ދުނިޔެއަށް ކުރިމަތިވެފައިވާ އާލަމީ ބަލިމަޑުކަމާއި އިގްތިސާދީ ތަދުމަޑުކަމުގެ މި ދަނޑިވަޅުގައި ސިޔާސީ ލީޑަރުންގެ އަމިއްލަފުޅު ސިޔާސީ މަގްސަދުތަކާއި ބޭނުންތައް އެއް ފަރާތްކޮށް އިގްތިސާދު ހިނގާނެ ބަޖެޓަކަށް އެންމެން އެއްބާރުލުން ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި އޮންނަ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ގިނަ ދުވަސްތަކެއް މަސައްކަތް ކުރެއްވި ޝަރީފް ރޭ ކުރެއްވި އެއް ޓްވީޓެއްގައި ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއަށް ގެންދިއުމަށް މި ދަނޑިވަޅުގައި އިތުރު ހަރަދު ދައުލަތުން ކުރަން ޖެހޭނެ ކަން އެންމެން ވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ދަރަނި ބޮޑު ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ޖެހުނު ސަބަބަކީ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ހިމަނަން ޖެހުމުން ކަން އެންމެން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. ދަރަނި އިތުރުކޮށްގެން ވެސް ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި އުމްރާނީ ތަރައްގީއަށް ދައުލަތުން ކުރާ ހަރަދު ހުއްޓާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބަލިމަޑުކަން ފެތުރިފައިވާ ހާލަތާއި އިގްތިސާދީ ތަދުމަޑުކަމުގެ ހާލަތުގައި ސިޔާސީ ލީޑަރުންގެ އަމިއްލަފުޅު ސިޔާސީ މަގްސަދުތައް އެއް ފަރާތްކޮށް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރަން އިސްކަން ކުރަން ޖެހޭ، ދައުލަތުން އިގްތިސާދުގައި ހޭދަކުރަން ޖެހޭ މާލީ ސިޔާސަތެއް މި ވަގުތެއް އެބަ ބޭނުންވޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓްގައި 15.5 ބިލިއަން ރުފިޔާގެ ބޮޑު ޑެފިސިޓެއް ހިމެނިފައިވުމުންނާއި އާމްދަނީ ލިބެން ނެތް އުމްރާނީ ބިނާތަކަށް ބޮޑެތި ހަރަދުތަކެއް އޮތުމުން ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ބަޖެޓަށް ފާޑުވިދާޅުވެފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެމަނިކުފާނަށް ވޯޓު ދެވެން އޮތް ނަމަ ޑެފިސިޓް ބޮޑު ބަޖެޓެއް ފާސްކުރައްވަން ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގައި ތިއްބެވި ނަޝީދުގެ އަރިސް މެންބަރުންގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން ވެސް ބަޖެޓަކަށް ތާއީދެއް ނުކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހޫދު

    ތި ބަޖެޓަކީ ހަމަ ބަބްލް އެއް. ކައުންސިލް އިންތިހާބު ނިމެންދެން އޮންނާނީ ޕްރޮޖެކްޓްތައް ހަވާލުކޮށް ސޮއިކުރުން. މޑޕްަށް ކާމިޔާބުވިއަސް އަދި ކާމިޔާބު ނުވިއަސް އިންތިހާބު ނިމުމާއެކު ތަރައްގީގެ ޕްރޮޖެކްޓްތައް ހުއްޓާލާނެ. ބަބްލް ފެޅި ތިކިޔާ މުޅި ގައުމުގެ އިގްތިސާދު ހުއްޓޭނެ. ވަޒީފާތައް މަދުކުރާނެ މުސާރަތައް ކުޑަކުރާނެ. ލާހިކެއްނޫން މިސަރުކާރު ހިންގާކަށް މިނޫން ގޮތަކަށް. އިންޑިޔާއިން ކިތަންމެ ވަރަކަށްވެސް ކްރެޑިޓަށް މުދާީފާނެ. އެކަމަކު އެއަށް ދައްކަންޖެހޭ ޑޮލަރެއް ރާއްޖެއަކަށް މިއަންނަ އަހަރު ނުވަންނާނެ. ހަމައެކަނި އޮތް އޮޕްޝަނަކީ މުވައްޒަފުންވަކިކޮށް މުއައްސަސާތައް އުވާލުން. ސިކުނޑީގަ ތެތްކަމެއް ހުރި ކޮންމެ މިހާކަށް މިވަރު އެނގޭނެ. މާހިނިއައިސް އެއަރޕޯޓާ ބިންހިއްކުމާ ނަރުދަމާވާނެ ކަމެއްނެތް. ހަމަ ހުސް ބިލާހޭ އެއީ. ކައުންސިލްަކުގެ އެދުމުގައި ހަދާފަ އޮތް ބަޖެޓަކީ ބޮޑު ދޮގެއް. މިގައުމު ހުއްޓުމަކަށް މިދަނީ. މިއީ އިގްތިސާދީ ނަޒަރުން ދެނެގަންނަން ލައްކަ ފަސޭހަ ކަމެއް. މިއަންނަ އަހަރަކީ ހިލޭ އެހީއަށް އެންމެ ރުފިޔާ ފޮއްޗެއްވެސް ވަންނާނެ އަހަރެއްނޫން. ފަހަރެއްގަ ޗައިނާ، ޖަޕާން ފަދަ ގައުމަކުން ވެކްސިން އާއި ސިއްހީ އާލަތްތަކެއް ދީފާނެ.

  2. އަހްމަދު

    މިހާރުމަޖިލީހަށް ހުށަހަޅާފައެއޮތީ ބަޖެޓެއްތޯ މިހާލަތުގައިމިރާއްޖެއަށް އެހާގިނަލާރިދަރަންޏައްދޭނީ ކޮންބައެއްބާ ދިނަސްވެސްދެއްކޭނެގޮތެއްވެސް އެބައޮތްބާ މިހާރުއޮތްދަރަނިވެސް ނުދެއްކިގެން ފަސްކުރިއިރު ދެންއިތުރައް ނަގާލާރި ދެއްކޭނީކޮންދުވަހަކުންބާ

  3. ނަސީދު

    އަތައްގޮވީތަ ދެން ތި އެމްޑީޕީ ޖެހޭނީ މަހައް ދާން އަދިބުނަންތައް އިންޑިޔާ ޓޭކްއޯވަކޮއްފިއްޔާ ވެސް ޖެހޭނީ މަހައްދާން