މަސްތުވާތަކެތީގެ މައްސަލަތަކުގައި އުޅޭ މީހުން، ކުށެއް ކުރުމުން އޮރިޔާންކޮށް ތަޅާ އަނިޔާ ކުރުމަކީ ކަނޑައެޅިގެން ގޯސްކަމެއް ކަމަށް ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ، މިއަދު ކުރި ޓްވީޓެއްގައެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ، ދޯންޏަކަށް އެރި މީހަކަށް ވައްކަމުގެ ތުހުމަތުކޮށް، އޭނާ ބަރަހަނާކޮށް ބޮޑެތި އަނިޔާތަކެއް ދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައިވާ ދަނޑިވަޅެއްްގައެެވެ.

މަހްލޫފް ވިދާޅުވީ، ޖުމްލަކޮށް ކޮންމެ ދިވެހި އާއިލާއެއްގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިިވާ ދަރިން އެބަތިބި ކަމަށެވެ.

"ގިނަފަހަަރު އާއިލާއަށްވެސް އަދި މުޖުތަމައުއަށްވެސް އުނދަގޫވާ މައްސަލައެއް. ނަމަވެސް އެ މީހުން ކުށެއް ކުރީމަ އޮރިޔާންކޮށް ތަޅާ އަނިޔާ ކުރުން ކަނޑައެޅިގެން ގޯސް". މަހްލޫފް ކުރި ޓްވީޓްގައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:30 ހާއިރު ހުޅުމާލެ ކަންނެލި ޖެޓީގައި އޮތް ދޯންޏަކަށް އެރި އެ މީހާ ބަރަހަނާކޮށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ އާއްމުވެފައިވާއިރު، އެ މައްސަލަ ފުލުހުން ބަލަމުންދާ ކަަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.

މީސް މީޑިއާގައި އާންމުންގެ މީހަކު އާންމު ކުރި ވީޑިއޯއެއްގައި ވަނީ ޒުވާނާގެ އަތް ފައި ބަނދެ، ދޯނީގެ ތައްޓު މައްޗަށް ވައްޓާލައި ފަސް ވަރަކަށް މީހުން ވެގެން އަނިޔާ ކުރާ ތަނެވެ. އޭރު އޭނާ އޮތީ ބަރަހަނާ ހާލުގައެވެ. ބެލެވޭ ގޮތުގައި އެ ޒުވާނާ ބަރަހަނާ ކުރީ ދޯނީގައި ތިބި ބައެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމީ

    މަސްވެރިން ކުރި ބުރަމަސައްކަތުން ލިބުނު ފައިސާކޮޅު ޒުވާނަނު ވަގައްނެގީމަ އެއީކުށެއްނޫން؟ އަނިޔާކުރީމަ ވަރައްގޯސް،، ވަގައްނުނެގިނަމަ އަނިޔާ ނުކުރީސް... އަނިޔާކުރިމީހުން ގޯސް..... ވަގައްނެގުން އޯކޭ....

  2. ހުސޭނުބޭ

    ދެން ކަލޭ އެމްއެމްޕީއާރުސީގެ ޑޮލަރުގަނޑު ދިރުވާލީމާ ހެދިހެން ބުރަކަށީގައި ފިރުމާދީފައި ލަވަކިޔާދޭންވީދޯ!

    7
    1
  3. ގަން

    ތިޔަ ވިދާޅުވީ ރަނގަޅުވާހަކަ ފުޅެއް.. އެކަމަކު ކޮބައިތޯ ކޮންމެ 5 އަހަރަކުން 1 އަހަރު ރައްޔިތުންނަށް ދަޅަދައްކައިގެން މަޤާމްތަކާ ހަވާލުވެ ބޮޑެތި ހުވައިތައް ކޮށްގެން ތިއްބަވާ މިކަންކަމުގެ ޒިންމާ ނަންގަވަން ތިއްބެވި ބޭފުޅުން...ބޮޑު މުސާރަޔާ ބޮޑެތި ޢިނާޔަތްތަކާ ފުރިހަމަ ސެކިއުރިޓީގައި ތިއްބަވާއިރު ރައްތިޔުންގެ ވިންދު އަޑު އިވޭނީ ވޯޓު ބޭނުން ވީމާތޯ...އަޅުގަނޑަކީވެސް ނިކަމެތި ރައްޔިތެއް..ހަޤީޤަތަށްވެސް މާދަމާ އަލިވާއިރުވެސް މުދަލާއި ޖަނާއި ސަލާމަތްތެރި ވާނެކަމުގެ ޔަގީންކަމެއް ނެތް..ﷲއާއި ވަކީލް...ވަށާފާރު 10 ފޫޓަށްނަގައި ފާރުގައި ބިއްލޫރި ޖަހާ ގޭގެ ހުރިހައި ބިތެއްގައި ދަގަނޑު ތޭރިޖަހާ ކެމެރާ ހަރުކޮށް ، މިފަދަ ނާމާންތަނެއްގައި މިއުޅެން ޖެހެނީ...ދެކެން ބޭނުން ނުވިޔަސް ޢަދުލުވެރިކަން ތަނެއްގައި ނެތީމައި ވާނެގޮތް މި ފެންނަނީ..

    3
    1
  4. މޫސަ

    ކުށް ކުރުން ހަމަރަނގަޅުދޯ؟ މީހުންގެ މުދާ ފޭރުންވެސް ރަނގަޅު ދޯ؟ މީހުން އަމިއްލެ އަށް އިންސާފު ހޯދަން ޖެހެނީ ޤާނޫނީ އިމުގެ ތެރެއިން އިންސާފު ނުލިބޭތީ

    3
    1
  5. .....

    މަހުލޫފަށް އެނގޭތަ.....އަނިޔާކަމަށްވަންޏާ ޖީ.އެސް.ޓީ ނެގުންވެސް ކަމަކު ނުދާނެ...ވަކި އަނިޔާއަކަށް ނުރުހިފަ ވަކި އަނިޔާއަކަށް ރުހުމުގަ ވަނީ ކޮން އިހްލާސްތެރިކަމެއްތޯ...ތިއުޅެނީ ކުރެޑިޓެއް ދަމައިގަތުމަށް ކަމަށް ތުހުމަތުކޮށް ބުނަންޖެހެނީ ހަގީގީ އަނިޔާވެރިކަމަށް ވޯޓްދީގެން މޭފުއްޕިދުވަސްވެސް އަހަރެންގެ ލޮލަށްފެނިފަ ހުރީތީ...ޕޮލިޓިކްސް މީހުންނާއި ދީނީ ޓެގްއަޅުވައިގެން ތިބި މީހުން ދައްކާ ތިކަހަލަ ވާހަކަ ގިނަ މީހުން މިހާރު ގަބޫލެއްނުކުރޭ...

    2
    1
  6. ސިއްތި

    މީހުނަށް އަނިޔާ ކުރުމަކީ ގޯސްކަމެއް ޔާމީނު މިހާރު ޖަލުގައި ހުންނެވީ ނަހައްގުން ދޭ އަނިޔާއަކަށް ކަމަށް ބެލެތޯއެވެ އެއީ ރަނގަޅުކަމެއްތަ ކަލޭމެން ވަހަކަ ނުދައްކާ

    3
    1
  7. ފެކްޓް

    އެކަން ގޯސް! އެފަދަ ގޯސްކަންކަން ހުއްޓުވުމުގެ ބާރު އޮތީވެސް ދައުކަތަށް. ނުވަތަ ސިޔާސީ މީހުންގެ މުށުތެރޭގައި.
    އެހެންވަނީވެސް މީހުންގެ ހައްޤުތަކަށް އެރުން ޢާންމުވެ އެކަންކަމުގައި އިންސާފްގެ ނުހޯދޭތީ. އިސްސާފް ފެއިވެފައިވާތީ! ޤާނޫންތައް ތާކުންތާކު ނުގެހޭތީ. އަމަލަށްވުރެ ބަސް ގިނަވާތީ!
    ތިންކް ޓުވައިސް ބިފޯ ޓޯކް.

  8. ލޫޓުވާ

    މީގެއިން ފެނިގެން މިދިޔައީ ސަރުކާރު ފެއިލްވެފައިވާކަން. މަޖްލިސްގެ ހިންގުނީމަ ސަރުކާރަށް އޭ ރިޕޯޓް ލިބޭކަމަށް ދެކިގެން އެކަންމިކުރަނީ. ރައްޔިތުންމިތިބީ ބިރުވެރިކަމާިއ ދަތިހާލުގައި.

  9. ދަރަނި ދަންތުރަ

    މިކަންކަން ދިވެހިރާއްޖެ ޔަށް ތައާރަފުކުރީ މަހުލޫފު ވެސް އެޕާޓީޔަކަށް ނިސްބަތްވާ އެމް ޑީ ޕީ އިން ، ކޮބައިތޯ ލަބާން އެއީ އަނިޔާވެރިއެއްނޫން މިހާރުދޯ...