މިއީ ދަރަންޏަށް ފައިސާ ނުނަގާ އިގްތިސާދު މަޑުުޖައްސާލަން ހެޔޮ ނުވާނެ ދަނޑިވަޅެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެެވެ.

ޕީއެސްއެމް ނިއުސްގެ "ބަޖެެޓު 2021" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ، މި ގައުމުގައި ބޮޑު ދަރަންޏެއް އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް 60 ބިލިއަނަށް ދަރަނި އެރީ މި ސަރުކާރުގައި އެކަނި ނޫން ކަމަށެވެ.

އެއީ މި ސަރުކާރާއި ހަމަޔަށް ވާރުތަވެގެން އައިސްފައިވާ ދަރަނި ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

މިއިން ޒަމާނަކު ވެސް އެއްވެސް ސަރުކާރަކުން ނުހިންގާހާ ތަރައްގީގެ ޕްރޮޖެކްޓުތައް މި ސަރުކާރުން ހިންގާފައިވާ ކަމަށް ވިދާޅުވެ ޝިފާއު ވިދާޅުވީ އެހާ ގިނަ ޕްރޮޖެކްޓު ހިންގި އިރު ވެސް މި ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި ދަރަންޏަށް ނަގާފައި ވަނީ 15 ބިލިއަން ރުފިޔާ ކަމަށެވެ.

މި ވަގުތަކީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް އުންމީދު ނުކުރާ ވަރުގެ ލޮޅުމެއް އައިސްފައިވާ ވަގުތެއް ކަމަށާއި ނަމަވެސް މި ވަގުތަކީ ފަސް ޖެހެންވީ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ މި ގައުމުގެ އިގްތިސާދު އަނބުރާ ރީބައުންސް ކުރަންވީ އަދި އިގްތިސާދީ ހަރަކާތްތަަކަށް އިންވެސްޓު ކުރަންވީ ވަގުތު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ އަޅުގަނޑުމެން ފަސްޖެހި ދަރަންޏަށް ފައިސާ ނެގުމަކީ ނުރައްކާތެރި ކަމެކޭ ކިޔާ އިގްތިސާދީ ހަރަކާތްތަކަށް މަޑުޖެހުން ގެންނަނަށް އަމުދުން ހަމަ މަރު ހެޔޮނުވާނެ ވަގުތު އިނގޭތޯ." ޝިިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ވަސީލަތްތައް ތަނަވަސް ގައުމެއް ކަމަށާއި، އާމްދަނީ އުފެއްދޭނެ ވަރަށް ގިނަ ގޮތްތައް މި ގައުމުގައި ހުރި ކަމަށެވެ.

އަދި މިވަގުތު އޮތް 60 ބިލިއަން ރުފިޔާގެ ދަރަންޏަކީ އިގްތިސާދު މަޑުޖައްސާލައި ފަހަތަށް ޖެހެން ޖެހޭ ސަބަބެއް ކަމުގައި ދެކުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި، ނަމަވެސް އަންނަ އަހަރު ދަރަނީގެ ގޮތުގައި ހަތަރު ބިލިއަން ދައްކަން ޖެހިދާނެ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މި ދަނޑިވަޅަކީ އާ ހިތްވަރެއް ލާފައި ދަރަނި ނަގައިގެން ނަމަވެސް އިގްތިސާދަށް ފައިސާ ޕަންޕު ކުރަންވީ ވަގުތު ކަމަށް. އަޅުގަނޑުމެންނަކަށް މި ގައުމުގެ ދަރަނި ނުދެއްކި ބަނގުރޫޓުވާ މަންޒަރެއް ނުފެނޭ" ޝިފާއު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޚ

    މިއީ ވިޔަފާރި ދަންނަ މީހެއްތަ. ރަށަަށް ވެސް ހުތުރު

  2. ރަސްދޫ

    އެއްކަލަ ގަޅިގޮލާ ދޯމި.

  3. އަބްދޫ

    އިގްތިސާދު އެމްޑިޕީން ތިޔަކިޔަނީ ކޯންޗަކަށް.އިގްތިސާދު ކުރިއެރުވުމަށް ދަވްލަތަށް އާމްދަނީ އިތުރު ކުރެވޭފަދަ ޕްރޮޖެކްޓް ދަރަނި ނަގައިގެން ހިންގުން މައްސަލައެއްނޫން.އެ ދަރަނި ވިއްކީމް އެދަރަނީގެ ފައިދާއިން ދަރަނި ދެއްކޭފަދަ އިގްތިސާދީ ޕްރޮޖެކްޓެއް އަދި މިސަރުކާރަކުން ނުހިންގާ. މިސަރުކާރުން ދަރަނިނަގައިގެން ހިންގާ ރިކަރެންޓް ހަރަދަށް އެމްޑިޕީ މީހުން މިކިޔަނީ އިގްތިސާދީ ކުރިއެރުވުން. އެއީ ރައްޔިތ8ުންނަށް އޮޅުވާލުމެއް. އެއަކަށް އިގްތިސާދޭ ނުކިޔޭނެ. އެއީ ދަވްލަތުގެ ހަރަދު. ދަވްލަތުގެ ރިކަރެންޓްހަރަދު. ބޒޖެޓް ރިކަރެންޓް ހަރަދު.ބަޖެޓް ކެޕިޓަލް ހަރަދުތެރޭގަ އާމްދަނީ ނުހޯދޭ ޕްރޮޖެކްޓާ އާމްދަނީ ހޯދޭނެ ޕްރޮޖެކްޓް ހުންނާން. އާމްދަނީ ނުލިބޭ ޕްރޮޖެކްޓް ރަކަށް ކިޔާނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން .އާމްދަނީ ލިބޭ ޕްރޮޖެކްޓް ތަކަކީ ރައްޔިތުންނާ ދަވްލަތުގެ އިގްތިސާދު ކުރިއެރުވުމަށް ހިންގޭ ޕްރޮޖެކްޓް. އިގްތިސާރު ކުރިއެރުވޭފަދަ ޕްރޮޖެކްޓެއް އަދި މިސަރުކާރަކުން ނުހިންގާ.

  4. ހފދ

    ހަމަޖެހޭ ވަހަކަ ދައްކާ މީހެއްނުން

  5. ރާއްޖެ

    މިއީ ޑޮކްޓަރެއް. އިކޮނޮމިސްޓެއް. ލޮލް.

  6. އަބްދޫ

    އިގްތިސާދު ކިޔަނީ ކޯންޗަކަށް ތިޔަކަހަލަ ނުދަބްނަކަން ދަބްނަން ނޭގޭމީހުން މަހިލީހަށް ހޮވީމަވާނެ ހަތަރެތިމިވަނީ

  7. މާމީ

    މާތްﷲއިރާދަ ކުރެއްވިއްޔާ އެބަހުރި ދޮގުހަދަން ދަސްވެފަ.. އާކަމެއްނޫނޭ ހޯރަފުށި އެއާޕޯރޓު ހުޅުވި ޖަލްސާގަވެސް ހެދިދޮގުތައް ދިވެހި ރައްޔިތުން އަޑުއެހިވިއްޔާ މާބޮޑުކަމެއްނޫން ކިހާދުވަހަކައް ހިފަހައްޓާލެވޭނެބާ؟؟؟؟