ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ރާއްޖޭގެ ތާރީހުން ފެނުނު އެންމެ ގާބިލް ހޯމް މިނިސްޓަރު ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އިމްރާން ފަދަ މަސައްކަތް ރަނގަޅު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލިހަށް ހުށަހެޅުމުން ވަރަށް ކަންބޮޑުވެވަޑައިގެންނެވި ކަމަށެވެ.
"މިނިސްޓަރު އިމްރާނަކީ ވަރަށް ގަދަރުވެރި ބޭފުޅެއް، އިމްރާން ދާހިލީ ވުޒާރާ ހިންގަވަމުން ގެންދަވަނީ ވަރަށް ރަނގަޅަށް، އިމްރާންގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ހުންނެވީ ވަރަށް ގަދަރުވެރި ބޭފުޅެއް، އެ ވުޒާރާގައި ނެތް އެއްވެސް ގޯހެއް، ހަމައެކަނި ވުޒާރާއަކީ ވެސް އިމްރާން ހިންގަވާ ވުޒާރާ،" މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ޖާބިރު ވިދާޅުވިއެވެ.
މީގެ ކުރީގެ ސަރުކާރުގައި ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމަށް ހުރަސް އެޅި ފަދަ އިން މި ސަރުކާރުން ވެސް އެ މިނިވަން ކަމަށް ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ، ޖާބިރު މީގެކުރިން ވަނީ އިމްރާނަށާއި މި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެކަމަކު މިއަދުގެ ބަހުސްގައި ޖާބިރު ވިދާޅުވީ އިމްރާން އިސްވެ ހުންނަވާ ކުރައްވާ މަސައްކަތުގައި މި ހައްގުތައް ކަށަވަރުކޮށް ދެއްވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ހޯމް މިނިސްޓްރީ އުފެއްދި ސަބަބަކީ ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ރައްޔިތުންނަށް ހިމާޔަތް ދިނުމަށް ކަމަށެވެ.
އެހެން ކަމުން އެ ކަންކަން މިހާރު ބެލެމުންދާ އިރު މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނީ ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅޭ ގޮތުން އިމްރާން ދެއްކެވި ވާހަކައާ ގުޅިގެނެވެ. އިމްރާން ވިދާޅުވެފައިވަނީ ސަފާރީގައި ރޭޕްގެ އަމަލެއް ނުހިންގަވާ ކަމަށާއި އެ ތަނުގައި ހިނގީ އާންމު ތަނެއްގައި ކޮންމެ މީހަކަށް ވެސް ކުރެވޭ ވަރުގެ އާދައިގެ ކުޑަ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން އިމްރާން ދިފާއުގައި ވިދާޅުވީ މީޑިއާތަކުން އޭނާގެ ވާހަކަ އޮޅޭ ގޮތަށް ގެނެސްދެއްވީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އަންހެނުންނަށް ޖިންސީ ގޯނާ ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާަހަކަ ނުދައްކަވާ ކަމަށެވެ. އެކަމަކު އޭނާގެ ވާހަކައިން އެފަދަ ކަންކަން ދޭހަވާނަމަ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ޤާބިލުކަން އެގޭނެ ފުލުހުންގެ ތެރޭގައި ތިބެ ރައްޔިތުންގެ މުދާ 7ފެބުރުއަރީގައި އަންދާލަން އަޑީގައިތިބި ހުރިހާ ރޭވުމެއް ރޭވި ފުލުހުންނަަށް އަލުން ވަޒީފާދީ ބޮޑެތި މަގާމުދިނީ އެއީ ގާބިލުކަމުން އައްޑޫގައި އޭރުހުރި ކޮމާންޑަރަކީ އައްޑޫގައި ހިންގި އަލިފާނުގެ ހާދިސާ ހިންގަން ހުރިހާ ރޭވުމެއް ރާވައި އެކަމަށް މަގުފަހިކޮށްދިން މީހާ ވަޒީފާއާއި ދުރުގައި އެތަކެއް ދުވަހެއްވަންދެން ހުރެފައި އައިސް މިހާރު އެހެރީ ބޮޑު މަގާމެއް ދީފައި އެއީ ދެވަނަ ހުޅު ރޯކުރަން ވިޔަސް އެކަން ކުރަން ފަސޭހައަކަށް މިވަގު ސަރުކާރު މާދަމަވެސް ވެރިކަމުން ފައިބައިގެން ދާން ޖެހިއްޖެ ހާލަތެއްގައި ތަންތާގައި ހުޅުޖަހާނެ
ވީމާ ދެން އެންމެ އަވަހަށް ވަޑައިގަންނަވާ ސަންރައިޒް ބައްލަވާލެއްވުމަކަށް އިމްރާން ގެންދަވައްޗޭ!
ދެން ޖާބިރު ދޯ.
ބޮއްވައިގެން ތިޔަ ހުންނެވީ..
ޖަބިރުއާއި އިމްރާން އަކި އެތްކަލަ ދެމިހުން ދެފަރު ދެގޮތަށް ވަހަކަ ދަކާނީ އެތްކަމަކަށް ތި ދެމީހުންނަކި މުނާފިގް ސިފަތަ އެކުލެވެ ދެމިހުން ރައިތުން އިތުބާރު ކެޑިފާ ކަލެމެންނަށް
ޖާބިރުއަކީވެސް ދެފަހަރު ދެއަގައި ދުވާލު ދެދަޅައައް ވާހަކަދައްކާމީހެއް ވީމާ މިވާހަކަތައް އަޑުއަހާފަ ހައިރާން ވާކަށެއްނުޖެހޭ ދެމީގުންގައިގަވެސް މުނާފިގުންގެ ސިފަތައް އެބަހުރި
މަޖިލީހައް ބަނގުރާ ބޮއެގެން އޭގެ އާވިއަރުވަމުން އަންނަ މީހުން ހައްޔަރު ކުރަން އިމްރާނައް ދަންނަވާ.
އިމްރާނަކީ ރާއްޖޭގެ ތާރީޚްދުށް އެންމެ ޤާބިލް ހޯމް މިނސްޓަރަށް ވާއިރު މަނިކުފާނަކީ ރާއްޖޭގެ ތާރީޚްދުށް އެންމެ ބޯގަޅި މަޖިލިސް މެމްބަރަށް ނުވާންވީ ސަބަބެއްނެތެވެ. ތިޔަ ދެބޭކަލުންނަކީ އެހެންވީއިރު ގިނިސް ވޯލްޑް ރެކޯޑުފޮތުން ޖާގަހޯދާފައިވާ ދުނިޔޭގެ ފެންވަރުގެ ދެބޭކަލުންތާއެވެ. އަދި އޭގެ އިތުރުން މަނިކުފާނަށް އެޓްލާންޓިކް ކަނޑު ހުރަސްކޮށް ޔޫރަޕާ އެމެރިކާ ބައްރު ކޭބަލަކުން ގުޅާލެވިދާނެކަމަށް ފެނެއެވެ.
ޖާބިރު އަޅުގަނޑަށްވުރެދޮށިވާނެ ވީމާ، ބައެއްކަންތަކުގެ ތަޖުރިބާ އަޅުގަނޑަށްވުރެ ބޮޑުވެދާނެ
ނަމަވެސް އަޅުގަނޑަކީވެސް ސްކޫލަށްދިއުމުގެސަބަބުން ކޮންމެވެސްފެންވަރެއްގެ ތަޢުލީމެއް
ލިބިފައިވާމީހެއް އަދި ތާރީޚީކަންކަމަށްލޯބިކޮށް ކޮންމެވެސްވަރަކަށް ތާރީޚް ދިރާސާކުރެވިފައިވޭ
އެގޮތުން އަލިރަސްގެފާނުންގެ ޖިހާދުގެވާހަކައާ، ބޮޑުތަކުރުފާނުން ޕޯޗްކީޒުންގެ އަތްދަށުން ރާއްޖެ
މިނިވަންކުރެއްވުމަށް ކުރެއްވިޖިހާދާ އަދިވެސް...... ނަމަވެސް ރާއްޖޭގެވަޒީރުކަންކުރެއްވިބޭފުޅަކު
އަންހެނެއްގެ އުރަމަތީގައި ހިތްޕެވިކަމަށް ތާރީޚަކުން ފެނިފައިނުވޭ ވެދާނެ އިމްރާންމިކަމަށްވެސް
ގާބިލްކަމަށް