އއ. އުކުޅަހުން ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވި ފަތުރުވެރިޔާއަކީ އެރަަށަށް މީގެ ދުވަސްކޮޅެއް ކުރިން އައި ފަތުރުވެރިއެކެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިކަން އެނގުނީ މިއަދު އެވެ.

އެރަށު ކައުންސިލުން ބުނީ، އެރަށުން ކޮވިޑް-19 އަށް ފައްްސިވީ ރަޝިއާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އަދި އެ ފަތުރުވެރިޔާއަކީ އެރަށު ނަލަވެލި ވިލާ ގެސްޓް ހައުސްގައި ހުރި ފަތުރުވެރިއެއް ކަަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.

އެ ފަތުރުވެރިވެރިޔާ ކޮވިޑް-19 އަށް ފައްސިވުމުން، ކޮންޓެކްޓް ޓްރޭސިންގ ދަނީ ކުރިއަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަަށް ފައްސިވި މީހުންގެ އަދަދު 12,546 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Mh

    Thoddoo 👮👮👮👮👮

  2. ކުޑޭ

    ޑޮލަރު ބޭނުންވިއަސް ރައްރަށަށް ފަތުރުވެރިން މިހާލަތުގައި ފޮނުވުމަކީ ރަނގަޅުކަމެއްނޫން

    22
    2
  3. ނަސީމް

    ޢުކުޅަހުމީހުން އަދި ވެސް ފޮނިދައްކާފަ އުޅޭ

    6
    1
  4. ސޭޓު

    އާ ކްލަސްޓާއެއް ފައުޅުވީ! މިމީހުންނަކީ ހިތުން ތަހުޒީބު އަސްލު ނާތަހުޒީބު ބައެއް. ގެސްޓުން ރަށަށް ގެނެސްގެން ހަފްތާއެއް ވަންދެން މާސްކް އަޅައިގެން އުޅުނީ. އެއަށްފަހު ނޯމާސްކް. ރާކަނިމަސް ކެވިފަ އޮންނާނީ

  5. ރަސްދޫ

    ކަލޯ އުކުޅަސް މީހުންނޭވެ. ރަސްދަޫ މީހުން މާސްކް އަޅާގެން އުޅޭތީ މަލާމާތް ކުރި ހަނދާންވޭތަ. އެބުނާހެން ވަރަށް ތަހުޒީބުވެގެން އުޅޭބައެއްމި..

    4
    1
  6. ޏއހ

    ގެސްޓު ހައުސް ތަކުގަ ގެސްޓުންނަށް ހިދުމަތް ދޭމީހުން ގެސްޓުން ކައިރި އުޅެފަ އުޅެނީ މުޅިރަށުގަ ރިސޯޓުތަކުގަ އުޅޭ މީހުން ރަށަށް ގޮއްސަ 14 ދުވަސް ކަރަންޓީނުގަ މި ތަފާތުވަނީ ކީއްވެ ބުނެބަލަ