ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފަށް ޖިންސީ ފުރައްސާރަކުރި ބަންގްލަދޭޝްގެ މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ކުރިން ފުރުއްވި އަފްޝަން ވިދާޅުވީ އޭނާގެ ގައިގައި އަތްލައި ޖިންސީ ފުރައްސާރަ ކުރީ ކަސްރަތަށް ނުކުމެ އުނިކޮށް ކަމަށެވެ.

އޭނާގެ ގައިގައި އަތްލާފައި ވަނީ ކަސްރަތުކުރުމަށް ސިނަމާލޭ ބްރިޖުން ދުވަން ނުކުތުމަށް ފަހު، ދުވަން ނުކުމެ އުޅުނު އެހެން މީހަކަށް ޖާގަ ދިނުމުގެ ގޮތުން މަޑުކޮށްލައިގެން ހުރިވަގުތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އަފްޝަންގެ އިތުރުން އެހެން މީހަކަށް ވެސް އެ ބިދޭސ މީހާ އެގޮތަށް ފުރައްސާރަ ކޮށްފައިވާ ކަމަށާއި އެ ބިދޭސީ މީހާ އަތުލައިގަތީ އެ ވަގުތު ކަސްރަތަށް ނުކުމެ އުޅުނު އާންމުންނާއި ބްރިޖްގައި ތިބި ފުލުހުންގެ އެހީގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެއީ ދުވަހުގެ ބުރަ މަސައްކަތަށް ފަހު ދަރިން ނިދީމާ އަމިއްލަ ނަފުސު ހަމަޖައްސާލަން ލިބޭ ހަމައެކަނި ވަގުތު. އެކަމަކު ބައެއް ފިރިހެނުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން އެ އަމާންކަން ވެސް ނުލިބޭ،" އަފްޝަންގެ ޓްވީޓްގައިވެ އެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 11:00 ހާއިރު ކަމަށާއި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ އަކީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކޮވިޑް

    ކޮބާ ރޯޔަލް ރޭޕް؟ ރޯޔަލް ވީމަ އޯކޭތޯ؟ ހަމަ ސަދޫމުގެ ޤާނޫން........

    261
    1
  2. ސަމީ

    ތަންކޮޅެއް ތާހިރު އެއްޗެއް ލައިގެން ދުވަން ދިޔައީމަ ތާހިރުވާނެ، ބައެއް މީހުން އެއްޗެއް ނުލާ ދަވާދު ލާފަދަ ތިބެގެން ވެސް ދުވޭ މީ ވެސް ބޮޑު ވަރު، ތަނެއްގަ އަތް ލީމަ އެމީހަކު އެކަނި ގޯސް ވަނީ

    265
    10
    • ބުޅާވަތީ

      ނުޖެހޭ އަތްލާކ ކަށް އެއްޗެއްނުލާ ދިޔަސް

      5
      2
    • ގަޑުބަޑު

      ބުރުގާ އަޅާފަ ތިބޭމީހުންވެސް ދެފައިގަ ދަވާދުލައިގެން ކުރު ޓޮޕްކޮޅު ލައިގެން. ހީވަނީ އައުރައަކީ އިސްތަށިގަނޑޭ

      4
      3
    • ބަޝީ

      ދެން ގަމީސް ފަޓުލޫން ލައިގެން ތަ ދުވަން މީހުން ދާންވީ. ކޮންމެ އެއްޗެއް ލައިގެން ދިޔަޔަސް ގަޔަށް ބޮލަށް އަރާކަށް ނުޖެހޭ މީހެއްގެ ރުހުމަކާ ނުލާ. ތީ ދެން ވަރަށް ހެއްވާ ވާހަކައެއް. ދިވެހިންގެ ވިސްނުން ދުވަހަކުވެސް ކުރިއެއް ނާރާނެ ގަމާރުކަން މަތީ ދެމިތިބޭ

      5
      1
    • ޕަރީ

      ބެލުން ތައް ތިރިކޮށްގެން ވެސް ތިބެވޭނެ ކަންނޭނގެ. މީހުން ލައިގެން ތިބި ހެދެމަށް މާކްސް ދޭން ތަ ދަނީ ނޫނީ ބަރުދަން ލުއިކުރަންތަ .

    • އަސް

      ބޮޑު ގޯނިއަޅައި ފުރޭތަ ހެދިގެން ދިޔަސް ތިއަތްނުލާނެ ގޮތެއް ނޯންނާނެ. މިތާ މިއޮތީ އިންޑިއާ އަފްގާނު ޕާކިސްތަނުގެ ސަގާފަތް.

      5
      1
    • މަ

      ކޮންމެ އެއްޗެއް ލައިގެން ހުއްޓަސް ނުޖެހޭނެ އައިއްލާކަށް