ހދ. ނޭކުރެންދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ކަރަންޓީންގައި ހުރި މީހެކެވެ.

އެރަށު ކައުންސިލަރު މުހައްމަދު ޒާހިރު "ވަގުތު"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެރަށުން ކޮވިޑް-19 އަށް ފައްސިވީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށެވެ. އޭނާ ފައްސިވެފައިވާކަން އެނގުނީ، އޭނާ މާލޭގައި ހުއްޓައި، ވަކި ތަރުތީބެއް ނެތި ނެގި ސުންކުން ކަމަށް ޒާހިރު ވިދާޅުވިއެވެ.

އޭނާ ފައްސިވިއިރު، ހުރީ އެރަށުގައި ކަރަންޓީންގައި ކަމަަށާއި، އޭނާ ކަރަންޓިންގައި ހުންނަތާ އަދި ވާނީ ތިން ދުވަސް ކަަަަމަށެވެ.

ނޭކުރެންދޫން މީގެ ދެ ހަފްތާ ކުރިންވެސް މީހަކު ކޮވިޑް-19 އަށް ފައްސިވި އެވެ. އެ މީހާ އަދި ބަލިން ރަނގަޅުވެފައިވާކަމަށް އެޗްޕީއޭގެ މައުލޫމާތުތަކުން ނުދައްކައެވެ،

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 12000 އަަށްވުރެ މައްޗަށް އަރާފައެެވެ.