ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ހުޅުމާލެ ކޮވިޑް-19 ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ އެމީހާ އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައި ވަނީ މިއަދު މެންދުރު ފަހު ދޭއް ޖަހާ ކަން ހާއިރުއެވެ.

މިއާ އެކު، ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 46 އަށް އަރައިފައެވެ. މީގެ ތެރޭގައި ހިމެނެނީ 38 ދިވެއްސަކާއި 8 ބިދޭސީއެކެވެ. ރާއްޖޭގައި ފަހަކަށް އައިސް މި ބަލި ޖެހިގެން ނިޔާވެފައި ވަނީ ދިވެހިންނެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަހަކަށް އައިސް ނިޔާވާ މީހުންގެ އަދަދު ވަނީ ގިނަވާން ފަށައިފައެވެ. އެގޮތުން މިމަހު މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ބަލީގައި އަށް މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުތައްވެސް އިތުރުވަމުންދާއިރު، ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 12,578 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރުވާނު

    ދިވެހީންތާ ގިނައިން މަރުވާނީ. މުސްކުޅި އަދި ބޮޑެތިބަލިތަކަށް ފަރުވާކުރަމުންދާ އުޅެނީ ދިވެހީން ވިއްޔަ. ބިދޭސީން ގިނަވާނީ ޒުވާނުންނާ މަސއްކަތްތެރިން

  2. ސްކިޕަރ

    ދިވެހިރާއްޖޭގައި ކޯވިޑު-19 ފެތުރެނީ ޑޮލަރުގެ ދަހިވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުފަދަ ތަންތަނަށް ބައިބަޔަށް ގެންނަ ގެސްޓުންގެ ފަރާތުން ހާއްސަކޮށް ޔޫރަޕް ގެސްޓުން. ހުރިހާ ރަށެއްގައި މިކަމާއި ދެކޮޅަށް އަޑު އުފުލަންޖެހޭ. ޑޮލަރު ފަހުން ލިބިދާނެ. ފުރާނަތައް ގެއްލެން ފެށީމާ، އެކަން އިޔާދަނުކުރެވޭނެ

  3. އަލި

    އެހެން ނޫނަސް މީހަކު ނިޔާވެއްޖެނަމަ މިހާރު ވާނީ ވައިރަސްގެ ސަބަބުން ކަމަށް. ސަރުކާރުން ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގަ......