ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 129.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަަކަށް ބަލާއިރު، ނޮވެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވެންސް 11,072 ފަރާތަކަށް ދޫކޮށްފައި ވެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި ނޯޕޭ ލީވް ދީފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައި ވަނީ 5000 ރުފިޔާއެވެ.

އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރު 1 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް އަށް އެދި ހުށައެޅޭނެ އެޗެ.

މީގެ ކުރިން މި އެލަވެންސް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުގެ ފަހުން ވަޒީފާއަށް އަސަރު ކޮށްފައިވާ ނުވަތަ މުސާރައަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މަލީހު

  މީ ބޮޑުކަމެއް...ވަކިބަޔަކަށް ދޭން ނިންމާފަ އަނެއްބަޔަކު ހަަހަމހުށަހަޅާއިރަަށް ރިޖެކްޓް.... ނޫނީ ރި ސަބްމިޝަން
  ރިޖެކްޓް.... ނޫނީ ރި ސަބްމިޝަން
  ރިޖެކްޓް.... ނޫނީ ރި ސަބްމިޝަން
  ރިޖެކްޓް.... ނޫނީ ރި ސަބްމިޝަން
  ރިޖެކްޓް.... ނޫނީ ރި ސަބްމިޝަން
  ރިޖެކްޓް.... ނޫނީ ރި ސަބްމިޝަން

  1
  1
 2. އަބުޅޯ

  ތީ ޕާޓީ ކުދީންނަށް ބަހާ އެއްޗެއް.

 3. މޮޔަގޮލާ

  ތިޔާ ޕާޓީ ކުދީންނަށް ދޭ އެއްޗެއް.

 4. ކަމަނަ

  ހުސްދޮގު ކޮބާ އަހަރުން ފޯމުލައުގެންއުޅޭތާ މިހާރު 3 މަސްވެއްޖެ އަދިވެސް ފައިސާއެއް ނުލިބޭ އަހަރުންނަކީ އަނަންތަރަ ރިސޯޓުން 1 އަހަރު ނުވާތީ ވަޒީފާއިން ވަކިކުރި މީހެއް ކޮބާތަ ކަލޭމެންގެ އިންސާފު.