އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއަށް ހަރުދަނާ އިދިކޮޅު ފަރާތެއްގެ ރޯލު ކުޅެމުން ނުދާ ކަމަށާއި ވެރިކަން ކުރާ ފަރާތުގެ އިތުރުން އިިދިކޮޅު ފަރާތުގެ ރޯލު ވެސް ކުޅެމުން ދަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

މަވޯޓާ ޝަރީފް އިއްޔެ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތާއި އެ ހާލަތުގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާ ކަމަށެވެ.

މި ގޮތުން ދައުލަތުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާ ކަމަށާއި އެއްވެސް މުވައްޒަފެއްގެ މުސާރައިން އުނި ނުކުރާ ކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާއާއި އާމްދަނީއަށް އަސަރު ކުރި ފަރާތްތަކަށް ވީ ވަރަކުން އިނާޔަތް ދީފައިވާ ކަމަށް ވިދާޅުވިއެވެ. އާންމުންނަށް ހޭދަ ނުކުރެވޭ ގޮތަށް އެއްވެސް ސިޔާސަތެއް ބައްޓަން ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރެއްގެ ގޮތުގައި އެމްޑީޕީ އިން ރަނގަޅު މަސައްކަތެއް ކުރެވެމުންދާއިރު ކޮންމެ ސަރުކާރެއްގައި ވެސް ހިނގާ ގޮތަށް މި ސަރުކާރުގައި ވެސް މަދު ކަންކަން ގޯސްކޮށް ހުންނާނެ ކަމަށެވެ. އެކަމަކު ޒިންމާދާރު ހަރުދަނާ އިދިކޮޅު ފަރާތެއްގެ ރޯލު ޕީޕީއެމްއާއި ޕީއެންސީއަށް އަދާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ދަނޑިވަޅުގައި ޕީޕީއެމްއާއި ޕީއެންސީއަކީ ހަރުދަނާ އިދިކޮޅު ޕާޓީއެއް ނޫން. އެމްޑީޕީން ދަނީ ވެރިކަން ކުރާ ޕާޓީގެ ރޯލާއި އިދިކޮޅު ފަރާތުގެ ރޯލު ވެސް އަދާ ކުރަމުން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވަނީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާ ކުރާ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް އެމްޑީޕީގެ ބައެއް މެންބަރުން ފާޑު ވިދާޅުވެފައިވަނިކޮށެވެ. 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ފާސްކުރަން ބޭނުންފުޅުނުވާ ކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހާމަކުރައްވައިފައެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ވެސް ނިންމާފައި ވަނީ ބަޖެޓް އެ އޮތް ގޮތަށް ފާސްކުރަން ވޯޓު ނުދެއްވުމަށެވެ. އިދިކޮޅު ކޯލިޝަންގެ މެންބަރުން ވަނީ ބަޖެޓް އަނބުރާ ގެންގޮސް ދަރަނި ކުޑަ ބަޖެޓެއް ހުށަހަޅުއްވަން ގޮވާލައްވައިފައެވެ. ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ގޮވާލެއްވީ ގާތްގަނޑަކަށް 25 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކަނަމަނަ

    ޝަރީފު މަވޯޓާ އޮރިޔާމުން ހިގާބަލަ ތީ ސުމެއްގެ މަވޯޓާއެއް

    10
  2. އަތުލްބިހާ ވަޖްޕާއީ

    އިދި ކޮޅު އޮބިއަޅު ވާފަ ބަހައްޓާފަ އޮތީ
    އެމްޑީޕީ އައްވުރެން ޒިމްމާދާރު ވާނެ
    އެމްޑީޕީ ހެން އަބަދު މަގުމަތީގަ އަދި ދޮގު ހެދުމާ ޖެއްސުން ކުރުމާ ދީނައް ފުރައް ސާރަ ނުކު ރާނެ

    12
  3. ތޮރާ

    އިދިކޮޅުން ޙަރަކާތްތެރިވަނީ ކިހިނެތް މިސަރުކާރުން ހިންގަނީ އިދިކޮޅުން ނޭފަތުން އައްސާފައި ބާތިއްބާއިގެން ފ ކ ނުކިޔާ ހުރޭ

  4. އަލްޖިބްރާ

    އިދިކޮޅޭ ތިކިޔާ ބަގަޑުގެ މީހުންގެ މަސައްކަތަކީ އެމީހުނަށް ވަށްކަން ކޮށްގެންނާއި ފޭރިގެން ފައިސާ ހޯދަން ދަސްކޮށްދިން އެދުރު ޖަލުގައި ހުރީމާ އޭނާ އެތަނުން ނެރެވޭނެ ގޮތެއް އޮތްތޯބަލަން ދެކޮޅަށް ދުވުމެވެ. މިވަރުގެ ބަޔަކަށް ސަރުކާރެއް ޒިންމާދާރު ކުރުވޭނެ ގޮތެއް ނެތެވެ. މިވަރުގެ ބަޔަކު ހަރުދަނާ ވާނެ ގޮތެއްވެސް ނޯންނާނެ !

    1
    8
  5. މުހައްމަދު

    ކަލޭހުރޭ ނި ކަން ބަލަން.
    ކަލޭގެ ތިޔަހަރަ ދެލޮލުން ވަރަށް އަވަހަށް ފެންނާނެ.

    11
  6. އެލެކްސް

    ކީއް ކުރާއިދި ކޮޅެއް. މިހާރު އެއް ކޮޅު. ސަރީފު ކޮން ކޮޅެއް؟؟ ބައެއްފަހަރު ވަ ކިކކ ކުރަންނޭގޭ ކިޔާއެއްޗެހިން ލާރިދޭ ކޮޅަ ކަށް ދުއްވާއޮޑިއެއްތީ.

  7. ބުރާންޗެއް

    އެހެންތާ ވަނީ، ސަރީފް މެންގެ ނުފޫޒު ކަދަކަމުން، ކޮއްކޮ މަސްތުވާތަކެތި އެތެރެ ކުރީމަވެސް މާފް ހޯދައިގެން މިނިވަން ކޮއްގެން ތިޔަ ހުރީ ހަމަޖެހިފަ ، އެހެން ވީމާ އިދިކޮޅު ވާނީ އެއްކޮޅު ވެސް ވެގެންތާދޯ،
    ސަރީފު އެއްޗެއް ބޭނުންވީމަ ހަޅޭލަވާފަ ލިބުނީމަ ހަމަޖެހޭ އުސޫލު ތިޔަ ގެންގުޅުން ވަނީ

    10
  8. އަތުލްބިހާ ވަޖްޕާއީ

    މިހާރު ކޮމަންޓް ހާދަ ލަހޭ ޖެހޭލެއް
    ސްޕޮން ސާ ނުދީ ފާނެ ތީތަ
    ސަރުކާރު ކޮޅައް ހުރެ ފިޔާ ހަމަގައި މުވެސް ފެއިލް ވާނީ
    މިއީ ވަރަށް ވާހަކަ

  9. ބޯޖަލީލުަ

    ސަރީފު ވެސް ނަސީދު ހެން މަސްތުގެ ހާލުގައިބާ ؟

  10. ޢަޒްރާ

    ހަރުދަނާ އިދިކޮޅަކަށް ވާނީ ހުރިހާ މުއައްސަސާތަކުގަ ހިޅުޖެހީމަ އޭރުން ކަންކަން ހަރުދަނާވާނީ 2012 އޮތްކަހަލަ ހަެުފަނާ ޕާޓީއެްްއް މިގައުމުގަ ނެތް ޥަެުޢީ ކޯޓްތަށްއނދާލީ

  11. ޢަޒްރާ

    ހަރުދަނާ އިދިކޮޅަކަށް ވާނީ ހުރިހާ މުއައްސަސާތަކުގަ ހިޅުޖެހީމަ އޭރުން ކަންކަން ހަރުދަނާވާނީ 2012 އޮތްކަހަލަ ހަެުފަނާ ޕާޓީއެްްއް މިގައުމުގަ ނެތް ޝަެުރުޢިކޯޓްތަށްއނދާލީ

  12. ދިރާސާ

    މިއީ އެއްދީނެއް އެއްބަހަކުންވާހަކަދައްކާ ފަޚުރުވެރި ދިވެހިރާއްޖެ ވީމާ، މަގުމަތީ އަބަދުހަޅޭ
    ލަވާ، އަވަގުރާނަގޮވާ މީހުންގެއަބުރުކަތިލާ މީހުންނާ، ތަކެއްޗަށް ގެއްލުންދީ އުދަގޫނުކުރާކަމަށް
    ވާނަމަ ޝަރީފްތިވިދާޅުވާ އިދިކޮޅުނެތީތޯ؟ ތިވިސްނެވެނީ އެމް.ޑި.ޕީ އިދިކޮޅުގައިހުރެ ކުރިން
    ދެންނެވިކަންތައްކޮށްފައި މިހާރު އެގޮތަށްނުކުރާވާހަކަތޯ؟ ޢިސްލާމުން ތިބެންވާނީ އިސްލާމީގޮތަށް
    މިހާރުވެސް ވައްކަންކޮށްފިނަމަ އެވާހަކަައާ ދީނާ ޚިލާފް ކަންތަށް ހިގާނަސ