ކ. އަތޮޅު މާފުށިން ކޮވިޑް-19 އަށް ފައްސިވި އެންމެން ބަލިން ރަނގަޅުވެއްޖެ އެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވީ ފަސް ފަތުރުވެރިންނެވެ. އެކި ދުވަސްމަތިން ކޮވިޑް-19 އަށް ފައްސިވި މި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ބަލިން ރަނގަޅުވުމާއި ގުޅިގެން މިއަދު ދޫކޮށްލާފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

.އެހެން ކަމުން މިވަގުތު މާފުށީގައި ކޮވިޑް-19 އެކްޓިވް އެއްވެސް ވޭދަނައެއް އެއް ނެތް". އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް ހުއްދަ ދީފައި ވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ. މި ހުއްދަ މިހާތަނަށް ދީފައި ވަނީ 189 ގެސްޓްހައުސްއަކާއި، ހޮޓަލަކަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް 59،105 ފަތުރުވެރިން ރާއްޖޭގެ އެކި ގެސްޓްހައުސްތަކާއި ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފައި ވެއެވެ.

ރާއްޖޭގެ ގެސްޓްހައުސްތަކުގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެއް ރަށަކީ މާފުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙދ

    ރަގަޅު...ދުނިޔޭގަ ތިބި ހުރިހާ މީހުން މިތަނަށް ގެނެސް އައިސޮލޭޓް ކޮށްގެން ބޮޑު ހަރަދުކޮށް އެމީހުން ރަގަޅުކޮށްފަ ގައުމަށް ފޮނުވަންވީ...