މާލެ ރައްޔިތުންނަށް ގޯތި ނުދޭން ވެރިކަން ކުރާ އެމްޑީޕީން ނިންމާފައިވާ ކަމަށާއި މާލެ ރައްޔިތުންނަށް ގޯތި ކަށަވަރު ކޮށްދޭނަމަ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ތައްޔާރަށް ހުންނެވި ނަމަ މުއިއްޒަށް ވޯޓު ދެއްވާނެ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އިން ދާދި ފަހުން އެއް ފަރާތް ކުރި ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާލެ މޭޔަރު ކަމަށް އިންތިހާބުވާ މީހާގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ މާލޭގެ ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުން ކަމަށެވެ. ގުޅީފަޅާއި ފުށިދިއްގަރުފަޅަކީ މާލޭގެ ރައްޔިތުންނަށް ގޯތި އަދި ފްލެޓު ދޭން ހާއްސަ މަންޒިލަކަށް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒުގެ އެ ޓްވީޓް ހިއްސާ ކުރައްވައި ޝުއައިބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއާއި ރައީސް އޮފީހުން ނިންމާފައިވަނީ މާލެ ރައްޔިތުންނަށް ގޯތި ނުދިނުމަށް ކަމަށެވެ. އެހެންވެ، ވަކި ޕާޓީއަކަށް ބެލުމެއް ނެތި މާލެ ރައްޔިތުންގެ ފަރުދީ ޒިންމާ އަދާ ކުރަން ޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ޝުއައިބް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވޯޓް މުއިއްޒަށް ދޭން ޖެހޭ ސަބަބު ތިޔަ ވިދާޅުވީ،" ޝުއައިބްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އެމްޑީޕީ އުފެދުނީއްސުރެން އެ ޕާޓީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވަމުން ގެންދެވި ޝުއައިބް މި ސަރުކާރާ ދެމެދު ހިތްހަމަނުޖެހި ފާޑުކިޔަން ފެށީ ވެސް މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ވެފައިވާ ވައުދު ނުފުއްދި ލަސްވާތީއެވެ.

އަދި ގުޅިފަޅުން ގޯތި ދޫކުރަން އެމްޑީޕީން ވައުދުވެ، އެ ފަޅު ހިއްކައިގެން ބޮޑު ބައެއްގައި ވިޔަފާރި ބަނދަރެއް ސަރުކާރުން އަޅަން ނިންމުމުން އެކަމާ ވެސް ހިތްހަމަނުޖެހި "ނޯ ގޯތި، ނޯ ވޯޓް" ގެ ނަމުގައި ކެމްޕޭން ހަރަކާތެއް ވެސް ކުރިއަށް ގެންދެއެވެ.

ދާދި ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑެތި ތުހުމަތުތައްކޮށް ޕާޓީން ވަކިކުރުމަށް ވެސް ޝުއައިބް އެ ޕާޓީގެ ސެކްރެޓޭރިއަޓްގައި އެދުނެވެ. އަދި ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ޖަވާބު ދިން ގޮތާ މެދު ހިތްހަަމަނުޖެހި އޭނާއަށް ފިޔަވަޅު އަޅަން ރައީސް ސޯލިހަށް ވެސް ސިޓީ ފޮނުވިއެވެ.

މި މައްސަލަ ކުރިއަށް ދަނިކޮށް، ޓްވީޓާގައި ރައީސް ސޯލިހްއާއި ރައީސް ނަޝީދުގެ ކާޓޫންތަކެއް ކުރެހި މައްސަލައިގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ އިން އޭނާ އެއް ފަރާތް ކުރުމަށް އެ ކޮމިޓީ އިން ނިންމިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އިބްރާހީމް

    ފުށިދިއްގަރުފަޅާ ނުބެހޭތި އެއީ ގުޅީ ރައްޔިތުންގެ ތަނެއް. ކ. ގުޅިީ ކައުންސިލްގެ އިޙްތިޟާސް ހިނގާތަނެއް. މާލޭ މީހުން ސައިޒްނޯޅި ތިބޭ

    6
    37
  2. ޅަބޭ

    އެމްޑީޕީގެ ވެރިކަމެއްގަ ގޯއްޗެއް ލިބެންޖެހޭ މީހަކައް އެއްވެސް ގޯއްޗެއް ފުލެޓެއް ނުލިބޭނެ.

    36
    1
  3. ތިރިބެ

    ޙޭބަލިވީ މުއިޒު މާލޭގެމީހުން ނައް މިނިސްޓަރުކަމުގަ ހުރިއިރު ނުކޮއްދިއްކަމެއް މޭޔަރުކަމު ނުވާނެ

    6
    48
  4. ސަޒާ

    ސާބަހޭ ސުއައިބު

    46
    2
  5. ޝަރީފު ބޭ

    ޔާމިނަށް ވެސް ވޯޓު ލިބުނު އެކަމަކު ނުހޮވޭ@

    16
    7
  6. މލ

    "ނޯ ގޯތި، ނޯ ވޯޓް" އޯކޭ އެޕަރޓްމަންޓެއް ވެސް، އެޕަރޓްމަންޓެއް.... މާލޭގެ ގެ ބަހާފަ ލިބެނީ ކައިވަތެއް، އެތާ ކިހިނެއް އުޅޭނީ

    34
    1
  7. ގލ

    ޝުޢައިބުގެ ވާހަކަ ފުޅު ރަނގަޅެވެ.

    42
    2
  8. Anonymous

    ޝުއައިބައް ވިސްނުތީ ޝުކުރު ކުރަން

    44
    2
  9. ނ

    މަރުހަބާ ޝުއައިބު ވެރިކަމުގައި ޔާމިނު ހުންނެވިނަ ތިޔަ ވައުދު ފުދުނީސް...

    36
    4
  10. މާލޭ އަހަންމަދު

    ޝުއައިބަކީ އެމްޑީޕީގައި ޖާނާ މާލުން ގުރުބާންވި ޕާޓީގެ ލޭ ހިނގާ ބޭފުޅެއް. އެހެނަސް ޕާޓީތެރެ ފަސާދަވީމާ ހިތާ ދެކޮޅަށް މިއަދު އެހުރީ. ޝުއައިބަށް ހެޔޮވިސްނުން ދެއްވި ކަމުގެ މައްޗަށް ﷲ އަށް ހަމްދުކުރަން. އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ.

    43
    3
  11. ސްނޭޕް

    މުއިއްޒު ގޯތި ދެންޏާ މަށަށް 4 ވަރަކަށް ގޯތި ނަގައިދީބަލަ ކަލޯ

    3
    19
  12. ބެއްޔާ

    މިނިސްޓަރ ކަމުގައި ހުރި އިރު ނުވި ކަމެއް ދެން ނުވާނެ! ނޯ ގޯތި ނޯ ވޯޓް.

    1
    5
  13. ސިއްތި

    ސޯލިހު ހޯރަފުށީގަ ދެއްކި ވަހަކައިން ސާބިތުވެއްޖި މި ސަރުކާރަށް ފޮނިކަނޑާވަރު ހެދީދޮގު ދެކިބަލަ

    7
    1
  14. ގޯއްޗެއް ނުދޭބެ

    ސުހޭބު އެހެން އެބުނީ މާލޭރައްޔިތުން ގޯތި ހޯދަން މަސައްކައް ކުރާ ގުރޫޕުން ބައްދަލުވުމެއް ބޭއްވީމަ މިބުނަނީ މާލޭގެ ރައްޔިތުންނެއް ނޫޅޭނޭ މިގައުމުގައެއް މާލޭގައި މިތިބީ ބަބުރުންނާއި ރަސްމާދޫންނާއި މާރަންދޫ ތަކަންދޫ ހަތިފުށިން އައި އޮޑިވެރިން ތަކެއް މާލެ އައިސް ތަރައްގީ ކުރިތަނެކޭ ގައުމުވަނީ ދަރާވިކިފަޔޭ ބިންވިއްކައިގެންވެސް ވެލިވިއްކައިގެންވެސް ދަރަނި އަދާކުރަންޖެހޭނޭ ބުނާއިރު ޙުދު މިވާހަކަ ދެއްކިމީހާޔަކީ މިގައުމުގެ ރައްޔިތޔން ދާއޮހޮރުވާލައިގެން ހޯދާ ރުފިޔާކޮޅުން ޖީއެސްޓީ އޭކިޔައިގެން ނަގާ ޓެކުހުގެ ރުފިޔާއިން މުސާރަޔާ އިނާޔަތާ ބޭސްފަރުވާޔާ އަނބިދަރިންނައް ދަންދެން ރައްޔިތުންގެ ޓެކްސް ޕޭ ރުފިޔާއިން ފައިދާ ހޯދާމީހެއް ކަމެއް ހަދާނެއް ނުވި ވޯޓް ހޯދަން ކުރި އާދޭހެއް ހަދާނެއް ނުވި

  15. އިންސާފުކާތަރާޒޫ

    އަހަންނަކީ އެމްޑީޕީ ސަޕޯޓަރެއް. ވޯޓު ދިނީ ވެސް އިބޫ އަށް. އަދި ކުރިއަށް އޮތް އިންތިޚާބުގައިވެސް ވޯޓު ދޭނީ އެމްޑީޕީ އަށް. އެކަމަކު ހަމަހޭގައި ހުރެގެން ބޮލުރޮދި ކެނޑިފައިހުރި އަނަސް އަބުދުއްސައްތާރަކަށް ވޯޓެއް ނުދޭނަން. އެއަށްވުރެ ކުޑަކުދިން ކުޅެން ގެންގުޅޭ ބުދަކަށް ވޯޓު ދިނަސް ރަނގަޅުވާނެ. މުއީޒު ވެސް ރަނގަޅެއްނޫން. އެކަމަކު ތި އަނަސް އަބުދުއްސައްތާރޭ ކިޔާ ބޮޑު ޅޮހަށް ވޯޓު ދިނުމަށްވުރެ މުއީޒަށް ވޯޓު ދިނުންވެސް ރަނގަޅު. ޢަހަރެން ގެ ވޯޓު މުއީޒަށް ދޭނީ. މިއީ ވަރަށް އުނދަގޫ ނިންމުމެއް. އެކަމަކު ޕާޓީ މީހާއޭ ކިޔާފަ ބޮޑު ކަނޑު ކޮހަކަށް ވޯޓު ނުދޭނަން .

    8
    1
  16. ރަދީފް

    ސާބަހޭ ފުރަހަނި.