29 ރަށެއްގައި އައުޓްޑޯރ ޖިމް އިންސްޓޯލް ކުރުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމް ކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 29 ރަށެއްގެ ޖިމްތަކެތި ގެންގޮސް އިންޓޯލް ކުރުމަށް ހަވާލުކޮށްފައި ވަނީ ކްރިޒިނޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާ އެވެ.

އެކަމުގެ އެއްބަސްވުުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީއެވެ. އަދި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިނާޔަތު ތައުފީގްއެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،422،320.00 ރުފިޔާއަށެވެ. މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

އއ. ހިމަންދޫ
އއ. އުކުޅަސް
އއ. ތޮއްޑޫ
ދ. މީދޫ
މ. ވޭވަށް
މ. ނާލާފުށި
ފ. ދަރަނބޫދޫ
ފ. ފީއަލި
ތ. ހިރިލަންދޫ
ތ. ކިނބިދޫ
ތ. ކަނޑޫދޫ
ލ. މާވަށް
ލ. މާބައިދޫ
ލ. އިސްދޫ
ލ. ފޮނަދޫ
ލ. ހިތަދޫ
ލ. މާމެންދޫ
ލ. ގަން
ގއ. ކޮލަމާފުށި
ގއ. ކަނޑުހުޅުދޫ
ގއ. ކޮނޑޭ
ގއ. ދާންދޫ
ގދ. ގައްދޫ
ގދ. ތިނަދޫ
ގދ. ހޯޑެއްދޫ
ޏ. ފުވައްމުލައް
ސ. މަރަދޫ
ސ. ހިތަދޫ
ސ. މަރަދޫ-ފޭދޫ

މީގެ ކުރިން 32 ރަށެއްގައި ޖިމް އެޅުމަށް ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަނާޒާ

    އައުޓްޑޯގައި ފާހާނަ ތަށި ބަހައްޓަދެއްވާ. ކަލޭމެންނަށް ފަހަރެއްގައި މިކަކަންވެދާނެ

  2. ތާކިހާ

    ސަރުކާރުން ރައްޔިތުންނަށް މަލާމާތްކުރަނީ # ސާބަހޭ އަގަފޮޅިސަރުކާރު

  3. މައިކް

    ރައިތުން ހާލުގަޖެހުނީމަ ދޭނެފައިސާއެއްނެތްދޯ

  4. Mh

    Thoddoo

  5. Mh

    Thoddoo 👮👮👮👮👮👮👮👮👮

  6. Please

    Thoddoo police service 👮👮👮👮👮👮👮

  7. Hi

    Thoddoo police station 👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮👮

  8. ކުކުޅާ

    4މިލިޔަން ވާވާވާ ހަމއެކަނި ފިކްސް ކޮށްލަން