އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ އިސް މެމްބަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައާ ހެދި އެތަނުގެ މުވައްޒަފަކު އަމިއްލައަށް މަރުވާން އުޅުނު ކަމަށް، ކޮމިޝަނުގެ މެމްބަރަކާ ހަވާލާދެއްވައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުނެފި ކަމަށް ބަޔާންކޮށް "މިހާރު" ނޫގައި ޝާއިއުކުރި ޚަބަރު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ދޮގުކުރައްވައިފިއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ބަހެއް ނުހޯދާ ހަޤީޤަތާއި ހިލާފު ވާހަކަ ފަތުރައި އިލެކްޝަންސް ކޮމިޝަންގެ އަގު ވައްޓާލަން މަސައްކަތް ނުކުރުމަށް އެދިވަޑައިގެންފައެވެ.

"އިލެކްޝަންސް ކޮމިޝަންގެ އަގު ވައްޓާލުމަށް ސާބިތުނުހިފޭ ވާހަކަ ނުދައްކަވާ. މިހާރުއަށް މައުލޫމާތު ދެއްވި ބޭފުޅަކު ކީއްވެބާ ވިދާޅުނުވީ އިލެކްޝަންސް ކޮމިޝަންގެ ކަންކަން މިހާރު އިސްލާހް ކުރެވިފައިވާކަން ހާމަނުކުރީ. ކޮމެޓީން އަޅުގަނޑުގައި ކައިރީގައި ބުނި މިދެންނެވި ވާހަކަ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ ސިއްރު ކޮށްގެން ބޭއްވުނު ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ދެކެވުނު ވާހަކައެއް އެއީ ހަޤީޤަތަކަށް ހަދައިގެން އެކޮމެޓީގެ މެންބަރަކަށް ކޮމެޓީގެ ނަމުގައި ވާހަކަ ދެއްކިދާނެތޯ ސުވާލު ވެސް ކުރައްވާފައެވެ. އެސުވާލު ކުރައްވާ ޝަރީފް ކުރެއްވި ޓްވީޓްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު ރޮޒައިނާ އާދަމް ޓެގް ވެސް ކުރައްވާފައި ވެއެވެ.

"މިހާރު" ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ކޮމިޝަނުގެ ބައެއް މެމްބަރުންގެ ފަރާތުން ކުރިއްސުރެ ވެސް މުވައްޒަފުންނަށް ގޯނާތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން، ކުރީގެ މެމްބަރެއްގެ ފަރާތުން ކުރިމަތިވި އެ ފަދަ ގޯނާތަކުގެ ސަބަބުން މުވައްޒަފަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް، އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކު މަޖިލީހުގައި ވިދާޅުވި ކަމަށް މެންބަރަކު އެނޫހަށް މައުލޫމާތު ދިން ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ނައިބު ރައީސް އަހްމަދު އަކްރަމްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް އޭނާ ވަނީ މިދިޔަ ހަފްތާގައި ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އަށް ވެސް 2018 ވަނަ އަހަރު މުވައްޒަފުންތަކެއް ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށްފައެވެ.

އަމްޖަދު އިލެކްޝަންސް ކޮމިޝަންސް އިން އިސްތިއުފާ ދެއްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މިއަހަރުގެ މާޗް މަހު އޭނާ ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލަށް އައްޔަން ކުރައްވާފައެވެ. ނަމަވެސް އަމްޖަދު ވަނީ ޖުލައި މަހު އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަންސްގައި ޖިންސީ ފުރައްސާރަ ކުރުން އިންތިހާއަށް އޮތްކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައި ވީނަމަވެސް އަކްރަމްގެ މައްސަލަ ފިޔަވައި އިތުރު އެއްވެސް މައްސަލައެއް އެއްވެސް އިދާރާއަކުން ބަލަމުންދާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޛ

  މީހެއްގެ ސިކުނޑީގަ ހިނގާނެ ޝުޢޫރުތަށްވެސް އެނގޭދޯ މީނާއަށް.
  ސިމްޕްލީ ޑިނައި އިޓް ދޯ

  16
 2. އައްޑޫ މީހާ

  ތިޔަ އިލެކްޝަން ކޮމިޝަނަކީ އަގެއް އޮތް ތަނެއްތަ؟ ތިޔައީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އަަށަގެންފައިވާ ނުބައި ނުލަފާ ޖައްބާރު މީހުން ތިބި ތަނެއް ރައްޔިތުންގެ ހައްގުތަކަށް މަކަރާއި ހީލަތް ހަދާ ބަޔަކު ތިބިތަނެއް ޝަރީފަށް ހީވާކަހަލަ ތިތަނަކީ ތިމަންނަ ވަރުވާޔަށް ލިޔެގެން އުޅޭ ތަނެކޭ ކޮންމެވެސް ދުވަހަކުން ގާނޫނުތައް ކަލޭމެންނައި ހިސާބަށްވެސް އަންނާނެ ޖަރީމާ ހިންގިކަން އެގޭނެ ވެރިކަން ބަދަލުވާ އިރަށް ފިލައިގެން އިންޑިއާގެ ހިމާޔަތައް ދުއްވައިގަންނާނެ

  22
 3. Anonymous

  ހަމަ ހަގީގަތުގައިވެސް، މިހާރު އޮފީސްތަކުގައިތިބޭ ފިރިހެނުން އަންހެން މުވައްޒަފުންނާ މުއާމަލާތް ކުރުމުގައިވެސް އެމީހުން ދައްކޮށްލުމާ މަލާމާތާއި ފުރައްސާރަ ކުރުން އިތުރުވެއްޖެ. އިހްތިރާމްގެއްލި އަމުރު ކުރުމުގެ ޘަގާފަތެއް ކޮމިޝަންތަކުގައި އޮންނަނީ.

  19
 4. މުވައްޒަފު

  ކޮން ދޮގެއްތަ ޝަރީފު ތިހަދަނީ. ތިތަނަކީ ޖިންސީ ފުރައްސާރައިގެ ހާއްޔެއް. އަކްރަމްއާއި އަމްޖަދު އާއި ކުރީގެ އެސްޖީ އަހްމަދު އަލީ ތީ އަންހެން ކުދިން ތިބި ތަނަކަށް ކައިރި ކުރަން ހެޔޮވާވަރުގެ ބައެއްވެސް ނޫން. ތިތަނުގަ އެމީހުން ބެހިފަ ތިބި ކުދިންގެ ނަންތައްވެސް ކިޔައި ދީފާނަން.

  16
  2
 5. ލޫޓުވާ

  ނުހައްގުން ހީވެސްނުކުރާހާ ގިނައިން ޑޮލަރާއި ބާރު ލިބުނީމަ ދެން ކުރާނެކަމަކީ ފާހިޝްކަންތައް ތީ ދުނިޔޭގެ އާދަ. މިސާލަކަށް ބަލާ އަދީބު. ޤާރޫނު ނުހައްގު މުއްސަނދިކަން ލިބުނީމަ ހެއްދެވިހާ ނުބައިކަންކޮށް ސާނިގެހިންގާނީ.

  17
  1
 6. ލޫޓުވާ

  މިސަރުކާރުގެ ވުޒާރާއެއް ކޮމިޝަނެއް އޮފީހެއް ހުރިނަމަ އެތަނެއްގައި ޖިންސީގޯނަކުރުން. ރައީސް އޮފީހުގެ މިނިސްޓަރުން، ޓޫރިޒަމް މިނިސްޓަރު، ހޯމްމިނިސްޓަރު، ޓޫރިޒަމް މިނިސްޓަރު، މަޖްލިސް ގެއިން، މިހާރު ކޮމިޝަންތަކުން. ތީ ރައީސްޔާމީނު ދައުރުގަ ހިނގިކަންކަން މިސަރުކާރުން ބަލަންފެށީމަ ވާގޮތްބާ؟؟؟ ހުރިހާ ގޯސްކަމެއްކުރަނީ ޔާމީނުވިއްޔަ. މމިސަރުކާރުގަ މިތިބެނީ ހުދުގަމީސްލައިގެން ކާފޫރު ހެދިގެން.

  17
  1
 7. ހުސޭނުބޭ

  ކަލެޔަށް ކިހިނެއްބާ ދޮގެއްކަން އެނގެނީ! ކަލޭ ކުރިމަތީގައިތަ އަމިއްލައަށް މަރުވާންއުޅެނީ! އަނެއްކާ ކަލޭގެ އަތެއް އެކަމުގައި އޮތީތަ؟

  14
  2
 8. މީނަގެ

  ތިތަނަކީ އިންތިހާބުތަށް ގިނަކަމުން ބިޒީވެ ރޭގަޑުވެސް ހުޅުވާފަ ހުންނަންތަނަކަށްވާތީ ގޯސްކަމެ އް ހިގާފާނެހެން ހީނުވޭ. ސަރީފަށް ތިތަނުގެކަންކަން ވަރަށްރަގަޅަށް އެގޭދޯ؟؟

  13
  1
 9. ށަވީދު

  ޝަރފް މެން އަނގަހުޅުވާން ލަދުގަންނަން ޖެހޭ، ކަންކަމުގެ ދެފުއްފެންނަގޮތަށް ވާހަކަދެއްކުމުގެ ގާބިލުކަމެއްނެތް. ކިތަންމެ ބާރަށް މަތިބަނަަސް، ނުކަތާވަރަށް ކުނިވާޖާތު އެއްޗިސް އަޅާފަހުރިއްޔާ ފަޅައިގެންގޮސް ބޭރުނުވެ ނުދާނެ.
  ޢަހަރެމެންގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އާއި މެދު ޝައްކުވާ ކަންކަން އޮއްވާ އަވަސް އަރުވާލައިގެން ވޯޓްކަރުދާސްތައް އަންދާނީވެސް ހަގީގަތް ފޮރުވާކަށް ނޫންދޯ.

  19
  1
 10. ޚަލީލް

  ސަރީފްކިތައް އަންހހެނުމްނަށްފުރައްސާރަކިރެއްވިންތޯ ސަރީފަކީފިރއްސާރައިގެ ބޮޑު ބޮޑެއް ސަރީފް ކަލާފާނުސުކީލް ޕްރިންސިޕަލަކަށްހުންނެވިއިރު އެތަނުގެ ކިތަށް މުވައްޒަފު ވަޒީފާ ދޫކޮށްލަން ޖެހުނިތޯ

  17
  2
 11. ކޮވިޑް

  ވޯޓް ވަގައް ތެދެއް އޮވޭތަ؟ ކަލޭ ނޫން އެންމެން ހަދާނީ ދޮގު... ވޯޓް ވަގު

  18
  2
 12. ކަލާފާނު

  އަކުރަމް އަށް މާ ހެޔޮއެދޭމީހަކަށްހެދިގެން އޭނަ ދިފާޢުކުރަން މިކަލޭގެ މަސައްކަތްފަށެއް އެބަ ކުރޭނޫންހެއްޔެވެ؟ ސަބަބު އެނގޭހެއްޔެވެ؟ ރިޔާސީ އިންތިޚާބުގައި ވޯޓުއޮޅުވާލުމަށް މީނަ ހެދި މަކަރުތައް އަކުރަމްއަށް އެގޭނޭތީ އެ މަކަރުތައް އަކުރަމް ފަޅާއަރުވާލަފާނޭކަމަށް ހީކުރަނީއެވެ.

  15
  3
  • ވާލުގޮރު

   ބަލަ އިންތިހާބުގަ މަކަރު ހެދިއްޔާ ކަލޭވެސް އެކަމުގަ ބައިވި. ޓީވީން ލައިވް ކުރަމުން ރަށްރަށުގެ ރައްޔިތުން (ޕީޕީއެމް މެންބަރުންވެސް) ހިމެނޭ ގޮތަށް އެންމެން ކުރިމަތީގަ ދޯ ގުނީ. އޭރު ތިބޭފުޅާ ވެސް ހަމަ ބުއްދި ފިލައިފަތަ ހުރީ.

   2
   5
 13. Anonymous

  މާތްކަލާކޯ ޝަރީފޫު 90ހާސްވޯޓުވެސް އޮޅުވާލަން އުޅުނު މައްކާރަކު ދައްކާވާހަކަ އަޑުއަހަން ހެޔޮނުވާނެ

 14. ސަންގޯރު އަހުމަދު

  ތިޔައީވެސް އަތް މުނިމުނި ކަވާ މީހެއް ދެން ކީވެތޯ އަމިއްލަ ޒިންމާ އަދާ ނުކޮށް އެކަން މަޖިލީހުން ކުރަން ޖެހޭ ހިސާބައް ދިޔައީ ލަދު ހަޔާތުގެ ކަންފުޅެއް ހުއްޓަސް ވަޤްތުން އިސްތިއުފާ ދޭނެ