މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 30 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 22 ދިވެހިންނާއި 08 ބިދޭސީންނެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 27 މީހުން މީހުން ފައްސިވީ މާލޭ ސަރަހައްދުންނެވެ. މިއަދު މާލެ ފިޔަވައި އެހެން ރަށްތަކުން ފައްސިވެފައި ވަނީ 03 މީހުންނެވެ.

ރާއްޖެ އިން ކޮވިޑް-19 މިއަދު ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 12608 އަށް އަރާފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 40 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިއަދު ބަލިން ރަނގަޅުވި މީހުންނާއިއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 11599 އަށް އަރާފައެވެ.

ރާއްޖެ އިން މިއަދު ވަނީ 1763 ސުންކު (ސާމްޕަލް) ވަނީ ޓެސްޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސްކިޕަރ

    ދިވެހިރާއްޖޭގައި ކޯވިޑު-19 ފެތުރެނީ ޑޮލަރުގެ ދަހިވެރިކަމުގައި މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުފަދަ ތަންތަނަށް ބައިބަޔަށް ގެންނަ ގެސްޓުންގެ ފަރާތުން ހާއްސަކޮށް ޔޫރަޕް ގެސްޓުން. ހުރިހާ ރަށެއްގައި މިކަމާއި ދެކޮޅަށް އަޑު އުފުލަންޖެހޭ. ޑޮލަރު ފަހުން ލިބިދާނެ. ފުރާނަތައް ގެއްލެން ފެށީމާ، އެކަން އިޔާދަނުކުރެވޭނެ