ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލިޑަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެތި އޭނާ ސިސްޓަމުން ވޯޓު ދެވިފައިވާ ކަމަށް ދައްކާތީ ވޯޓެއް ބާތިލްކޮށް އަލުން އެ ވޯޓެއް ނަގައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ ޔުޓިލިޓީ އޮތޯރިޓީގެ ބިލް ދިރާސާކޮށް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓަށް އެންމެ ފުރަތަމަ ވޯޓަށް އެހިއިރު އެ ވޯޓަށް ނާޒިމް ވޯޓު ދެއްވާފައިވެއެވެ.
އެއަށް ފަހުގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ދެންމެ ނެގުނު ވޯޓް ބާތިލް" ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ "މަޖިލީހުގެ ތަޅުމުގައި ހާޒިރުވެވަޑައިގެން ނެތް އިއްޒަތްތެރި މެންބަރެއްގެ ސިސްޓަމް އިން ވޯޓު ދެއްވާފައިވާތީ" ކަމަށެވެ. ފަހުން އެއީ މެންބަރު ނާޒިމްގެ ސިސްޓަމް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ "މިއީ އިއްޒަތްތެރި މެންބަރުން އެއް ގޮތަކަށް ވެސް ކުރައްވައިގެން ވާނެ ކަމެއް ނޫން" ކަމަށެވެ. އަދި ވިދާޅުވީ "އެއްވެސް އިއްޒަތްތެރި މެންބަރަކު އެހެން އިއްޒަތްތެރި މެންބަރެއްގެ ސިސްޓަމާއި މޭޒު މަތީގައި ހުންނަވާ ތަކެއްޗާ ކުޅުއްވައި ހައްދަވައިގެން ނުވާނެ" ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މެންބަރު ނާޒިމްގެ ގޮނޑި "ވަށައިގެން ހަތަރު އިއްޒަތްތެރި މެންބަރަކު ތިއްބެވި، އެއިން ކޮންމެ އިއްޒަތްތެރި މެންބަރަކު ވެސް އިންނެވީ ދަނގެތި ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ނާޒިމްގެ ސިސްޓަމްއާ އަތް ފޯރޭނެ ހިސާބެއްގައި" ކަމަށެވެ. އެއިން އެ ކަމެއް ކުރެއްވީ ކޮން މެންބަރެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ނަޝީދު އެހެން ވިދާޅުވުމުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު އީސަ ނިޒާމީ މައްސަލައެއް ނެންގެވިއެވެ. އީސަ ވިދާޅުވީ މަޖިލީހުގެ ސީސީޓީވީ ކެމެރާތަކުންނާއި މަޖިލީހުގެ މީޑިއާ އިން ލައިވް ކުރި ވީޑިއޯ ފުޓޭޖުން ވެސް އެއީ ކޮން މެންބަރެއް ކަން ހޯދެވިދާނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ސުލޫކީ ކޮމިޓީއިން މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.
އެ ފަދަ ކަމެއް ކުރައްވާނީ ދަނގެތި ދާއިރާގެ މެންބަރު ނާޒިމްއާ އެންމެ ކައިރިން އިންނަވާ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ކަމަށް ވެސް މެންބަރު އީސަ ވިދާޅުވިއެވެ.
މެންބަރު ޓޮމްއަށް ތުހުމަތު ކުރެއްވުމުން އޭނާ ވެސް ނިޒާމީ މައްސަލައެއް ނެންގެވިއެވެ. ރައީސް ނަޝީދު މެންބަރު ޓޮމްއަށް ވެސް ފުރުސަތު ދެއްވިއެވެ.
ޓޮމްއަށް ދެއްވި ފުރުސަތުގައި އޭނާއަށް ކުރެއްވި ތުހުމަތަށް އިންކާރު ކުރެއްވުމަށް ފަހު ދެން ވިދާޅުވީ ނިޒާމީ ނުކުތާއަށް ވާހަކަ ދައްކަވަން މެންބަރު އީސައަށް ރިޔާސަތުން ފުރުސަތު ދެއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.
މެންބަރު ޓޮމް އެހެން ވިދާޅުވުމާ އެކު އޭނާގެ ވާހަކަ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު މެދުކަނޑާލެއްވިއެވެ. އަދި މެންބަރު ޓޮމްއަށް ސުވާލުތަކެއް އަމާޒު ކުރެއްވިއެވެ. "މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރަށް އަޅުގަނޑު ދެން މި ފުރުސަތު ދެއްވީ އެ ގަވާއިދާ ހިލާފަށްތޯ، އަދި މެންބަރު ގަވާއިދަށް ހިޔާލަށް ނިޒާމީ ނުކުތާ ނެންގެވީތޯ،" ރައީސް ނަޝީދު އެއްސެވިއެވެ.
ރައީސް ނަޝީދު ދެން ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޔުޓިލިޓީ އޮތޯރިޓީގެ ބިލަށް އަލުން ވޯޓަށް އަހައިފައެވެ. އެ ބިލް ވަނީ 66 މެންބަރުންގެ ވޯޓުން ފާސްކޮށްފައެވެ. ބިލް ފާސްކުރަން ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.
އަދި ނާޒިމްގެ ސިސްޓަމްއިން އޭނާ ނެތި ވޯޓު ދެވުނު މައްސަލަ ބަލާނެ ކަމަށް ނުވަތަ ނުބަލާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ. އެ ވާހަކަ ވެސް ފަހުން މެންބަރަކު ނުދައްކަވައި މިއަދުގެ ޖަލްސާ ނިންމާލިއެވެ.
އަޅެފަހެ ތިޔައީ ކުޅޭކުޅޭ ތަނެއްތަ!..... ކުޑަކުދިން އުޅޭހެން ތިޔައުޅެނީ....
ވަގުންތަކެއް ތިބި މަޖިލީހެއްގައި ތިއީ އެހައި ބޮޑު ކަމެއްނޫން!
އިމްރާނަށް ރައްޔިތުން އިތުބާރެއްނުކުރޭ # ނުކުރޭ ނުވެސްކުރާނެ
އާނ އެގޮތަކަށްނު ފާސް އެކުރީ..
ޖޭޕީ ވާހަކަ ނުދެއްކިއްޔާ މާ ރަނގަޅު ވާނެ
އެހެންވިޔަސް މަޖިލިސް މެމްބަރަކު ކުއްވެރިވެ އަދަބެއް ނުލިބޭނެ. އެއީ ދޮގުވެސް ހެދުން ހުއްދަ ތަނެއް ރަސްމީކޮށް. ދުވަސްކޮޅަކުން ޖާބެމެން ލާނެ ސަރާބުވެސް ހިއްޕެވޭ ގޮތަށް. ފާސްވާނެ.👏👏👏👏
ބުރޯ އަށް ތަޅުމާ ގޮނޑިއާ ވަކިވޭތަ
ތިއިން އެގެނީ އިޙުލާސް ތެރިކަން ހުރިވަރު
ވަގަށް ނަމަވެސް އެމައްސަލަބަލާ އެއީ ކާކުތޯ ބަލާނެ.އެމްޑީޕީ މެމްބަރެއް ވެއްޖެއްޔާ ސަފާރީ ކޭސް ވީގޮތްވާނީ.އެކަމަކު އިދިކޮޅު މެމްބަރެއް ވެއްޖެއްޔާ ބރނ ހަންދަމާނެ.
ނާޒިމް ވަޑައިގަތީ ފާޚާނާއަށް ސިސްޓަމް އޮޓޯއަށް ލައިފަ ، ވީމާ، ގަޑިޖެހޭއިރަށް އަމިއްލައަށް ވޯޓް ލެވޭނެ ... އެތަނުގެ ފެންވަރުއެއީ...
ތިވާނީ ރީނދޫ ގުންޑާޔަކަށް.... އެއީ ހުސް ..................................................
ބަކަރި ގެންގުޅޭ ކޮށްޓެއްގައިވެސް އެކަތި ހަމައާއި އިންސާފު އޮވޭ ޖަނަވާރުންނަށްވުރެ ދަށުދަރަޖައަށް މަޖިލިސް އޮތީ ވެއްޓިފައި
ތީކީ އާކަމެއްނޫން. ތިޔަށްވުރެ މާބޮޑެތި ވައްކަން ކޮށްފަތިބި ވަގުން އެބަތިބި. އޮޅުވާލައިފަތިބި މީހުން އެބަތިބި. ރައްޔިތުން ބަނޑަށްޖެހޭއިރު ރައްޔިތުންގެ ރުފިޔާއިން ބޮޑު މުސާރަނަގައިގެން ތިޔަކުރެވޭކަންތައްތައް އަތަށްގޮވާދުވަހަށް އިންތިޒާރުކުރާތި. އެދުވަސްވެސް އަދި ދައްކަވާނެ. އިންޝާﷲ
ނާޒިމް ސަރ ތަޅުމުގައި އިންނެވިޔަސް ނުއިންނެވިޔަސް ތަފާތެއް ނޯންނާނެ. އިސްލާމްދީނަށް ފުރައްސާރަކޮށް ގައުމު އަޅުވެތިކުރަމުންދާއިރުުވެސް ކާހާތަން ހިރުވާވެސްނުލާ. އިންޑިޔާއަށް ފަރާވިކިފަ ތިބިވަރު މިހާމާވަނީ ލަދުކޮބައިތޯ.