މާލޭގެ މައްސަލަތައް ހައްލުކޮށްދެވޭނީ ސަރުކާރުގެ ޕަޕެޓަކަށް ނުވާނެ ޙާދިމަކަށް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ނަތީޖާ ނެރެދެވޭނީ މި ސަރުކާރުގެ ޕަޕެޓަކަށް ނުވާނެ، ސަރުކާރުގެ ޕްރެޝަރަށް ދިލާ ނުލާނެ ހާދިމަކަށް ކަމަށެވެ.

އަދި އެކަން ކުރެވޭނީ ސަރުކާރާއި ޑީލް ނުހަދާނެ، ރައްޔިތުންގެ ފަޅީގައި ހުންނާނެ ރައްޔިތުންގެ ހާދިމަކަށް ކަމަށާއި އެއީ ސަރުކާރުގެ ހާދިމަކަށް ވެގެން ނުވާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ ސީދާ ކޮންކަަމަކަށް އިޝާރާތްކުރައްވާ ކަމެއް ފާހަގައެއް ނުކުރައްވައެވެ. އެހެންނަމަވެސް އޭނާ އަކީ އަންނަ ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ބޭފުޅެކެވެ. އެހެންކަމުން ޑރ.މުއިއްޒު އިޝާރާތްކުރެއްވީ ސަރުކާރު ހިންގާ ކޯލިޝަންގެ ކެނޑިޑޭޓަކު މޭޔަރުކަމަށް ހޮވައިފި ނަމަ، ކަންކަން ނުކުރެވޭނެކަން ހާމަކުރެއްވުމުގެ ގޮތުންކަމަށް ބެލެވެއެވެ.

ޑރ.މުއިއްޒުއަކީ ތަކުރާރުކޮށް މި ސަރުކާރުން ހައުސިންގެ ދާއިރާ އާއި އެ ނޫނަސް އުމްރާނީ ތަރައްޤީގެ އެކިކަންކަން ކުރާގޮތަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ. ސަރުކާރުން ނޭދެވޭކޮށް ކުރާ ކަންކަމަށް ފާޑު ވިދާޅުވެ އެކަންކަން އިސްލާހުކުރުމަށް ވަރަށް ގިނައިން ޑރ.މުއިއްޒު ގޮވާލައްވައެވެ.

ޑރ.މުއިއްޒު ވަނީ ކުރީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓް ދީފައިވާ ފަރާތްތަކުގެ އަތުން މިސަރުކާރުން ފްލެޓް އަތުލާފައިވާތީ އެކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރެއްގައި ނުވަތަ ޕީޕީއެމްގެ ސަރުކާރެއްގައި އެ ފަރާތްތަކަށް އަލުން ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލޮލްލް

    މީނާ ބޮލަށް ބެލްކަންޏެއް ވެއްޓުނީތަ؟ ހަނދާން ނެތިފަ އެހުރީ

    3
    3
  2. ބެއްޔާ

    ހަލޯ މުއިޒް 5 އަހަރު ވެރިކަމުގައި ހައުސިން މިނިސްޓަރަކައް ހުރި އިރު ނުވި ކަމެއް ދެން މާލޭ މީހުންނައް ކޮއްނުދެވޭނެ! ވޯޓް ނުލިބޭނެ!

    3
    7
  3. Anonymous

    މީ އަނެއްކާ އެްުޅޭ މީހުންނާ އެއްކޮށް އެއްޗެއް ބޮއިގެން އުޅޭ މީހަކާ ވައްތަރީ... މީނާ ހޭވި ހަޑި އަދި ހަނދާންނެތޭހާ ދުވަހެއްވެސް ނުވޭވިއްޔާ...

    4
    6
    • ލޮލްލް

      ތާއީދު

  4. ސިއްތި

    އަޅުގަނޑުގެ ވޯޓް މުއިއްޒަށް

    10
    2
  5. ޢަހޫ

    ބަލަ ސަރުކާރުން ކޮށްދިނީޔާ ނޫނީ އެއްކަމެއް އެއްއިރަކު ވެސް ނުވޭ ދޯ؟ ނަންނަން ކިޔާފަ މެޔަރުންނާ ގަވަރނަރުން ނާއި ކޮމިސަން ތަކުގެ ރައިސުން ހަމަތިބެނީ ބޭކާރު ބައެއްގެ ގޮތުގައެވެ. މިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް މުއިޒު ބޭފުޅާއަށެވެ. ވަހީދާއި ޔާމީނު ޒަމާނުގަ އެމްޑީޕީ މެޖޯރިޓީ މާލޭ ސިޓީ ކައުންސިލްގަ އޮތްއިރު މުއިޒުމެން ކުރެއްވި ކަންކަމެވެ... މުއިޒު ހޮވުނަސް އެމްޑީޕީ އުޅޭނީ ބަދަލުހިފާށެވެ. ދެން ފިތޭނީ ހަމަ މާލޭ ރަށްޔިތުންނެވެ...

    1
    1
  6. ހަސަދު

    7 އަހަރު ދުވަހު ޕަޕޭޓަކަށް ވުރެސް ދަށުގައި. ރައްޔިތުންނަށް މަލާމާތް ކުރުމުގައި. ކުރެއްވި ކޮންމެ ކަމެއް ދެފަހަރު. ފައިސާ އަށްވީގޮތެއްނޭގެ. މިހާރު ކުއްލިއަކަށް މާލޭ މީހުންނަށް ޚިދުމަތްކޮށް ދޭނަމޯ!!!. ހެހެހެ.

  7. ތެރޯ

    ކަންކަންވާނީ ކުރިންވެސް ކަންކަް ކުރެވުނު މީހުންނަށް. ވޯޓް ފޯ މުއުއިއްޒު

  8. މުޙައްމަދު

    ޔާމީނުގެ ސަރުކާރުގައި މަސައްކަތްކުރިއިރު ޔާމީނަށް ސަނާކިޔައި ވައިއެޅުވުމުގައި އެންމެ ކުރީގައި ހުންނެވީ މުއިއްޒު. އެއަށް އަހަރެމެން ކިޔަނީ ޕަޕެތު. އިންޑިއާ މީހުން ކިޔާނީ ޗަމްޗާ

    1
    3