒާ ސަބްމެރިން ހެދިކާވެސް ދަނީ ވިއްކަމުން މީ ހައްލުބޭނުންވާ މައްސަލައެއް ހުއްދަނަގައިގެން ކުރާ ކުދި ވިޔަފާރިތަށް ދަނީ ފުނޑެމުން މިސަބަބާހުރެ އެހެންކަމުން ގާނޫނެއް ހަދައިގެންވެސް މިކަން ހުއްޓުވެން އެބަޖެހޭ ނޫނީ މިކަން ކުރާބަޔަކު ރަޖިސްޓަރީވެ އަދި ކުރެވޭ ވިޔަފާރި މުއާމަލާތްތަކުން ޓެކްސްނެގޭނެ ނިޒާމެއް ގާއިމްކުރަންޖެހޭ

  7
  37
 3. އަލީ

  ކޭ އެތިކޮޅު ކަރައް އަތްބާނާފަވެސް ނަގާޅެ އަދި..

  50
 4. ޟމ

  ނެތްދޯ މި ޤައުމުގަ އުޅެވޭކަށް، މިތާ އުޅެންޏާ އުޅެންވީ ފަޤީރުކަމުގަ އެއީ ސަރުކާރުން އެދޭ ގޮތަކީ

  51
 5. މުހައްމަދު އަންޖުމް

  އަޅެ އެންމެންނަކު ސަރުކާފުގެ ވަޒީފާއެއް ގައި ނޫޅެވޭނެ ސަރުކާރު ވަޒީފާއިން ލިބޭއެއްޗަކުން ދެކޮޅެއް ނުޖެހޭ މިހާރު ތަކެތިއެހާމެ އަގުބޮޑު ފެންބިލް ކަރަންޓްބިލް އެހާބޮޑު މުއާސަލާތީ ޚިދުމްތުގެ އަގުއެހާމެބޮޑު އެހެންވެ ގޭގަތިބެގެން ކުދިވިޔަފާރިކުރަނޫ މިހާރުތިޔަނިންމީ އެލިބޭއެތި ކޮޅުންވެސް ބައެއް ދަމައިގަންނަން ތިވަރުން ކިހިނެތް އަހަ ރެމެން އުޅޭނީ ހުރިހާދިމާލަކުން ތިޔައުޅެނީ ރައްޔިތުން ފެލަ އިގެން ގައުމުހިންގަން ތިޔަހެން ހަދާނަމަ އަބަދަކު މަދަކުން ނުތިބެވޭނެ ވެރިކަމަށް ހޮވިގޮތަށް ބޭރުވެސް ކުރެވިދާނެ

  46
  1
 6. އައްޑޫ މީހާ

  ނުދައްކާނަން ހަދާއެއްޗެއް ހަދަންވީ ދައުލަތް ހިންގަން ފައިސާ ހުރިކަމަށް އިބިރިހިމާ އެބަބުނޭ އެކަމަކު ރައްޔިތުންނަށް ދުއްޕާން ކޮށްގެން ފެލައިގެން ދައުލަތް ހިންގަން ތިޔަ ވިސްނަނީ މިހާރުވެސް މިއުޅެނީ ޓެކުސްތަކާހެދި ނޭވާ ނުކެލެވިގެން ނިދާ އެނދުން ޓެކްސް ފާހާނާ ތަށިން ޓެކްސް ކައްކާ އުނދުނުން ޓެކްސް ކެވޭވަރު މަދުވީމަދޯ ހޭބަލިވަނީ

  46
 7. ދިދަ ދަނޑި

  މިދެން ބޮޑުވެއްޖެ ކަމެއް.. މި ބައިގަނޑު ކިބައިން ސަލާމަތް ވާނީ ކޮން ދުވަހަކުންބާ؟؟؟ އުނދަގުލުން ވިޔަސް އަދި ނޭވާ އެބަލެވޭ ޓެކްސް ނުދައްކާ...

  45
 8. Anonymous

  އޯގާތެރި ސަރުކާރު. ވަގުންގެ ސަރުކާރު

  51
 9. ޓަކަފިރޯށި

  ބަރާބަރު ހަމަ ތިގޮތަށް ބަނގުލަދޭސް މީހުން ކޮޓަރިތަކުގަކައްކައިގެން ކޮތަޅުކޮތަޅަށް އަޅައިގެން ވިޔފާރި ކުރެވިގެންނުވާނެ! އެމީހުންގެ އެހެންމަސައްކަތްތަށްވެސް ހަމައަކަށް ހަމަމިހާރު އަޅުވަދީ!

  33
  3
 10. ކެމިކަލް އެކްސް

  ފައްޔަަާޒް ތިދައްކާވާހަކައެއް ގެޓެއްނުވި

  22
 11. ވާގޮނުސްކޮ

  މަގުހިނގާތީ ދެފައިން ވެސް ޓެކްސް ނަގަނވީނު؟ މުޅިދުނިޔޭގަވެސް މިވަރަށް ރައްޔިތުން ފެލާގެން ހިންގާ ސަރުކާރެއް އޮތްހެނެއް ހިއެއްނުވޭ. ދައުލަތް ދަވާފަ ރައްޔިތުންނައް ކަމެއްކޮށްނުދީ އަދިނުވީތާކައް ރައްޔިތުމީހާ ދާއޮހޮރުވާގެން ބަުަރަމަސައްކަތުން ހޯދާމަދުފައިސާކޮޅުވެސް ފޭރިގަންނަން ޓެކްސް. އިސްތިއުފާ ދީބަލަ!!! ބޑބލއެއްނު މިނޫނަސް މިގައުމުގަ ސަރުކާރު ހިންގާ މީހުން ވެރިކަން ކުރިއޭ. ތިމަތިމާމެންގެ ސުންޕާކަމާހެދި ފުނޑިގެންމިދަނީ މުޅިގައުމު. އިސްތިއުފާ އިސްތިއުފާ

  44
  1
 12. މާލޭމިހާ

  ފަ އްޔާޒޫ ވަރަށްގިނަ ކަންކަން އަބިގޮ އްޔެވެސް ކޮ އްދޭދޯ ޑި އުޓީދަ އްކަންޖެހޭނެދޯ؟؟ ދެ އަތްބަށް އިނުމުން ދޮށި އަތްބަށް ޑި އުޓީދަ އްކަންޖެހޭގޮތްވެސް ހަދާބަލަ. ހާދަގިނަ މު އްސަދިން އަތުން ލާރިލިބޭނޭ. ކޮން އިރަކުން ސަރުކާރުން ރަ އްޔިތުން ރަ އްޔިތުންނަށް ޑި އުޓީދަ އްކާނީ.

  25
  1
 13. ސިތުނާ

  މި މުސީބާތުން ސަލާމަތްވާނެ ހަމަ އެއްމަގު ނެތިއްޔޭ ދޯ

  35
  • ޕުތުރީ

   ޢަމިއްލަޔަށް ހޯދި މުސީބާތެއް ދޯ

   5
   1
 14. ސަނާހް

  މީނަ ބުނާގޮތުން ހީވަނީ މީނަ ބައްޕަ އައްދޭން ޖެހޭ ފައިސާހެން

  34
 15. Alibe

  ވޯޓުހޯދަން އަންނަ ކޮންމެ މީހެއްގެ އަތުން ފީއެއް ނަގަން ނިންމައި ފިން.

  46
 16. ޒަރީރު

  އެއްވެސް ލާރިއެއް ނުދޭނަން! ދިވެހިން މަސައްކަތް ކުރުމަށް ބާކީއޮތް ފުރުސަތު އިންޑިއާމީހުންނަށް ދީ ހުސްކުރަނީ.. އަމިއްލަ އުފެއްދުން ތަކަށް ސަރުކާރުން އެއްވެސް އަޅާލުމެއްނެތް، އަހަރެމެން ގޭގައި ކުރާ މަސައްކަތުން ވެސް ކަލޭމެންނަށް ބައި އަޅައި ކަލޭމެންގެ މުސާރަ ބޮޑުކުރަން އެންމެ ލޯލާރިއެއްނުދޭނަން. ކަލޭމެން ބޭކާރު މަގާމުތަށް އަދިވެސް އުފައްދަނީ ،، ބުރަ ބޮޑުވީމާ ރަށްޔިތުންނަށް ތަކުލީފު ޖައްސަން ނަހަދާ

  38
 17. މާމީ

  ޔާﷲ މިނުލަފާ ޖައްބާރުންގެ ކިބައިން ދިވެހި ނިކަމެތި ރައްޔިތުން ސަލާމަތް ކުރައްވާދޭވެ އާނީން.

  54
 18. ހުސޭނުބޭ

  އަހަރެމެން ގޭގެައި ތިބެ ކުރާ މަސައްކަތުން ޓެކްސް ދެއްކީމާ ކަލޭ އެވީ އޭތިކޮޅު ކާލަން! ކިހާބޮޑު ބލއއ!

 19. ދަންބެރު

  ވޯޓެއް ހޯދަން އަންނަ ކޮންމެފަހަރަކު 5000 ރުފިޔާ އަޅުގަނޑުމެން ކަލޭމެންގެ އަތުން ދެން ނަގާނަން ހަނދާންކުރާތި ދެންނާންނާތި 5000 ރުފިޔާ ހިފައިގެންނޫން ގޮތަކަށް ވޯޓުހޯދަން..

 20. ޝަރީފް67

  މީނަމިއީ ވަރަށް މީހުނަށް އުދަގޫ ކުރާ މީހެއް ޓުރޭޑް މިނިސްޓު ރީހިންގަން ހުރެގިނަދުވަސް ނުވޭ ތޯ ދުއާ ކުރުން މުހިން މު

 21. ނަސީމާ

  އެއްގެއިން އަނެއްގެއަށް ރޮށިފިހަދޭން ކައްކާދޭން ދުވާ އިންޑިޔާ އަންހެނުންގެ ކަންތައްތައް ބަލާބަލަ ފުރަތަމަ.

 22. ޢިންސާފު

  ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް މި ނިކަމެތި ރައްޔެތުން ނުދައްކައި ނުބާއްވާނަން. ގައުމުގައި ތިބި މުއްސަދިންނަށް ތި ކަމުންވެސް ލުޔެއް ދެވޭތޯ ބަލާބެލަ.

 23. ސަމާހަތު އަހްމަދު

  ރަނގަޅަށް އުޅެންވެގެން ކުންފުންޏެއް ހުޅުވައިގެން ޓެކްސް ދައްކައިގެން ތިންއަހަރު ވަންދެން އުޅުނީ. އެކަމު ކޮވިޑް ޖެހުމުން ޑޮލަރޭ ކްރެޑިޓް ކާޑޭ ކިޔާފައި އެންމެން އެއްކޮށް (ސިޔާސީ މީހުން ނުލާތޯއްޗެ) ޑޮލަރު ކެނޑޭވަރު މަދުކުރީ. މަދުކުރީރު ދެންނެވި މިހެން ހަދަން މިޖެހުނީ ރާއްޖެއަށް ޑޮލަރު ނުވަންނާތީއާއި، ޑޮލަރު ވިޔަފާރި ކަޅުކޮށް އިންޓަނެޓުން ފައިދާ ހޯދަންކުރާކުރުން ހުއްޓުވަން ކުރާކަމެއް ކަމަށް.
  އަޅުގަނޑުގެ މުޅި ވިޔަފާރި ހުއްޓުނީ. ގައިމު ޓެކްސް ނުދެއްކި މީހުންނެކޭ އަޅުގަނޑެކޭ މިޖެހުނީ އެއްތާކު؟ އެމީހުން ޓެކްސް ނުދައްކާ އެތައް ފައިދާއެއް ނަގަމުން ދިޔަ. އެމީހުންނަށް ފިޔަވަޅު އެޅިނަމަ ގައިމު 98 ޕަސެންޓް ޑޮލަރު ކަންތައް ހުއްޓުނީސް ތޯއްޗެ - ކާކުތޯ އިންޓަނެޓުން ޓެކްސް ރަޖިސްޓްރީ ކޮށްގެން ވިޔަފާރި ކުރަނީ؟ ވަރަށް މަދުވާނެ.

  އެކަމު ރަނގަޅަށް ޓެކްސް ދައްކައިގެން އުޅުނު މީހާގެ ކާޑުވެސް ލިމިޓް މިކުރީ. ވިޔަފާރި ހުއްޓުނީ. އިނދަޖެހުނީ. މުޅިއުމުރުދުވަހު އަޅުގަނޑު އުޅުނީ މީހުންގެ ހެވަށްއެދި ގަވާއިދާ އެއްގޮތަށް އުޅުވޭތޯ. އަކަމު މިއަހަރު ސެޕްޓެމްބަރު 15 އަށް ފަހު ދެން ސަލާމް. އަޅުގަނޑު އަތުން އެންމެ ލާރިއެއް އެންމެ ސަރުކާރަކަށް އެންމެ ގޮތަކަށްވެސް ނުދޭނަން. މިގައުމުން ނުކުމެވެންދެން ވައްސަލާމް. އިސްލާމްދީނަށް އުޅޭ އަނެކާއާމެދު ނުވިސްނާ ގައުމެއް މީ. ނިމުނީ!

 24. ޗޮކުންފެރީ

  ސާބަހޭ ވަރަށްސަޅި ެެެ އިނގޭ ތިއީ އަސްލު ފަތިސްވިލުމެއްގެ އަސްލު ބޮޑު މަންޒަރު ވާވާ ތިޔޭ އެމްޑީޕީ އަށް އަސްލު ރައްޔިތުން ވޯޓު ދޭންޖެހޭ ސަބަބަކީ ހައްހައްހާ ބާރަށް އަޔްޖަހާ ބާރަށް އަތްޖަހާ ކަލޯ ގަޔާ ތިއޮތީ ހަތަރެސްކަ ހަންހަމަވެ ފަ އިނގޭ ކިހާސަޅި ފައްޔާޒު ވަރެއް ހަނެތެއްނުދޯ ސާހިބާއަށް ރައްޔިތުގެ ފައިވާނުގެ ދައް ފުށުން ސެލިއުޓް ކުރަން އިނގޭތޯ ފިޔާ ކިލޯއެއްގެ ހަމައަނގު 30ރ ރައްޔިތުން ދިޔަ ފެލާލަންވާނެ ފަސްއަހަރުވާއިރު އޭރުން ތިބައިގަނޑަށް ކަމެއްކުރެވުނުކަމަށް ވާނީ ކޮވިޑުގެ ނަމުގައި މުޅި ތަޢުލީމީ ނިޒާމު ފުޑާލަ ފި ރާއްޖެ މުޅިން ދަރުވާލައި ފި ވީރާނާކޮށްލައި ފި ނިކަމެތީން ބަނޑަށްޖައްސައި ފި ރައްޔިތުން ކިހިނެތްވެ ފަތަތިތިބީ ގޮރުހެޑި ފަތަ؟

 25. ކާފަތ

  ޓެކްސްބެ

 26. ޔސރ

  ބަލާބޮޑު ބައެއް
  މިސްކީނު ރައްޔިތުން ފެލާފަ ލާރި ގަނޑު ސިޔާސީ މުޖުރިމު ބައިގަނޑަށް ދިނީމަ އެވީ.
  މިއީ ޑިމޮކްރަސީ ގެ ހަގީގަތަކީ

 27. މިއަދު

  ޓެކުސްއޭ ވިޔަފާރިއޭ ކުއްޖޭ ބޮޑެއްޗޭ ކިޔައިގެން ތިކުރެވޭކަމެއް ކަލޭމެނަށް އެނގޭބާ

 28. ނ

  މަނިކު ފާނުބުނުއްވި އަގު ކޮންޓުރޯލު ކުރާނަމޭ
  ކުކުޅު ބިހެއް 2.50 ކިރުދަޅަކުން 50 ރ ބޮޑުވެއްޖެ
  ތަކެތީގެ އަގު ކޮންމެ ދުވަހަކު ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު... ޢުފުލެނީ
  ދަރަނި ވެފައި އޮތް ސަރުކާރަކާ ހަވާލުވީ ކީއްކުރަން
  ކާކުބުނީ ހަވާލުވާން....

 29. އެމަންޖެ

  ފައްޔާޒޫ ކަލޭ އަކަށް ދެން މާކަގިނަ ދުވަހަކު ތި އަނގައެއް ނުތެޅުވޭނެ ވެރިކަން ވައްޓާލާނަން.

 30. ބޮނދު

  މީ އަޅެ ވަރަށް ހެއްވާގައުމެެއް... މިގައުމުގަ ނުގަވައިދުން އުޅޭ ބިދޭސީންނަށް ރަޖިސްޓްރީ ނުކޮށް ބޮޑެތި ވިޔާފާރިތަކާ އަދިވެސް މީނުންވެސް މަސައްކަތް ކުރެވޭ. ދައުލަތަށް އެންމެ ރުފިޔާއެއްވެސް ދައްކާކަށް ނުޖެހޭ...

 31. ޓެކްސް ހޯދާބެ

  ތިޔަޓެކްސް އޭތިޔަކިޔަނީ ޖިޒީ މުޅިގައުމުގެ ރައްޔިތުން އަޅުވެތިކޮއްގެންނަގާ ޖިޒީ މިމީހުންގެ އަޅުންނައްވީގޮތެއް ނޭންގުނު އަހަރުމެންނައް ކުރެވުނު ކުށަކީ މިމީހުންނައް ވޯޓްދީގެން ވެރިކަމައް ގެނައުން 3000 އެއްހާ އަހަރުވީ މިގައުމުގައި މީހުން ދިރި އުޅޭތާ 2008 ވަނަ އަހަރާހަމަޔައް ރައްޔިތުން ފެލައިގެން ޖިޒީނަގައިގެން ނެއްނޫން ސަރުކާރުތައް ހިންގަމުން އައީ ލެފްޓޮޕަކާ 2 ރިސޯޓުން ގައުމުހިންގާނަމޭ ކިޔައިގެން ވެރިކަމައް އައިސް ރައްޔިތުން އަޅުވެތިކޮއް ޖިޒީ ނަގަން މިފެށީ ވެރިންގެ މުސާރަ ހަމަޖައްސާ ނުވީތާ ރައްޓެހިންނާއި ގާއްތިމާގެ މީހުންނައް ސަފީރުކަން ހޯދާދީގެން ރައްޔިތުން ނިކަމެތިކޮއް އަޅުވެތި ކުރަން