އޭނާ މަގާމުން ވަކި ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމަކީ އެމްޑީޕީން އަމިއްލަ ސަންދޯކަށް މޮހޮރު ޖެހުން ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުން އިއްތިފާގުވެވަޑައިގެންފައި ވަނީ މަލީހު ވަކި ކުރުމަށްޓަކައި ރައީސަށް ދެންނެވުމަށެވެ. އެކަމަކު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކިތައް މެމްބަރުން ކަމެއް އެނގިފައެއް ނުވެއެވެ.

ޕީޖީ ގްރޫޕްގެ ނިންމުމާ ގުޅިގެން މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސް ކުރުން އެއީ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ އިތުބާރު ނެތް ކަމަށް ފާސް ކުރުން ކަމަށެވެ.

"ތިޔައީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން ބައިކޮޅަށް ޖެހި ގޯލެއް. އަމިއްލަ ސަންދޯކަށް ތިޔަ ޖައްސަވަނީ މޮހޮރު" ސަރުކާރު ކޯލިޝަންގެ ދެ ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަލީހް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ދޫ މޯގޭޖްކޮށްފައި އޭގެ ސެޓްފިކެޓް އެވެރިންނަށް ހަވާލުކޮށްފައި ނުވާނެ. މަކަރުވެރި ހީލަތްތެރި ގޮތެއްގައި ކޯލިޝަންގެ މިނިސްޓަރުން ބޭރު ކުރުމުގެ ނުބައި ޕްލޭން ކުރިއަށްް އެ ގެންދަވަނީ. މުޅި އެތި ޖަހައިގަތުމުގެ ޕްލޭން. ސުޕަ މެޖޯރިޓީ މައިނޯރިޓީ އަށް ވެސް ބަދަލުވެދާނެ،"

މަލީހުގެ ޓުވީޓު ތަފްސީލްކޮށް ދެއްވައި، އޭނާ "ވަގުތަށް" ވިދާޅުވީ މިނިސްޓަރު ކަމުން ވަކި ކުރުމަށްޓަކައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅެނީ ސީދާ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަން ބޭނުން ކުރީމަ އޭގެ އަދަބެއްގެ ގޮތުން ކަމަށެވެ. އެމްޑީޕީގެ ޕީޖީން ފާސް ކުރެއްވި އެ ނިންމުމަކީ މަލީހު ސިފަ ކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް ހިޔާލު ފާޅު ކުރުމުގެ ޖާގައެއް ނެތް ކަމެވެ.

މަލީހު އެގޮތަށް ވިދާޅުވި އިރު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރައްވާ ގޮތަށް މަލީހު ފާޑުވިދާޅުވެފައިވެއެވެ. މަލީހު ވިދާޅުވެފައިވަނީ ސަރުކާރު ހިންގުމުގެ ތެރެއަށް މަޖިލީހުން ވަދެ، ބަރުލަމާނީ ނިޒާމެއްގައި އަމަލު ކުރާ ގޮތަށް އަމަލު ކުރާ ކަމަށެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުންނާއި މަލީހާ ދެމެދު ޓްވީޓާގައި ބަހުގެ ހަމަލާތަކެއް ވެސް ބަދަލު ކުރެވުނެވެ.

"މި ފެންނަނީ (އެމްޑީޕީ) ގެ ހުދުމުހުތާރުކަން. އެމްޑީޕީ ވެރިކަމަށް ގެނެސްދޭ މީހުންނާ މެދުގައި އަމަލު ކުރާ ގޮތް މި ފެންނަނީ. މީގެކުރީ މާޒީގައި ވެސް އަޅުގަނޑުމެންނަށް ފެނިފައި ހުރީ ދާދި މިކަހަލަ މަންޒަރެއް. އަޅުގަނޑު މިހުރީ މިކަމުގައި ފަހަތަށް ޖެހޭ ގޮތަކަށް ނޫން،" މަލީހު

މަލީހު ވިދާޅުވި ގޮތުގައި އެމްޑީޕީން މިއަދު އެ ޖެހީ ގާނޫނުއަސާސީގައި ކޮޅުފައިންނެވެ. މި މައްސަލަ އދ. ގެ އެކިއެކި އިދާރާތަކަށް ހުށަހަޅުއްވާނެ ކަމުގެ އިންޒާރު މަލީހު ވަނީ ދެއްވައިފައެވެ. އަދި "ކުޑަ ކަކޫ" މައްޗަށް ތިރި ނުވާނެ ކަމުގެ ޔަގީން ކަން ވެސް މަލީހު ދެއްވިއެވެ.

މަލީހު މަގާމުން ވަކި ކުރަން ފެންނަ ކަމަށް ނިންމައި، އެމްޑީޕީގެ ޕީޖީ އަށް މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ 10 މެމްބަރަކެވެ. އެ ކަމުގައި އިސްކޮށް ހުންނެވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއަށް މަލީހުގެ އިތުބާރު ނެތް މައްސަލަ މީކާއީލް ހުށަހަޅުއްވާފައި ވަނިކޮށް މީކާއީލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ. އެއީ ގާނޫނުއަސާސީއިން ކޮންމެ މީހަކަށް ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރާ ހިޔާލު ކަމެއް ކަމަށް ވިދާޅުވެއެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް ރައީސަށް ދަންނަވަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރި ނަމަވެސް މަލީހު ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަކި ގޮތެއް ނިންމެވި ކަމެއް އަދި ނޭނގެއެވެ. މަޖިލީހަށް ހުށަހަޅައިގެން ވެސް މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ހަސަދު

  މޮހޮރު ޖެއްސަސް މަނިކުފާނު ތިޔަ ވުޒާރާ އަކަށް ކަމަކުނުދޭ.

  26
  16
 2. ގޭދޮށުމީހާ

  ރީނދޫކުލަނެތް ހުރިހާ މީހުން ވަކި ކުރާނެ

  57
  1
 3. ބޮލި މުލައް

  ކޮބާ ރީނދޫ ކުދިން ބިރުން ސިހިއްޖެއްނު
  ފެނޭތަ ގަޓު ވަޒީރުން

  53
  8
 4. ސަރުކާނު

  އަންނިގެ މާ ގާތް ކުއްޖެއް މީކާއީލަކީ. ނުކުޅެވޭނެ މީކާއީލަކާ. މަލީހަށްވުރެ ޅަވާނެ.

  30
  5
 5. މޯދީ

  ކޯލިޝަންގެ ބައިވެރިން ފަހަރަކު މީހަކު ބޭރުކުރަމުން ގެންދާއިރު މިމީހުން ނިސްބަތްވާ ޕާޓީތަކުން ހަމަ ދެނަހުރި ކަމަށްވެސް ނުހަދާ މި ތިބެނީ ގެއްލިދާނެ ބައިވަރުގަނޑެއްގެ ބޮޑުކަމުންބާ؟ ރިޔާސީ ރޭހަށް ނުކުންނަން އެދޭއިރު ޕާޓީ މީހުންގެ ދިފާޢުގައި ކަންކަން ކުރަންވެސް ޖެހޭނެ.

  38
  2
 6. ސަދޫމްސީޓީ

  ތީގައުލެނީ މީކާއީލުއާ ހަސަންޓޭއާ އާޒިމް އެމީހުން ހީކުރަނީ ރައީސް ކަން ކުރަނީ އެމީހުންކަމަށް މީގަ އެންމެ ބޮޑުރޯލެއްކުޅެނީ ކެނެރީގޭ މުގާބޭ

  40
  2
 7. ހަލަމްގަން

  މަލީހޫ މަމީ މީހުންނަށް ރައްދުދޭ މީހެއްނޫނޭވެސްބުނި ވަރަށް ފަހުން ގަދަބަސް ނުކިޔާ މައިތިރިވެގެން ހުރެބަލަ ކަލޭ

  23
  8
 8. ސިއްތި

  މަލީހުގެ މަޤާމަށް އެމްޑީޕީގެ މީހުންގެތެރެއިން 65އަހަރުން މަތީގެ ސަޕޯޓަރެއްނަގަނީ ކަންނޭގެއި މީ އެމީހުންގެ ރޭވުމެއް، މަލީހު ބަރާބަރު ވަޒީރެއްތީ ވަކިކުރާކަށްނުކެރޭނެ

  29
  6
  • ރާގޮޑިރާޖަ

   ލުތުފީ އަށްކަންނޭގެ ދެންހަވާލުކުރާނީ. ޢޭރުން ބާރަށް ކުރި އަށް.

   4
   1
 9. ހުސޭނުބޭ

  މަލީޙް ވާ ރަގަޅު! މަލީހަށް ހޭއެރީ އެމްޑީޕީގެ ސަންދޯކަށް މަލީޙް ލައިގެން މޮހޮރުޖަހަން ފެށީމާ ދޯ!

  46
  1
 10. ހަސަނު

  ސާބަހޭ މަލީހު، ހަ އެއ އްކަ މެމްބަރުން މި އުޅެނީ. ސަރުކާރު ހިނގަންވީގޮތް މަޖިލީހަށް ނުބުނެވޭނެ. ި

  27
  3
 11. މިއަދު

  މިލީހު ހީފުޅުނުކުރައްވާ ތިގޮތަށް ބިރުދައްކައިގެން ގަދަބަސްބުނެގެން މާގާމް ދިފާޢުނުކުރެވޭނެ އެމްޑީޕީގެ ޕަވަރ އެބައޮތް ބަހަކަށްނުސިހޭނެ މަގާމްބޭނުމިއްޔާ ކުޑަކަކޫމައްޗަށް ތިރިވެލާ މަނިކުފާނުތިހުރީ އދ އިން އައްޔަންކުރިމަގާމެއްގައެއްނޫން ތިމަގާމްދިނީ ރައިސްސާލިހު ސާލިހަކީ އެމްޑީޕީރައިސްގެ ގޮޑިކޮއްކޮއެއް

  3
  1
 12. ހިރިގާ

  މަލީހު އަށް ނޭގޭ ދޯ ސަންދޯކަށް މޮހޮތު ނުޖަހާކަން؟؟؟

 13. ސަލްޖަމް

  މީ ހާދަ ގޮތެއް ނެތް މީހެކޭ. އެމްޑީޕީ ދިނީމަ ކައިގެން ނަމެއްގައި ޖުމްހޫރީ ވަޒީރަކަސް ތިޔަ ފާޑަށް އެމްޑީޕީއާ ޖައްސާލައިގެން ތެޅޭނެ ކަމެއްނެތް. ތިޔަކަހަލަ ރޯނު އެދުރުންނާހެދި ސަރުކާރާއި އެމްޑީޕީގެ އަގު ވެއްޓެނީ. މިހާރުން މިހާރަށް ބޭރުކުރަންވީ.

 14. ފިނޑި އެމްޑީޕީ

  ކޮރަޕްޝަނުގެ ތެރެއިން ގަރާޖުސިޓީދީގެންވެހިކަލް އެތެރެކޮށް ހަދާއިރު އެކަންކުރިމީހުނަށް ފިޔަވަޅު ނޭޅިޔަސް ނަހުލާވަކިކުރާކަށް އެމްޑީޕީއަކަށް ނުކެރޭނެ. ސަބަބަކީ ޖުމްހުރީޕާޓީ ސުލޮޓުގަހުރި އެހެންވަޒީރުންވަކިުރީމަ ގާސިމްއަޅާނުލިޔަސް ނަހުލާވަކިކޮށްފިއްޔާ ޤާސިމު ރުޅިއަންނާނެ

 15. ބޮންޑަ

  ދަލުބޭރުން ޖެހިގެން އުޅޭހުރިހާއެންމެން އެކިފަހަރުމަތިން ބޭރުކުރާނަން ވަރައް ސަލާން

  1
  1
 16. ޖުހާ

  މިސަރުކާރުގެ ހުރިހާވެރިންވެސް އެދަނީ އަމިއްލައަތުން ކައްވަޅުކޮނެ ސަންދޮއްޖަހައި މޮހޮރު ޖަހަމުން ފަހަރަކް މީހަކް ކައްވަޅައް ކޮއްޕާ ވައްޓަލަމުން

 17. މުދިސް

  މަލީހޫ އެމްޑީޕީގެ އަސްލު ވެރިމީހާ މުގާބޭގެ ބާރުދަށްކާލަން ފަށައިފިއެވެ ނަގުލީ ވެރިމީހާޔަށް އާނއެކޭ ބުނަންކެރިދާނެ އެއީ ނަގުލީމީހާވެސް އަސްލީ މީހާދެކެ ބިރުގަންނާނެ ވީމާ މަލީހުކުރަންވީ ކަމަކީ ސަންދޯކަށް މޮހޮރުޖެހިޔަދޭން ދޫކޮށްލާފަ ސަންދޯކުގެ އަނެއްކޮޅަށް ކާޅުލޭ އަޅަންވީ އެއިރުން އެމްޑީޕީ ބިރުގަންނާނެ.

 18. އާފިޔާ

  މަގާމްގައި ދެމިހުރެވޭނީ އެމްޑީޕީގެ ރައީސް ރުހޭނެ މީހަ ކު

 19. ވަތަނީ

  މަލީހަށް ރައްޔިތުންގެ އިތުބާރު އެބައޮތެވެ މޑޕ އިން
  ފަތް ކޮޅު ދީފައި ތިބި ބަޔަކ ކު ބޭނުންހާ ގޮތެއް ނުހެދޭނެއެވެ
  ހީލަތްތެރި މަޅި ފައްޗެއް ރުކުރުވާލާފައި ވަނީ އަޑީގައި
  ނަސީދު ހުރެގެންނެވެ ބޭނުމަ ކީ މި ފަސްއަހަރު ހަމަވުމުގެ
  ކުރިން އެމަނިކ ކުފާނު ތަޚްތައް ސަވާރުވުމެވެ.

 20. ސްނޭޕް

  ކަލޭ ދޭބަލަ ޔާމީނު ފުޅަށް ބުޑުން ދުވަން... ދުވަހަކު ގައުމަށް، ރައްޔިތުންނަށް ކޮއްދެވޭނެ ކަމެއް ނޯވޭ..ކުރަން އިނގޭހާ ވެސް ކަމަކީ ދައުލަތުގެ މާލު ހުސްކޮށް ރައްޔިތުން ހާލުގަ ޖެއްސުން..

 21. އިބްރާ

  މަލީހު މަގާމުން ވަކިކުރުމަކީވެސް އޮނަރަބަލް ޤާސިމް އިބްރާހިމަށް އެއްވެސް ކަމަކަށް ނުވާނެ. ދީނާއި ޤައުމުގެ އިޖްތިމާޢީ ފޭރާން މުގުރައި އެފުށް މިފުށަށް ޖެހިނަމަވެސް އަނބިކަނބަލުންނަށް މަޤާމް އޮތްހައިދުވަހަކު އޮނަރަބަލް ހުންނަވާނީ ސާލިހާއި އެއްގަލެއްގައެވެ.