ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްްޔޫމް އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދިތާ އަހަރެއް ފުރި، ސަރުކާރު ކޯލިޝަނުގައި ދެމިތިބޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްއާރުއެމް އުފެއްދިތާ އަހަރެއް ފުރުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ޕާޓީގެ އެންމެ މުހިއްމު އަސާސަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަގީދާ ރާއްޖޭގައި ހިމާޔަތްކޮށް، ބޭރުގެ އެއްވެސް ނުފޫޒެއް ނުވަދެ ރާއްޖޭގެ ސިޔާދަތު ރައްކާތެރި ކުރުން ކަމަށެވެ.

މި މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އިސްލާހަށް ކުރެވޭ މަސައްކަތް ކަމަށް އެ ޕާޓީން ބުންޏެވެ. ދައުލަތް ހިންގުމުގެ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން ގާނޫނީ ހުކޫމަތް ދެމެހެއްޓުމާއި، އަދުލު އިންސާފު ގާއިމު ކުރުމާއި، ކޮރަޕްޝަން ހުއްޓުމާއި، އިންސާނީ ހައްގުތައް ކަށަވަރު ކުރުން ކަމަށެވެ.

އެމްއާރުއެމްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މުހިއްމު އެއް ބައިވެރިއެއް ކަމަށާއި ގައުމުގެ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރު ކޯލިޝަނާ އެކީ އެ ޕާޓީ ދެމި އޮންނާނެ ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެ.

އެމްއާރުއެމްއަކީ ރައީސް މައުމޫން އުފެެއްދެވި ތިންވަނަ ސިޔާސީ ޕާޓީއެވެ. ޑީއާރުޕީ އުފެއްދެވުމަށް ފަހު، ޕީޕީއެމް އުފެއްދެވީ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅިގެނެވެ.

އެކަމަކު ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު ރައީސް މައުމޫން އެ ޕާޓީން ވަކިކުރިއެވެ. މި މައްސަލަ ޝަރީއަތުގައި ހިނގައި، ޝަރީއަތް ވެސް ކާމިޔާބުކުރީ ރައީސް ޔާމީނެވެ. އޭގެ ފަހުން އެމްއާރުއެމް އުފެއްދެވީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކަނަމަނަ

  ރ މައުމޫނު އަކީ މިގައުމު ހަލާކުކުރުމުގެ މޭސްތިރީ

  30
  3
  • ކެހެރިސޮރު

   ކަނަމަނަވިއްކަންދާންވީނު ؟ ކަނަމަނަ ކިތަންމެރުހުނަސް އަދި ނުރުހުނަސް ރައީސް މައުމޫނުވަރެއްނެތް!! މިބުނީ ވަރަށްވާހަކަ !!! ވަރަށްވެދުން

   1
   14
 2. ސުންޕާ

  ދެމި ނުތިބެ ކީއްތޯ ކުރާނީ! އެރިފޯރީގަ ރޔ ގެ ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދިއުމުން އުފުލަން ޖެހުނު ތަކުލީފަށްވުރެ މިސަރުކާރުން ޖައްސާލާނެ ތަކުލީފު ލުޔެއްނުވާނެކަން އެމަނިކުފާނަށް ޔަގީންވޭ.

  14
 3. Anonymous

  ހެޔޮނުވާނެ، އަމިއްލަ އެދުން އިސްނުކޮށް ގައުމު އިސްކުރައްވާ.

  15
 4. ނާނި

  މިއަށްވުރެ ބޮޑު ދޮގުވެރިއެއް ކޮބާ، ޕާޓީގެ އެންމެ މުހިންމު އަސާސަކީ، ރާއްޖޭގައި އިސްލާމްދީން ހިމާޔަތް ކުރުމޭ ބުނާއިރު ، ދީނާ ޚިލާފު އެތައްކަމެއް ހިންގާއިރު ޗުއްޕުވެސް ނުބުނޭ،
  ދެން ތިބުނަނީ ތިންބާރު ވަކިވެފައިވާ ވެރިކަމެކޭ، ތިންބާރު އޮތީ އެއްވެފަ އެކަތިގަނޑެއްހެން،
  ދެން ތިބުނީ ، ކޮރަޕްޝަން ހުއްޓުވާ ވާހަކަ، މިވަރުގެ ކޮރަޕްޝަން ހިންގާ ސަރުކާރެއް އަދީ ޙަޔާތުގަވެސް ނުދެކެނ،ް
  އެކަމަކުވާ ، މައުމޫނަށް އެބަހުރި ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވަން ދަސްވެފަ.. މިހިރީވާ މީހެއް،

  13
 5. މާމީ

  ރައްޔިތުން ގަބޫލުކުރޭ ތިޔަސަނާ ކިއުންނޫން ގޮތެއް ތިބޭފުޅާ އަކައް ނޮއޮންނާނެކަން މައުމޫނައް ވަރައްސަލާމް ނާދިރާވެސް ހިމަނާގެން..

  16
  1
 6. ހައްވަ

  ކިތަންމެ ރުޅިއަޔަސް 30 އަހަރު ރައީސް މައުމޫނު ނިންމާލެއްވީ ރައްޔިތުންގެ އަތުން ޓެކްސަށް
  ލޯ ލާރިއެއްވެސް ނުނަގާ. އަމިއްލަ އެކައުންޓަކަށް ރައްޔިތުންގެ ފައިސާއެއް ޖަމާ ނުކުރޭ!

 7. އަހަރުވީބެ

  މުޅިގައުމުގެ ހުރިހާ ކަމެއް ހަލާކް ވުމުގެ އަސްލް މިގައުމުގައި ދޭތެރެ ދުރުކޮއް އައްޑަނަދީގެން 3 ޖީލް ނައްތާލި އެކަމުގެ ހިތިރަހަ މިހާރު މިލަނީ ބަނގުލާމީހުން ގޯތިގެދޮރުގެ ދަތިކުރީވެސް ހަމަ އެބޭނުމުގައި ޒުވާނުން ޒަވާޖީ ހަޔާތެއް ފައްޓައިގެންއާބާދީ އިތުރުކޮއްފާނެ ކަމަށާއި ވެރިކަމައް ނިކަމެއްޗެއްގެ ދަރިޔަކު ވެރިކަމަށް އަތުވެދާނެކަމަށް އެހެންނޫންތޯވާނީ ފިރުއައުނު އުފަންވީތަނުން ކިޔެވީމާ ފިރުއައުނުގެ ސަގާފައް ވާރުތަ ކޮއްފައި އެހެރީ ޑުރަގް އިސްތިހާރުކޮއް ފެތުރުމުގައި ވަރައް ބޮޑުރޯލް އެއްވެސް ކުޅެވިގެންދިޔަ ހުއްޓުވުމުގެ ނަމުގައި ފެތުރުވީ

 8. ޑޯޒް

  ތީ ބްލެކް މެއިލް ކޮށް ފަ ހު ރި މީހެއް.....ދެން ތިނޫން ގޮތެއް ނޯނާނެ ދޯ؟؟؟

 9. ލޫޓުވާ

  ގިނަ ރައްޔިތުން ހަލާކާއި ނުރައްކަލަށް ދޫކޮށްފަ ތިމާ ހިހޫތަނުން ކައިގެން އުފަލާ އަރާމުގަ އުޅޭ. މައުމޫނަކީ ބޮޑުވެގެންވާ މުޞީބާތެއް.