ބޭ އޮފް ބެންގަލް ސަރަހައްދުގައި މިވަގުތު އުފެދިފައިވާ ޑިޕްރެޝަން ތޫފާނަކަށް ބަދަލުވެ، އޭގެ އަސަރު ރާއްޖެ އަށް ނުސީދާ ގޮތަށް ކޮށްފާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ބޭ އޮފް ބެންގަލް ސަރަހައްދުގައި މި ވަގުތު އުފެދިފައިވާ ޑިޕްރެޝަން، ތޫފާނަކަށް ބަދަލުވެ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޓަމިލް ނާޑޫ އަށް އެރުން އެކަށީގެންވާ ކަމަށެެވެ.

އެ ތޫފާނަށް އަދި ނަމެއް ދީފައެއް ނުވެއެވެ. ތޫފާނަށް ނަން ދޭ ލިސްޓުގައި ބުނާގޮތުން އެ ތޫފާނަށް ކިޔަނީ ނިވާރް އެެވެ.

މި ތޫފާން ޓަމިލް ނާޑޫ އަށް އެރި ނަމަވެސް އޭގެ އަސަރު ރާއްޖޭގެ ދެކުނާއި މެދު ރާއްޖެތެރެއަށް ކުރާނީ ނުސީދާ ކޮށް ކަމަށް މެޓްގެ އޮފިޝަލް ވިދާޅުވިއެވެ. އަދި ތޫފާން ދަތުރު ކުރަމުން ދަނީ ހުޅަނގު ދެކުނުން ރާއްޖެއާއި ދުރަށް ކަމަށްވެސް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ތޫފާން ނިވާރުގެ އަސަރު ކުރަން ފަށާނީ އަންނަ ބުދަ ދުވަހު ކަމަށާއި މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހު ކަމަށެވެ.

މި ތޫފާންގެ އަސަރު ރާއްޖެއަށް ނުސީދާ ގޮތަށް ކުރާނެ ކަމަށް މެޓުން ބުނެފައިވާއިރު، މީގެ ކުރިންވެސް ރާއްޖެ ސަރަހައްދުގައި ތޫފާންތައް އުފެދި އޭގެ ނުސީދާ އަސަރު ރާއްޖެއަށް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. :^/

    އުތުރަށް ކުރާނީ ސީދާ އަސަރުތަ؟

  2. އަރީ

    އެތޫފާނަށް ކިޔަނީ ޑިޕްރެޝަން ނުސީދާ