މ. މުލި ކައިރިއަށް މަސްވެރިކަމަށް ނުކުމެ އުޅުނު "ގެލެކްސީ-2" ދޯނީގައި ހުރި ދިވެހި ފަޅުވެރިއަކު ކުއްލިއަކަށް މޭގައި ރިއްސާތީ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ދޯނި އޮތީ މުއްޔާއި 12 ނޯޓިކަލް މޭލު ބޭރުގައި ކަމަށެެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ހާލު ސީރިއަސްވި އެ މީހާއަކީ 57 އަހަރުގެ މީހެކެވެ.

އޭނާ މިހާރު މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އޭނާގެ ހާލު ސީރިއަސްވެެގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 19:10 ހާއިރު އެވެ.

ކަނޑުމަތީގައި ހިނގާ މިފަަދަ ހާދިސާތަކުގައި އާއްމުންނަށް އެހީވުމަށް އެމްއެންޑީއެފް އާއި ފުލުހުން މަސައްކަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު