ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން، ޚާއްސަ ޓީމެއް އުފެއްދިއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ނަމުގައި ޓީމެެއް އުފައްދަވައި، ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ދިނުމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ މަބްރޫކް އަޒީޒް ހަމަޖެއްސިއެވެ.

މާޗް ހަތް ވަނަ ދުވަހު އޭނާ އެ މަގާމަށް ހަމަޖެއްސުމުން އެތައް ބަޔަކު ވަނީ ޓީވީ ދޮށަށް އެއްވެ މަބްރޫކް ދައްކާ ވާހަކަތައް އަޑުއަހާފައެވެ. އަދި މަބްރޫކް ދެމުން ދާ މައުލޫމާތުތައް މީސް މީޑިއާއަށް ދިޔައީ ހާމަ ކުރަމުންނެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ފަހުން އެންއީއޯސީ އުވާލިއެވެ. ޖުލައި އެއްވަނަ ދުވަހުން ފެށިގެން އެ ސެންޓާރު އުވާލައި އެންއިއޯސީގެ ދަށުން ކުރަމުން ގެންދިޔަ މަސައްކަތްތައް ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރިއެވެ. އެއާއެކު ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން އެންއީއޯސީގެ މަސައްކަތްތައް ފެށިއެވެ. އަދި އެ ސެންޓަރުގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ރަފީގު ހަމަޖެއްސިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެޗްއީއޯސީ

އެހެންނަމަވެސް މިއަދު މި ވަނީ އަނެއްކާވެސް އެ ޕެނަލްއަށް ބަދަލެއް އައިސްފައެެވެ. އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުން މިއަދު ފެނިގެން ދިޔައީ ކުޑަކުދިންނެވެ.

މިއަދު ހަވީރު ދަރުބާރުގޭގައި ކުރިއަށްގެންދިޔަ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުން ފެނިގެން ދިޔައީ ތުއްތު ކުދިންނެވެ. ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އެޗްއީއޯސީގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ތަރުޖަމާނު ޔޫސުފް ރީހާން ތައުފީގް ބުނީ، 17 ނޮވެމްބަރާއި ހަމައަށް ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 12،355 ކަމަށެވެ. އަދި ބަލިން ރަނގަޅުވާ މީހުންގެ ޖުމްލަ އަދަދަކީ 11،388 ކަމަށް ރީހާން ބުންޏެވެ.

އަދި އޭނާ ވަނީ ރާއްޖެއިން މިހާތަނަށް 223،220 ކޮވިޑް-19 ޓެސްޓު ރާއްޖެއިން ހަދާފައިވާ ކަން ފާހަގަކޮށްފައެވެ.

އެޗްއީއޯސީން ބޭއްވި ކުޑަކުދިންގެ ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: އެޗްޕީއޭ

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓެކްޓް ޓްރޭސިންގގެ ފަރާތުން ބައިވެރިވެފައި ވަނީ ހައްވާ ޔަނާ ޝައިބު ހުސައިނެވެ. ޔަނާ ބުނީ، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތުން ފައްސިވާ ކުދިންނާއި ދިމާވެފައިވާ ކުދިން ހޯދައި، އެ ކުދިންނަށް މި ބަލި ޖެހިފައިވޭތޯ ބަލަން އަވަހަށް ޓެސްޓު ކުރެވޭނެ ކަމަށެވެ.

ޔަނާ ވަނީ ބަލީގެ އަލާމާތްތައްވެސް ފާހަގަކޮށްފައެވެ. އެއީ ހުން އައުމާއި، ކެއްސުން، ކަރުގައި ރިއްސުން، އަދި ނޭވާލާން އުނދަގޫވުން އޭނާ ފާހަގަކޮށްފައި ވެއެެވެ.

"މިކަހަލަ އެއްވެސް ކަމެއް ވާނަމަ ހުރިހާ ކުދިންވެސް އަވަހަށް ބައްޔަށް ޓެސްޓު ކުރަން ވާނެ" ޔަނާ ބުންޏެވެ.

އެޓޯލް ޕްރިޕެއާޑްނެސްގެ ފަރާތުން ބައިވެރިވެފައި ވަނީ އައިޝަތު ލައިހާ އިބްރާހިމެވެ. ލައިހާ ބުނީ، ސްކޫލް ނިންމާފައި އޮތީ ވަރަށް ބޮޑު ޗުއްޓީއެއް ކަމަށްވާއިރު، ޗުއްޓީގައި ރަށަށް ދާއިރު، ހަނދާން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ.

އެޗްއީއޯސީން ބޭއްވި ކުޑަކުދިންގެ ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: އެޗްޕީއޭ

"އެއީ 14 ދުވަސް ވަންދެން ކަރަންޓީންވުން، 14 ދުވަސް ވަންދެން ކަރަންޓީންގައި ހުންނައިރު، ތިކުދިންނަކަށް ބޭރަކަށްވެސް ނުނިކުމެވޭނެ، އަދި ތިކުދިންގެ ރައްޓެހިންނާއި އާއިލާއަށް ޒިޔަރަތް ނުކުރެވޭނެ". ލައިހާ ބުންޏެވެ.

އެ ނޫސްވެރިިންގެ ބައްދަލުވުމުގައި ސައިން ލެންގުއޭޖް އިންޓަޕްރިޓަރެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ހުސައިން ނާއިޝް އެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ގޮތުގައިވެސް ކުޑަކުދިންވެސް ބައިވެރިވެފައި ވެއެވެ.

އެޗްއީއޯސީން ބޭއްވި ކުޑަކުދިންގެ ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: އެޗްޕީއޭ

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމާއި ދާދި އެއްގޮތަށް ކުރިއަށްގެންދިޔަ އެ ނޫސްވެރިންގެ ބައްދަލުވުން ވަރަށް ފުރިހަމައެވެ. އެ ކުދިންގެ ހުށަހަޅައިދިނުމުގެ ހުނަރު އެބަ ހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސަ

    ކަން ދެއްކުން،

    7
    3
  2. ލޫތް

    ދެން މިކުދިންނަށް އެސްފީނާ ޖައްސާނީކީ ނޫން

  3. އިބިލީސް

    އަސްލު އެއްވެސް ސަޅިއެއް ނޫން. މުޅި ކޮވިޑް އަކީ ކަލޭމެން ޖަހާ ސަކަރާތެއްކަށް މަށަަށް ސިފަވީ. އެތަށް ބައެއްގެ ފުރާނަ މިމީހުން ފަރުވާކުޑަކަމުން ދިޔަކަން ހަދާންހުރިހެންވެސް ހިޔެއްނުވޭ

  4. ނާޅި

    ކޮވިޑޭ ކިޔާއިގެން ޑުރާމާ ކުޅެނީ ރައްޔިތުންގެ ސިވިލް ރައިޓުސް ނިގުޅާގަނެގެން، މާލެއިން ބޮޑެތި ވަފުދު އެދަނީ ޖަލްސާތަށް ބާއްވަން ރައްރަށަށް ކަރަންޓީނުނުވެ އެޗްޕީގެ ގައިޑުލައިނާއި ހިލާފަށް އާދައިގެ ރައްޔިތުމީހާޔަށް އުދަގޫ ޖެއްސުން ކަމަކީ !