23:51

ކޮވިޑް-19: ރޮމޭނިއާ އިން މަރުވި މީހުންގެ އަދަދު 10000 އަށް އަރައިފި.

23:00

ކޮވިޑް-19 ޖެހިގެން އިޓަލީވިލާތުން މަރުވި މީހުންގެ އަދަދު 50,453 އަށް އަރައިފި.

22:36

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު މިއަދު 92 އަށް އަރައިފި.

21:55

މިއަދު ރާއްޖެ އިން 150 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

15:44

13:21

ކޮވިޑް-19 އަށް އެންމެ ފަހުން ނެގި ސުންކުން ނައްސިވުމުން ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހަންމަދު ސަލާހް ލިވަޕޫލްގެ ފަރިތަކުރުންތަކަށް ނުކުންނަން ތައްޔާރުވެއްޖެ.

10:00

ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އެވްރެޖްކޮށް ދުވާލަކު 2000 މީހުން މަރުވާ ހިސާބަށް ކަންކަން ދާނެ ކަމަށް މައިކްރޯސޮފްޓްގެ ވެރިޔާ ބިލް ގޭޓްސް ވިދާޅުވެއްޖެ.

08:14

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކަށް އަމަލުކުރާ މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގެ ދަށުން ކަރަންޓީނުގައި ތިބޭ މީހުން ތިބީ އުސޫލާއި އެއްގޮތަށްތޯ ބެލުމަށް ނިންމައިފި.


ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދުތައް މައްޗަށް ދިއުމާއި އެކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މިވަނީ ފާއިތުވި ދެމަސްދުވަހު އިތުރު ނުވާވަރަށް އިތުރު ވެފައެވެ.

މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން 86 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ތިން މީހަކާއި ލ.ގަމުގައި ހުންނަ މެޑިކަލް ފެސިލިޓީގައި ދެ މީހަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު މިއަދު ވަނީ 46 އަށް އަރާފައެވެ. މީގެ ތެރެއިން 08 މީހުން ނިޔާވީ މިމަހުއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިއަދު 12,608 އަށް އަރާފައެވެ. އޭގެ ތެރެއިން 11،599 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑް-19 ޖެހިފައި 956 މީހުން އެބަތިއްބެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު