ދީނީ ދަރުހަކަށް ސުކޫލެއްގެ ހޯލު ދޫނުކުރި މައްސަލައިގައި އިސްލާމީ ދައުވަތަށް ހުރަސްއަޅާނީ ލާދީނީ މީހުން ކަމަށްބުނެ އެޑިއުކޭޝަންގައި ތިބި ލާދީނީ މީހުން ސާފުކޮށްދިނުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޒަިއދް ގޮވާލައްވައިފިއެވެ.

މިގޮތަށް ޝެއިޚް ގޮވާލަށްވާފައިވަނީ މީޑިއާއަކުން އާއްމުކޮށްފައި މިޚަބަރުގެ ސުކްރީންޝޮޓްއެއް ފެސްބުކްގައި ޝެއަރ ކުރުމަށްފަހު ކުރެއްވި ޕޯސްޓްއެއްގައެވެ. މިޕޯސްޓްގައި ޝެއިޚް ޒައިދްވަނީ އެޑިއުކޭޝަންގައި ލާދީނީ މީހުން ތިބި ނަމަ އެތަނުން އެމީހުން ސާފުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ސަރުކާރުން ދީނީ ކަންކަމަށް އަހަމިއްޔަތުކަން ދެއްވާކަމަށް ވިދާޅުވާ ވިދާޅުވުން އަމަލީ ގޮތުން ދައްކާ ދިނުމަށްވެސް ޝެއިޚްވަނީ ގޮވާލައްވާފައެވެ.

https://www.facebook.com/SheikhAliZaid1/posts/2156529167900240

ޝެއިޚް ޒައިދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ބ ކިހާދޫ ކައުންސިލާއި ޖަމިއްޔަތުއް ސަލަފް ގުޅިގެން ކިހާދޫ ރައްޔަތުންނަށް ނަމާދު ވޯކްޝޮޕްއެއް ވޯކްޝޮޕްއެއް ކުރިޔަށް ގެންދަން ސުކޫލް ހޯލު ދިނުމަށް އެޑިއުކޭޝަންއިން ދެކޮޅު ހެދުމާ ގުޅިގެންނެވެ.

މީގެ ކުރިންވެސް ދީނީ ދަރުހަކަށް ސުކޫލެއްގެ ހޯލު ނުދިން މައްސަލަވަނީ ފެންމަތިވެފައެވެ. އެފަހަރު ފެންމަތިވީ ޖަމިއްޔަތު ސަލަފްގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަހުމަދު ސަމީރު ހުޅުމީދޫގައި ބޭއްވުމަށް ނިންމި ދަރުސްއަށް އަތޮޅު މަދަރަސާގެ ހޯލު އެޑިއުކޭޝަނުން ނުދިން މައްސަލައެވެ. އެކަމާ ގުޅިގެންވެސް ގިނަ އިލްމުވެރިންތަކެއްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ބޭނުންވާ ކޮންމެ ކޮންމެ ގަޑިޔަކު ސުކޫލުތައް ދުލެއް ނުކުރެވޭނެ! ސްކޫލްތަކަކީ ޕްރޮްގްރާމްކޮށްގެން ހިންގާ ތަންތަން!

    • އުޚުތާ

      ޙަފްސާމެން ބޭނުންވާ މިޔުޒިކް ޝޯތަކާއި މިފަދަ އެހެންކަން ކަންކަމަށް ދޫކުރާއިރު ތިހުރިހާ ޝަކުވާތަކެއް ނޯވޭ...ވަގުތުންވަގުތަށް ލިބޭ..
      ޢެހެންނެއްނޫން..އެޑިޔުކޭޝަން މިނިސްޓްރީގެ ޕޮލިސީ ލެވެލްގައި ތިބި ބައެއް މީހުން ދީނީ ތަޢުލީމާށާއި ދީނާއި ގުޅޭ ކަންކަން މަދުރަސާތަކުގައި ހިންގުމާއި ދެކޮޅު.
      ޢެކަން ވާނީ މީގެ ކުރިން ފެނިފައި. ޢޭގެތެރޭގައި. އިސްލާމީ ޔުނިވަރސިޓީ ވުޖޫދިވިޔަ ނުދިނުމަށް ކުރި މަސައްކަތާއި އަރަބިއްޔާ ސްކޫލު އިގިރޭސި މީޑިޔަމަށް ބަދަލުކުރަން ކުރި މަސައްކަތް ފާހަގަކޮށްލަން..
      މިދެ ކަންތައްވެސް އެޑިޔުކޭޝަނުން ބޭނުންވާ ގޮތަށް ކާމިޔާބު ނުވީ އެކަން ސިޔާސީވީމަ، މަޖުބޫރުވީ ޔުނިވަރސިޓީ ވުޖޫދައް ގެންނަން އަދި އަރަބިއްޔާ ވެސް އަރަބި މީޑިޔަަމް ސްކޫލެއްގެ ގޮތުގައި ބެހެއްޓުމަށް.
      މަށަކީވެސް ތިބުނާ ތައުލީމީ ދާއިރާގައި އުޅެ މީހެއް..
      މިކޮމެންޓް ޖަހާދޭނެބާ..

      • މުހައްމަދު އިބްރާހީމް މިނާ

        އަޖައިބެއް ފަހެ ނުވާނެ. ހަފްސާމެންނަނަށް ނުފެންނަނީތަ ހަމަ. މީހަމަ ކަނޑައެޅިގެން ދީނާ ދެކޮޅުވުން. އަމިއްލަ ކަންކަން ކުރަން ހޯލްތައް ދޭތީ އަޖައިބުވަނީ

  2. ޝާޔާ

    މީދެން ބޮޑުވަރު..މިއިލްމުވެރިންވެސް މިހާރު ސިޔާސީވެގެންގޮސް މިމީހުން ދައްކާވާހަކަ އަޑުއަހަންވެސް މިހާރު ފޫހިވޭ.. ކޮންމެކަމެއްވެސް ސިޔާސީ ކޮށްފަ.

    • ޏަޗާ

      ހިނި އަންނަނީ ސިޔަާސީ ވުމާއި ޒިންމާދާރު ކުރުވުން ޝާޔާމެން ކަހަލަ ކުދިންނަށް އޮޅޭތީ

  3. ނައީމަ

    މިނިސްޓަރަކަށްވެސް ހުރީ އައުރަ ނިވާނުކޮށް ހުރި އަންހެނެއް

    • މުހައްމަދު

      ތެދެއް. ލާދީނީ އަސްލު މިނިސްޓަރު.

  4. 3ނިރު

    ސްކޫލްތަކަކީ ސަލަފުން ދީނީދަރުސް ދޭން އަޅާފަހުންނަ އިސްލާމިކް ސެންޓަރ ތަކެއްނޫން ސްކޫލްތަކުގަ ޖަހާފަހުންނަގޮނޑިތަކާ ޖަހާފަހުންނަ ޕާޓްސަންތަށް އެކިދިމަދިމާޔަށް ވަށްދާފަ ނުޖެހޭނެ ޒައިދުމެންނަށް ދީނީދަރުސްދޭން ދޭކަށް ސަލަފުން ކޮންމެރަށެއްގަ އިސްލާމިކް ސެންޓަރެއް އަޅަންވީނު ތީކިހާބޮޑް އުދަގުލެއްތަ މީހަކު އެބައުޅޭތަ ދީނީދަރުސް އަޑުއަހަން ތިކަހަލަ ދަރުސް އަޑު ހެހުމަށްވުރެ ހިޔޮވާނީ ވަރުގަދަޔަށް ނިދީޔަ ހަމަޔަގީނުންވެސް ސިޔާސީ ވާހަކަ ދައްކާނީ އެނޫން ވާހަކައެް ދައްކާކަށް ނުވެސް އެގޭނެ ދިވެހި ފިލްމުސްޓާރުން ފިލްމެއްކުޅެންނޭނގިގެން ސިޔާސީ ފިލްމް ކުޅޭހެން ވާނީ

  5. ބުނެލީ

    ތިޔަ ހޯލުނޫނަސް ތިވޯކްޝޮޕް ހިންގަން އުޅުނު ނަމަ އެހެންތަނެއްގައި ތިކަންކުރެވުނީސް. ހޯލް ނުލިބުމަކީ ބަޔަކު ލާދީނީވުމެއް ނޫން. ޢިލްމުވެރިންގެ ވާހަކަތައް މިގޮތަށް ސިޔާސީވެ ފިތުނަފަސާދަ އުފެދޭގޮތަށް ހުރުން ރަނގަޅެއްނޫނެވެ.

    • ޟަގޭ

      ކަލޯ! އެ ވާރކްޝޮޕް މިސްކިތެއްގައި ކުރިއަށް ގެންދޭ އެބަ. ހުސް ސިޔާސީ ޙަބަރެއް ނޫން ބަލަ ކިޔާނީ!! ސިޔާސީ ކުއްޖެއްދޯ މީ!

      • ސުވާސްތީ

        ކަލޯ ތަންތަން ލިބެން ހުއްޓަ ސުކޫލެއްގެ ކިޔެވުން ކުރިއަށްދާ ދުވަސްވަރެއްގައި ސްކޫލްގައި ވޯރކްޝޮޕް ހިންގުމަށް އެދެންވީ ކީތްވެތޯ؟ ސިޔާސީކޮށް މެޑަލް ޖެހުމަށް.އެހެންނޫންތޯ؟

  6. ޜިޒާ

    ޝޭޚް ޒައިދުގެ ސިޔާސީ ފިކުރާއި އަޅުގަނޑު ދެކޮޅު..އަޅުގަނޑަކީ ޔާމީނަށް ތާއީދުކުރާ މީހެއް..
    " އެހެންނަމަވެސް "
    ޝޭޚް ތިބުނުއްވީ ހަމަ ތިކަން ހިނގާ ގޮތް..
    ޝޭޚަށް ސާބަސްދެން އަދި އެޑިޔުކޭޝަނާއި ދެކޮޅަށް ޙައްޤު ބަސްބުނި ދީނީ ޢިލްމުވެރިންނަށްވެސް ސާބަސް.
    ސްކޫލްތަކަށް ޕުރިންސިޕަލުން ލާއިރު އެބަހުރި ދީނަށް އުޅޭ މީހަކަށްވީމަ އަދި ސައުދިޢަރަބިއްޔާއިން ކިޔަވާފަ ހުރީމަ މަޤާމަށް ނުހޮވާފަ.
    ޢެޑިޔުކޭޝަނުން މީގެ އެތައް އަހަރެއް ކުރިންވެސް ދީނީ ކަންކަން ސްކޫލްތަކުގައި ޕްރޮމޯޓްކުރިޔަ ނުދޭ އެޖެންޑާއެއް ގެނގުޅޭ..
    ރ. މައުމޫނުގެ ޒަމާނުންސުރެ މިސެލް އެޑިޔުކޭޝަނުގައި އޮވޭ..މިހާތަނަކަށް މިބައިގަނޑާއި ދެކޮޅަށް ކަމެއް ކާމިޔާބީވެފަ އޮތީ ސަރުކާރަށް މުހިއްމު ނިންމު ތަކުގައި އެކަނި..

  7. މަރޭ

    ދީނީ އިލްމުކިޔެވިޔަސް ކެއްތެރިކަންމެއް ނެތެން ނުން. އިސްލަމް ދީން ދަސްކުރަން ފެނޭ. މިމިހުން ނަމުނައަކަށް ބަލަން ނުވާނެ.

  8. ޖަލީލް

    ސެއިޚް ލާދީނީ ނުވުމަށް ގޮވާލަން.

  9. 3ނިރު

    މޯކޮންތާކު ގަމާރެއްތަ

  10. ސީނު

    ނަމާދު ވާރކްޝޮޕަކީ ފައިސާހޯދަން ކުރާކަމެއް. ހެޔޮނިޔަތުގައި ނަމަ ފްރީވާނެދޯ...އަދި ކުޑަކުދިންނަކަށްވެސް ނޫން އޮންނަނީކީ