މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 32 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 17 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިއަދު މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވީ 19 މީހުންނެވެ. މާލެ ފިޔަވައި އެހެން ރަށްތަކުން މިއަދު 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 12578 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިއަދު 62 މީހުން ބަލިން ރަނގަޅުވިއެވެ. އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 11559 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ.

މިއަދު ގިނަ ބަޔަކު ބަލިން ރަނގަޅު ވުމުން މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. މިހާރު ބަލި ޖެހިފައި ތިބީ 967 މީހުންނަށެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން 82 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި 341 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން 1561 ސުންކު (ސާމްޕަލް) މިއަދު ވަނީ ޓެސްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބަބު

    ވަގުތުން ކޮވިޑްގެ ހަބަރު އަވަހަށް ފުރިހަމަކޮށް ގެނެސްދޭ

  2. އަޙްމަދް

    ”ކޮވިޑް ޓެސްޓު ކުރުމަށް ބޭނުންކުރާ އާރްޓީ-ޕީސީއާރް ޓެސްޓުގައި އެކުލެވިގެންވަނީ (ފިނިކުރުމާއި ހޫނު ކުރުމުގެ ޒަރީއާއިން ޑީއެންއޭ މިލިއަނުން ގިނަކުރާ) ސައިކަލް ބުރު ތަކެކެވެ. ޓެސްޓު ކުރާ މާއްދާގެ ސައިކަލް ބުރުތައް ގިނަކުރާ ވަރަކަށް ގިނަ މީހުން ފައްސި ވާނެ އެވެ. ޓެސްޓުކުރާ ސާމްޕަލް 60 ގުނަ ސައިކަލް އަށް ހަދައިފިނަމަ ކޮންމެ ޓެސްޓެއް ކޮވިޑަށް ޕޮޒިޓިވް ވާނެ އެވެ. 10 ސައިކަލް ބުރަށް ކޮށްފިނަމަ، އެކަކުވެސް ޕޮޒިޓިވް ނުވާނެ އެވެ. 30 ސައިކަލް ބުރަށް ކޮށްފިނަމަ، އެއްބަޔަކު ޕޮޒިޓިވް ވެފައި އަނެއް ބަޔަކު ނެގެޓިވް ވާނެ އެވެ. މީގެ މާނައަކީ އަހަރެމެންގެ ކޮރަޕްޓް ސަރުކާރުތަކުގެ އަތްމަތީގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމުގެ ބާރު ވާކަމެވެ. މިބައިމީހުން (ޞިއްޙީ މަކަރުވެރިން) މި ޓެސްޓު އިޚުތިޔާރުކުރީ ގަސްތުގައެވެ. އެއީ މި ޕެންޑަމިކެއް ބޭނުންވުމުން ކޮވިޑް އަދަދުތައް އިތުރުކޮށް ބޭނުންވުމުން ކޮވިޑް އަދަދުތައް މަދު ކޮށްލެވޭނެ ތީއެވެ.“
    --
    ޖޭސަން ޗެރިސްޓޮފް

    #Covid19Vakkan

    • މޮޔަގޮލާ

      ސައިކަލުގަ ބުރު ޖަހަނީއޭތަ ތި ކިޔަނީ؟

  3. ރާފިޢު

    މުޅިންވެސް ދޮގުހެދުމާ މަކަރު ހެދުމުގައި މިމީމުން މިދަނީ ޢަދަދުތަކުގައި މިހާރު އެޗްޕީއޭ އަކީ ތެދެއްބުންޏަސް އެއްވެސް މީހަކު ޤަބޫލުކުރާ ތަނެއްނޫން ދޮގުހަދަހަދާ!!!!!!!