ޓުއަރިޒަމް މިނިސްޓަރުކަމުން ވަކި ކުރި އަލީ ވަހީދާއި ދެކޮޅަށް ރޭޕް ކުރަން އުޅުނު ކަމުގެ ދައުވާ ކޮށްފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ، އަލީ ވަހީދު މިނިސްޓަރުކަމުގެ މަގާމުގައި ހުރިއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ފުރައްސާރަކުރުމާއި، ޖިންސީ ގޯޯނާކުރުމުގެ މައްސަލަތަކުގައި ދައުވާ ކުރުމަށް ކުރުމަށް 18 ނޮވެންބަރު 2020 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއްކޮށްފައިވާއިރު، އޭގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން،
ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

އޭނާ މިނިސްޓަރުކަމުގައި ހުރިއިރު، މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލާގައި ގެ ފުލުހުން ވަނީ ބަލައި ފާސްކޮށްފައި ވާއިރު މިހާތަނަށް 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލާގައި އޭނާ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައި ވެއެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާ ކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑަރ މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައެވެ.

އެ މައްސަލާގައި އަލީ ވަހީދު މަގާމުން ވަކި ކޮށްފައި ވަނީ ޖުލައި ނުވަ ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ޞާލިހް އެންގެވުމުންވެސް އެކަން ކުރުމަށް ދެކޮޅު ހެއްދެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ސާބަސް

    ސިޔާސީ ދައުވާތައް ބާރައްކުރާތި. ޢާމުން ހަލާކުވަނީ ފުލުހުންނަށް ކަމެއް ޙުށަހެޅިޔަސް ނުބަލާ. މީ މި ގައުމުގެ ހާލަތު

    76
    9
    • އިބިލީސް

      އަހަރެން މި ސަރުކާރަށް ތާއީދެއް ނުކުރަން. އެކަމަކު ތި ދައުވާ އަކީ ސިޔާސީ ދައްުވާ އެއް ނޫން. ކިތަންމެ ހުދު ފޮތިކޮޅަކަށް އޭނަ ހަދަން އުޅުނަސް އޭނައަކީ ހުދުފޮތިކޮޅަކަށް ވާނެ އެއްވެސް ގޮތެއްްނޯއްނާނެ. އެއީ އަބަދު ބނަ މީހެއް

      33
      3
  2. ޑަދު

    ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން،
    ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ

    37
    6
  3. ޅަބޭ

    އަލީ ބޫންބޫން ވަޙީދަކީ ފެށުނީއްސުރެވެސް ވަރައް ވިޔާނުދާ ޖިންސީ މީހެއް. އޭނަޔަކީ މާމޮޅު މީޙަކައް ހަދައިގެން އުޅުނީ މައުމޫނާއި އެމްޑީޕީ.

    36
    1
  4. ފާހިޝް 19 / ޖިންސީ ސަރުކާރު

    2020 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޙުގައި ލިޔެވޭނެ ކަޅު އަހަރެއް ޖިންސީ އަހަރު 😡

    35
    1
  5. މުހައްމަދު އަންޖުމް

    މިކަމުގަ ތޮއްޑޫފީކަރާ އަލީވަހީދުއޮތީ ކުއްކޮށްފަކަށް ޔަގީން ކަށަވަރު ވީމާ ލަހުންވިޔަސް ފަހުންވިޔަސް އަދަބު ކަމަށް ދޭންއޮންނަ ޙައްޤުއަދަބު ދޭންޖެހޭނެ އޭރުން މި ނުބައިއަމަލު މިހާރުވެސް ހިންގާމީހުންނަށް ރަގަޅު ފިލާވަޅަކަށްވާނީ ބާރު އޮތަސް ބޭނުންހާގޮތަކަށް ކަންކަން ނުކުރެވޭނެކަން އަންގައި ދޭންވީ ކަރާބެވެސް ދެންއެކަހަލަ ކަންކަން ކުރާނަމަބޫންބޫން ލައްވާކަށް ދުލެއްނުކުރާނެކަން ރަގަޅައް އެނގިގެންދާނެ

    20
    1
  6. Anonymous

    އަސްލު ބާކީ ކޮށްލަން ބޭނުންވީމަ އެއްޗެކޭ ކިޔަނީ މިސަރުކާރުގައި ތިބީ މުޅިންވެސް އެކަހަލަ މީހުން މަ ނުބުނަން އަލީ ވަހީދު ރަގަޅެކޭ ހުސް އެއްވަތަރު ފެން ފޯއް ތި ޕާކު ގައި ހުރީ

    24
    4
  7. ސިއްތި

    އަޖައިބުވެއްޖެ މިމައްސަލަ ހާދައަވަހޭ ނިންމާލަންއުޅޭލެއް ކޮބާ ރޯޔަލް މައްސަލަ ކޮބާ ރައީސް އޮފީސްތެރޭހިނގައިގެންއުޅޭ ޖިންސީ ފުރައްސަރައިގެ މައްސަލަ

    34
    2
  8. ޞ

    ހައްހައް... ...ޗޮކުހުންދާނީީ... ތީ ހުސްގޭމު

    25
    1
  9. ނުރަބޯ

    ރުހުމުގަ ރޭޕްކުރުމުގެ ދައުވާދޯ

    20
  10. މާމިގިލީ މީހާ

    ވަނދުކަރާ ފެޅުނީ. މިހާރު ހުންނާނީ ޖޭމްސް ބޮންޑައް ވެވިފަ. ގުއި ނުދެކޭ ކާޅައް ގުއި ފެނިގެން އުޅުނީ. ދެންްވާނެ ގޮތް ތިވީ..

    16
  11. ދަގުރޭޓް ޖިންނިރަޝީދު

    ޗަކޮޔާ! މަހީކުރީ އެެއްކަލަ ސަފާރީ ރޭޕްކޭސް ދައުވާކަމަށް. ގާމު މަގާތު މަބައްޕޭފުޅު ބުނި އެދުވަހު ސަފާރީގޭ މިސޮރު އުޅުނުވާހަކަ.

    އޭރުކިއެއްނު ބޮޑުމީހަކު އުޅުނޭ ސަފާރީގަ، އެއީ މިސޮރޭ

    13
  12. ......

    މީނަ ގެ ބޮލުގަ މި އަޅުވާ ތުހުމަތުތަކަކީ ތެދަކަށްވުންވެސް އެކަށީގެންވޭ...އެހެނަސް ސުވާލަކީ މިފަދަ ގޮތަކަށް ތުހުމަތު ތަކެއްކޮށް ރާސްލާފަ މީނަގެ މައްސަލަ ބެލިގެން ކުރިޔަށްގެންދާ އިރު ނިކަމެތި ރައްޔިތުންގެ ކިތެއް ކިތެއް މައްސަލަ ނުބެލި އެބައޮތްތޯ...ރައްޔިތުންނަށް މިކަމުން ލިބެން އޮތީ ކޮންފައިދާ އެއްތޯ...މިފަދަ ގޮތަކަށް ތުހުމަތުތަކެއް ކުރެވި އަދި އަދަބު ތަކެއް ދެވުމުން މިފަދަ ހަޑިމުޑުދާރު ބަދުއަހްލާގީ ކަންކަން މުޖުތަމައުއިން ކުޑަމިންވަރުން މަދުވޭތޯ...މީ އޭނާކުރި ކަމުގެ ނުބައިކަމުން އޭނާއަށް ރައްދުކުރެވޭ ކަމެއްނަމަ އެފަދަ ކަންކަމަށް ހުށްއެޅިދާނެ ކަންކަން ގައުމުން ނުހުއްޓުވަނީ ކީއްވެތޯ...

    15
    1
  13. ހުސޭނުބޭ

    އަތުނުޖެހުނު ލޯބި!

    13
  14. ހާލުފޮޅި

    ޖިންސީ ކުރިއަށް ލާފަ ކުރެވެންހުރި ހުރިހާ ދައުވާއެއް ކުރަންވީ...

    14
  15. ރޯމިއޯ

    ބޫމް.....ބޫމް...ބޫމް

  16. ރޯމިއޯ

    ބޫމް ބޫމް ބޫމް

  17. ފ

    މައްސަލަ އަކީ މިސަރުކާރުގެ ބްރޯ ފައްޔާޒަށް ބައިނާޅާ ކުޑަ ޑޮލަރު ކޮޅެއް ކައްވާލުން އެއީ 3 މިލިއަން ޑޮލަރު.... އަސްލު ހަގީގަތް އަދި ހާމަ ވާނެ ހުކުމް އަރާ ހިސާބުން މިސަރުކާރުގައިމިހާރު ބްރޯ ފައްޔާޒަށް ކަޓަނު ނެގޭ ގޮތަށް އެ އޮތީ މިނިސްޓަރ މައުސޫމަކީ ހަމަ މައުސޫމް ބޭފުޅެއް ބޯމަތިން ހުރިހާ ކަމެއް ދާނީ އޭނާ ބޭނުންވާނީ ރީތިނަން މަސްހޫރު ކަން ނޫސްތަކުން ފަލަ ސުރުޚީ