ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވަކި ކުރި އަލީ ވަހީދުގެ މައްޗަށް ޖިންސީ ގުނަވަން ހާމަ ކުރިކަމުގެ ކުށުގެ ދައުވާ ކޮށްފިއެވެ.

މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވެނީ އެތައް މުވައްޒަފުންނަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ. އަދި އޭނާގެ މައްޗަށް މީގެ ކުރިން ވަނީ މިނިސްޓަރު އައިޝަތު ނަހުލާ އަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ވެސް ކުރެވިފައެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ވަނީ ހަތް ދައުވާއެއް ކޮށްފައެވެ. އޭގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާވެސް ހިމެނެއެވެ.

އޭނާގެ މައްޗަށް ކުރެވޭ އިތުރު ދައުވާތަކަށް ބަލާއިރު، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ މައްސަލަތަކުގައި އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ޖުލައި ނުވަ ވަނަ ދުވަހުއެވެ. އޭނާ މަގާމުން ވަކިކޮށްފައި ވަނީ ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ޞާލިހް އެންގެވުމުންވެސް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހެއްދެވުމުންނެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ޟަޒް

  ރުހިގެން ކުރާ ކަންތަކުގައި ފަހުން ޑިމާންޑް ކުރާ ކަންތައް ކޮށް ނުދިނީމާ ކެހިދީފަ ބަދުނާމު ކުރަނީ.

  87
  9
 2. ާޒަމްނާ

  ބިޓެއް ނަގާ ހިސާބުން ޖިންސީ ގުނަވަން ދެއްކުން އެއީ މިހާރު މިގައުމުގެ ނިއު ނޯރމަލްއެއް. ދަރިން އުޅޭ ނޫޅޭ ގޮތެއް މައިންބަފައިން ނުބަލާ

  113
  4
 3. ގެރި

  މި ސަރުކާރަކި ޖެހިފައޮތް ބަލާވެރިކަމެއް. އަންހެން ކުދިންނަށް ދިރިއުޅެވޭ ވަރު ނުވޭ މިކަހަލަ ޖަނަވާރުނާ ހެދި

  89
  20
 4. Anonymous

  ތި އޮތީ ގައުމީ އިނާމު ދޭވަރު ކަމެއް ކުރެވިފަ މިކަލޭގެއަށް. ބާގީ ސަރުކާރުގެ ބަލާވެރިކަން

  66
  8
 5. ޅަބޭ

  އެކަމު އިބޫ ސޯލިހާއި ކެނެރީގޭ ނަޝީދު ބުނީ އަލީ ވަހީދަކީ ނުލާހިކު ގާބިލު %100 ތާއީދުއޮތް މީހެކޯ.

  76
  6
 6. ޭެޖާބެ

  😂

  33
  3
 7. ސަމްސިއްޔާ

  ބޫންބޫން. މިހާރު ހުންނާނީ ރާކަނިމަސް ކެވިފަ

  75
  3
 8. ސަނާ

  ކީކޭ ބުނާނީ ދެން، ލަދުން ބޯ ފަޅައިގެންދޭ ހަބަރު ކިއާލިއަސް

  50
  4
 9. ހުސޭނުބޭ

  ތިއީވެސް ހަމަ 3000 ރުފިޔާގެ ބަޖެޓަކުން ނިންމާލިކަމެއްތޯ! އެހެން މި ހަހަނީ މީނައަކީ 3000 ބަޖެޓުން ބޮޑެތި ކަންކަން ނިންމަން މާ މަޝްހޫރު މީހަކަށް ވީމާ!

  47
  4
 10. ޙހހގ

  ޖިންސީ ގުނަވަނާއި މުޅި ހަށިގަނޑު ވެސް ދައްކާ އަންހެނުން މަގުމަތީގަ ބައިވަރު

  86
  5
  • ލުބޯ

   ދެން ލޯދޮންނަށް ދޭ.

   12
   6
 11. ޕުރިންކަލް ކުންޔާ މޯޑީ

  ހައްހައް...ހައްހައް....އައްޔާ ކަލޭވެސް ދޯ.....ފުއްޕާފަ އުޅެވޭނީ ވަކިވަރަކަށް...ވަގުތު އައިސް އަރާހަމަ ކުރާނެ އިރެއްނޭގޭނެ..ކޮންފަދަ ހުތުރުކަން ބޮޑު ވާހަކަތަކެއްގެ އަޑު މިއިވެނީ ކަލޯ... ޓީވީއަކަށް އަރާ ނިކަން ކެރިގެން ދިފާއުގަ ވާހަކަ ދައްކާލަ ބަލަ އަލީ...އަސްލެއް ނޫންކަމަށް ވަންޏާ އަލީގެ އަބުރު ކަތިލި މީހުންގެ މައް ޗައް ދައުވާ ކުރަންވީ..

  56
  4
 12. ނަހުލާ

  އައްޗީޑި މުޑުދާރުކަން

  46
  4
 13. މާމިގިލީ މީހާ

  ވަނދުކަރާ ފެޅުނީ. މިހާރު ހުންނާނީ ޖޭމްސް ބޮންޑައް ވެވިފަ. ގުއި ނުދެކޭ ކާޅައް ގުއި ފެނިގެން އުޅުނީ. ދެންްވާނެ ގޮތް ތިވީ.

  47
  2
 14. ކަލޯ މާ ކަނާ

  ކަލޯ އެއް ޖިންސު ވެސް ބާކީ އެއް ނެތް ދޯ!

  27
  1
 15. އަރީ

  އަލީ ތިކަން ނުކުރާނެ އެކޭ ބުނާކަށް ނުކެރޭނެ.

  31
  2
 16. ގައުމުގެ ދޫ

  އެމީހެއްގެ އަބުރު ރައްކައުތެރި ކުރުމުގާ އެމީހެއްގެ ޒިންމާ ނުހަނު ބޮޑުކަމަށް ދަންނަވަންޖެހޭ!

  37
 17. ކަންވާރު

  ކޮބާ ހުންނާނެ ރަނގަޅައް ރާކަނިމަސް ކެވިފަ ކަލޭގެސިޔާސީހަޔާތްދުއްވާލީތި އަދިވެސް ކިޔާތި އެތައްބައިވަރު ހެއްކެއް ތިމަންނައަތުގަ އެބަހުއްޓޭ

  38
  1
 18. ތަންބި

  ޖިންސީ ބާރުގަދަ ބޭފުޅެއްކަން ހާމަވަނީ

  11
  3
 19. ޟަޖޫ

  100ޕަސެން ޓް އޮވެޔޯ ވެރިން އޭރު ކިޔަމުން އައީ ދެއްތޯ....

  12
  1
 20. މުނާސަބަތު

  ހެޕީ މެންސް ޑޭ.

  10
  1
 21. ގައުމު

  ގައުމީ ގުނަވަނެއްތަ

  15
 22. އަލީ ވަހީދުގެ

  2 ދޮރު ވެސް ދައްކަފާނެ.......

  17
  1
 23. ބަގީččޗ

  ކޮވިޑު ތެރޭގައި ތަ ޖިންސު ދައްކަމުން އުޅުނީ

  15
  1
 24. ބްލަޑް

  އީޑީ އަމީން ކަހަލަ ވަހުޝީ މީހެއް

 25. އަލި

  މިސަރުކާރާ ދެކޮޅަށް ކޮއްފަހުރި ކޮމެންޓްތަކަށް އަންލައިކް ދިނަސް ހަގީގަތް ބަދަލެއް ނުވާނެ. މީ ލާދީނީ ކާފަރުންގެ ސަރުކާރެއް... ކެނެރީ ވައިރަސް އަކީ ދިވެހި ރައްޔިތުންނަށް ޖެހިފައިވާ އެންމެ ބޮޑު މުސީބާތް....

  18
  6
 26. ފަރެސް

  ކޮންމެމީހަކުކުރިކަމުގައިވިއަސް ގޯސްކަމެއްގޯސްވާނެ ވީމާ، އެހެންމީހަކުކުރިކަމަށްބަލާ އެކަމާ
  ގުޅުންހުރި އެހެންކަމެއްކުރުމަކީ ރަގަޅުކަމަކަށްނުވާނެ އަދި މީހަކުކުރިކަމެއް ހާމަވަމުންދާއިރު
  އެއާވިއްދައިގެން އެހެންކަންކަން ހިގަމުންދާވާހަކަވެސް ހާމަކުރުމަކީ ރަގަޅުކަމެއްތޯ ފަރާތަކުން
  މަސްތުވާތަކެތިބޭނުންކުރުމުން އެތަކެތިބޭނުންކުރަންވީތޯ،؟ވައްކަންކޮށްފިނަމައެކަންވެސްކުރަންވީތޯ؟
  ޒިނޭކޮށްފިނަމަ އެކަންވެސް ކުރަންވީތޯ؟ މިލިޔުމަށް ކޮމެންޓުކުރައްވާފައިވާ ބައެއްފަރާތްތަކުން
  ޢަލީވަޙީދުކުރެއްވި ބަދުއަޚުލާގީޢަމަލު ކުއްވެރިނުކޮށް އެހެންކަންކަން ހިގާވާހަކަބަޔާންކުރުމުން
  ދޭހަވަނީ ޢަލީވަހީދު ކުރެއްވި ބަދައަޚުލާގީއަމަލު ރަގަޅުކަމަށް ''ޖިންސީގުނަވަނާއި،މުޅިހަށިގަނޑު
  ދައްކާއަންހެނުން މަގުމަތީގައި ބައިވަރު'' މިއީ މަކަމާގުޅުވައިގެން ބުނުން ރަގަޅުވާހަކައެއްތޯ
  ޢަލީވަހީދު މަގާމުގެގޮތުންނާ ކުރެއްވިކަމަށް ދެކެވޭ މުޑުދާރުޢަމަލު ދޮގުކުރައްވާ އަބުރުރަށްކާ
  ތެރިކުރުމުގެހައްގުލިބިގެންވާއިރު އެއިންކަމަކަށް ފިޔަވަޅެއްނާޅުއްވާ ދެކެވޭ މުޑުދާރުޢަމަލުގެ
  އަޑުތަކަށް ރަށްދުދެއްވާ ނުކުރައްވާކަމެއްކަމަށް ހާމަނުކުރައްވާތީ ބެލެވެނީ މިޒާތުގެކަންކަމަށް
  ޢަލީވަހީދު 100

 27. ބިންގޯ

  ކޮބާ އަލީ ވަހީދޫ އަދިވެސް ތިމާ ހާ މޮޅު މީހަކު ނެތިގެން ތެޅި އަރުވަމުން އުޅުނުއިރު ދުވަސްތައް ހަދާންވޭތަ

 28. ޙުސޭނުބޭ

  ތިޔައީ ޢަލީވަޙީދަށް ހެޔޮނިޔަތުގައި ކުރެވުނުކަމަކަށްވެސް ވެދާނެދޯ!

  6
  1
 29. ޟަ

  އާތް🤭🙈