15 އަހަރު ފަހުން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ލިބިފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށް އެ ހޮސްޕިޓަލުން ބުނީ، ‏ގާތްގަނޑަކަށް 15 އަހަރަށް ފަހުގައި އެ ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ލިބިފައިވާ ކަމަށާއި، އާއެކު ދުވަސް ނުފުރާ ވިހަން ޖެހޭ ހާލަތްތަކުގައި މާލެ ދާން ޖެހޭ ދިއުން މަދުވެގެން ދާނެ ކަމަށެވެ.

އަދި މި އަހަރުގެ ތެރޭގައި އެންއައިސީޔޫއަށް ތިން ބޭބީ ވާމާސް އަދި ދެ ނިއޮނަޓަލް ވެންޓިލޭޓާސް ލިބިފައިވާ ކަމަަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލަށް އިންކިއުބޭޓަރެއް ލިބުނުއިރު، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ، ރަށްރަަށުގެ ހޮސްޕިޓަލްތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަށެވެ. އެގޮތުން މާލެ ނައިސް އަތޮޅު ތެރޭގައި ބޮޑެތި ރަށްތަކުގައި ހިިންގާ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް ދެވޭނެ ގޮތްތައް ދަނީ ހަމަޖައްސަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން މިހާރުވެސް ބައެއް ރަށްރަށުގެ ހޮސްޕިޓަލްތަކުގައި ބޮޑެތި އޮޕަރޭޝަންތައް ދަނީ ކުރަމުންނެވެ.

ހާއްސަގޮތެއްގައި މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާ މި ދުވަސްވަރުގައި މާލެ ނައިސް ރައްޔިތުންނަށް ރަށުގައި ތިބެގެން ނުވަތަ ކައިރި ރަށަކަށް ގޮސް އެ ހިދުމަތް ލިބޭނެ ގޮތްވުމަކީ ސަރުކާރުގެ އަމާޒެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ހާދަ ދެރައޭ ނަސީދުގެ ވެރިކަމުގައި ތިޔަހޮސްޕިޓަލް އޮސްޓުރޭލިޔާ ބަޔަކާ ހިންގަން ހަވާލުކުރީ ، އެމީހުން ތިޔަތަން ތަރައްގީކޮށް މެސެނަސީ ނުގެނޭތަ ؟