ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ފެންވަރާއި ފަންވަރު ދަށްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އެމަނިކުފާނު ކުފޫ ހަމަނުވާކަން އިތުރަށް ހާމަވެއްޖެ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ބުނެފިއެވެ.

އިދިކޮޅު ދެޕާޓީން މިހެން ބުނީ ހއ.ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށްޓަކައި ބޭއްވި އަގުބޮޑު ރަސްމިއްޔާތުގައި ރައީސް ޞާލިހް ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދީ މިރޭ ނެރުނު ދިގު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނީ ރައީސް ޞާލިހްގެ ވާހަކަފުޅުތަކަކީ އެމްޑީޕީގެ ނިސްބަތުން ވެސް ވަރަށް ދަށު ދަރަޖައިގެ، ހުތުރު އަދި ނާތަހުޒީބު ވާހަކަފުޅުތަކެއް ކަމަށެވެ.

ރައްޔިތުން ބިކަވެ، ހާސްކަންމަތީ ތިބި ދަނޑިވަޅެއްގައި، އެތައް މިލިއަން ރުފިޔާއެއް އިސްރާފުކުރައްވައިގެން، ކެމްޕޭނުކުރެއްވުމަށް ރައީސް ޞާލިޙު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ، ޢާންމު އުޞޫލުން، އެމްޑީޕޫގެ އެންމެ ދަށު ދަރަޖައިގެ އެކްޓިވިސްޓުން ދައްކާފަދަ ދެކޮޅުނުޖެހޭ، ދެއުޅިއެއްނެތް، ސާބިތުނުހިފޭ އަދި ރޯ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށް ބަޔާނުގައި ބުންޏެވެ.

"ޤައުމީ އިޤްތިޞާދާއި ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރުގެ ދަރަނީގެ ހިސާބުތައް ވިދާޅުވުމުގައި، އެމަނިކުފާނު ޚުލާސާކޮށް ބަޔާންކުރެއްވި އެއްޗަކާ، އެ ހިސާބުތަކުން އެންމެނަށް ފެންނަންހުރި ހަޤީޤަތާ ދިމާ އިދިކޮޅެވެ. އިޤްތިޞާދީ ޢިލްމު ލިބިވަޑައިގެންފައި ނެތަސް، ދައްކަވާ ވާހަކަފުޅުތަކުގައި އަރިހުގައި ގެންގުޅޭ ބަޔަކު ލިޔެފައި ދޭ އެއްޗެއް ވިދާޅުވުމުގައިވެސް، އޭގައި ހުރި މަޢުލޫމާތާއި ޚުލާސާތައް ޞައްޙަތޯ ބެއްލެވުމަކީ ރައީސެއްގެ ޒިންމާއެކެވެ. އަދި، ރައީސް ޔާމީނަށާއި އެމަނިކުފާނުގެ ސަރުކާރަށް އިނގިލި ދިއްކުރައްވާ، ރޯ ބުހުތާނު ދޮގުތަކެއް ހައްދަވާފައިވާއިރު، އެކަންކަން މިއަދުވެސް އަދި ފަހުންވެސް ސާބިތުކޮށްނުދެއްވާނެކަން އަމިއްލަފުޅަށްވެސް އެނގިވަޑައިގަންނަވާނެއެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އެތައް މިލިއަން ޑޮލަރެއްގެ އިސްރާފު ޚަރަދުކުރައްވައިގެން ބޭރުގެ ޕަބްލިކް ރިލޭޝަން މާހިރުން މެދުވެރިކޮށް އަދި އެތައް ބަޔަކު ރައީސް އޮފީހުގެ ވަޒީފާގައި ގެންގުޅުއްވައިގެން ނަފްސު އޮފުކުރައްވަން ރައީސް ޞާލިހް މަސައްކަތްކުރައްވާއިރު، މިބާވަތުގެ ފެންވަރުދަށް ވާހަކަފުޅުތައް ދެއްކެވީމައި، ރައްޔިތުންނަށް ހާމަވެގެންދަނީ ރައީސް ޞާލިޙަކީ ރާއްޖެފަދަ ތަޢުލީމީ އަދި ތަހުޒީބު މުޖްތަމައެއްގައި ވެރިކަންކުރައްވާ ފެންވަރާއި ފަންވަރު ކިބައިގައި ނެތް، އެފަދަ މަޤާމަކަށް ކުފޫ ހަމަނުވާ ބޭފުޅެއްކަން ކަމަށް ވެސް އިދިކޮޅު ދެޕާޓީގެ ބަޔާނުގައި ބުންޏެވެ.

"ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނީލަންކިޔާ، ދީނީ ވަޙުދަތު ނަގާލަން ރާއްވަވާ، އިޖްތިމާޢީ އަދާލަތު ގެއްލުވާލާ، އިޤްތިޞާދު އިނދަޖައްސާލުމަށްފަހު، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ލިބިދާނެ ލަދުވެތި ނާކާމިޔާބު ނަތީޖާއާމެދު ބިރުވެތިވެ، ދޮގު ތުހުމަތުތަކެއްގެ އަލީގައި ސިޔާސީ ހަޔާތް އިތުރަށް އާބާދުކުރެއްވިދާނެކަމަށް ހީފުޅުވުމަކީ ބޮޑު ކުށެކެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގަތީ ދިވެހި ރައްޔިތުންނަށް މިފަދަ ގިނަ ރޮގުތަކެއް ހައްދަވާ، މިހާތަނަށް އެއްވެސް ފިޔަވަޅެއް ފުއްދުމަށް އެޅިފައިނުވާ ގިނަގުނަ ވަޢުދުތަކެއް ވެވަޑައިގެން، ރައީސް ޔާމީނާއި ޕީޕީއެމްގެ މެންބަރުންގެ އަބުރު ކަތިލައްވައިގެންކަމަށްވިއަސް، މިއަދު ދިވެހިން ތިބީ އެއަށްވުރެ ހުޝިޔާރުވެ، ސަމާލުވެގެންކަމަށް އިދިކޮޅުން ބުންޏެވެ.

މިއަދު ދިވެހިން ރައީސް ޞާލިޙަށް ދަރަނިބޯ' ގެ ޝަރަފުވެރި ލަޤަބު އަރުވާފައިވަނީ، ދިވެހިން ބިކަވެފައި ތިބި ދަނޑިވަޅެއްގައި، މަތިމައްޗަށް ދަރަނި ނަންގަވައިގެން، ޝާނާއި ޝައުކަތާއި އަރާމާއި ލައްޒަތުގައި ދިރިއުޅުއްވުމާއި، ޢާއިލާގެ ގިނަ މެންބަރުންނާއި ގާތް މީހުންނަށް ވަޒީފާދެއްވާ، ބަދަލުގެ ގޮތުގައި ބައިތުލްމާލު އެމީހުންނަށް ބައްސަވާލެއްވުމާއި، ކޮރަޕްޝަން ހިންގެވުމުގެ އިތުރުން، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ޚުދު އެމަނިކުފާނު ހިމާޔަތްކުރައްވަމުން ގެންދަވާތީ ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

"މަތިންދާބޯޓުތައް ޗާޓަރކޮށްގެން، ކޮވިޑްގެ ތެރޭގައި ގައިގޯޅިކޮށް ރަތްދައްކާ އަވީގައި ކުޑަކުދިން ބައިތިއްބައިގެން ސަނާކިޔުއްވާ، ރަސްކަލެއްހެން ހަތްކޮޅުގައި ރަށަށް ބާލަން މަޖުބޫރުކުރުމުގެ އިތުރުން، އަމިއްލަ ސޫރައިގެ ވިހިތިރީސް ފޫޓްގެ ބޮޑެތި ކުރެހުންތައް ރަށުތެރޭގައި ބަހައްޓައިގެން ކުރަމުންދާ އިސްރާފުތަކަކީ، އެކަމަށްޓަކައި ރައްޔިތުން ދުވަހަކުވެސް އެމަނިކުފާނަށް މަޢާފުކުރާނެ ކަންކަމެއް ނޫނެވެ. އެކަމުގެ އަޒުލު ރައްޔިތުންގެ އަތްމަތިން ފުރަތަމަ ލިބިވަޑައިގަންނަވާނީ މާޗް 2021 ގައެވެ. އަދި، އެއަށްފަހު، ވަރަށް ހުތުރުގޮތެއްގައި ސެޕްޓެމްބަރު 2023 ގައެވެ. ރައްޔިތުންގެ ފައިސާ އިސްރާފުކުރައްވާ، ދޮގު މަޢްލޫމާތު ދެއްވުމުގެ ބަދަލުގައި، ޤާނޫނު އަރާ ހަމަކުރާނެ ދުވަހަށް ތައްޔާރުވުން އެމަނިކުފާނަށް އައުލާކަންބޮޑުކަމުގައި ދެކެމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ބޭރުގެ އިސްތިޢުމާރީ ބާރެއްގެ މަދަދާއި ފައިސާއިން، އަދި ޤާނޫނު އަސާސީއާއި ޤާނޫނުތައް މުގުރުގެ މަތީ ތާއަބަދު ވެރިކަމުގައި ހުންނެވޭނެކަމަށް ހީފުޅުކުރެއްވުމަކީ ބޮޑު ކުށެއް ކަމަށް ވެސް އިދިކޮޅުން ބުންޏެވެ. "އިޤްތިޞާދީގޮތުން ތަންދޮރު ނުފިލާ ޙާލުގައިވެސް، ޕޯޑިއަމްގައި ދަރަނީގެ ވާހަކަ ދެއްކެވީތީ،" އެކަމަށް ރައްދު ދެމުން އިދިކޮޅުން ބުނީ "ދިވެހި ދައުލަތުގެ މާލިއްޔަތަކީ ބަފައިބޭގެ ގުދަނުގެ ވިކުރާ ނޫންކަން ހަނދުމަފުޅުކޮށް އަރުވާ" ކަމަށެވެ.ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުތަކާ ޚިލާފަށް، މިއީ ޝާއިމުކުރެވި ފެންނަންހުރި، ސާބިތުހިފޭ، ސާބިތުކުރެވޭނެ، އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންނާއި ޤައުމީ މަރުކަޒީ ބޭންކުން ޤަބޫލުކުރާ އަދަދުތައް ކަމަށް ވެސް ބާނުގައި ބުންޏެވެ.

"ރައީސް ޔާމީން ވަޑައިގަތީ 85 ރަށުގެ ފައިސާ ހިއްޕަވައިގެންކަމަށާއި، ޤައުމު ނުހިންގެވިގެން އުޅުއްވަނީ އެހެންވެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. ރައީސް ޔާމީން އެއްވެސް ފައިސާއެއް ހިއްޕަވައިގެން އެއްވެސްތާކަށް ވަޑައިގެންކަމީ ކަނޑައެޅިގެން ދޮގު ވާހަކައެކެވެ. އެކަން އެންމެ ހަރުކަށި އިބާރާތުން މިޕާޓީން ކުށްވެރިކުރަމެވެ. އަދި، ޝަރުއީ ދާއިރާއިން ރައީސް ޞާލިޙުގެ އަތްޕުޅު ނަންގަވާ ދުވަހެއް އައުމުން އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުއްލާނެ ކަމެއްކަންވެސް ދަންނަވަމެވެ. އަދި، ޤައުމު ނުހިންގެވިގެން އުޅުއްވަނީ އަމިއްލަ ނުކުޅެދުންތެރިކަމުގެ ސަބަބުން ކަމާއި، އޭގެ އެންމެ ބޮޑު އެއް ސަބަބަކީ މިއަދު މިއޮތް ސަރުކާރުގައި ފަސާދަ އިންތިހާއަށް ބޮޑުވެފައިވުންކަން ފާހަގަކުރަމެވެ." ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ އަދަދު ވިދާޅުވެ ރަށްތަކެއްގެ ވާހަކަ ގެންނަވާ އެމްޑީޕީއަށް ނިސްބަތްވާ ވެރިއަކު އެއްޗެއް ވިދާޅުވުމުން ހަނދާނަށް އަންނަނީ ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ރައީސް ނަޝީދު ދެއްކެވި އެފަދަ ވާހަކައެކެވެ. އެއި ޗައިނާ ސަރުކާރުން ރާއްޖޭގެ 13 ރަށެއް ވަގަށް ނަގައިގެން އުޅޭކަމަށާއި އެތަންތާނގައި އަސްކަރީ މަރުކަޒުތަކެއް ޤާއިމްކުރަން ރާވާ ވާހަކައެވެ. ވެރިކަމަށް ވަޑައިގެން 2 އަހަރުވީއިރު އެވިދާޅުވި އެންމެ ރަށެއްގެ ވާހަކަވެސް ސާބިތުކޮށްދެވިފައި ނުވާހިނދު އެމްޑީޕީގެ ވެރިންނަކީ ސިޔާސީ ފައިދާއަކަށް ކޮންމެ ފަދަ ކަމެއްގައި ކޮންމެ ފަދަ ބަޔަކަށް އަމާޒުކޮށް ކޮންމެފަދަ ދޮގެއްވެސް ހަދަން ފަސްނުޖެހޭނެ ބައެއްކަން ދިވެހި ރައްޔިތުންގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސް މިއަދުވަނީ އެނގި، އޮޅުންފިލާ، ސާބިތުވެފައެވެ." ބަޔާނުގައި ބުންޏެވެ.

ޤައުމު ދުށް އެންމެ ކުޅަދާނަ އިޤްތިޞާދީ މާހިރު ރައީސް ޔާމީންގެ 5 އަހަރުގައި، މުޅިން އަލަށް ރިސޯޓު ތަރައްޤީކުރުމަށް 35 ރަށެއްގައި މަސައްކަތްކުރެވި، ގިނަ ރިސޯޓުތަކެއް ނިންމާ ހުޅުވާފައި ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި، 24000 އެނދުން 48000 އެނދަށް އެސިނާއަތު ވަނީ ފުޅާކުރައްވާފައިކަން ވެސް ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

"ރައީސް ޞާލިޙު ވިދާޅުވީ "ކުރީ ސަރުކާރު ފޭބި އިރު އެއްވެސް ފައިސާއެއް ނެތް' ކަމަށެވެ. އެމަނިކުފާނާ މިޕާޓީން ވެރިކަން ޙަވާލުކުރި ދުވަހު، ރައީސް ޔާމީން ޤާއިމުކުރެއްވި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް ފައިސާ ހުންނާނެއެވެ. މިކަން އޮންނާނީ 22 ނޮވެމްބަރު 2018 ގައި އެމް.އެމް.އޭ ގެ އެއިރުގެ ގަވަރުނަރު އަޙްމަދު ނަޞީރު، ބަޖެޓް ދިރާސާގެ ތެރޭގައި ހާމަކުރައްވާ، އިޢްތިރާފުވެވަޑައިގެންފައެވެ. އޭގެ އިތުރުން، 718 މިލިއަން ޑޮލަރު އެމް.އެމް.އޭ. ގެ ރަސްމީ ރިޒާވުގައި، ރައީސް ޔާމީންގެ ފުރަތަމަ ދައުރު ނިންމެވިއިރު، ރައްކާކޮށްފައި ހުންނާނެއެވެ. މިއަން ވަނީ އެމް.އެމް.އޭ. ގެ ވެބްސައިޓުގައިވެސް ޝާއިޢުކޮށްފައެވެ." ބަޔާނުގައި ވެއެވެ.

ދަރަނީގެ ތަފްސީލްތައް ދެމުން ބަޔާނުގައި ބުނީ ރައީސް މައުމޫންގެ ޒަޢާމަތު ނިމުނުއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 51 އިންސައްތައިގައެވެ. ރައީސް ޞާލިޙުގެ އަޚް ނަޝީދުގެ ދެބައިކުޅައެއްބައި ވެރިކަން ނިމުމަކަށް ރައްޔިތުން ގެނައިއިރު، އެއަދަދު ހުރީ 60 އިންސައްތައިގައެވެ. ރައީސް ވަޙީދުގެ ކުރު ޒަޢާމަތު ނިމުނުއިރު، އެއަދަދު ހުރީ 64 އިންސައްތައިގައެވެ. ރައީސް ޔާމީންގެ ފުރިހަމަ ފަސް އަހަރުގެ ކާމިޔާބުވެރިކަމުގައި، އުމްރާނީގޮތުން އިންޤިލާބީ ކުރިއެރުންތަކެއް ޤައުމަށް ހޯއްދަވާދެއްވާ، ރައްޔިތުންގެ ފުދުންތެރިކަން ދެގުނައަށް އިތުރުކުރެއްވުމަށްފަހު، ރައީސް ޞާލިޙް ޤައުމު ޙަވާލުކުރެއްވިއިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރީ 74 އިންސައްތައިގައެވެ. ރައީސް ޞާލިޙަށް އެންމެ ދެ އަހަރު ވެރިކަން ކުރެއްވުނުއިރު، އެ އަދަދު ދުނިޔޭގެ ރެކޯޑު އަދަދަކަށް އިތުރުކުރައްވާ، ވަނީ 107 އިންސައްތައަށް އުފުއްލަވާލައްވާފައެވެ.

"ވެރިކަމަށް ވަޑައިގެން ފަހުން މިހާތަނަށް 45 ލޯނެއް ރައީސް ޞާލިޙު ނެންގެވިއިރު، އޭގެ ޖުމްލަ އަދަދަކީ 1.6 ބިލިއަން އެމެރިކާ ޑޮލަރެވެ. ނުވަތަ 24.67 ބިލިއަން ދިވެހި ރުފިޔާއެވެ. މިއޮތީ އަނެއްކާވެސް ރެކޯޑެއް ހައްދަވާފައެވެ. ރައްޔިތުން ލަދުވެތިވާފަދަ އިތުރު ރެކޯޑެކެވެ. އެއާއެކު ފާހަގަކޮށްލަން ޖެހޭ އިތުރުކަމެއްވެސް އެބައޮތެވެ. ލޯނު ނަންގަވައިގެން ކުރައްވަނީ ކޮންކަމެއްތޯ ރައްޔިތުންނަށް މިއަދު ހާމަވާންޖެހެއެވެ. ޢާންމު އުޞޫލުން، ރައީސް ޞާލިހުގެ ކުރިން މިޤައުމުގައި ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް ލޯނު ނަންގަވައިގެން ރިކަރަންޓް ޚަރަދު ކުރައްވާފައިވަނީ އެންމެ ބޮޑުވެގެންވެސް 15 އިންސައްތައެވެ. ނަމަވެސް، ރައީސް ޞާލިޙު ނަންގަވާފައިވާ ފިތްކަނޑައިގެންދާހާ ގިނަ ލޯނުތަކުގެ 50 އިންސައްތައަށްވުރެ ބޮޑު އަދަދެއް ހޭދަކުރައްވަމުންގެންދަވަނީ ރިކަރަންޓް ޚަރަދަށެވެ. ތިމާގެ މީހުންނާއި ޕާޓީ އެކްޓިވިސްޓުންނަށް މުސާރަ ދެއްވުމާއި، ޗުއްޓީ ދަތުރުފުޅުތައް ކުރެއްވުންފަދަ އިސްރާފުތަކަށެވެ." ބަޔާނގައި ބުނެފައި ވެއެވެ.

އެހެންކަމުން، މިއަދު، ޕޯޑިއަމެއްގައި ހުންނަވައިގެން، މީހަކު ލިޔެފައި ކުރިމަތީގައި ބާއްވާފައި އޮންނަ އެއްޗެއް ވިދާޅުވުމުގައިވެސް، ބޮޑަށް ރަނގަޅުވާނީ އިޤްތިޞާދާއި މާލިއްޔަތު ނޫން ކޮންމެވެސް އެހެން މައުޟޫއުއެއް އިޚްތިޔާރުކުރެއްވުން ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ. އެއީ "ލަދެއްގައި ބެދި ބޮލާފޮށާ އެޅުނަ ނުދެއްވުމަށް އަރުވާ ނަސޭހަތެވެ. މެކުނު ފުމުނަސް، ގާހަކައަކަށް ނުފުމެވޭނެތީއެވެ. އަދި، އެފަދަ ތަޤްރީރުތައްވެސް، ވެރިންގެ ޝަޙްސިއްޔަތު ހިފަހައްޓަވައިގެން، ކީރިތި ނުކުރައްވާ، ފުރިހަމަކުރެއްވުމަކީވެސް އެދެވިގެންވާ ކަމެކެވެ." ބަޔާނުގައި ވެއެވެ.

އިއްޔެ ރައީސް ރައީސް ޞާލިހް ވަނީ ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. Anonymous

    ދޮގުވެރިއެއް ސޯލިހަކީ. ނިކަން ރީތިކޮށް ވެރިކަމުން ވެއްޓިގެންދާނެ. މީނަ ފެނުމުން މަށަށް ހަމަ ހީވަނީ ފިރުއައުނު ފެންނަހެން. ބޮޑާކަމާ ދޮގުހެދުން ފިރުއައުނަށްވުރެވެސް ކުރީގަ އުޅެނީ.

    29
    5
  2. Anonymous

    ދައްޖާލޭ ބުނޭ އެންމެ ބޮޑު ދޮގުވެރިއަކީ. ސޯލިހަކީ ދެވަނަ މީހަކަށްވާނީ.

    28
    4
  3. Anonymous

    މީނަ ވެރިކަމަށް އެރުމާއެކު ބޮޑާވެ ފިރުއައުނު ހެދިފަ މިހުންނަނީ.

    27
    5
  4. Anonymous

    މަށަށް މިކަޅެގެ ޗައްތަރީ ޖޯކަރަކާ. ކިޔޭ ނުކިޔޭއެއްނެނގެ. ޔާމީނޭ ނުކިޔާ މިކަލެގެއަށް ޕޯޑިއަމަކުން ނުފޭބޭނެ. މީނަ މަރުވާނީ ބޯގޮވައިގެން ހެން ހީވަނީ.

    21
    4
  5. ދަންނަ

    ޕޕމ ޕނސ އަކީ އަދި މާމޯޅަށް ހިސާބު ޖަހާބައެއް.... ވެރިކަމުގަ ތިބެ ހެދުނު ގޯސްތައް ވަރަށް ގިނަ، ގަބޫލު ކުރިޔަސް ނުކުރިޔަސް. ހިސާބު ޓިނުބޭ މެން ޕޯޑިއަމް ތަކުގަ ދެއްކި ވާހަކަތައް އަދި ހަދާނުން ކައްސާލައިގެން ނުދޭ.. އައުގުރާނަ އަދުރޭމެން މަޑުންތިބޭ..ތިއީ ގައްދާރުން. ދީނުގެ ނަހީކުރެއްވިހާ ކަމެއް ކުރަމުން އަމިއްލަ ނަފްސަށް ހުތުރު އަރުވަމުން ނުދުވެ މަޑު މަޑުން ގެގަ އޮވެބަލަ!

    4
    25
  6. ޖަނާޒާ

    ސާލިހް ހީވޭ ކަމެއްހެން. ނަމުން ޞާލިހް ވުމަކުން އަދި ނުފުދޭ . މެކުނު- ގާހަކަ މީ ހާދަވާހަކައޭ ޞާލިހޫ .

    24
    3
    • އަސްލު

      ސޯލިހަކީ ނުކިވާ ހުއްޓަސް މަކަރުވެރި ހިޔަޅެއް. ދިވެހި ރައްޔިތުންގެެ ތެރެއިން އޭނަގެ ސަޕޯޓަރުންގެ ބޮލުގަެި ތެއްގޯނި އަޅުވަނީ ﷲ އަށް ބިރެއްނެތިބޮޑެތި ދޮގުތައް ހަދަމުން. މީނަގެ މޫނުމަތީގައިވެސް ޖަހަނީ ހިޔަޅެއް ވައްތަރު. ވެރިކަން ލިބުމުން މީހާގެ ސިފަވެސް ބަދަލުވެއްޖެ.

      9
      2
  7. ސާރާ

    ދަށްވެގެން ތަޢުލީމީގޮތުން އެޑްވާންސް ސެޓިފިކެޓެއްވަރުވެސް ނެތް ޖާހިލަކު ކޮމާންޑްކުރަން ނުކުތުމުން ވާނެ ހަޔެތި މިދަނީ ވަމުން

    20
    4
    • Anonymous

      ސޯލިހު ނުކިޔަވާހުތުމުން ފައިދާނަގަނީ ހަޒާނަގެ ޗޯކީދާރުން. މީނައަކަށް ނޭނގޭ އެމްއެމްއޭގެ ވެބްސައިޓްގައި 2018 ސެޕޓެމްބަރ މަހުގެ ދައުލަތުގެ މާލީ ހިސާބު ޕަބްލިޝްކޮށްފަ އިންކަމެއްޗެސް. އެހިސާބުންނާއި 2019 ވަނައަހރު ފިނޭންސް އިންންނެރޭ މާލީ ހިސާބުތަކުން އެނގެން އެހުރީ 2018 ނޮވެމްބަރ އާ ހަމައަށް މައުމޫނު ދައުރާ މޑޕ ގެ 2.5 އަހރުގެ ވެރިކަމާ ވަހީދުވެވެރިކަމާޔާމީންގެ ވެރިކަމުން ދިވެހި ގައުމަށް ނެގި ލޯނުގެ ތެރެއިން ނުދެއްކި ހުރީ 43 ބިލިއަން ކަް. މިހާރު ބަޖެޓުން ފެންނަން އެއޮތީ 2020 އޮކްޓޫބަރ ގެ ނިޔަލށް ދަރިނި 77 ބިލިއަން ކަން. ދެން ސޯލިހު ކިތަންމެ ނުކިޔަވާހުއްޓަސް 77 ކަނޑަން 43 ހެދީމަ ބާކީ އެއިން 44 ބިލިއަނަކީ ދިވެހިންނަށް ހަރުމުދަލެއްނުދީ ހަދިޔާއަކަށް ދިން 44 ބިލިއަންގެ ދަރަނިކަން އެނގޭ!!! ހުރިހާ ދޮގެއް މިހަދަނީ ސޯލިހު. ﷲ އަށް ބިރުވެތިނުވާ ރައްޔިތުންނަށް ތެދުވެރިވާން ކުރި ހުވައާ ހިލާފުވެފައިހުރި ނުބައިމީހެއް ސޯލިހަކީ.

      10
      • Anonymous

        87 ކަނޑަން 43 = 44.

  8. އިންެސާފު

    އިދިކޮޅު ބޭފުޅުންނަށް ބުނެލަން ހަޖަމު ނުވިޔަސް ދެންތީ ބޮޑުވަރު.

    4
    27
  9. Happy

    ފެންވަރު މޮޅުވަނީ، އަދި މަޤާމަށް ކުފޫ ހަމަވަނީ ބިލިޔަނުން ބިލިޔަނުން ބައިތުލްމާލުން ފައިސާ ދަވާލީމަތަ!؟ 😡😡

    6
    18
    • Anonymous

      ސާބިތުކޮށްދީފަ ތިވާހަކަ ދައްކާ. ސޯލިހު އެކައުންޓަށްވެސް ހަމަ ތި ގޮތަށް ލާރި ވަނީ 2013 ގައަދިފަހުންވެސް.

      9
      2
  10. މމސ

    ދަރަނި ބޯ އަކީ އިބްރާހީމް ކީރިތި ރޮއެހޭރޭ ސޯލިހު ކަން ވަރަށް ސާފު. ދިވެހި ލޮބުވެތި ރަށްޔިތުންނޭ ވިސްނާ ފިކުރު ކުރާށެވެ. މިއަދު ހާމަވެގެން މިދަނީ ކިޔެވުމާޢި ނުކިޔެވުމުގެ ތާފާތެވެ. ގަޢުމުގައި ކިޔަވައިގެން ތިއްބެވި އެތަކެއް ދަރިންނެއް އެބަތިއްބެވެ. ނަމަވެސް ނުކިޔަވާ ހުރި ވެރިއެއްގެ ފަހަތުގައި މިއަދު އަހަރެމެން ތިބެން ޖެހުމަކީ ވަރަށް ލަދުވެތިވާ ކަމެކެވެ. ދެން އޮތީ މިފަދަ މީހުންނަށް ރަށްޔިތުން ވޯޓުން ޖަވާބު ދިނުމެވެ. އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މިބައި މީހުންނަށް ބޮޑުތަނުން ނޫނެކޭ ބުނެ ނުކިޔަވާ ބައިގަނޑު މިޤައުމުން ފައްސާލަން އަޅުގަނޑު ދިވެހި ލޮބުވެތި ރަށްޔިތުންނަށް ޤޮވާލަމެވެ.

    18
    4
  11. ފިނިފެންމާ

    ދެން ކޮންމެ ބަޔާނެއް ނެރުނަސް އެންމެ ކުޑަ ކުއްޖާއަށްވެސް އެނގޭ އެއްކަމެއް އެބައޮތެވެ. ޔާމީނުގެ ވެރިކަމުގެ 5 އަހަރު އަމިއްލަ އެކައުންޓަން ފައިސާ ވަންއަދަދަށް ވުރެ މުޅި އުމުރުގަ މިހާތަނަށް އެކައުންޓަން ވަން މިންވަރާ ނުބައްދަލެވެ. އެކަށީގެންވާ އަދަދަކަށްވާތީ ހުދު އަނބިމީހާވެސް ހޯދިގޮތެއް ނާހާކަމަށް ވެއެވެ.

    5
    11
    • ޒުހުރާ

      ކޯކްކިޔާ ޝޯއަކަށް ދަގަ. ޔާމިން އަކީ ކާކުކަންއެނގޭނީ ތަންދޮރު އރނގޭ މީހުނަށްމގުމތީގައުޅެބޮޑުވާ، ރީނދޫ ހަރުގޭން އުނގރނޭމީހުނަށް ދަސްވާނީ މީހުންގެ ބޮލުގަވަގުތުހުމަތު އަޅުވަން. ލިބޭ ދެރަލިބޭނީ އަމިއްލަ ނަފްސަށް. ވެއްޓޭނީ ނަރައިގެ އެންމެ އަޑިޔަށް. ޔާމީންގެ އެކައުނޓަށް އަދީބު ކުންފުނިން ޖަމާކުތި 1 މިލިއަންވެސް އެހުރީ ދައުލތުގަ. މިހާރު ހާލުގަޖެހި ދަރުމަވަންތަ ވިއްކާލައިރު އެފައިސާވެސް ނޭނގެ ނަގައިގެން ބޭނުން ނުކުރާކަމެއް. ރަނގަޅަށްވިއްޔާބއިލުދިންނަށް ދީފަ އޮންނާނީ.

    • Anonymous

      ވާވާ ހާދަ ބޯބޮޑޭ. ހަމަ އެގޮތަށް މިރާއްޖޭގެ އެންމެންނަށްވެސް އެނގޭ ހަގީގަތެެއ އޮވެޔޭ. މޑޕ އޭ މި ކިޔާ ބައިގަނޑު ވެރިކަން ހޯދަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން. ލާދީނީއްޔަތު ފަތުރާ ބޭރުގގައުމުތައް މމިތަނަށް އއަރުވާ ހުޅުޖެހުން

  12. ޅަބޭ

    ސާލިހަކީ ކެނެރީގޭ ނަސީދު ކުޅެން ގެންގުޅޭ ގާވެފަ ހުންނަ ޕަޕެޓެއް. އޮއްޓަރުހުރި ކަމެއް ނުކޮއްލާތާގަ ކިހިނެތް ތަނަކައް އަރާ ވާހަކައެއް ދައްކާނީވެސް.... ރާއްޖޭން އިސްރާފުވެގެން މިދަނީ ބޭކާރު 5 އަހަރު. އަދި އެމްޑީޕީއައް ގިނަ ވޯޓު ރައްރަށުން ހޯދަންވެގެން މި ސޯލިހު ބުނާ އެއްޗަކީ "ތިމަންނައަކީވެސް ރާއްޖެތެރޭ ނިކަމެތި މީހެކޯ"ލަ.

    14
    3
  13. ބަކުރު

    މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުން މިކަލޭގެ ރަށްވާލާނަން އިންޝާ ﷲ މިއީ ލާދީނީ ފިކުރުމީހުންނަށް ހިމާޔަތްދިން ބެއްޔާ.

    13
    5
  14. ޢަބްދުއްލާ

    ރައީސް ޞާލިހްގެ ފެންވަރު ދަށްކަމާއި، މަޤާމަށް ކުފޫ ހަމަނުވާކަން އިތުރަށް ހާމަވެއްޖެ - އިދިކޮޅު

    ( ނޮވެމްބަރު 20, 2020 )

    މިއީ ތަންދޮރު ދަންނަ ސޯލިހެއްތަ؟ ނޫނީ ތަންދޮރު ނުދަންނަ ސޯލިހެއްތަ؟

    އަދިކިރިޔާ ތިއީ އަމިއްލަ ބަޖެޓެއް މިފަހަރު ތިހެދީ ތިތޮތީ ބޮނޑިބޮއިފަ.

    ގަމާރަސް ތިވަރު ބޮޑު.

    12
    3
  15. ކަޓީ ޗާއެވާލާ

    މީނަގެ ފެންވަ ރަކީ އިންޑިޔާ މަގުމަތީ ގެ ރި ގޮރު ވިއްކުން

    9
    2
  16. ކޫލް

    ޢިލްމެއް ހިލްމެއް ނެތް ދޮގުވެ ރި ކެހިވެ ރި ކުޑަ ގެރި މޯދީ 2023 ގަ ދާން ޖެހޭނީ ފިލައިގެން އެހެން ނޫނީ ޖަލަށް ....ރައްޔިތުން މީނައަށް ވަ ރަށް ރީތި ފިލާވަޅެއް ދޭނެ.އިންޝާ ﷲ

    8
    1
  17. ސާބަސް

    ވވވ ފު ރިހަމަޔަށް ސާފު ތެދުބަހުން ފެންނަން އޮތްލިއުމެއް ވަ ރަށްވެސް ފު ރިހަމަ ޝުކު ރިޔާ ތިހައި ފު ރިހަމައަށް ސާފު ތެދުބަހުން ތިބަޔާން ގެނެސްދެއްވި ފަ ރާތަށް ހު ރިހާކަމެއް ހާމައަށް ފެންނަން އޮވެމެ ދޮގުހެ ދުމީ މުނާފިޤުންގެ ޞިފައެކެވެ.

    7
    1
  18. ޚަލޯ

    ޢިދިކޮޅޭ. ޢެއީ ކޮންބައެއް. ދިވެހިންނަކީ އެއްބައެެއްނޫންތަ؟ ތިޔަބުނާ އިދިކޮޅުމީހުން އަވަހަށް އެއްކޮޅުވޭ. ތިއީއަކީ މުސްލިމުން އުޅެންވާނެ ގޮތެއްނޫން. ޢަދި ތިއީއަކީ މުސްލިމުންގެ ސިފައެއްވެސްނޫން. ޥަރަށް ވެދުން.

    3
    7
    • Anonymous

      އަނހާ. ވަގުތުން މުސްލިމް މުސްލިމް ދޯ. މުސްލިމުންނަކަށް ނުޖެހެޔޭ ލާދީނީ މީހުންނާ އެއްބައިވާކަށް. ދައްކާ ގަމާރު ވާހަކަ

  19. ޢަލީ ޢަލީ

    ވަގުތ ނޫހަކީވެސް ކުފޫ ހަމަނުވާ ނޫހެއްކަން ހާމަވެއްޖެ. ކިޔާމީހާ

    4
    9
  20. ާއަސޭލަރ

    ތިހެން ނުބުނޭ. މިހާ ރު ތިސަކާ ރާތް ވަނީ

    2
    3
  21. ގުނބޯ

    ރައީސުލް ޙިތޯބު ގެލަގަބު ފުރަތަމަ ހޯދެވީ ކާކު ؟؟
    ފިލާއޮވެފަ ޙިތޯބަކަށްް އަރާ ޓީވީފިރާލުން ފިޔަވާ ދެންކުރާ
    ޢިތުރު ކަމެއް އޮންނަ މީހެއްނުން މިީި
    ... މިވެސް ވަލިޔުލްއަމްރެކޯލަ....
    ބޮއިހަލާކު.....

    9
    1
  22. ގާސިމް

    މީގަ ނެތް ދޮގުއެއްވެސް ވާހަކައެއް. މީ ހުސް ތެދު. ކޮންމެ ބަޔަކު ދެއްކިޔަސް ރަނގަޅު ވާހަކައެއް ވިއްޔާ ރަ ރަނގަޅޭ ބުނަން ވާނެ.

    9
    3
  23. ސަރު ރުކާ

    މި ގޮތައް ނެ ރޭ ބަޔާން ބަލައި ނުގަންނަމެވެ

    2
    10
    • ހހހހ

      ބަލައި ނުގަތަސް ތެދުވާނީ ތެދަށް. އަބަދުވެސް ޓްރުތް ވިލް ޕްރިވެއިލް. އެއީ ދިވެހިންފަދަ ޖާހިލުންތަކެއްގެ މައްޗަށްނަމަވެސް. އަބަދު ދޮގުހަދައިގެން ޖާހިލު ތަންދޮރުނުދަންނަ ގަމާރު ދިވެހިންނެއްވެސް ނުހިފެހެއްޓޭނެ. ދޮގުގެދުމަކީ ޝައިތާނާގެ އަމަލެއް. ޝައިތާނާގެ އަޅެއްކަން އެނގޭ ސިފައެއް. ﷲ އަށް އީމާންވާ މީހުން ދޮގުހެދުމާ ދުރުހެލިވާނެ.

  24. ޢިޔާބު

    ހަހަހަހާ...... މީދާކޭ އުނބުގޯންޏެއްވެސް ތިޔަށްވުރެ މާރަގަޅުވާނެ.

    11
    1
  25. އަލީ ސާލިހް

    އެފްޕީއައިޑީ ލާރިން ބޮޑު ސިއްކައަށް ލިބުނު ބަޔަށް ފެށި ވިޔަފާރި ތަކުން ވިޔަފާރިއެއް ހިންގަން އުފެއްދި ޕޭން އޯޝަން ކިޔާ ކުންފުންޏެއްގެ ވަކިލާރި ގުނަން ބަހައްޓާފައި ހުރި އަޅު ކުއްޖެއް ގެނެސް ތާޖު އަޅުވާ ގޮޑީގައި ބޭންދީމަ އެހެންް ދިމާވެދާނެތާ.

    8
    2
  26. ރަދީފް

    ދަރަނި ބޯ.ހެހެހެހެހެ

    8
    1