ކ. މާފުށިން މީހަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.

އެ ރަށް މޮނީޓަރިންގއަަށް ލާފައިވާކަން އަންގާ ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެރަށު ކައުންސިލަށް ފޮނުވި އެންގުމުގައި ވަނީ، މިއަދު 15:43 އިން ފެށިގެން އެރަށް އަރާ ފޭބުން މަނާ ވާނެ ކަމަށެވެ.

"ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަން ރަށުން ފޭބުމާއި، މި އެޖެންސީގެ ހުއްދަ ނެތި އެއްވެސް ރަށަކަށް އެރުން މަނާކޮށް، ރަށް މޮނީޓަރ ކުރުން" އެރަށަށް މޮނީޓަރިންގއަށް ލާފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް ފޮނުވި އެންގުމުގައި ވެއެެވެ.

އެރަށު ކައުންސިލް އުސްމާން ރަޝީދު ވިދާޅުވީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ އެރަށުގެ ގެސްޓު ހައުސްއެއްގައި ހުރި ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ކަމަށެވެ.

އޭނާ ވިދާޅުވީ އެމީހާ ފައްސިވިކަން އެނގިފައި ވަނީ 27 ދުވަސް އެރަށުގައި ހޭދަކުރުމަށް ފަހު ފުރަން ވެގެން ހެދި ކޮވިޑް-19ގެ ޓެސްޓުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮޔަގޮލާ

    ތިޔާ އަޅޭ މީހުން ދިރިއުޅޭ ރަށެއްގެ ގޮނޑުދޮށްތަ؟ ނޫނީ ރިޒޯޓް އައިލެންޑެއްގެ ބީޗް ތަ؟މީ ދޯ އެ ކިޔާ އަނެއް ދިވެހިރާއްޖެއަކީ؟

    7
    1
    • ެއަހުމަދު

      ޖޭ ވަނީތަ؟

  2. އިބްރާ

    މުސްލިމުންގެ ތެރޭގައި ކާފަރުން ވަލު ޖަނަވާރުން އުޅޭހެން އުޅުމަށް މިޤައުމުގެ ބޮޑުންމިވަނީ ހުއްދަދީ އެކަމަށް މަގުފަހިކޮށްދީފައެވެ. ޤައުމު ހަލާކުވާކަށެއް މާކަގިނަދުވަހެއް ނެތްކަން މިމަންޒަރުތަކުން އެބަހާމަވޭ.

    9
    1
  3. މާމީ

    ގޭގަ 2 ކޮޓަރި ހުރިއްޔާ 1 ކޮޓަރި ދޮންމީހުނައް ތިބެވޭގޮތައް ތައްޔާރު ކުރަން ޖަޒީރާ ވައުދު ރައްވެހި ފަތިހުގަ އޮންނާނެ...

    8
    1