ކޮމިއުނިކޭޝަން، ސައިންސް، ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ފާސްކޮށްފިއެވެ.
މަލީހަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް މި މައްސަލަ ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ ޕީޖީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން މަލީހު ވަކި ކުރަން ރައީސަށް ދަންނަވަން ފާސްވެފައިވާ ކަމަށެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނީ ޓެލެކޮމިއުނޭޝަން ގާނޫނުގައި ބުނާ ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ދެ އަހަރު ހުންނެވިއިރު ވެސް މަލީހް އިސްވެ ހުންނަވައިގެން ހައްދަވާފައި ނުވާ ކަމަށް ބުނެއެވެ.
މި މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް އެ ޕާޓީގެ 10 މެންބަރަކު ސޮއިކުރައްވައި ހުށަހެޅުއްވި ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރައްވާ ގޮތަށް މަލީހު ފާޑުވިދާޅުވެފައިވެއެވެ.
މަލީހު ވިދާޅުވެފައިވަނީ ސަރުކާރު ހިންގުމުގެ ތެރެއަށް މަޖިލީހުން ވަދެ، ބަރުލަމާނީ ނިޒާމެއްގައި އަމަލު ކުރާ ގޮތަށް އަމަލު ކުރާ ކަމަށެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންނާއި މަލީހާ ދެމެދު ޓްވީޓާގައި ބަހުގެ ހަމަލާތަކެއް ވެސް ބަދަލު ކުރެވުނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއަށް މަލީހުގެ އިތުބާރު ނެތް މައްސަލަ މީކާއީލް ހުށަހަޅުއްވާފައި ވަނިކޮށް މީކާއީލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެއީ ގާނޫނުއަސާސީއިން ކޮންމެ މީހަކަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރާ ހިޔާލު ކަމެއް ކަމަށް ވިދާޅުވެއެވެ.
މަލީހުގެ އިތުބާރު ނެތް ކަމަށް ރައީސަށް ދަންނަވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރި ނަމަވެސް މަލީހު ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަކި ގޮތެއް ނިންމެވި ކަން އަދި ހާމައެއް ނުކުރައްވައެވެ. މަޖިލީހަށް ހުށަހަޅައިގެން ވެސް މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރެވޭނެއެވެ.
މަލީހުނެތް ވެރިކަމެއްގަ އުޅޭކައް ބޭނުމެއްނޫން
މިހާރު ވެސް މާލަސްވެއްޖެ.ނަތީޖާއެއް ނުރެވުނު.ބޭކާރު މީހަކު ބެހެއްޓުމެއްނެތް.އޭނަ ބަހައްޓަން ރަނގަޅު ދަނޑުވެރިކަން ކުރުމަށް.މި ކޮވިޑުގެ ދުވަސް ވަރުގަވެސް މުއާސަލާތީ ޚިދުމަތްދޭ ދެކުންފުނިން އެދަނީ ރައްޔިތުން ފެލަމުން.50 ޖީބީ ޑާޓާ އަޅާފައި ނިދާ ހޭލާއިރު ހުންނަނީ ހުސްވެފަ.އެހާވަރެއްގަ މިދަނީ.
ތިވަރުގެ ބައިގަނޑެއްކަން އެނގިހުރެ ބައިޢަތު ހިފީވެސް،
ރާކަނިމަސް ކެވިއްޖެއެއްނު،
ދެންވެސް ހޭއަރާބަލަ!