ބ. ދަރަވަންދޫގައި ގެސްޓު ހައުސް ހުޅުވުމާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މިއަދު މެންދުރުން ފެށިގެން އަސުރު ނަމާދު ވަގުތާއި ހަމަޔަށް ދަރަވަންދޫ ރައްޔިތުންގެ ބަޔަކު ނިކުމެ މުޒާހަރާ ކޮށްފައި ވާކަމަށެވެ.

އަދި މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19 ފެތުރެން ފެށުމާއި އެކު ގެސްޓު ހައުސްތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ކައުންސިލުން ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމުން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވެއެވެ. އަދި ރައްޔިތުން ނިކުމެ މުޒާހަރާ ކުރީ ގެސްޓު ހައުސްތައް ހުޅުވުމުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތަކާއި ފިއްތުން ތަކުގެ ސަބަބުން ކަމަށާއި، މިކަމަށް ވިސްނާ ނުލައި ގެސްޓު ހައުސްތައް ހުޅުވަން ހުއްދަ ދިނުމަކީ ކައުންސިލުން ވި ވަރަށް ބޮޑު އިހުމާލެއް ކަމުގައި ރައްޔިތުން ދެކޭ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން ގެސްޓު ހައުސްތައް ހުޅުވުމުގެ ސަބަބުން ރައްޔިތުންނަށް އެހެން ރަށްރަށަށް ދިއުމާއި، އެހެން ރަށްރަށު މީހުންނަށް ދަރަވަންދުއަށް އެރެން ނެތުމަކީ މިއަދު މުޒާހަރާކރި މީހުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް އޭނާ ބުންޏެވެ.

"މިހާރު އަޅުގަނޑުމެން ގެސްޓު ހައުސްތައް ހުޅުވުމަށް ފަހު ދެން ތިބެން މިޖެހެނީ ފާޑަކަށް ރަށުގައި ބަންދުވެފައި. ހަގީގަތުގައި ދަރަވަންދު އަކީ އެހެން ރަށްރަށަށް ނުގޮސް މިހެން ރަށު ބަންދުގައި ތިބެވޭހާ ހުރިހާ އެއްޗެއް ތިޔާގި ރަށެއް ނޫން" އޭނާ ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ކައުންސިލްގެ ރައީސް އަލީ މާޖިދު ވިދާޅުވީ ގެސްޓު ހައުސްތައް ހުޅުވާފައި ވަނީ ދަރަވަންދު އަކީ ގިނަ ގެސްޓު ހައުސްތަކެއް ހިންގަމުން އަންނަ ރަށެއް ކަމުން އެކަން ކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އެދެން ފެށުމުން ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލުންވެސް ގަބޫލުކުރާ ކަމަށެވެ.

އަދި މިއަދު މުޒާހަރާގައި ކައުންސިލުން އިސްތިއުފާ ދިނުމަށް ގޮވާލާފައިވާކަން ފާހަގަކޮށް މާޖިދު ވިދާޅުވީ މިފަދަ ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން ކައުންސިލުންވެސް ދެނެގަންނަ ކަމަށާއި، މިކަންކަމުގެ ހައްލު ހޯދުމަށް ކައުންސިލުން އަންނަނީ ކަމާއި ގުޅުންހުރި އިދާރާ ތަކާއި އެކު މަޝްވަރާ ކުރަމުން ކަމަށެވެ.

"އަޅުގަނޑުމެންވެސް ގަބޫލުކުރަން މިއީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ދައްޗެއްކަން. އަދި ކުރިއަށް އޮތީ ބަންދަށް ވެފައި ތަންތަނަށް ދާން ބޭނުންވާނެ ކަން ވެސް އަޅުގަނޑުމެންނަށް އެނގޭ. ކައުންސިލުން އަންނަނީ މިކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން" މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން މިރޭ ވެސް އެޗްޕީއޭ އާއި އެކު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކަޓީ ޗާއެވާލާ

  ނާގާބިލް ވެރިކަ ކަން ވައްޓާލަން މާ ލަސްވެއްޖެ

  29
  4
 2. އިބްރާ

  އެއްވެސް ސަރުކާރަކުން ކުރަން ހުއްދަދޭންޖެހޭ ކަމެއްނޫން. ކޮންމެހެން ވަކިބަޔަކު ސަރުކާރުގައި ތިބެގެން ކުރާންޖެހޭނެ ކަމެއްނޫން. ދޮންމީހުން ވަލުޖަނަވާރުން އުޅޭގޮތަށް މިއިސްލާމީ ގައުމުގެ އާއްމު ރައްޔިތުންގެތެެރޭގައި މަދު ލާރިކޮޅެއްގެ ދަހިވެތިކަމުގައި އުޅުމަށް ހުއްދަދިނުމަކީ މިޤުމަށް ބަޔަކުވާ ވަރަށްބޮޑު ޣައްދާރުވުމެކެވެ. ދަރަވަންދޫން މިދެއްކި ނަމޫނާ ދިވެހިރާއްޖޭގެ ހުރިހައި ރަށަކުންވެސް ދައްކައި ރާއްޖޭގެ ބޮޑުންނަށް ނޫނެކޭ ބުނަންޖެހެއެވެ.

  34
  8
  • މޯލްޑިވިޔަން

   އުޅޭތަ؟.ސައުދީ މީހުން ގެންނަންވީ އެއްނު

   1
   3
  • Anonymous

   ހުއްދަ ދެނީ އަބަދުވެސް ރީނދޫ ސަރުކާރުން. އެމީހުންނަކީ ދޮން މީހުން އުޅޭ ގޮތަށް އުޅެން ޖެހެވޭބަޔެކޯ

   4
   2
 3. މުނިޔާ

  ރައްޔިތުންގެ ޢާއްމު ބައްދަލުވުމަ ކުން މިހާލަތުގަ ގެސްޓްހައުސްތައް ނުހުޅުވުމަށް ރައްޔިތުން ނިންމާ އެ ކަން ކައުންސިލުންވެސް ބަލައިގަނެ ނިމިފަ އޮތް ކަމެއް، ކައުންސިލަރަ ކު ހިއްސާވާ ގެސްޓްހައުސްއެއް ހުޅުވުމަށް ކައުންސިލްގެ ރައީސްއަށް ބައިއަޅާގޮތައް ރައްޔިތުންގެ ނިންމުމަށް ގޮންޖަހާފަ ރައްޔިތުންނާ އިތުރު މަޝްވަރާއެއް ނު ކޮށް ހުޅުވީ. މީ ހަގީގަތަ ކީ. ރައްޔިތުންގެ ރުޅިމާމަޑު.

  5
  2
 4. ބަކުރުބެ/ ދަރަވަންދޫ

  ބަލަހޭބަލިވަނީ ކީއްވެހޭ ؟ ތިޔައީ ގެސްޓުން ގެންނާތީކުރި މުޒާހަރާއެއްނޫނެވެ ތިޔައީ ގާސިމްގެ ބޯކާލައިގެން އުޅޭ، ދެފުއްކެހެރި އަދި އެމީހުންގެ ހިތުން ދަރަވަންދޫގެ ރޯޔަލްފެމެލީކަމަށް ދެކިގެންއުޅޭ މީހަކު ދަރަވަންދޫ ކައުންސިލްގެ ރައީސްކަމަށް އަންނަންވެގެން ޖެއްސި ސިޔާސީ ސްޓަންޓެކެވެ ކިތައްމެ މުޒާހިރާއެއްކޮށް ބިހުގައި ހަކުރުލިއަސް އެންޑީީޕީގެ މެޖޯރިޓީ އޮތް ދަރަވަންދޫން ގާސިމްޕާޓީއަށް މާގިނަވޯޓް ތަކެއްއނުލިބޭނޭއެވެ އަދި މީނަ ހޮވުނަސް ގާސިމަށްވެސް ދޭނީ ދޯކާއެވެ

 5. އަތޮޅުމީހާ

  ދަރަވަންދޫގެ ރަށްޔަތުންނަކީ ނަމޫނާ ރަށްޔަތުންތަކެއްކަމަށް އަތޮޅުގެ ރަށްޔަތުން ފަހުރުވެރިކަމާއިއެކު ފާހަގަކުރަން ތިޔައީ ރަށަށް ހެވާއިލާބަ ހޯދައިދިނުމަށް މަސައްކަތްކުރާ ރަށްޔިތުން ތިބި ރަށެއް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށް ލޮބުވެތި ރަށްޔަތުން ތިކުރާ މަަަަަަަަަަަަަަަަަސައްކަތަށް ސާބަސް އަރިޝްކުރަން.

  3
  1
 6. ސޭހް

  މީ ދަތިދުވަސްތަކެއް މިހާރު ހުރިހާކަމެއްވެސް ކުރަންޖެހޭނީ ދަތިތަކާއެ އެކަން ގަބޫލުކުރަންޖެހޭ އިގްދިސޯދު އިނދަޖައްސާފަވެސް އަބަދަކު ނުބޭއްވޭނެ ތިކަމުގެ ސަބަބުން އަންނަ ދަތިތަށް ކައުންސިލާ ރައްޔަތުން ގުޅިގެން ވީވަރަކުން ކުޑަކުރާނީ އެޗްޕީއޭގެ ގައިޑްލައިން ބަދަލުކުރަން ނޫޅުން ބުއްދިބެރިއީ

 7. ނޫމާ

  ކޮކއް ކޯ ލާރި ފޮތްޗެއް ލިބެން އޮތީ ގެސްޓް ހައުސް ހިން ގައި ގެން މިފަހަރު ވެސް ބަޑަން ނުޖެހުނީ ހަމަ ކިރިޔާ

  2
  3
  • ނޫމާ ގެ އަމާ

   ބަނޑު ބޮޑުވީތަ މިހާރު ؟؟