މާލެ ސަރަހައްދު ކައިރިން ފެނުނީ ގޮތް ނޭނގޭ ހެލިކަޕްޓަރެއް ނޫން ކަން "ވަގުތު"އަށް އެނގިއްޖެ އެވެ.

މާލެ ސިޓީގައި ވަށާ އަދި މަތިން ގޮތް ނޭނގޭ ހެލިކަޕްޓަަރެއް ދަތުރު ކުރަމުންދާ ކަމަށް މީސް މީޑިއާގައި ދަނީ ވާހަކަދެކެވެމުންނެވެ.

ވަގުތީ ގޮތުން އެމްއެންޑީއެފް އާ ހަވާލު ކުރި ހެލިކަޕްޓަރު

މިކަމާއި ގުޅޭގޮތުން "ވަގުުތު"އިން މައުލޫމާތު ހޯދުމުން އެނގުނުގޮތުގައި، އެ ހެލިކަޕްޓަރަކީ ރޭ ތ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެނުންދިޔަ އުމުރުން 61 އަހަރުގެ ފިރިހެން މީހާ މާލެ ގެނައި ހެލިކަޕްޓަރެވެ.

އެ ހެލިކަޕްޓަރަކީ އެމްއެންޑީއެފް އިން އަސްލު ބޭނުން ކުރަމުންދާ ނޫ ކުލައިގެ ހެލިކަޕްޓަރު ސާވިސް ކުރުމަށް އިންޑިއާއަށް ފޮނުވާލުމުން ބަދަލުގައި ސާވިސް އިން ނެރެފައިވާ ހެލިކަޕްޓަރެކެވެ.

އެމްއެންޑީއެފްގެ ހެލިކަޕްޓަރު - ފޮޓޯ: އެމްއެންޑީއެފް

"ވަގުތު"އަށް އެނގިފައިވާގޮތުން، އެމްއެންޑީއެފް އިން އަސްލު ބޭނުން ކުރާ ހެލިކަޕްޓަރު ސާވިސް ކުރުމަށް އިންޑިއާއަށް ގެންދިއުމުން، މި ހެލިކަޕްޓަރު ރާއްޖެ އައީ މީގެ ދެ ތިން ހަފްތާ ކުރިންނެވެ.

މިއީ މީގެ ކުރިންވެސް އެމްއެންޑީއެފް އިން ބޭނުން ކުރަމުންދާ ސައިޒްގެ ހެލިކަޕްޓަރެކެވެ. އެހެން ނަމަވެސް މި ހެލިކަޕްޓަރުގައި ހުންނާނީ އަޅި ކުލަ އެވެ.

މި ހެލިކަޕްޓަރު ސާވިސްްއަށް ނުކުމެ، މިހާތަނަށް ހަތަރު ވަރަކަށް ދަތުރެއް ކޮށްފައި ވެއެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން، އެ ހެލިކަޕްޓަރު މާލެ ސަރަހައްދުގައި ވަށައިގެން ދަތުރު ކުރަމުންދާ ކަމަށް ބުނެފައި ވަނީ، އެ ހެލިކަޕްޓަރު ކައްދޫއަށް ދަތުރު ކުރުމަށް މީގެ އިރުކޮޅެއް ކުރިން ފުރުމާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޕްލޭން ބީ

  ރާއްޖެއިން ސާވިސް ކުރަންވެސް ނުލިބެނީތަ. ސާބަހޭ ވައްކަމާއި މަކަރާއި ހީލަތް ހަދާމީނުންނަށް ތިކަހަލަ ކަންކަން އިނގޭނީ.

  53
  5
 2. އަހުމަދު

  ތިވާހަކަ ގަބޫލެއް ނުކުރެވޭ. މުޅި ގައުމު އޮތީ އިންޑިއާގެ ބަރުގެ ދަށުގަ.

  61
  4
  • ސްނޭޕް

   މީހެއްގެ މަރުމަތީ ވެސް ސިޔާސީ... ސާބަސް ކަލޭމެންގެ މީހަކު ބަލިވެގެން ހާލު ދެރަވެގެން މަރުވާއިރު ޔާމީނާ ނަޝީދު ކިޔަން ތިބޭނަންތަ؟؟

   32
   24
 3. ބޮންދު

  ޖާސޫސު ކުރުން ނޫކަމެއް އެބައި މީހުން ނުކުރޭ

  51
  1
 4. އަހްމަދު

  މިކަހަލަހުރިހާކަމެއްވެސް ފެންނާނެ މިކަންކަމުންސަލާމަތްކޮށްދެއްވުންއެދި ހުރިހާރައްޔިތުންވެސް ގިނަގިނައިން ﷲއައްދެންނެވުން މަތީދެމިތިބެވޭތޯބައްލަވާ ކޮންމެނަމާދަކަށްފަހު ދުޢާކުރޭ ﷲއެކަލާންގެދީން ހިމާޔަތްކޮށްދެއްވާނެ އެއީއެކަލާންގެ ވަޢުދެއް އިންޝާﷲ

  41
  2
  • މޯލްޑިވިޔަން

   ކޮއްލަ ކޮއްލާ ހުރޭ

   10
 5. ޅަބޭ

  އެމްވީ ކުރައިސިސް އަކީ އަބަދުވެސް ދިވެހިން ގަމާރުކޮއް، ސޭކުސްތާނު ހަބަރު ފަތުރާ ބައިގަނޑެއް.

  8
  3
 6. علي وحيد

  ދިވެހިންނައް ދުއްވަން އެނގޭ ހެލްކޮޕްޓަރެއްބާ

 7. ޢަޜޭ

  މީހަކު މަރާ ހަނގުރާމަ ކުރާއިރުވެސް ސިޔާސި މިދެންް ހަމަ އަސްލަށް ވެސް ބޮޑުވަރު

  4
  2