ދައުލަތުގެ ރަސްމީ ރިޒާވާއި ދަރަންޏާ ބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރެއްވި އަދަދުތަކާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ޖެހީ ޖޯކެވެ. އެމަނިކުފާނަކީ ވެރިކަން ކުރައްވަން ކުފޫ ހަމަ ނުވާ ބޭފުޅަކަށް ހެއްދެވިއެވެ. އަދި ރައީސް ސޯލިހް ހާމަކުރެއްވި އަދަދުތަކަކީ ގޯސް އަދަދުތަކެއް ކަމަށް ވިދާޅުވެ، އެކަމަށް ފާޑު ކީ މީހުން ގިނައެވެ. އެކަމަކު، އަސްލު ހަގީގީ އަދަދުތަކަކީ ކޮބައި ހެއްޔެވެ؟

ހއ. ހޯރަފުށީގެ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުން ފައިބައިވަޑައިގެންނެވި އިރު، ދައުލަތުގެ ދަރަނި ހުރީ 60 ބިލިއަން ރުފިޔާގައި ކަމަށެވެ. އަދި އެމަނިކުފާނާ ވެރިކަން ހަވާލު ކުރެއްވި އިރު، ދައުލަތުގެ ރިޒާވްގައި "ލާރިއެއް ނެތް" ކަމަށާއި ރިޒާވްގައި ހުރީ އެންމެ 250 މިލިއަން ޑޮލަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ރައީސް މީގެކުރިން ހާމަކުރެއްވި އަދަދުތަކާ މިއާ ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަކަށްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މީގެކުރިން ވިދާޅުވި އަދަދުތަކާއި އެންމެ ފަހުން ވިދާޅުވި އަދަދުތަކާ ދިމާ ނުވާތީއެވެ.

މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނެއްގައި ވިދާޅުވީ 2018 ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 47.9 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހެންކަމުން އެ ދަރަނި 60 ބިލިއަން ރުުފިޔާއޭ ވިދާޅުވުމުން އެއީ އޮޅުވާލުމެއް ކަމަށް ބައެއް މީހުން ސިފަ ކުރިއެވެ. އެމަނިކުފާނު ކުރިން ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ނިމުނު އިރު، ރަސްމީ ރިޒާވްގައި ހުރީ 757.8 މިލިއަން އެމެރިކާ ޑޮލަރެވެ.

އެއީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހެއްދެވި އިތުރުފުޅެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކީއެވެ.

އެކަމަކު، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، ރައީސް ވިދާޅުވާ އަދަދުތަކާ އެބަ ދިމާވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުރީ ސަރުކާރުގެ ތަރައްގީގެ ބޮޑެތި ބައެއް މަޝްރޫއުތަކަށް ސޮވެރިން ގެރެންޓީ ދީގެން ބޮޑެތި ލޯނުތަކެއް ނަގާފައިވާ އިރު، ރައީސް ސޯލިހް އެންމެ ފަހުން ދަރަންޏާ ބެހޭ ގޮތުން ވިދާޅުވި އަދަދަކީ އެ ލޯނުތައް ހިމަނައިގެން ޖުމްލަ ދަރަނީގެ އަދަދެވެ.

ކުރީ ސަރުކާރުގެ ތަރައްގީގެ ބޮޑެތި ބައެއް މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ސޮވެރިން ގެރެންޓީ ދިނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށެވެ. ހިޔާ މަޝްރޫއުގެ 7000 ފްލެޓް އެޅުމާއި ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އެޅުމަށް ތުރުކީ ކުންފުންޏަކަށް ސޮވެރިން ގެރެންޓީ ދިނެވެ. ބައެއް ރަށްރަށުގައި އެއާޕޯޓު އެޅުމަށް ނަގާ ލޯނަށް ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީ ވެސް ދިނެވެ. ބައެއް ރަށްތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށްޓާއި ށ. ފުނަދޫ އާއި ފ. ނިލަންދޫގެ އިތުރުން ގދ. މާވާރުލު އަދި ގދ. ފަރެސްމާތޮޑާ ހިމެނެއެވެ.

ހަމައެއާ އެކު، ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ސަން ޓްރެވަލް އަހުމަދު ސިޔާމްގެ ކުންފުންޏަކަށް ޗައިނާގެ އެގްޒިމް ބޭންކުން 127 މިލިއަން އެމެރިކާ ޑޮލަރު (2 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނީ ދިވެހި ދައުލަތުގެ ސޮވެރިން ގެރެންޓީއާ އެކުގައެވެ.

މި ނޫނަސް، ގިނަ އަދަދެއްގެ ސޮވެރިން ގެރެންޓީ އެކިއެކި ކަންކަމަށް ދީފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި ސޮވެރިން ގެރެންޓީތައް ހިމަނައިގެން މިދިއަ ސަރުކާރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރި ނިސްބަތް 60.3 ބިލިއަން ރުފިޔާއަށް އަރައެވެ. އެކަމަކު، މިހާރު ދައުލަތުގެ ދަރަނީގެ އަދަދު ވަނީ ގާތްގަނޑަކަށް 74 ބިލިއަން ރުފިޔާ އަށް އަރައިފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ 68 ބިލިއަން ރުފިޔާގައެވެ. އަދި 2017 ވަނަ އަހަރު ނިމުނު އިރު، ދައުލަތުގެ ދަރަނި 47.2 ބިލިއަން ރުފިޔާގައި ހުރި އިރު، 2016 ވަނަ އަހަރު ނިމުނު އިރު ހުރީ 43 ބިލިއަން ރުފިޔާގައެވެ.

މީގެއިތުރުން 2015 ވަނަ އަހަރު ދައުލަތުގެ ދަރަނި 34.7 ބިލިއަން ރުފިޔާގައި ހުރި އިރު، 2014 ވަނަ އަހަރު ދައުލަތުގެ ދަރަނި ހުރީ 32.4 ބިލިއަން ރުފިޔާގައެވެ. މި ހިސާބުތަކުން އެނގޭ ގޮތުގައި ދައުލަތުގެ ދަރަނި އަހަރަކަށް ވުރެ އަހަރެއް ދިޔައީ އިތުރުވަމުންނެވެ.

ދައުލަތުގެ ރިޒާވްގައި ހުރި އަދަދަކީ ކިހާ ވަރެއް؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯރަފުށީގައި ހުންނަވައި ވަނީ ސަރުކާރާ ހަވާލުވި އިރު، ދައުލަތުގެ ރިޒާވްގައި 250 މިލިއަން ޑޮލަރު ހުރެގެން ކަންތައް ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ. މި ހިސާބަކީ އޮޅުވާލުމެއް ކަމަށް ދެކޭ މީހުން ހަނދާން އާ ކުރީ ދައުލަތުގެ ރިޒާވްއާ ބެހޭ ގޮތުން މީގެކުރިން ބޭއްވި ހަފްލާއެއްގައި ރައީސް ސޯލިހް ވިދާޅުވި ވާހަކަފުޅަށެވެ. އެމަނިކުފާނު އޭރު ވިދާޅުވީ ސަރުކާރާ ހަވާލުވި އިރު، 757.8 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށެވެ. އެމަނިކުފާނު އޭރު ވެސް ވިދާޅުވި ގޮތުގައި ޔޫޒަބަލް ރިޒާވްގައި 281 މިލިއަން ޑޮލަރު އެބަ ހުއްޓެވެ.

އެހެންވެ، ހޯރަފުށީގައި ހުންނަވައި ރިޒާވްގައި 250 މިލިއަން ޑޮލަރު ހުރި ކަމަށް ވިދާޅުވުމުން ބައެއް މީހުން ސުވާލު އުފެއްދީއެވެ.

ފިނޭންސުން ހާމަ ކުރި މައުލޫމާތުން އެނގޭ ގޮތުގައި އާ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 281 މިލިއަން ޑޮލަރެވެ. އެހެންކަމުން އެމަނިކުފާނު ވިދާޅުވި އަދަދުގައި 30 މިލިއަން ޑޮލަރު މަދުވުމަކީ ފެންނަ ހަމައެކަނި ތަފާތެވެ.

އަދި ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުގައި އޭރު ރަސްމީ ރިޒާވްގެ ޖުމްލައަކީ 712 މިލިއަން ޑޮލަރެވެ. ރިޒާވްގެ ޖުމްލަ އަދަދަކީ 757 މިލިއަން ޑޮލަރެއް ނޫނެވެ. އެހެންކަމުން އެފަހަރު ރައީސް ވިދާޅުވެފައި އެ ވަނީ 45 މިލިއަން ޑޮލަރު ގިނަކޮށެވެ.

ރަސްމީ ރިޒާވަކީ ރާއްޖޭގައި ހިންގާ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާ ޑޮލަރު ލައިގެން މުޅި ސެކްޓާގައި ހުންނަ ޑޮލަރުގެ އަދަދެވެ. ޔޫޒަބަލް ރިޒާވަކީ އެ ވަގުތަކު ބޭނުންކުރެވޭ ގޮތަށް އެމްއެމްއޭގައި ހުންނަ ޑޮލަރުގެ އަދަދެވެ.

ރަސްމީ ހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ރަސްމީ ރިޒާވްގައި 753.3 މިލިއަން ޑޮލަރު ހުއްޓެވެ. އަދި ޔޫޒަބަލް ރިޒާވްގައި 315 މިލިއަން ޑޮލަރު ހުއްޓެވެ. އަދި 2017 ވަނަ އަހަރު ރަސްމީ ރިޒާވްގައި 587.3 މިލިއަން ޑޮލަރު ހުރި އިރު، ޔޫޒަބަލް ރިޒާވްގައި ހުރީ 281.4 މިލިއަން ޑޮލަރެވެ. ދެހާސް ސޯޅަ ވަނަ އަހަރު ރަސްމީ ރިޒާވްގައި 467.1 މިލިއަން ޑޮލަރު ހުރި އިރު، ޔޫޒަބަލް ރިޒާވްގައި ހުރީ 200 މިލިއަން ޑޮލަރެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރަސްމީ ރިޒާވްގައި 564 މިލިއަން ޑޮލަރު ހުރި އިރު، ޔޫޒަބަލް ރިޒާވްގައި ހުރީ 199.5 މިލިއަން ޑޮލަރެވެ. އޭގެ ކުރީ އަހަރު 614 މިލިއަން ޑޮލަރު ރަސްމީ ރިޒާވްގައި ހުރިއިރު، ޔޫޒަބަލް ރިޒާވްގައި ހުރީ 150 މިލިއަން ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޑައެލޯގް

    ތިޔަ ކިބޫ ހަދަނީ ދޮގެވެ. ދެފަހަރު އެކައްޗެއްނުކިޔައެވެ. ބަލަ ޔާމީނަށް ގައުމު ހިންގަންނޭގެޔޭ ތިމަންނަމެން ހިންގާނަމޭ މާމޮޅަށް ކިޔާފަދޯއައީ، އެއިރު ޔާމީނު ކުރާހުރިހައިކަމެއް އެގޭކަމާ އެހުރިހައިކަމެއް އެގިހުރެ ގައުމާ ޙަވާލުވެ ދެން ތިޔަކިޔަނީ ކޮންއެއްޗެއްހެއްޔެވެ. ގައިމު ތިޔަ ރިޒާވްގަހުރިވަރަކީވެސް އެއިރު އެގޭއެއޗެއްކަމަށް ފޯޑިއަމްތަކުގައިބުނެފައޮތީ ދެން ފަޅޮލޭ ނުކިޔަ ގައުމު މޮޅަށް ހިންގީމާ ނިމުނީނޫންތޯއެވެ.

    82
    4
  2. ބާބޫ

    އެހެންވީމާ އިބޫ އަލް ހިންނަވަރީ އެބުނީ ހެޔޮކޮންނު.......................

    10
    53
  3. ވިސްނާލުމަށް އެދެމޭ

    ހޫ ރައީސްވެސް ރަގަޅު ނޫސްވެރިންވެސް ރަގަޅު ޑޮލަރުވެސްބރަގަޅު ރަގަޅުނޫނީ ރޔާމީނާ އެސަރުކާރާ އި ދިކޮޅުޕާޓީމީހުން...ރޔާމީނު ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނިއަ ދާކޮށްނިންމާފަ މޑޕ ވެރިކަމުން އިސްތިއުފާ ދިނީ...ރނަޝީ ދު ނެގި ދަރަންޏެނެތް...މޑޕ ރނަޝީ ދު ދިން ސޮވެރިންގެރެންޓީއެއްނެތް..މިސަރުކާރުން ނެގިލޯނެނެތް..ބަ ދަލުގަބެހި ފައިސާއެއްނެތް.. ދިންސޮވެރިންގެރެންޓީއެއްނެތް...ހޯރަފުށީ އެއާރޕޯޓަކީ ރޔާމީން ފެއްޓި ޕްރޮޖެކްޓެ ފައިސާހަމަޖައްސާ މޓސސއާ މަސައްކަތް ހަވާލުކުރީ އެސަރުކާރުން..އެވާހަކަ ކީއްވެ ހާމަނުކުރަނީ...

    57
    1
  4. އަބްދޫ

    7000 ފްލެޓާ އި 5000 ފްލެޓް ދަވްލަތުގެ ދަރަންނަކަށް ވީ ވެރިކަން ބަދަލުވުމުން ފްލެތްގެ މަސައްކަތް ހުއްޓުވުމުގެ ސަބަބުންނާއި.މުއް

    45
    1
  5. އަބްދޫ

    ފްލެޓް ތަކުގެ ގެރެންޓީއަކީ ދަވްލަތުގެ ދަރަންޏަށް ވަންނަން ޖެހޭ އެއްޗެއްނޫން،ދަވްލަތުގެ ދަރަންނަށް އެފްލެޓް ތަކުގެ އަގު ވަންނަންޖެހުނީ އަމަލު ކުރެވުނު ގޮތަކުން. އެއީ ސަރުކަރު ބަދަލުވުމުން މަސައްކަތް ހުއްޓުވުމުން މުއަދަތުގަ ތަންޔަން ނުނިމުމާ ފްލެޓް ލިބުނު ލިސްޓްތަކަށް އަމަލު ނުކުރުމުގެ ސަބަބުން ފްލެޓް ލިބޭފަރާތްތަކުން ލިބެންޖެހޭ ޕޭމެންޓް ނުލިބުމުގެ ސަބަބުން . ފްލެޓް ތަކުގެ މައްސަލަގަ ދަވްލަތަށް ލިބުނު ގެއްލުން ގާނޫނުގައިވާފަދައިން އިހުމާލުވި ބަޔަކު ޒިންމާ އުފުލަންވާނެ. އެފަރާތްތަކުން ގެއްލުމުގެ ބަދަލު ހޯދެންވާނެ.

    47
    1
  6. އަބްދޫ

    ފްލެޓް ތަކުގެ މަސައްކަތް ހުއްޓުވުމުން މުއްދަތަށް މަސައްކަތް ނުނިމިގެން ދަވްލަތަށް ފްލެޓް އިމާރާތްކުރަފަރާތްތަކަށް ލުބުނު ގެއްލުމާއި ފްލެޓް ލިބިފައިވާކަމަށް ކުރީގެ ސަރުކާރުން އާންމުކޮށް ގެޒެޓްކުރި ފަރާތްތަކަށް ފްލެޓް ނުދި ހިފެހެއްޓުމުން ދަވްލަތަށާ ފްލެޓް ލިބުނު ލިސްޓްގައިވާ ފަރާތްތަތަކަށް ލިބުނު މާލީ ގެއްލުމާ ނަފްސާނީ ގެއްލުމުގެ ޒިންމާ އުފުލަންޖެހެ ފަރާތްތަކެއް ތިބެންޖެހޭނެ ކަންކަށަވަރު.ގާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތައް ޒިންމާކުރުވާ ބަދަލު ހޯދަންޖެހޭނެ ކަމަށް ދެކެން.

    40
    2
  7. ކަންނެލި

    ހުރިހާ ނޫހެއްގަ އެއް ރިޕޯޓެއް ލިޔެގެން އިބޫ ހެދި ދޮގު ޖަސްޓިފައިކޮށްދޭން މިއުޅެނީ. މީ މިނިވަން ނޫސްވެރިކަމަކީ.

    53
    2
  8. އެޑަމް

    މިއީ ރާއިސް ހެއްދެވި އިތުރުފުޅު ފޮރުވަން ސަރުކާރުން ލިޔެ ނޫސްތަކަށް ފޮނުވާފައިވާ ޚަބަރެއް، މިހާރު ނޫގައިވެސް ހަމަ މި ޚަބަރު މި ގޮތަށް އެބަ އޮތް
    މީތޯ ޚަޤީޤީ ނޫސް ވެރިކަމަކީ ހުރިހާ ނޫހެއްގައި އެއް ޚަބަރެއް އެއް ގޮތަކަށް

    54
    2
  9. ނ

    ކޮބާ އަތްނުލާ ހުރި އކ ގައި ހުރި 200 މިލިއަންޑޮލަރު
    މިހާރު ހުރީ 45 މިލިއަންޑޮލަރު...އެވާހަކަވެސް ނެތް

    38
    1
  10. މިއަދު

    ސޮވެރިން ގެރަންޓީ އަކީ ދައުލަތުގެ ދަރަންޏެއްނޫން ދަރަނި ގުނާނީ ދައުލަތުން ދައްކަންޖެހުމުން އެޖެހުނު 2ަދަދެއްގެމައްޗަށް

    35
    2
  11. ދޮގުބުނުމުގައި ކުރިއަރާދާމީހުން

    މިހާރުމިއޮތްސަރުކާރު ކުރާސައްޚަނޫން ސަރުކާރަކުން ކުރާކޮންމެކަމަކީ ސައްޚަނޫންކަމެއް ޔާﷲ އެފަ ދަމީހުން ކުރިއަރައި ދިއުމު ގައި ނާކާމިޔާބުގެ ދޮރު އެމީހުނަށް ދެއްކެވުމަށް ﷲ އިރާ ދަކުރަށްށި މާޝާﷲ އެއްވެސްކަމެއް ސައްޙައެއްނުވާނެ މިސަރުކާރު ދިފާއު ކުރާހުރިހާ މީހުން ނަކީ މާތްﷲ ގެ ލައުނަތް ހައްޤުވާމީހުން އެމީހުން ކޮންމެކަމެއް ވެސް ކާމިޔާބު ކުރުމަށްޓަކައި ﷲމަތިން ހަނދުމަނަތާލާ ބިރުފަހަނަޅާ ދީނުން ބޭރުވެ މުރުތައް ދުވެ ހައް ދުފަހަނައަޅައި ދިއުމުގައި ެެެ އެފަ ދަމީހުން ނިމި ދިއުންވަނީ ދޮގުވެރީންގެ ގޮތުގައި ޔިބެ އެފަ ދަމީހުން ދޮގު ހަނ ދާކަން ކަށަވަރީ ﷲއަށެވެ.

    21
    2
  12. ސަނާހް

    އިބޫ އެހަދަނީ ދޮގު، ވަގުތު ކުދިން މިހާރު ވަނީ ވަކި ޕާރޓީ އަކައް ޖެހި ހުސްވެފަ.. ހަބަރު ތަކުން އެނގޭ

    32
    2
  13. ނާނީ

    ހަބަރުތައް ކިއާލީމަ އެނގެނީ ވަގުތު މީހުންގެ ރާގާ ކުލަވަރައް ބަދަލް އައިއްސިކަން..

    29
    2
  14. ހަކުރު ބޮޑުބޭބެ

    އިބޫ އައް އަހަރެންގެ ވޯޓް ހަރާމް..
    ވަރައް ވެދުން

    36
    1
  15. ސަރޭ

    ވަގުތު މީހުން ދައްކާހާ އާރޓެއް ބަލަން ނޫޅެން..
    ދެން ވަގުތު ނޫހައް ކްލިކެއް ނުކުރާނަން..
    ދިމާ ސީދަލައް ފެންނަަން ހުންނަ ކަން ކަމައް ކިނބޫގެ ދިފާއުގަ ތިޔަ ހަދަނީ ބުހުތާނު ދޮގު

    18
    1
  16. ޒުހުރީ

    މި ކޮރަޕްސަން ސަރުކާރުން ތިޔޮތީ ވަގުތު ނޫސް ކާށި މެޓަލަކައް ގަނެލާފަ.. ހެޙެހޭ.. މަވާ ސަލާން

    18
  17. ދަނުސް

    ކިނބޫ ދެފަހަރު ދެގޮތައް ނުބުނާ ކަމަކައް ނެހެދޭނެ ދެނެއް.

    14
  18. އަބްދޫ

    ފްލެޓް އިމަރާތްތަކަކީ ދިވެހިދަވްލަތުން ނެގި ލޯންތަކެއްނޫން. އެފްލެޓްތައް އިމާރާތް ކުރަނީ އެމީހުންގެ އަމިއްލަ ފައިސާއިން އިމާރާތް ކުރާ ކުންފުނިތަކުން އަމިއްލަޔަށް ފައިސާ ހޯދައިގެން ފްލެޓް 7000 ފްލެޓް މަސައްކަތް ނިންމާ އެފްލެޓްތަކަށް މީހުން ވައްދަން ހަމަޖެހިފަ އޮތީ 2019 އެޕްރީލް މަހު އެޕްރީލްމަސް ނިމޭއިރު އެޑަވާންސް ޕޭމެންޓް ގެ ގޮތުގަ ކޮންމެ ފްލެޓަކުން 25000/ރުފިޔާ ލިބުމުން 7000 ފްލެޓުން 175 މިލިއަން ރުފިޔާ ހުންނަނީ ލިބިފަ.ޕޭމެންޓް ސެޑިއުލް ފެށެނީ އޭގެފަހުން.މަސައްކަތް ނުހުއްޓުވާ ގެންދިޔަ ނަމަ ސެޑިއުލްތަކާ އެއްގޮތަށް ތަންތަން މީހުނާ ހަވާލުކުރިނަމަ މިއަދު ދަވްލަތުންއެއްވެސް ޒިންމާއެއް އުފުލާކަށް ނުޖެހޭނެ.ވިމާ މިހާރު މިދަރަނި ވާންޖެހޭނީ މިހާރުގެ ސަރުކާރުން ރައްޔިތުންގެ ބޮލުގަ އެޅުވި ދަރަންޏަކަށް.ދިވެހި ދަވްލަތުން ބުނީ ފްލެޓް ލިބޭ ރައްޔިތުންނަށް ފައިސާނުދެއްކިއްޖެ ހާލަތުގާ ދަވްލަތުން ޒިންމާވާނެކަމަށް ގެރެންޓީ ދިނުމަކީ އެއީ ދަވްލަތުން ލޯނު ނެގުމެއްނޫން. ފްލެޓް މުއްދަތަށް ނުނިމުނީ ގަވްމު ހިންގަން އަލަށްހަވާލުވިފަރާތްތަކުން އަމަލުކުރިގޮތުގެ ސަބަބުން .ވިސްނުންތެރިކަމާ އެކު ގައުމު ހިންގުން ކުރިޔަށް ނުނެރެ ހަސަދަ ވެރިކަން ކުރިޔަށް ނެރެ އޭރު ފަށާފަ ހުރި ހުރިހާ މަސައްކަތެއް ހުއްޓުވާލުމަކީ ގައުމަށް ހިޔާނާތްތެރިވުން .އިމާރާތެއްނަމަ އިމާތުގެ މަސައްކަތް ހުއްޓުވާ ތަންތަޅަލައިގެން މެނުވީ އިމާރަތުގެ ކުރެހުމާ ބިލްއޮފަކޮންޓިޓީ ބަލާލަން ނެގޭ ހާލަތުގާ ތިބިބަޔަކު އެބިލްޑިން އިމާރާތް ކުރަން ހަވަލުވެއްޖެނަމަ ވާނެގޮތަށް ދިވެހި ގައުމަސށްވެގެން ދިޔައީ. ފްލެޓްތައްވެސް ބިޑްގެ އަގުބޮޑޭ ކިޔާ މަސައްކަތް ހުއްޓުވާލީ.ދެން ބުނީ ކޮތަރު ކޮށިތަކެކޭ ތަޅާލަށޭ. މިހެން ބުނިއިރު 25 ބުރީގެ 7000 ފްލެތް ހިމެނެ ޓަވަރުތައް 1 ބިލިއަން ޑޮލަރު ހަރަދު ކޮށްގެންނޫނީ ތަޅާ ނުލެވެނެކަން ނޭގޭ ފެންވަރުގެ މީހުން ކަންކަމަށް އިސްކުރީމަ ނިކުންނާނީ އެފަދަ ޖުމްލަތައް. ހަރުބަހެއް އެއެއްޗަކުން ނިކުންނާނީ އެއެއްޗެއްގަ ހުރި ދިޔައެއް.7000 ފްލެޓް އިމާރާތް ކުރި ފަރާތްތަކަށް ދޭންޖެހޭ ސެޑިއުލް ޕޭމެންޓް ނުދެއްކުނީ ފްލެޓްތަކުގެ މައްސަލާގަ ދަވްލަތުންއަމަލުކުރި ގޮތުން ނޫންކަމަކަށް ނުވާނެ. ފްލެޓްތަކުގެ މައްސަލާގަ އިހުމާލުވީފަރާތްތަކަ ދެކޮލަށް ދައުވާކޮށް ދަވްލަތަށް ލިބުނުގެއްލުން ހޯދަންޖެހޭނެކަމަށް ދެކެން

    13
  19. އަބްދޫ

    ދިމާނުވާ ހިސާބުތައް ހުރެދާން އެކަމަކު މިއީ ބޮޑުވަރެއް .ރިޒާވްއާބެހޭގޮތުން ނެރެވުނު ހިސާބުތަކުގާ މަދުވަމުންދަ ޑޮލަރުގެ މިންވަރު 2018 ނޮވެމްބަރުން ފެށިގެން ނޫސްތަކުގެ ފަލަ ސުރުހީއަށް އަރަމުންދިޔަ ލިޔެކިއުންތަކަށް މިހާވަރަށް އަރަމުންދިޔަ ހިސާބުތަކެއްގެ ވާހަކަ އެފަދަ ތަފާތުގޮތަކަށް ވިދަޅުވުމަކީ ތިމާއަށް މިހުރެވުނީ ކޮލަށް ކަންނެޣެހިސާބަށް ދެވިފާހުރިކަމަށް މީހުންގަބޫލު ކޮށްފާނެ ކަމެއް.އޭގެ ސަބަބުންތިމާގެ އަގު މީހުންކުރިމަތީގަ ވެއްޓުން ނޫންކަމެއްނުވާނެ.

    13
  20. ކޮޕް

    އިންސާފާއި ހަމަހަމަ ކަމާއެކު ހަބަރު ފެތުރުމުގެ މަސައްކަތް ވަގުތުނޫސް އިން ކުރަން ފެށުމުގެ ނިޔަތުގައި ލިޔެފައި ބަރާބަރު ރިޕޯޓްއެއްމީ. ވަކިކޮޅަކަށް ބުރަނުވެ ލިޔާ މިފަދަ ރިޕޯޓްތަކުގެ ސަބަބުން ވަގުތުނޫސް އަށް ފަހި މުސްތަގްބަލެއް ކަށަވަރުކުރެވޭނެ.

    4
    13
  21. ކަނަމަނަ

    ޢަހަރެން ހިތަންއަރާ މިނޫސްތަކުގަ މިޖަހާއާޓިކަލްތައް ލިޔާމީހުން މިލިޔާއެއްޗެއްމިލިޔަނީ ހަމަހޭގަތިބެގެންބާވައޭ ހަމަރައްޔަޔަތުންބޯގޮއްވުން

    15
  22. ޚާއިނު.

    ރާއްޖޭގައި އިންޑިޔާ ސިފައިން ބާތިއްބާގެން ، އިންޑިޔާ ސިފައިންނަށް ދިވެހި ރައްޔަތުން ފައިސާ ޚަރަދުކުރުމުގެ އެއްވެސް ހައްޤެއް ރައީސް ސާލިހު އަކަށް ވެސް މަޖްލިސް މެމްބަރުންނަކަށްވެސް ނޯންނާނެ. ސާލިހު އަށް މިހާރު ދޮގުބޯ ކިޔަންވެެްޖެ.

  23. ދަރަނި ދަންތުރަ

    1 ދޮގު ހަދާފައި އޭގެން ސަލާމަތްވާން 100 ދޮގުހަދަންޖެހޭނެ ކަލޯ ކިނބުލާ ...

  24. ޯބޯޖަލީލު

    ތަނެއް އޮތިއްޔާ އަދިވެސް ބޯ ގަޅާލާތި ...

  25. މުގުރާން

    ހިސާބުތަކުގަ ސޮވަރިން ގެރެންޓީ ދިން ލޯނުތަކުގެ އަ ދަ ދުތައް ހިމެނުމަކީ ރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެއް ؟އަ ދި ނޫހުގަ މިގޮތަށް ޝާއިރުކުރުމަކީ މިއޮޅުވާލުމުގައި ހަމަ ހަމަ ކަމާއިއެކު ބައިވެރިވުން؟؟؟

  26. ކެޔޮޅު

    ސާލިހު ދޮގުހެކިދިނުމުގެ ސަބަބުން މީނަ 5 އަހަރަށް ޖަލަށްލެވޭނެ އަދި ފަސްމިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ރަށްޔަތުންނަށް އޮޅުވާލުމާއި މަކަރާހީލަތް ހެދިކަމުގެ ދައުވާއާއި ހުވަޔާހިލާފުވުމުގެ ދައުވާސާލިހުއަށް ކުރެވޭނެ.

  27. މުހައްމަދު އަންޖުމް

    ހަޤީގަތަކީ އިތުރައް އޮޅުވާލައި ރައްޔިތުން ވާވެއްދުން އެކަން ހިސާބަކަށް ކިނބޫފަހަތުގަ ތިބި ކިނބޫއާއިލާގެ ބަޔަކުވަނީ ބެދިތާށިވެފަ އަނެއްބަޔަކަށް ކޮންމެވެސް ވަރަކަށް ހޭލެވެން އުޅުނު ނަމަވެސް ޖާހިލުކަމާ ލިބޭ ލާރިގަނޑަށްޓަކައި ދެފަރާ ތަށް ކިރިކިރި ތިބީ އަނެއްބަޔަކު ތިބީ ލިބޭނެ ދަނޑި ވަޅަ ކަށްބަލަން ވަގުންގެސަރުކާރެއްވީމަ އިތުރައް ވައްކަން ކުރަން ބޭނުންވާމީހުން އެފުރުސަތުގެ ބޭނުމުގަ