ހެލްތު މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އަށް ރުހުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި މައްސަލަ ދިރާސާކޮށް ނިންމައި ނަސީމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިނިސްޓަރު ނަސީމަށް ރުހުން ދިނުމަށް މަޖިލީހުން ފާސް ކުރީ 66 ވޯޓުންނެވެ. ނަސީމަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީހަށް ނުވަތަ ކެބިނެޓަށް މިނިސްޓަރަކު އައްޔަން ކުރެއްވުމަށް ފަހު، އެ މިނިސްޓަރަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ވާނެއެވެ.
ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރައްވަން ދެން މި ސަރުކާރުގައި ނަސީމް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ވެސް ނަސީމް އަދާ ކުރެއްވިއެވެ. ނަސީމަކީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅެކެވެ.
ހެލްތު މިނިސްޓަރު ކަމަށް ނަސީމް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ. އަމީން އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
އެހެންކަމުން ޖޭޕީއަށް ގޮނޑިއެއް މަދުވެ، އެމްޑީޕީއަށް ކެބިނެޓްގައި އިތުރު ގޮނޑިއެއް ވަނީ ލިބިފައެވެ. ރައީސް ސޯލިހް ވިދާޅުވެފައިވާ ގޮތުގައި އެ ގޮތަށް އަމަލު ކުރެއްވީ ވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް އެ ކަމަށް އެއްބަސްވެވަޑައިގަތުމުންނެވެ.
ހެލްތު މިނިސްޓަރުގެ މަގާމުން އަމީން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ބައެއް މެންބަރުން ބައިވެރިވެގެން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަަޖިލީހަށް ވައްދާފައިވަނިކޮށެވެ.
އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް އެމްޑީޕީގެ ބައެއް މެންބަރުން ވެއްދީ، ކޮވިޑް-19ގެ ބަލީގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގައި އަމީން ވެސް ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެއެވެ.
އަމީން މަގާމުން އިސްތިއުފާ ދެއްވިއިރު، ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވިއެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް ނިންމީ ދައުވާ ނުކުރުމަށެވެ.
ބޮޑު ބާގީއެއް
މި ކެރަފާ އެއްޗެހިންގެ ކިބައިން މި ގައުމު ސަލާމަތްވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު
އެކެރަފާ، މިކެރަފާ، އެތާ ކެރަފާ، މިތާ ކެރަފާ، ކުރިންވެސް ކެރަފާ، މިހާރުވެސް ކެރަފާ، އަދިވެސް ކެރަފާ، ދެންވެސް ކެރަފާ، ކެރަފާ ކެރަފާ ކެރަފާ، ދެންވެސް ކިޔަނީ ބާގީ ކެރަފާ
މުސްލިމުންނަކީ މުސްލިމުންގެ ގައިގާ ހުންނަ ސިފަތައް ހުންނަން ޖެހޭނޭ ބައެކެވެ. އިންސާނަކަށް ކުރެވޭ ކުށް ތަކުގެ ތެރެއިން ޢަފޫ ނުކުރައްވަނީ ޝަރީކު ކުރުން ކަމުގައި ބުނެއުޅެއެވެ. މުސްލިމުންނަކީ 3 ދުވަހަށް ވުރެ އިތުރަށް މަޢާފު ނުކޮށް ތިބެންވާނޭ ބައެއް ނޫނެވެ. ނަސީމް އަށް ކުރެވުނު ކުށަކީ މާ ކުރީގެ ކަމެކެވެ. މިއަދު މިއީ އެހެން ދުވަހެވެ. މިއަދު ގެ ޙުކޫމާތުން ބަލާ ނަމަ، ނަސީމް އަކީ ސަރުކާރުން ޙަވާލު ކުރެއްވި ކޮށްމެ ކަމެއްވެސް އޭގެ ފުރިހަމަ ގޮތުގައި، މައްސޫލިއްޔަތު ޢަދާ ކުރެއްވި ބޭފުޅެކެވެ. އެއަރޕޯޓު ގައެވެ. ފޮރިން މިނިސްޓްރީ ގައެވެ. އަޅުގަނޑުމެން އެންމެންނަކީ އަޙުންނާއި އުޙްތުންނެވެ. ތިމާގެ ދުޝްމަން މީހާ އަށް ވެސް މަޢާފު ކުރުމަކީ މުސްލިމުން ގައިގައި ހުންނަން ޖެހޭނޭ މާތް ސިފައެކެވެ.
މިއީ ގައުމަށް ގައްދާރުވި ބޮޑު ގައްދާރެއް ޓޫރިޒަމް ހަލާކުކުރަން ގޮވާލި ނުލަފާ ޖާހިލެއް
ޢަދިވެސް 18 އަހަރު ނުފުރޭ ބާލިދީ ހިއްލާނުލެވޭ.