ކޮވިޑް-19 އާއި ގުޅިގެން، މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް އޮތް 2-3 މަސް ދުވަހުވެސް ދޫކޮށްލެވޭނެކަމަށް ނުބެލެވޭކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯސީ)ގެ ތަރުޖަމާނު ޑރ.ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައްކަން ޤަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް މަދުވި ނަމަވެސް ބައްޔާއި މެދު ފަރުވާކުޑަކޮށްފި ނަމަ ވަރަށް ބޮޑަށް ބަލި ފެތުރުމުގެ ފުރުސަތު އޮތްކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފަހަކަށް އައިސް ބަލީގެ އަލާމާތް ފެނުމުން ރިޕޯޓް ނުކުރާކަން ފާހަގަކުރެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އަލާމާތްތައް ފެނުނު ނަމަވެސް ރިޕޯޓް ނުކުރާކަން. އަދި ބައެއް ފަހަރު ވަޒީފާއަށް ވެސް އަލާމާތްތަކާއި އެކު ނުކުމޭ އެކަންސިއްރު ކުރޭ. ބަލި ޖެހުނު ތަންތަނުން އެކަން ފާހަގަކުރެވިފައި އެބަހުރި. ބަލީގެ އެއްވެސް އަލާމާތެއް، ހުންއައުން، ރަހަނުލުން ފަދަ ކަމެއް ދިމާވާނަމަ ރިޕޯޓްކުރުން ވަރަށް މުހިންމު." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ބައެއް ފަހަރު ޕާޓީ ފަދަ ގިނަ މީހުން އެއްވާ ތަންތަނުން އުފެދޭ އިހާ (ކްލަސްޓާ)ގެ ސަބަބުން އެތައް ބަޔަަކަށް ބަލި ޖެހުމުގެ ނުރައްކާ އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެންމެ މީހަކު ވިސްނާ ނުލާ ކުރާކަމަކުން ވެސް ކޮވިޑް ފެތުުރުމުގެ ފުރުސަތު އޮތް އިރު ޒިންމާދާރުކަމާއި އެކު އެޗްޕީއޭއިން އަޅާ ފިޔަވަޅުތަކަށް ބޯލެނބުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކުރުން މުހިންމުކަމެއްކަމަށް ޑރ.ނަޒްލާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބާހާ ހިނދަކު ބަލި ފެތުރުން ނުހުއްޓުވޭނެކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހާލަތު

    މިފަހަރު ބުނެވޭނީ އެޗްޕީއޭގެ މައްސަލައެއްވެސް ވެއޭ. ފިޔަވަޅުތަ ކަށް ހޭނިފަ ތިއްބާ މާ އަވަހަށް ދޫދިނުމެވެ. ތިރިވަމުންގޮސް ތިންހަތަރު މީހަ ކަށް ވަންދެން ހިފަހައްޓާލުމުގެ ބަދަލުގައި ފިޔަވަޅުތައް ލުއި ކޮށްލުމުގެ ނަތީޖާ މިފެންނަމުންދަނީއެވެ.

    4
    1
  2. އަންނި

    ނަޒްލާއައް އިނގިލައްވާތޯ އެޗްޕީއޭގަ މަސައްކަތް ކުރައްވާ ކުދިން ޕޮޒިޓޮވްވެގެން އަދި އެތާ އެހެންކުދިންނާ ކޮންޓެކްޓް ވިޔަސް އެކުދިން ކަރަންޓީންނުވެ މާލެ ތެރޭ މިނިވަން ކަންމަތީ އުޅޭކަން.

  3. ކޮތަރު

    އަނގަ އޮތިއްޔާ ހަމަ ކޮންމެ އެއްޗެކޭވެސް ކިއިދާނެ. މިހާތަނަށް ދުނިޔެއިން ކޮވިޑް ކޮންޓްރޯލް ކޮށްފައިވާ ޤައުމުތަކުން އެކަން ކުރީ ފަރުދީ ޒިންމާ ގެ ކެމްޕެއިން ބޭނުން ކޮށްގެނެއްނޫން. ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ޤަވާޢިދުތައް ތަންފީޒު ކޮށްގެން. ފަރުދީ ޒިންމާއޭ ކިޔާފަ ބޮލުން ނައްޓާލަނީ. ހަމައެކަނި ފަރުދީ ޒިންމާއަކުން މިކަމުން ސަލާމަތެއް ނުވާނެ. ވެރިންގެވެސް ކޮންމެވެސް ހަރުދަނާ ކަމަކާއި އުރަތްޕެއް ހުރެގެން ވާނީ. 4 ލައްކަ އާބާދީއެއްގައި މިކަން ކޮންޓްރޯލް ކުރަން ނޭނގެންޏާ އެއީ ފަރުދުންގެ އިހުމާލެއްނޫން.

  4. ހަސަނު34343

    ޕާޓީ ބޭއްވުން މަނާކުރޭ

    5
    1
  5. ނަބުރަތު

    ނަޒުލާ އެހެން ވިދާޅުވާެިރުވެސް ޚުދު ނަޒުލާއަށް އެގިލައްވާނެ އެޗްޕީއޭ އޮތީފެއިލްވެފަކަން

  6. ހަސަން ފޭދޫ

    އެޗްއީއޯސީގެ ޓީމަށްލިބޭ އޯޓީ އެހާ މަތި. މަހަކުން 3 މަހުގެ މޫސާރަ ޖައްސާލެވޭ. އެހެންވީމަ ލުއި ދެވޭކަށްނެތް. މިކަން ދަންމަންޖެހޭ.

  7. މަސްއޫދު

    ކައުންސިލް އިންތިޚާބު ނިމެންދެކަށް އިދިކޮޅު ޕާޓީތައް ހިފަހައްޓާނެ ! ސަރުކާރު ޕާޓީ އެކިނަންނަމުގައި އަތޫތެރަށް ދާނެ

  8. ސިނެކް

    މިސަރު ކާރަ ކަށް މިބަލި ކޮންޓުރޯލް ނު ކުރެވެނީ ވަރަށްވުރެ ނާގާބިލް ވީމަ ކާ ކުބަލަނީ މާސް ކު އަޅާތޯ މާރު ކޭޓް ތައްވެސް ބޮއްސުން ލާފަމިއޮތީ

  9. އަލި

    ކެނެރީ ވައިރަސް ބުނެގެން ސަރުކާރުން ރައްޔިތުންނަށް ޖެއްސުން ކުރަން ވެގެން ލޮކްޑައުން ދިގު ދަންމަނީ.... ވައިރަސް ނެތް ރަށެއްގައި މީހަކު މަރުވިޔަސް މިހާރު އެމީހަކުވެސް ޕޮސިޓިވް ވޭ... މިވަރުގެ ދުއްޕާން ސަރުކާރެއް ހަޔާތުގަވެސް ނުދެކެން... ކެނެރީގޭ ވައިރސް މިގައުމަށް އައިސް މިގައުމުގެ ހުރިހާ ކަމެއް ހަލާކު ކޮއްފި... ޖާހިލު ކަލޭގެ މިގައުމުން ފެއްސިގެން ރައްކާވި ދުވަހަކުން މިގައުމަށް ފެހިކަމާ އާރޯކަން ލިބޭނެ.... ރީނދޫ ކުދިން މިކޮމެންޓް ހަޖަމް ޕލސ

    6
    2