ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރުހުމެއް ނުލިބުނެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިންނެވެ. އެ ގަރާރުގައި 11 މެންބަރަކު ސޮއިކުރައްވާާފައިވެއެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންނާއި އަމިއްލަ ދެ މެންބަރެކެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމާ ގުޅިގެން މަޖިލިހުގައި އާންމު ކޮމިޓީން ވަނީ އިމްރާންގެ މައްސަލަ އަށް ބަހުސް ކުރަން ދެ ގަޑިއިރު ކަނޑައަޅައިފައެވެ. އަދި އިމްރާނަށް ޖަވާބުދާރީވާން ބައިގަޑި އިރު ވަނީ ކަނޑައަޅައިފައެވެ.
ބެލެވޭ ގޮތުގައި މި ހަފްތާގެ ތެރޭގައި މަޖިލިހުގެ ތަޅުމުގައި އެ މައްސަލަ އެޖެންޑާ ކުރާނެއެވެ.
އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އިމްރާން މަގާމުން ވަކި ކުރަން ނުފެންނަ ކަމަށް ނިންމައިފައެވެ.
އިމްރާނަކީ ސަރުކާރު ކޯލިޝަންގެ އެއް ލީޑަރު، އަދާލަތު ޕާޓީގެ ރައީސެވެ. އިމްރާން އެ މަގާމަށް ވަޑައިގެންނެވީ ވެސް އެ ޕާޓީގެ ސްލޮޓެއްގައެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހަށް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދާފައި މިވަނީ، ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި އެ ސަފާރީގައި އެ ދުވަހު އަސްލު ހިނގީ އާދައިގެ ކުޑަ ކަމެއް ކަމަށް އިމްރާން ވިދާޅުވުމުންނެވެ. އިމްރާން ދެއްކެވި އެ ވާހަކަތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާ އަށް އަމާޒުވިއެވެ.
އިދިކޮޅު ކޯލިޝަންގެ މެންބަރުން އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި މިވަނީ، އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިދިނުމަށް އެދި ކެންޔާ އަންހެން މީހާގެ ގާނޫނީ ވަކީލުން ވެސް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.
އިމްރާންއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވުމުން، އިމްރާން ވިދާޅުވެފައިވަނީ އޭނާ ދެއްކެވި ވާހަކަތައް އޮޅޭ ގޮތަށް ދިވެހި މީޑިއާތަކުގައި ފަތުރާފައިވާ ކަމަށެވެ. ޖިންސީ ގޯނާއަކީ ކުޑަ ކަމެއް ނޫން ކަމަށާއި ކުޑަ ކަމެއް ކަމަށް ވިދާޅުނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެކަމަކު ދެއްކެވި ވާހަކައިން އެފަދަ މާނައެއް ދޭހަވާ ނަމަ އެ ކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
7 ފެބުރއަރީގެ ބަޢާވާތުގެ މަތިން އެމް ޑީޕީގެ ބޮނޑުން ހަނދާނެއްނެތީތާ.... ނަމަވެސް އާންމު މެންބަރުންގެ ހިތްހެޔޮވުމެއް އިމްރާނަކަށް ނޮއޮންނާނެ....
ނުވެސް ކެރޭނެ ވަކި ކުރާކަށް ވަކި ނުކޮށް ބެހެއްޓީމަތާ ޕަޕެޓް ހެއްދޭނީ ބޮޑަށް..... ކަލޯ ފަހަރީ އަހަރެމެން މިތިބީ ބަލަން ކިހާދުވަހަކު ތިހެން އުޅެވިދާނެތޯ.؟
ޢެމްޑީޕީންފާސްކުރިޔަސް އިމުރާނުވަކިނުކުރެވޭނެކަން އެގޭ އެއީރައީސް ސޯލިހުގެފެކުޝަން ބޭނުންނުވާނެތީ ކާމިޔާބު ނުވާނެކަންއެގޭތި
ޢެމްޑީޕީއިން ފާސް ނުވިޔަސް ޢިމްރާނަކީ ލާދީނީ ޓެގް އެޅުވޭނެ މީހެއްކަން ޔަގީން އިސްކާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކުރި އިރު މީނާ ހުރީ ލޯމަރާލާފަ
އިމްރާނު ވަކިކުރަން ފާސްނުވާނެ އެއީ ޢިމްރާނަކީ ދޮގުވެރިއެއް ކެހިވެރިއެއް މިޤައުމުގެ ހަލާކަށް އެދޭވެރިއެއްވިއްޔާ
7 ފެބުރު އަރީ ގައި އިމްރާން ބުނީ ﷲ ގަންދީހުވާކޮށްފަ ކޮންވާހަކައެއް މިއަދު އެމްޑީޕީ އެދުވަސްމަތިން ހަނދާންއެބަހުރިތަ ކަލޯމެން އިމްރާންމިއަދު ދިފާއުކުރިޔަސް ﷲ ގެ ހަޒުރަތުގައި އޭނާވަނީ ބާކީވެފައެވެ ދީނަށްވަނީ ފައިސާގެ ދަހިވެތިކަމުގައި ފުރަށްސާރަކޮށްފައެވެ.
ރަޢީސް ސޯލިޙް ފެކ ކްޝަނުން ބޭނުންވީމަ އަ ކުރަމް ބޭރު ކޮށްލީ، ދެމީހުންވެސް ކުރީ އެއް ކަމެއް. އިމްރާނު ޖިންސީ ގޯނާ ކުރީމަވެސް އެ ބެހެއްޓީ. އިންސާފު މެ ކުހަށް.
ސާބަހޭ އެމްޑީޕީ އަންހެންކަބަލުންގެ މޫނުމަތީގައި ތިޔަޖެހީ ރަނގަޅުތަފާލެއް ކައިރީގަހުރެފަ އެހެންހިފާލުމަކީ މާބޮޑުމައްސަލައެއްނޫންކަން ތިގެންއެނގިގެންހިގައްޖެ