މަރަން ހުކުމް ކުރާ މީހުންގެ މައްސަލަތައް ފިޔަވައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ކުރާ ހައްދާއި ތައުޒީރު ކުރުމުގެ ހުކުމްތައް އަމިއްލައަށް އިސްތިއުނާފް ނުކޮށްފި ނަމަ އެޙުކުމްތަކަކީ ނިހާއީ ހުކުމެއްކަން ކަށަވަރު މަތީ ކޯޓުތަކަށް ހުށަހެޅުމެއް ނެތި، އެ ހުކުމެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިގޮތައް ޙުކުމް ކުރީ ކ.ކާށިދޫ އަންހެނެއްގެ މައްޗަށް ޒިނޭގެ ދައުވާ އެރަށު މެޖިސްޓްރޭޓް ކޯޓުން ސާބިތުވެ އޭނާގެ ގައިގަ 100 އެތިފަހަރުން ހައްދު ޖެހުމާއެކު އެއްއަހަރު ދުވަހުގެ މުއްދަތައް ގޭގައި ބަންދުކުރުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށް އެޙުކުމަށް ހައިކޯޓުން ތާއިދު ކުރުމުން އެއީ ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް ބެއްލެވި މައްސަލައިގައި މިއަދު ޙުކުމް ކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ގާނޫނުއަސާސީއިންނާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުން އިސްތިއުނާފް މައްސަލަ ބެލުމަށް ސުޕްރީމް ކޯޓަށް ދީފައިވާ އިޚްތިސާސްތަކުގެ ތެރޭގައި ދަށުކޯޓުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލައެއްގައި ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ނުވަތަ ގަވާއިދަކާ ނުވަތަ ގާނޫނީ އުސޫލަކާ ނުވަތަ އިސްލާމީ ޝަރީޢަތާ ޚިލާފުކަމެއް އޮތްކަމަށް ގަބޫލުކުރެވިގެން އެކަން ފާހަގަކޮށް އިސްތިއުނާފް އުސޫލުން ހުށަހަޅާ މައްސަލަތައް ފިޔަވައި އެހެން މައްސަލައެއް ބެލުން ހިމެނިފައިނުވާކަމަށެވެ.

އެހެންކަމުން ޒިނޭކުރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ޙުކުމާއި އަދި އެޙުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 9 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް ނުވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިޚްތިސާސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކުރީ ކަމަށް ޙުކުމުގައި ވިދާޅުވެފައި ވެއެވެ.

ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ނެރުނު ސާކިއުލާއަކުން އަންގާފައިވަނީ މަރަން ހުކުމްކުރާ މީހުންނާއި ހައްދާއި ތައުޒީރުކުރަން ހުކުމްކުރާ މީހުންގެ މައްސަލަތަކުގައި ކުށް ސާބިތުވާ މީހާ އަމިއްލަ އަށް އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމެއްގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް އަދި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. Anonymous

    ޚަބަރުދާރެވެ! ހަމަކަށަވަރުން، ޙުކުމްވަނީ ﷲ އަށް އެކަންޏެވެ. އަދި ﷲ ތަޢާލާގެ ޙުކުމްގައި އެއިލާހު އެއްވެސް މީހަކަށް ބައެއް ނާޅުއްވައެވެ. އެހެނެއްކަމަކު، ޙުކުމަކީ ﷲ އަށް ޚާއްސަވެގެންވާ ކަމެކެވެ.  ﷲ ގެ ޙުކުމް ދޫކޮށްލާ މީހާ ނުވަތަ ﷲ ގެ ޙުކުމުގެ ބަދަލުގައި ޙުކުމް ޝަރުޢުކުރާމީހާ ނުވަތަ ﷲ ގެ ޙުކުމުގެ ބަދަލުގައި މީސްތަކުން ހަދާފައިވާ ޙުކުމަށް ޙުކުމް ކުރާމީހާގެ މުރުތައްދުކަމާއި ކާފަރުކަމުގެ މަށްޗަށް އަހުލުލް ސުންނަތް ވަނީ އިޖުމާޢުވެގެންނެވެ. އަދި އެފަދައިން ޙުކުމްކުރާ ތަނަކަށް ޙުކުމް ހުށައެޅުމަކީ ނުވަތަ އެފަދައިން ޙުކުމްކުރާ މީހެއްގެ ގާތަށް ޙުކުމް ކުރަން ދިޔުމަކީ ކާފަރުވެ ދީނުންބޭރުވާ ކަމެއްކަމަށް އަހުލުލް ސުންނަތް އެއްބަސްވެގެންވެއެވެ.

    ފަހެ އިބްނު ބާޒްވެސް ވިދާޅުވިއެވެ:

    ” ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމަށްވުރެ މީސްތަކުންގެ ޙުކުމާއި ޚިޔާލު މަތިވެގެންވާ ކަމަށް ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމާއި އެއްވަރުވެގެން ވާކަމަށް ނުވަތަ ވައްތަރުވެގެން ވާކަމަށް ދެކޭމީހާގެ އީމާންކަމެއް ނުވެއެވެ. ނުވަތަ ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމް ދޫކޮށްލާމީހާ ނުވަތަ މީސްތަކުން ހަދާފައިވާ ޙުކުމްތަކުން އަދި ޤާނޫނުތަކުން ﷲ އާއި އެއިލާހުގެ ރަސޫލާގެ ޙުކުމްތައް އެކަހެރިކޮށްލާމީހާ، އުވާލާމީހާގެ އީމާންކަމެއް ނުވެއެވެ. އެއީ ﷲ ތަޢާލާގެ ޙުކުމްތަކަކީ މާފުރިހަމަ، އަދި މާޢަދުލުވެރި ޙުކުމްތަކެއް ކަމުގައި އޭނާ ޤަބޫލުކުރިކަމުގައި ވިޔަސްމެއެވެ.”

    12
    1
  2. ތާސް

    ޒިނޭއަކީ އެކަނި ކުރެވޭ ކަމެއްތަ ދެން ހުރިމީހާ ގައިގަ ހައްދު ނުޖެހީ ކީއްވެ.

    54
    40
    • އަލިބެއްޔާ

      އިސްލާމީ ޝަރީޢަތަކީ ކަލޭ ބުނާ ގޮތަކަށް ކަންތައް ކުރަން އޮތް ގޮތެއް ނޫން..

      11
      6
    • ޔސރ

      އޭ މުނާފިގު ކަލޭގެއާ، ބަލާ އޭނާ މައްޗަށްވެސް ސާބިތުވެއްޖިއްޔާ ހުކުމް އަންނާނެ އޭ.

      12
      4
    • މޯލްޑިވިޔަން

      އަބަދުވެސް އޮންނަ ގޮތެއް ނު.އަންހެން މީހާ އަށް.އަބަދުވެސ ލޮޓި

      8
      6
    • ހައްޤުބަސް

      ނޫން ދެންހުރިމީހާ އަކީ ކާކުކަން ޝަރީއަތަށް ސާބިތުވަނިކޮށް ހައްދު ޖަހާނެ އޭނާގެ ގައިގަވެސް.. އެކަމަކު އަނެކަކު ހަމަ ބުނެލާ ބުނުމަކަށް އެކަނި ބަލާފަ ހުކުމެއް ނުކުރެވޭނެ ދެއްތޯ؟؟ އެހެން ހުކުމް ކުރަންވެއްޖެއްޔާ ސަލާމަތެއް ނެތް..

      12
      4
    • ގަމު މީހާ

      ދެންހުރި މީހަކީ ކާކު...؟ސާބިތުކުރާނީ ކިހިނެއް؟ ސާބިތު ވާނަމަ ޙުކުމް ކުރެވޭނީ. .

      5
      1
      • ހޫ

        ސާބިތުކުރެވޭނެ ބަލިވެއިން ދަރީގެ ޑީއެންއޭ ހަދައިގެން ބައްޕައަކީ ކާކުތޯ ބެލޭނެ މިޒަމާނުގައި ފުލުހުންގެ އެއްބާރުލުމާ އެކީ.

      • ކަނބާ

        މިހާރު ޑީއެންއޭވެސްް ހެދޭނެދޯ؟

    • ޢަލީ

      ކީއްވެތަ ނުބުނީ "ދެމީހުން ކުރާ ކަމެކޭ، އެކަމަކު ކީއްވެހޭ އެކަކު ބަނޑު ބޮޑު ވަނީ؟"

      2
      1
  3. ވަސީ

    އިސްލާމީ ޝަރީޢަތުގައިވާ ޙުކުމް ކޯޓުން ކުރީމާ ބަަހަނައެއް ދައްކައިގެން އެޙުކުމް ތަންފީޒުނުކޮށް ތިބިތަން ފެނިފައޮތީ. މިއޮށްހަ ދުވަހު ޒިނޭއަށް ޙައްދުގެ ޙުކުމް ކުރީމާ ތަންފީޒު ނުކޮށް ތިބީ. ރަޖަމްކުރަން ޙުކުމްކުރީމާވެސް ފެނުނީ ވަގުތުން މަތީ ކޯޓަށް މައްސަލަ ނަގާތަން. އިސްލާމީ ޝަރީޢަތުގެ ޙުކުމެއް ކުރުމާއެކު ބާޠިލް ކުރެވޭތޯ ބަލަމުން ދިޔަތަން.

  4. ލަޓޯފަޓޯ

    އެކަނި ކުރެވޭ ކަމެއް ނޫން އެކަމަކު ކޮންމެ ކޮންމެ ގޮތަކައް ސާބިތު ކުރެވޭ ކަމެއްނޫން އަންހެނަކު ކައިވެނީގެ ބޭރުން ބަލިވެ އިނދެފި ނަމަ އެއަންހެން މީހާގެ މައްޗައް ޒިނޭސާބިތު ވެފަ އެއޮތީ.

    11
    3
    • ހޫ

      ޑީއެންއޭ ހަދައިގެން ފިރިހެން މީހާގެ މައްޗަށްވެސް ސާބިތުކުރެވޭނެ.

  5. އަންނި

    މިގައުމުގަ ޒިނޭ ކުރުމާ ބަނގުރާ ބުއީމަކީ އަދަބު ނުލިބޭ ކަމެއްގެ ގޮތުގަ އަވަސް މުސްތަގު ބަލެއްގަ ހަދައިދޭނަން.

    3
    12
  6. ކާފަދ

    ޕީޖީވެސް މިވީ ޤާނޫނު ނުދަންނަ މީހަކަށްތާދޯ

  7. ކޮތަރު

    ތާސް ވެސް ނޭނގޭ ވާހަކަ ނުދައްކާ. އިސްލާމީ ޝަރީޢަތުގައި ޒިނޭ ސާބިތުވާ ގޮތްތަކާއި ޙައްދާއި ރަޖަމް ކުރެވޭ ގޮތްތައްވެސް އެނގިގެން ވާހަކަ ދައްކާ.

    10
    1
  8. ފަގީރުކޮއި

    ޒިނޭގެ ހައްދަކީ ވެސް މިއީ ފަޤީރުންނާއި ނިކަމެތިންގެ މައްޗަށް އޮންނަ ހައްދެއްކަން އެނގިއްޖެއެވެ. ވލޒނ ހިލޭފިރިހެނަކާއެކު އެތައް ދުވަހެއް ވަންދެން ޒިނޭކުރިއިރު އެކަން ދެނަހުރިކަމަށް ހެދި މީހަކު މިގައުމަކު ނެތެވެ. އަދި ތިމަންނަ ޒިނޭކޮށްފީމޭ ބުނެ މަގުމަތީގައި އަމިއްލައަށް އެވާހަކަ ގޮވަމުންދިޔައިރު އެމައްސަލަ ބެލި ފަރާތެއް ނެތެވެ. ފަގީރު އަންހެނަކު ދޮރު ތަޅުނުލެވޭ ގެއެއްގައި ނިދާފައި އޮއްވާ ފިރިހެނަކު އޭނާގެ ގާތަށް ވަދެ ގަދަކަމުން ޒިނޭކޮށް ނަހަލާލު ދަރިއެއް ދިނީމާ އެ ނިކަމެތި އަންހެންމީހާގެ ގައިގައި ގަޔަށް ލެވުނުހައި ބާރެއް ލާފައި ދުއްރައިން ތަޅަނީއެވެ. އިސްލާމްދީނުގައި ހައްދުޖެހުމަކީ މީހުންނަށް ޖިސްމާނީ އަނިޔާކުރުމަށް ކަނޑައަޅުއްވާފައިވާ ކަމެއްތޯއެވެ؟ މިކަން އޮންނަ ގޮތް ވަގުތުން ގެނެސްދިނުން އެދެމެވެ.

    2
    2
  9. ގަމާރު

    ދެމީހުންކުރިޔަސް ވިހަނީ އެކަކު ވިހެއުމުން ޔަޤީންވޭ ޒިނޭކުރިކަން

  10. ބޮލި މުލައް

    ބަލައިފިއްޔަ ވަގުތުން ބޭރުކޮށްލާނެ.
    ތިކަމަކީ ހިސާން ނަސީދު އިންކާރުކުރާކަމެއް

    • ކިކި

      އޭ މިހާރު އިންޑިޔާ މީހުންގެ ކައިވެންޏަށް ފަހު ނަން ބަދަލުވާކުރާން ތި ނަން ވެސް ބަދަލުވީތަ؟ހިސާން ނަސީދު؟؟؟؟

  11. ފަރެސް

    ޒިނޭކުރާމީހުންގެ ގައިގަ ހައްދުޖެހުމަކީ އިންސާނުންހަދާގާނޫނަކުން ނިމިފައިވާކަމެއްނޫން
    ގިނަކަންތައް ގޯހުންގޯހަށްދަނީ މިހެންވެ

  12. ނ

    މިތާ ތިބި މީހުންނަކަށް ނޭނގޭތަ ޒިނޭ ކުރާ މީހާ ދުލުން ބުނީމާ ހައްދު ޖަހާނީ ދެން ހަތަރު ހެކިން ގެ ބަހުން ޝަރިއަތަށް ސާބިތުވެގެން މިވަރު ނޭގޭ މީހުން ދޯ މިއުޅެނީ އަންހެން މީހާގެ ގައިގާ ހައްދު ޖަހަނީ ރަތްމެދަށް ވެހޭމަކާނޫން އޭނާގެ އިއުތިރާފުން ޒިނޭކޮށްގެންކަން ސާބިތު ވުމުން ފިރިހެނުންގައިގާ ވެސް ހައްދު ޖަހާފައި އެބަހުރި