ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލް ބާރީ ޔޫސުފް މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ގާޒީ ބާރީ ވަކިކުރުމަށް ޖޭއެސްސީ އިން ނިންމީ އެ މައްސަލަ ބެލުމުގައި އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ އިޖުރާއަތްތަކާ އެއް ގޮތަށް ކަމަށް ކަނޑައަޅައި މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ފޮނުވަން ފާސްކުރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ގާޒީ ބާރީގެ އިތުރުން ދ.ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލް ރައްޒާގް މުހައްމަދު މަގާމުން ވަކި ކުރުމަށް ޖޭއެސްސީ އިން ފޮނުވި މައްސަލަ ވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ދިރާސާކޮށް އޭނާ ވެސް ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކުރިއެވެ. އެ ކަން ވެސް ފާސްވީ ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޖޭއެސްސީ އިން ގާޒީ ބާރީގެ ދެ މައްސަލައެއް ބެލިއެވެ. ފުރަތަަމަ މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކށް ހިޔާނާތްތެރިވި ފައިސާ އިން އޭނާ މާލީ މަންފާ ހޯދާފައިވާ ކަމަށް ބުނެ ހުށަހެޅުމުގެ މައްސަލައެކެވެ. ދެވަނަ މައްސަލައަކީ 2014 އިން 2018 އަށް ގާޒީ ބާޒީ އަމަލީ ގޮތުން ވިޔަފާރީގެ ތެރޭގައި ބައިވެރިވެ މާލީ ބަޔާންތައް ހުށައަޅާފައިނުވާ މައްސަލައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވަން ނިންމި ހުކުމް ގާޒީ ބާރީ ހުކުމް އިއްވުމުގެ ކުރިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ފޮނުވިކަން ފާހަގަކުރެވުނު ކަމަށް ޖޭއެސްީގެ ބަޔާނުގައިވެއެވެ. އެ ދުވަސްވަރު އަދީބުގެ އަތްޕުޅުން ފަސް ލައްކަ ރުފިޔާ ބާރީއަށް ދީފައިވާ ކަމާއި، އޭނާ ބައްލަވައި ގަތް ފްލެޓަކަށް އެޑްވާންސަށް ހަ ލައްކަ ރުފިޔާ ދެއްކިއިރު އެ ފައިސާ ހޯދި ގޮތެއް އެނގެން ނެތް ކަމަށް ބަޔާނުގައިވެއެވެ

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޒާ

  އެމްޑީޕީން މިކުރަނީ ޖުޑިޝަރީ އިސްލާހެއް ނޫނެވެ. ވެރިކަމަށް އައިއްސުރެން ކުރަނީ ބަދަލު ހިފުމުގެ މަސައްކަތެވެ.

  21
  2
 2. ޏަމް

  އަންނިގެ ދަނގަޑުއަތް ޖޭއެސްސީން ބޭރުކުރަން ބޢަތޮޅު ރަށްޔަތުން ވަރަށްތާއީދު އެކަލޭގެ ބޭރުނުކުރާހާ ހިނދަކު އިންސާފުވެރި ޝަރީއަތެއް މިގައުމުގައި ނުހިނގާނެކަމީ އެންމެތުއްތު ކުއްޖާވެސް ދަންނާނެ ހަގީގަތެއް.

 3. މިކަލޭގެއަށް

  ދީފަ ހުރި ރެހެންދި ފްލެޓް ވެސް އަތުލާ ޕްލީޒް

 4. ޑައެލޯގް

  މިއީ ކަޑައެޅިގެން ބަދަލުހިމެވެ.