ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ދެ ވަަނައަށް އިންޑިއާ އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާތަކުން ދައްކާ ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކޮށްފައިި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން މިމަހުގެެ 19 ވަނަ ދުވަހުގެެ ނިޔަލަށް 5،449 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިއެވެ.

އެއީ ރާއްޖޭގެ ފަތުރުވެެރިކަމުގެެ މާކެެޓުގެ 9.2 އިންސައްތައެވެ.

މިހާތަނަށް ރާއްޖެއަށް 15 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރަމުން އަންނަ އިރު އޭގެ ތެރޭގައި އިންޑިއާގެ ހަތަރު އެއާލައިނެއް ހިމެނެއެެވެ.

ބޯޑަރު ބަންދު ކުރި އިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެެރިން ޒިޔާރަތް ކުރަމުން ދިޔައީ އިންޑިއާ އަދި ޗައިނާއިންނެވެ. މިހާރު ރާއްޖެއަށް އެންމެެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގެ ކުރީ ސަފުގައި އޮތީ ރަޝިއާ އަދި އިންޑިއާއެވެ. ރަޝިއާ އިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ވަަނީ ވަރަށް ބޮޑަށް އިިތުރުވެެފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެެރިންގެ އަދަދު ބައިލައްކައަށް ވުރެ އިތުރުވެެފައި ވާއިރު މީގެ ކުރިން ރާއްޖެއަށް މަހަކު 80،000 ފަތުރުވެރިން ޒިޔާރަތްކުރެއެެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 167،000 އިންޑިއާ ފަތުރުވެރިންނެވެ. މިއީ އޭގެ ކުރީ އަހަރާ ބަލާ އިރު ގިނަ އަދަދެކެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ ހިމެނޭހެން ނުވަ ގައުމަކާއެކު އިންޑިއާ ސަރުކާރުން ވަނީ "އެއާ ޓްރެވެލް ބަބްލް" އެއް ގާއިމްކޮށްފައެވެ.

ސަރުކާރުން އަންނަނީ އެހެން ގައުމުތަކުގެ މެދުގައިވެސް ރާއްޖެ އިސްތިހާރުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކުޑޭ

    އިންޑިއާގައި ކޮވިޑް ހައްދުން ނެއްޓިގެންދަނީ ނުބެލެހެއްޓެއި އެހެން ޤައުމުތަކުގެ ބޯޑަރ މީހުން ވެއްދުން މަޑުޖައްސާލައިފައިވަނީ ރައްޔިތުން ގެ ރައްކަލަކަށް އެކަމަކު މިޤައުމުން ރައްޔިތުންނަށް އެވަކަށްއެދޭތަ

    22
    • ާއަހުމަދު

      ގެސްޓުންގެ ގޮތުގައިތަ އިންޑިއާސިފައިން އަންނަނީ

      13
      1
  2. އައްޑޫ މީހާ

    އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ކިތަންމެ ގިނައިން އަޔަސް ޑޮލަރު ނުލިބޭނެ ނުވިތާކަށް އެހާ ދަހިވާނެ

    16
  3. ޢަދުރޭ

    ރަޝިޔާ އާ ރާއްޖެއާ ގުޅުން ބަދަހި ކުރުން އެއީ މި ވަގުތަށް ވަރަށް މުހިއްމު ކަމެއް . ސެކިއުރިޓީ ކައުންސިލްގެ ދާއިމީ 2 މެމްބަރުން ރަޝިޔާ ޗައިނާ އަކީ ދުނިޔޭގެ މަޝްރަހު ބަދަލުވާ ގޮތުން ޔޫރަޕާވެސް ދެބަސް ނުވެ މި ވަގުތު ރަޝިޔާ އާ ޗައިނާގެ އޮއިވަރުގައި ޖެހިލައިގެން ތިބުން އޭޝިއާގެ ޤައުމުތަކަށް ބުއްދިވެރި

    11
  4. އިމްރާމް

    ތިބައިގަނޑު ހެޔޮ މިތަނަށް ނަޔަކަސް. އައިސްގެން ރިސޯޓުތަކުގައި މަސައްކަތް ކުރާ ކުއްޖަކަށް ޓިޕެއް ވެސް ދިއްކޮށްލާބައެއް ނޫންތީ. ދެއަިރުކައިގެން އުޅެފަ އަމިއްލައަށް ކޮޓަރީގަ ކަައްކައިގެން އުޅޭ ގްރޫޕެއް ތީ. #އިންޑިއާ އައުޓް

    12
  5. މާމީ

    ރާއްޖޭގަ އެންމެގިނައިން ބޭރުގައުމެއްގެ ސިފައިންވެސްތިބީ އިންޑިއާ ސިފައިން.

    12
  6. ދޫދިގު

    ތިޔައީ މިސަރުކާރުން މިރާއްޖޭގައި ރަށްވެހި ކުރުވުމަށް ގެންނަ ބައެއްނޫންތަ، ކޮން ފަތުރުވެރިންނެކޭ ކިޔާކަށް، އިރުކޮޅަކުން ފެންނާނީ އިންޑިއާގެ އެއްލައްކަ ފަތުރުވެރިން ރާއްޖެ އައުމުގެ މުނާސަބަތުގައި އޭގެތެރެއިން
    ބަޔަކަށް ރާއްޖޭގެ ރެސިޑެންސް ވިސާ ދިނުމަށް ރައްޔިތުނގެ މަޖިލިހުން ފާސްކޮއްފިއޭ ވަގުތު ނޫހުގައި ސުރުޚީ އަޅާފައި އޮތްވާ.

    10
  7. ޙހ

    ތީކީ ޓުވަރިސްޓންނެއް ނޫން. ދެން ތީކީ މިގައުމުން ނުފައިބާ ތިބޭން އަނނަބަޔެއް.

    12
  8. ޣަނި

    ޢިންޑިޔާ ފަތުރުވެރިން އޮއްސިޔަސް ރަޝިޔާގެ އެންމެ ފަތުރުވެރިޔަކު ކުރާ ހޭދަ ތިއިން ފަސް އިންޑިއަން ފަތުރުވެރިން ނުކުރޭ، އަންނަނީ ގެސްޓްހައުސްތަކަށް، ދަނީ ބުރުމަލެއްގެ ރިސޯޓްތަކަށް، ރޫމްބޯއިން ބުނޭ އިންޑިޔާ މަދު މީހެކޭ ޓިޕްސް އެއްވެސް ދިއްކޮއްލަނީ. ޢަދި އެހާ ރޫޑު އަމުރުވެސް ކުރެޔޯ

    10
    • މޯލްޑިވިޔަން

      ހެއޮ އެއްގޮތް ވެސް ނެއް. ކީއްވެބާ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއަހަރެމެންމަށް ތެޔޮ ނުދެއްވީ

  9. ޒާ

    އިންޑިއާއަކީ ކޮވިޑްހާއްޔެއް. މިސަރުކާރު އޮތީ އޮންޑިއާ ވީހާލެއްގައިވާން. ދޫކޮށްލާފަ. ދެން ބުނޭ ކޮވިޑުން އަރައިގަންނާނެގޮތެއް؟

    10
  10. ކަޓީ ޗާއެވާލާ

    ތި ދެން ޓުއަރިސްޓްުންތަ..ގަޔަށް ގުއި ރެވިފަ ތަނެއް ދޮރެއް އިނގޭ ބައެއް ނޫން..ރަށްފުށުގަ އުޅޭ ވައްތަރަށް އުޅޭނީ.ޝީޝާއެއް ހެދިޔަސް އެ ކަމުނުގޮސްގެން ޕޭ ނުކުރަން...އަބަދު ދާލް ކަރީ ނޫނީ ޗަޕާތީ ނުލިބިގެން...އިންޑިޔާ ގެރި ނަޔަސް ރާއްޖެ ކުރިއެރުވޭނެ...#މުސީބާތް

  11. ޑައެލޯގް

    އިންޑިޔާއިން ދެން އަންނާނީ މިތާ ވަޒަންވެރިވާން އޭރަށް ހުންނާނީ ރާކަނިމަސް ކެވިފައެވެ.