ރައްޔިތުންގެ މަޖިލީހުގައި ސައްހަކަން ކަށަވަރު ނުވާ ގޮތަށް ގުރުއާން ވިދާޅު ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވައި މަޖިލީހުގައި އާޔަތްތައް ވިދާޅުވާ އިރު ކުރިން ވެސް ސައްހަ ނޫން ގޮތަށް ބައެއް ފަހަރު އާޔަތްތައް ވިދާޅުވާކަން ފާހަގަ ކުރައްވައިފއެވެ.

އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ގުރުއާން ހިތު ދަހެއް ނޫން އެހެންވީމަ މިތަނުގައި އަޅުގަނޑު ރިޔާސަތުގައި އިނދެ އިއްޒަތްތެރި މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އަޅުގަނޑަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ. އިއްޒަތްތެރި މެމްބަރުން، މިތަނުގެ ޝޭހުން މަދު ދީނީ އިލްމުވެރިންނެއް ނޫން އިއްޒަތްތެރި މެމްބަރުންނަކީ. އެހެންވީމަ އެ މަގަށް ވާހަކަ ގެންދަވާތީ މިހެން މިދެންނެވީ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ސަލީމް ވަނީ އެހެން ރައީސް ނަޝީދު ދެންނެވީ އެމަނިކުފާނުގެ ހިތުގައި ގުރުއާނާ މެދު ދެކެވަޑައިގަންނަވާ ގޮތުގެ ސަަބަބުން ކަމަށް ވިދާޅުވެފައެވެ.

" އެއީ އިއްޒަތްތެރި ރައީސްގެ ހިތްޕުޅުގައި ގުރުއާނާ މެދު އޮތް ގޮތް ގޯސްވުމުން ކަމަށް ވެދާނެ." ސަލީމް ވިދާޅުވިއެވެ.

ސަލީމް އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ ކޯފާ އިސްކުރައްވާ ސަލީމްއަށް އެހެން ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެފައެވެ.

" އިއްޒަތްތެރި މެމްބަރު ތިގޮތަކަށް ވާހަކައެއް ނުދެއްކޭނެ. ގުރުއާނާއި ދޭތެރޭގައި އެއްވެސް ޝައްކެއް އޮވެގެނެއް ނޫން އަޅުގަނޑު މިދެންނެވީކީއެއް. އޮތް ގަދަރެއްގެ ބޮޑުކަމުން، އިއްޒަތްތެރި މެމްބަރަށް ކުށް ވިދާޅުވޭ އިރު އަޅުގަނޑަށް ނޭނގި މިތަނުގާ އެކުށް ބަލައިގަނެގެން ކުރިއަށް ގެންދެވިދާނެތީވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އެހެން ވިދާޅުވުމުން ސަލީމް ވަނީ ރައީސް ނަޝީދު ގުރުއާނުގެ ތަރުޖަމާ ހިއްޕަވައިގެން މަޖިލީހުގައި ވިދާޅުވާ އާޔަތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ލައިލާ

    ވަރަށް ބިރުގަނޭދޯ ކަމެއް ބޭޒާރު ވެދާނެތީ! އެހަނަސް އަބަދު ސިއްރުން ކަންކަން ނުކުރެވޭނެކަން ހަނދާން ކޮށްދެން.

    111
    5
    • ކިނބޫ

      ގުރުއާނުގެ އަޑު އިވުނީމާ އިބިލީސް ތެޅިގަންނަ ވާހަކަ ކުޑައިރު މާމަމެން ކިޔައިދޭ. މިޒަމާނުގަ އެ މަންޒަރުވެސް މިއޮއްގެން ފެންނަނީ.

      94
      6
    • ކެނެރީ

      ކުދިންނޭ! ތިއޮތީ ތިސޮރު އެންމެ ބިރު ގަންނަ އެތި އެނގިފައި. ކޮންމެ ދުވަހަކުވެސް ފަށަންވާނީ ކޮންމެވެސް އާޔަތަކުން. އިބިލީހަށް ވާހެން ބިރުން ގޮސް ރެވިއޮށަކަށްވަންދެން ކިޔައިދީފައި ބަހައްޓާ. ކޮންމެ މެންބަރަކުވެސް އާޔަތަކުން ފަށައިފިއްޔާ އިސާހިތަކު ކުޑަވެދާނެ.

      31
      1
  2. އަލިބެއްޔާ

    މުޙައްމަދު ނަޝީދު ބުންޏަސް ތީ ރަނގަޅު ވާހަކައެއް.. އެހެން ބުނަން ޖެހޭނެ..

    44
    135
    • ޒަރާ

      ޤުރުއާނަށް ލޯބިކުރާ މީހުން އެ މީހުން ގެންގުޅޭ ފޯނު ތަކަށް ހުންނަނީ ޤުރުއާން ތަރުޖަ މާއާ އެކު އިންސްޓޯލް ކޮށްފަ އެބަލައިގެން ކިއިދާނެ ކިޔަން ދަންނަ މީހަކަށް ބުއްޅަބޭ ވެސް އެކިޔަނީ ރަގަޅަށްތޯ ބެލިދާނެތާ އެ ގޮތަށް ، ކިނބޫ ބުނިހެން ވަނީ ކަ މަށް މަށަށްވެސް ގަބޫލުކުރެވެނީ

      21
      1
  3. ޙަސަނު

    ޝައިތާނުންނަކަށް ކެތެއް ނުވާނެ ޤުރްއާން އަޑު އަހާކަށް

    162
    11
  4. ޖައުފަރު

    މިހުރަ ލާދީނީ ފިލި އެމްބަސީ ކަލޭގެއަށް ހީވަނީތަ ދިވެހިރާއްޖޭގަ ޤުރްއާންގެ އެންމެ އާޔަތެއް ވެސް ރަނގަޅަށް ކިޔަން އެނގޭ މީހަކު ނުހުންނާނެކަމަށް

    126
    6
  5. އަރީ

    ނަޝީދު މިފަހަރު ރަގަޅު

    37
    125
  6. ޢަހަންމާ

    މަޖުލިހުގައި ގުރުވަަން ގެ އާޔައްތައް ކިޔެވޭނެ. ޢަޑުއަހަން ޤާބިލްކަން ނެތިއްޔާ އިސްތިއުފާދީ.

    166
    8
  7. ޑަބިޔާ

    އަޅުގަނޑަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ އެހެންވީމަ ތިކަހަލަ މަގާމަކަށް ކުފޫ ހަމަނުވަނީ. ތިތާ އިންނަންވާނީ އިސްލާމްދީން، ގުރުއާން ސުންނަތް ދަންނަ ވާހަކަ ދެއްކޭ މީހެއް. މީ 100% މުސްލިމު ގައުމެއް ކާފަރުން ހަދާ ގާނުނުތަކަށް ނޫނޭ ފާޅުގަ ބުނަން ކެރޭ ތެދުވެރި އަމާނާތް ތެރި މީހެއް

    142
    8
  8. އިބްލސ

    ކީރިތި ޤުރުއާން އަޑުއަހަން އުނދަގޫވާނެކަން އިނގޭ.

    118
    8
  9. ބުއްޅަބޭ

    މަނިކުފާނަށް ބައިބަލް ހިތުދަސް ތޯ؟!

    103
    8
  10. ކަނބުލޮ

    ޤުރުއާން އަޑުއިވުނީމާ އުނދގޫވަާނީ އިބިލީހަށް ދެން އޭނަގެ ދަރިންނަށް... މާނަ ކީމާ ތިމާއަށް އުޅެވުނުގޮތް ހިތަށް އަރަނީ އެކަމާ ދެރަނުވާންވެގެން އެއްޗެކޭ ކިޔަނީ އިބިލީސް

    93
    6
  11. ޓަކަފިރޯށި

    ދެންއެހެންވިއްޔާ މެންބަރަކު އެއްޗެއް ކިޔާއިރަށް އެކިޔަނީ ސައްއެއްޗެއްކަން ނަޝީދުއަށްއެގެނީބާ؟!ބުހުތާނު ދޮގެއްހެދިޔަސް؟

    92
    6
  12. Anonymous

    މަކަރާ ހީލަތް ގިރައިގެން ބޮއިގެން އިން ހިޔަޅެއް
    ޤުރްއާނަށް ގަދަރު ހިތާ ކަން ދައްކާފަ ބޭނުންވަނީ ޤުރއާން މަނާ ކުރަން
    ކަލޭމެން މުނާފިގުވައްތަރު މީހުން ކިތަންމެ ވަރަކަށް ﷲ ގެ ނޫރު ފުޅު ނިއްވާލުމަށް ތުނބުން ފުމުނަސް ﷲ އެކަލާނގެ ނޫރު ފުޅު ފުރިހަމަ ކުރައްވާނެ

    96
    4
  13. ކަޓީ ޗާއެވާލާ

    ޢިސްލާމީ ޝަރީއަތް މި ބުލްބުލް ފާތިމަ ގެ މައްޗައް ހިނގާނެ...ބޮޑު ކައްޒާބް.ﷲ ކަލެއަށް ލައުނަތް ލައްވާށި.

    52
    6
  14. މުނާފިގުއިބްލީސް

    ކަލޭ އެހެން ހުރިހާ އިލްމެއް ހިތުދަސްތޯ. އަދި ޤާނޫނީ އަސާސީ ހިތުދަސްތޯ. މިގޮލާއަށް ޤްރުއާން ފިޔަވައި އެހެން ހުރިހާ ފޮތަކާއި، އިލްމެއް ހިތުދަސް
    އެހެންވީމާތާ ޤްރުއާން އާޔަތް ކިޔުން މަނާކޮށްފައި އެހެން ހުރިހާ އެއްޗެއް ތިތާތެރޭ ކިޔެނީ.

    ޤްރުއާން އިލްމް ހިތުދަސް ނޫންވީމާއޭ ކިޔާފައި އިމާމު ނުބައިކޮށްކިޔަސް ރަގަޅުކޮށްދޭން ނޭގޭތީ އޭ ކިޔާފައި ކަލޭ އޮންނަންވީއެއްނު ޖަމާއަތަށް މިސްކިތަށް ނުގޮސް

    76
    4
  15. އެމަންޖެ

    މަނިކުފާނަކީ ހުރިގޮތައް ހުރި ޔަހޫދީއެއް ދެން އެހެންވީމަ ތިޔަހެންވެސްވާނެ.

    78
    4
  16. އަޑަފި

    ސައްހަކަން ކަށަވަރުނުވަނީ ހަމައެކަނި ޤުރުއާނުގެ އާޔަތެއް ނުވަތަ ރަސޫލާގެ ހަދީޘް ބަސްފުޅެއް މަޖިލިހުގައި ކިޔައިގެންތޯ. ދެން މަޖްލިހުގައި ދައްކާ ހުރިހާ ވާހަކަ ތަކަކީ މަނިކުފާނަށް ސައްޙަކަން ކަށަވަރުވާ ވާހަކަ ތަކެއްތޯ؟ އެކަކު އަނެކަކަށް ވަގަށްގޮވާ، އެކަކު އަނެކަކުގެ އަބުރު ކަތިލަމުންދާއިރު، އެއީ މަނިކުފާނަށް ސައްޙަކަން ކަށަވަރުވާ ވާހަކަތަކެއްތޯ.

    61
    3
  17. އަޑަފި

    ސައްހަކަން ކަށަވަރުނުވަނީ ހަމައެކަނި ޤުރުއާނުގެ އާޔަތެއް ނުވަތަ ރަސޫލާގެ ހަދީޘް ބަސްފުޅެއް މަޖިލިހުގައި ކިޔައިގެންތޯ. ދެން މަޖްލިހުގައި ދައްކާ ހުރިހާ ވާހަކަ ތަކަކީ މަނިކުފާނަށް ސައްޙަކަން ކަށަވަރުވާ ވާހަކަ ތަކެއްތޯ؟ އެކަކު އަނެކަކަށް ވަގަށްގޮވާ، އެކަކު އަނެކަކުގެ އަބުރު ކަތިލަމުންދާއިރު، އެއީ މަނިކުފާނަށް ސައްޙަކަން ކަށަވަރުވާ ވާހަކަތަކެއްތޯ. ސަލީމް ވިދާޅުވިގޮތަށް ޤުރުއާންގެ އަޑު އިވުމުން އުނދަގޫވާމީހުން، މިހާރު މިރާއްޖޭގައި ދިވެހިންގެ ގޮތުގައި އެބަތިއްބެވެ. އެމީހުނަށް ކެތެއް ނުވާނެވެ.

    49
    2
  18. ސޫފީ

    2008 ގެ ރިޔާސީ ކެމްޕޭނު ދުވަސްވަރު މިކަލޭގެ ބުނި، ތިމަންނާއަތުގައި ހުކުރުކުރުމުގެ ސަނަދާއި އިމާމްކަމުގެ ސަނަދު އޮތްވާހަކަ، ކިހިނެތް ހޯދި ސަނަދެއްބާ

    54
    2
  19. ޢަދުރޭ

    އެމްޑީޕީ ފިކުރުގެ މީހުން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެމީހުން ޤަބޫލް ކުރާގޮތް ނޫން އެއްވެސް އަޑެއް އަހާކަށް ބޭނުމެއް ނުވާނެ. އެއީ ނަޝީދު އެކަންޏެއް ނޫން . އެމްޑީޕީ ކޮންމެ މީހަކު ބުނާ ކަހަލަ ކަންކުރަންޏާ މި މަޤާމަށް އައިސް ކުރާށޭ މަ މި މަޤާމަށް އައީ މަ ބޭނުންގޮތަށް މިކަން ކުރަންށޭ . ( وامرهم شوري بينهم ) އެބައިމީހުންގެ ކަންކަން ނިންމާނީ އެބައިމީހުންގެ މެދުގައި މަޝްވަރާ ކޮއްގެންނޭ . މިވެސް ޤުރްއާނުގެ އާޔަތެއް . ރައްޔިތުންގެ މަޖްލީސްގައި މި އާޔަތް ލިއެފައި ތިބެގެން ކޮން ގަނޑެއް ގަންނަން އެމްޑީޕީ ތި އުޅެނީ . ޤުރްއާނުގެ އާޔަތް ނުކިޔޭ މަޖްލިސެއް މި ރާއްޖޭގައި ނުބޭއްވޭނެ. ސަޙީޙް މުސްލިމް ހިފައިގެން ގޮސް ރަށް ރަށަށް ބެހި . ްްްްް ޤުރްއާން ކިއެވީމަ މައްސަލަ ޖެހެނީ

    48
    2
  20. ސަންގުގެރި

    ހަމަޔަގީން މިކަލޭގެ ގަޔަށް ސައިތާނުންތަކެއް ވަނީވަދެފަ އެހެންވެ ގުރުއާން އަޑުއިވުނީމަ މިކަލޭގެ ހަށިގަޑަށް ބާރުބޮޑުވަނީ މިއީ ގުރުއާންގަބޫލު ނުކުރާ މީހަކާ ވަރަށްވަށްތަރު..

    43
    3
  21. އ . ޖ . އ

    ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ނަޝީދުގެ ޕޮއިންޓު މުޅިއަކު ގޯހެއް ނޫން... ގޯސް ހޯދާ ބަޔަކަށް ދުވަހަކުވެސް ހެވެއް ނުފެންނާނެ...

    7
    42
  22. އ . ޖ . އ

    ހެޔޮ ނުވާނެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ކާކުކަން ރަނގަޅަށް އޮޅުން ފިލުވަ ދީބަލަ... މީގެ ކުރިން ދުވަހަކު އޮތް އެހެން މީހަކަށް ވެސް މައިނޯރިޓީ ލީޑަރޭ

    1
    13
  23. ކިނބޫ

    ގުރުއާނުގެ އަޑު އިވުނީމާ އިބިލީސް ތެޅިގަންނަ ވާހަކަ ކުޑައިރު މާމަމެން ކިޔައިދޭ. މިޒަމާނުގަ އެ މަންޒަރުވެސް މިއޮއްގެން ފެންނަނީ.

    31
    3
  24. ދޮންނޭ

    އައްސަލާމުއަލައިކުމް!
    މިކަމުގައި ޑރ. މިލަގަނޑުގެ ފަތުވާ އަޑުއަހާހިތުން މިހިރީ.

    21
    3
  25. މަހިބަދޫ މީހާ.

    ބަލަ މީންދެ ނުލަފާ ކަލޭ ގެޔާ ތިތާ އެތެރެ އިޓަލީ ބަހުން ވާހަކަ ދެއްކި އިރު ކީއްވެތަ އެދުވަހު ނުހުށްޓުވީ ކަލޭ އަށް އިޓަލީ ބަސް އިގޭތަ ކިޔާ އެއްޗެއް ފަހުމް ވޭތަ.

    40
    2
  26. ޙ

    ޖާބިރު އިޓަލީ ބަހުން ވާހަކަ ދެއްކި ދުވަހު މަނިކުފާނަށް އެނގުނުތޯ ....އެދުވަހު ހަމަ ހެވި ދިލިފައި

    44
    2
  27. މޮޑަން

    ސަލީމް އެއީ އެޓޯލްސްގަ 2ނަމްބަރު ކާތިބަކަށް އުޅެމުން ގުރުއާން ތަފުސީރުން ޕީ އެޗް ޑީ ހަދާފަ ހުރިމީހެޢްކަން ނަޝީދަޢް ނޭނގުނީ ދޯ ފަހުޒަމާނުގެ އަލާމާތެޢް ތީ ހުސްދަންނަބޭކަލުން މިހާރު އުޅޭނީ އަދި ސަލީމް ތީ އަރާހުރި ދަންނަބޭކަލެޢް

    2
    33
    • ޑރ

      މާބޮޑަށް މޮޑާން ވީމައި ވާނުވާ ނޭގޭނެ. ގުރުއާން ދަސްކުރުމާއި އެގުރުއާނުގެ މާނަ އެނގި ގަތުމީ ހަމަ ކޮންމެ މުސްލިމަކަށް ވާޖިބެއް. ގުރުއާނުގެ މާނަ މިއަދު އެހެރީ ބޭނުންބަހަކުން ލިޔެވިފައި އެނގެންބޭނުންވާމީހާ އެނގެންވީ. ދުނިޔަވީ ހަމަ ކޮންމެ ކަމެއްގައި މުސްލިމުން ކަންކަން ކުރާންޖެހޭނީ އެގުރުއާނުގައިވާ އުސޫލާއި އެއްގޮތަށް. އެނގޭ މީހާ ނޭގޭ މީހާއަށް ބުނެދޭންވީ. އަޑުއަހާ ބޭނުންނުވާ މީހާ އަބޫޖަހުލު ހެދިހެން ކަންފަތަށް ކަފަޖައިގެން ހުންނަންވީ.

      9
      1
  28. ދަރަނި ދަންތުރަ

    ނަސީދުގެ އަސްލު ސިފަ ނަސީދު ތިޔަދައްކަނީ ނަސީދަކީ އިސްލާމްދީނުގެ އަދުއްވެއް ކާފަރުންގެ އެޖެންޓެއް ދިވެހިން ވިސްނާ

    9
    1
  29. ރޯދަ

    މިއީ އިސްލާމުދީން ގަބޫލުކޮންގެން ހުރި އިސްލާމެއްބާ ؟

    6
    1
  30. ފާތުމަ އެޅި ވަގު މިސްކިތް

    ބެހެޅޫލް މި ވަރު ގެ ސޮރެއް ދޯ މީ

    5
    1
  31. މުހުންމާ

    މިއަދަކީ މިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގައި ވަރަށް ކަޅުދުވަހެއް. އިސްލާމީ ގައުމެއްގައި މަޖިލީހުގެ ޖަލްސާއެއްގައި ވިޔަސް ކެބިނެޓްގެ ޖަލްސާއަކަސް އާންމު ބަހުސަކަސް އަދި މިނޫން އެހެންބާވަތެއްގެ ބައްދަލުވުމެއްގައިވެސް، ކީރިތި ގުރުއާނުން ދަލީލުދެއްކުމުގެ ބޭނުމުގައި އެއްވެސް މީހަކު ގުރުއާނުގެ އާޔަތެއްކިޔަވައި އެއާޔަތުގެ މާނަ ބުނެދިނުމަކީ އެއްވެސް މައްސަލައެއްނޫން. އަދި އެއްވެސް މީހަކު އެފަދަކަމެއް ކުރުމަށް މަނާކުރުމަކީ ސީދާ ދީނުގެ އުސޫލުތަކާއި ދެކޮޅުހެދުން. މަޖިލީގުގެ ރައީސް ގުރުއާން ހިތުދަސްނުވެ ނުވަތަ ގުރުއާނުގެ މާނަ ނުއެނގި އޮތުމަކީ މަޖިލީހުގައި ދެންތިބި މެމްބަރުންނަށް ހިތުދަސްވެފައިވާ އެއްޗެއް ނުބުނެވެންޖެހޭ ސަބަބެއްނޫން. އެހެން އެކަން އޮތްކަމަށްވަންޏާމު ޖާބިރު އިޓަލީބަހުން އެދެއްކިވާހަކަ ދެއްކުން މަނާނުކުރީ ކީއްވެތޯ؟ އަނެއްކާ މަޖިލީހުގެ ރައީސަށް އިޓަލީބަސް އެނގިލައްވަނީތޯ؟
    ދެން އޮތީ ދީނީ އިލްމްވެރިންގެވާހަކަ، ރަނގަޅު ދީނީ އިލްމްވެރިންނަކީ ދީނީގޮތުން އިލްމް އުނގެނިގެންތިބި މީހުން، އެހެން ނަމަވެސް މިއަދުގެ ގިނަދީނީ އިލްމްވެރިންގެ ކިބައިން ފެންނަނީ މުނާފިގުންގެ ސިފަތަށް. ސަރުކާރުހިންގުމުގެ އެއްބައިވެރިޔާ ކަމަށްވާ ޝޭހް އިމްރާނަކީ ހަމަގައިމުވެސް ދީނީ އިލްމް އުނގެނިގެން ހުރިމީހެއް. އެހެން ނަމަވެސް އެބޭފުޅާގެ ކިބައިން ފެންނަނީ ދީނުގެ އިލްމް ލިބިގެންހުރި މީހެއްގެ ކިބައިނުފެންނާޖެހޭ ސިފަތަށް. ޔާމީނުގެ ވެރިކަމުގައި ކުރި މުޒާހަރާއެއްގެ ތެރެއިން އިމްރާން ވިދާޅުވީ ޑރ އަފްރާޝީމް ގެ މަރުގެ ހެކި އެބަހުރިކަމަށް، ނިކަންބައްލަވާ މިއަދު މާތްﷲ އެވަނީ އިމްރާން އެދުވަހު އެވިދާޅުވި ހެކީގެ ބާރުގައި ޑރ އަފްރާޝީމްގެ ގާތިލް ހޯދޭނެ މަގާމަށް އިމްރާގެނެސްދެއްވާފައި. އެކަމަކު އެދުވަހު އެހެދި ދޮގު މިވަނީ ފަޅާއަރާފައި. ދެން އެދޮގު ފޮރުވަން އަނެއްދޮގު މަޖިލީހުގައި އެކަމާއިގުޅޭގޮތުން ސުވާލުކުރީމައި ބުނަނީ ތިބޭފުޅުން އެދުވަހު އެކަރުދާސްތަށް އަތުލައިފި ކަމަށް.
    ދެން އިހަށްދުވަހު ހިނގި ސަފާރީ ރޭޕްއޭ މިކިޔާ މައްސަލާގައި މަޖިލީހުގެ މެމްބަރެއްގެ ފިރިއަކު ބައިވެރިވާތީވެ ޝޭހްއިމްރާނަށް މިޖެހުނީ އެކިތަންތާގައި އެކިގޮތްގޮތަށްވާހަކަދައްކައިގެންވެސް އެމައްސަލަ އޮތްބައިލެވޭނެގޮތެއްހޯދަން. އެންމެ ފަހުން އިމްރާނަށް ވިދާޅުވެވުނީ އެސަފާރީގައި ހިނގީ ވަރަށް އާދައިގެ ކަމެކޭ އާންމުތަނެއްގައިވެސް ހިނގާފާނެކަހަލަ ކުޑަކުޑަ ކަމެކޭ. އެހެންވީމައި ޝޭހް އެވިދާޅުވަނީ ރާބޮއެ ޕާޓީކޮށް ހިލޭ އަންހެނެއްގެ ލަދުވެތި ގުނަވަންތަކުގައި އަތްލާން އުޅުމަކީ އެއީ ވަރަށް އާދައިގެކަމެކޭ. މިހިސާބަށް ދިޔައިމާ ދެން އިމްރާނަށް ކުރަންޖެހޭނެ އިތުބާރެއްނެތް. ދުނިޔޭގެ މުދަލާއި ޒީނަތާއި އާރާއި ބާރުގެ ބޭނުމުގައި އޮތުބާރު ހޯދުމަށް ފުއްޕާފައި މަޖިލީހުގައި ސަރުކާރު ޕްރޮމޯޓްކުރާ ވާހަކަދެއްކުނަކަސް، މިއަދު މަރުވިޔަސް މާތްﷲ ގެ ދަރުބާރުގައި އަނދުން ހުސޭނަކަށްވެސް ޖާބިރަކަށްވެސް ނަޝީދަކަށްވެސް އިމްރާނުގެ ދިފާއުގައި ޗުއްޕުއޭވެސް ބުނެނުލެވޭނެ.
    އިލްވެރިން ވިދާޅުވަނީ ދީނީ އިލްމު އުނގެނިގެންތިބެ ދީނުގައި އުސޫލުތަކާއި ހިލާފަށް ކަންކުރާމީހުންނީ އެންމެ ޖާހިލުމީހުންގެ ތެރެއިންވާމީހުންކަމަށް.

    10
    1
  32. ކުދުވާނޑި މުހުންމާ

    ލާދީނީ ބައިގަނޑަށް ވަރަށް އަސަރުކުރާނެ ގުރުއާނުގެ އަޑު އިވުނީމައި.

    9
    1
  33. ބޭޗާރާ

    އިޓަލީ ބަހުން ޖާބިރު ވާހަކަދެއްކިއިރު ތައްމިނަށް އަނގަހުޅުވިފައި ތަލިން ކުޅު ހިކިފައި ދެމިޔަކަނުން ސޮނި ފައިބާފައި އިނީ އިޓަލީ ބަސް ދަންނަލެއް ބޮޑުކަމުންތޯ؟ އިޓަލީ ބަހާ ކަލާމްފުޅާ އަޅުވާ ކިޔަނީއެއް ނޫން. އެކަމަކު ކަލާމްފުޅުގެ އަކުރެއް މަނިއްޕުޅަށް އަޑު އިއްވައިފިއްޔާ ތިޔަހަރަ ގަންނާކުރައްވާ ބިރެއްތާ ދޯ. މީގެ ފަހުން ކޮންމެ މެންބަކުވެސް ކަލާމްފުޅުގެ އާޔަތަކުން ނޫނީ ނުފަށްޓަވާތި. އެމީހަކު ބިރު ގަންނަ އެއްޗަކުން އެމީހަކަށް އަހުވަ ދައްކަން ފަސޭހަވާނީ.

    10
    1
  34. އާދަމުގެދަރި

    ބަލަ ރައްޔިތުންގެ މަޖިލީހުގައި ހިތުހުރި ކޮންމެ އެއްޗެއް ގޮވޭއިރު އާޔަތެއް ނުކިޔެވެންވީ ކީއްވެ؟ ނުބައިކޮށް ވިޔަސް ކިޔެވެންވާނެ. މުޤްރީންވެސް ކުށް ކިޔައި އުޅޭ. އޭގެ މާނައަކީ ނުކިޔަވަންވީއެއް ނޫން. ގިނަގިނައިން ކިޔަވާފައި ކުށެއް ކިޔިއްޖިއްޔާ ޖެހިގެން އިންނަ މީހަކު ރަނގަޅުކޮށްދޭންވީ. އެވަރު ނުވަންޏާ އަޑުއަހަން ތިބެންވީ. އެންމެ އަކުރަކުންވެސް ސަވާބާއި އަޖުރު ލިބޭނެ.

    7
    1
  35. ޭައަސްތާ

    ތިމަޖިލިހުގަ އިންނެވީ ނަޝީދު އެކަންޔެއްނޫން، ނުބައިކޮށް އާޔަތް ކިޔެވީމަ އަގުވެއްޓޭނީ ކިޔެވިމީހެއްގެ.

    8
    3
  36. އިބްލީސް

    މިކަލޭގެ ވަރައް ސައްހަބަހުންބުނެފަ އެއޮތީ ތިމަންނާއަކައް ޤުރުއާނަކީ ސައްހަވާހަކައެއްކަމެއްނޭންގޭ

  37. އަހަރެން ރާއްޖެތެރެ

    އަހަރެމެން ރަށުގަވެސް ނޫޅޭނެ ގުރުއާން ހިތުދަސްމީހެއް އެހެންވީމަ ރަށުމިސްކިތުގަ މީގެ ފަހުން ގުރުއާން ކިޔެވިޔަ ނުދޭންވީދޯ، (ނަސީދުގެ ސުނަތަށް ލޯބިކުރާ ނޮޅިވަރަމް މީހުނަށް..)

  38. ސާމިޔާ

    އަނެ އްކާވެސް މިޖެހުނީ ސްޕިރިމްކޯޓަށްދާން ނޫނީ ރަ އްޔިތުން މަގުމަ އްޗަށްނިކުންނަން!
    މިފަދަމީހަކު މިފަދަގޮނޑި އެ އްގަ
    ބެހެ އްޓުމަކީ ދީނީގޮތުން ހު އްދަކަމެ އްބާ؟ ކޮބާ ޝެ އިޚުން ؟ ލާދީނީމީހުންވެސް ޖަލްސާތަކަށްވަދެތިބެގެން ގުރު އާންކިޔަވާ އަޑު އަހާ ... !!!

  39. ބަރުގޮނު

    ރައީސް މައުމޫނުގެ އެންމެ ފުރަތަމަ ދަވްރު ހަމަ ފެށުނު ތަނާހެން ، ދައްކާ ވާހަކަތަކުގައްޔާ ލިޔާ ލިޔުން ތަކުގައި ކީރިތި ޤުރުއާންގެ އާޔަތެއްގެ ނަމަވެސް މާނަ ކިޔުއްވުން ހުއްދަ ކުރައްވާފައިވާނީ އިތުބާރު ހުރި މަޝްހޫރު ޔްނިވަރސިޓީއެއް ގެ ސެޓްފިކެޓް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންނަށް. ނަޝީދުގެ ވާހަކަ އޭގެ ޒާތުގައި ރަގަޅު. ނަމަވެސް އޭނާ މިވާހަކަ ދެއްކީ ޢަންމާފޮތް ކިޔާލަންވެސް އޭނާއަށް ނޭގޭނެތީ. ސަލީމްބެ ހަމަ ރަގަޅަށް ނަޝީދު ތުރުތުރު އަޅުއްވާ ފީމުު...