އެމްޑީޕީން ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲއަށް އިތުބާރު އޮތް ކަމަށް ބުނަނީ ބަޤާވާތްކޮށްފާނެތީ ބިރުން ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު މޮސްޓާ ވަނީ ޝޭހް އިމްރާން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

2008 ވަނަ އަހަރު އުފެދިގެން އައި ޤާނޫނު އަސާސީގެ ދަށުން އެކުލަވާލި ކޮންމެ ސަރުކާރެއް ވައްޓަން އިމްރާން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުުރައްވާ މޮސްޓަރ ވިދާޅުވީ އިމްރާން އަކީ ދީނީ ޢިލްމު ފެތުރުމުގެ ނަމުގައި ފިތުނަ އުފައްދާ ފަރާތެއް ކަމަށެވެ.

އަދި ޝޭހް އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނަގަނީވެސް އެ ސަބަބާއި ހުރެ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

" ސަރުކާރެއް ވައްޓާލަން މުގުލަކަށް ވެފައި ހުންނަނީ ޝޭހް އިމްރާން. މިފަދަ މީހެއްގެ ނޮހޮރޮއްޕާނުން ސަލާމަތްވެވޭނެ ގޮތަކީ ކައިރީގައި ބަހައްޓައިގެން ބުރަކަށީގައި ފިރުމުން ކަމަށްވާނީ 65 މެމްބަރުން ބައިތިއްބައިގެން ފިރުމުމަށް މި ވިސްނަނީ އިމުރާނުގައިގައި. މިއަދުވެސް މަޤާމުން ވަކިކޮށްފިއްޔާ މި ސަރުކާރަށް އޮތް އެންމެ ބޮޑު ނޮހޮރޮއްޕާނަކަށް ވާނީ ޝޭހް އިމްރާނުކަމަށްވާތީ ކޮންމެ ގޮތެއްވިޔަސް އެބަޖެހޭ ބަހައްޓަން. އެހެން ނޫނީ މީނަގެ ނޮހޮރޮއްޕާނާއި ހެދި ނޭވާ ނުލެވޭނެތޯ. ކޮންމެހެން އިތުބާރު އޮވެގެނެއް ނޫން." އޭނާ ވިދާޅުވިއެވެ.

މޮސްޓާ ވަނީ ޝޭހު އިމްރާން އަކީ ދެ ފުށް ދެގޮތް ޖާހިލެއް ކަމަށް ވެސް ސިފަކުރައްވާފައެވެ.

އެގޮތުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ސަނާކީ ނަމަވެސް މާދަމާ މި ސަރުކާރާއި ދިމާއަށް ވެސް ފާޑު ކިޔާ މަންޒަރު ފެންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި އެފަދަ މީހަކު މަޤާމުގައި ބަހައްޓަން ހެޔޮ ނުވާނެ ކަމަސް ވެސް މޮސްޓާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރިމް

    ހާދަ ބޮޑު ތެދެކޭ! ތީ ހަގީގަތަކީ! ވ ކެރޭ މެންބަރެއް! ވާ ވާ!

    31
    1
  2. ސްނޭޕް

    ހުދު މިމީހުން ވެސް ގަބޫލު ކުރޭ މިމީހުން އޭރު ކުރީ ބަގާވާތެއް ކަން

    2
    10
  3. ދަރަނި ދަންތުރަ

    ލަނޑަޔާ ވާނީ ލަނޑަޔާ

    3
    1
  4. އައި

    ސިއްކަ އާއިލާޔާ އިމްރާނާ ވީމަ ތިއޮތީ ވެފަ...

    4
    1