ކައުންސިލާ މަޝްވަރާ ނުކޮށް ފެނަކައިން ނަޖިސް ހޮޅި އަތިރިމައްޗަށް ވާގޮތަށް ދޫކޮށްލުމުން މ.މުލީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

''ވަގުތު'' އަށް މައުލޫމާތު ދެއްވަމުން މުލީ ކައުންސިލް މެންބަރު އިބްރާހިމް ޒަކީ ވިދާޅުވީ އެރަށުގެ ނަޖިސް ހޮޅި މީގެ ކުރިން އޮންނަނީ ކަނޑަށް ވާގޮތަށް އަޅާފައި ކަމަށެވެ. އެހެނެ ނަމަވެސް މިހާރު އެ ހޮޅި އޮތީ އަތިރިމައްޗަށް ވާގޮތަށް ބުރިކޮށްލާފައި ކަމަށާއި މިއީ ކައުންސިލުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި މިހާރު ނަޖިސް ހޮޅި އަޅާފައި އޮންނަނީ އާންމުންވެސް ގޮސް އުޅޭ ސަރަހައްދަކަށްކަން ފާހަގަކުރައްވައި ޒަކީ ވިދާޅުވީ، މިކަމުގެ ސަބަބުން އަތިރިމަތި ވެސް ވަރަށް ބޮޑަށް ހަޑިވެފައިވާ ކަމަށާއި، ކޮންމެ ތަނަކުން ކުރި ނަމަވެސް މިއީ ވިސްނުންތެރިކަމާއި އެކު ކުރުން މުހިންމު ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން އާންމުންނަށް އުނދަގޫވާތީ ދެފަރާތަކުން މިހާތަނަށް ކައުންސިލަށް ރިޕޯޓުކޮށްފައިވާކަން ޒަކީ ފާހަގަކުރެއްވިއެެވެ.

ފެނަކައިން މިކަން ކުރުމުގެ ކުރިން އެއްވެސް ވަރަކަށް ކައުންސިލާ މަޝްވަރާކޮށްފައި ނުވާކަމަށް ޒަކީ ވިދާޅުވިއެެވެ. އޭނާ ވިދާޅުވީ މިފަދަ ކަންކަން ކުރުމުގެ ކުރިން ރަށުގެ ކައުންސިލާއި އާންމުންގެވެސް ހިޔާލު ހޯދުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި މިކަން އެހާ ގިނަ ބަޔަކަށް ފާހަގަވެފައި ނުވި ނަމަވެސް، މިކަމުގެ އުނދަގޫ ކައިރި މުސްތަގުބަލެއްގައި ފޯރާނެ ކަމުގެ ބިރު އޮތް ކަމަށް ޒަކީ ވިދާޅުވިއެވެ.

"އާންމުންނަށްވެސް އުނދަގޫ ވާގޮތަށް، އަދި ރަށުގެ ސާފުތާހިރުކަން ވެސް ގެއްލޭ ގޮތަށް ކޮށްފައި އޮތް ކަމެއް މި ކަމަކީ. މިއީ މުލީ ކައުންސިލްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ހަގީގަތުގައި" ޒަކީ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން މުލީ ފެނަކަ މެނޭޖަރު ހަސަން ސޮބާހު އަށް ގުޅި ނަމަވެސް އޭނާގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ފެނަކަ އިން ނަރުދަމާގެ ކަންކަން ބަލަހައްޓާ އެހެން ބައެއް ރަށްރަށުގައި ވެސް މިފަދަ ކަންކަން ދިމާވުމުގެ ޝަކުވާ ރައްޔިތުން ގެންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކ

    އެޖެންޑާ 19 ވަރަށް ތަފާތުވާނެ ރަށްވެހި ފަތިސް ތިޔަ ފެންނަނީ އޭގެ މާނައަކީ އެންމެން ދެން ބޮޑުކަމު ހާޖަތައް ދާންޖެހޭނީ އެތިރި މައްޗަށޭ... އަދިވެސް މިވެރިންނަށް ވޯޓް ދޭތި އޭރުން ޖަޒީރާ ވަންތަ ދިރި އުޅުން ފެނިގެންދާނެ

    12
    1
  2. ހުސޭނުބޭ

    އައިއެސްއޯ ސްޓޭންޑަށް ހިންގާ ކުންފުނިތަކުން ނަޖިސް ހޮޅި އޮންނާނީ ޖަޒީރާނަތްކޮށްފައި!

    7
    1
  3. ބުއްޅަބޭ

    ރައްޔިތުން ފަރުދީ ޒިއްމާ އުފުލައި ހޮޅިއަށް ހަޑި، ނަޖިސް އަންނަ ގޮތަށް ކަންކަން ނުކޮށް ތިބީމަ ހޮޅިން އެކައްޗެއްވެސް ބޭުނުވާނެ އަދި އުނދަގުލެއްވެސް ނުވާނެ

  4. ޅަބޭ

    އާޗާ، ކިހާ ރީތި. ދެން ތިތާކައިރީ ބީޗުކުޑަ ޖަހާފަ ގެސްޓުހައުސްއެއް ހިއްލާލާފަ، ގެސްޓުން ގެނެސް ރައްފުރާލާ. ދެން ފާލަން ދޮށުގަޖަހާ "ބިއޫޓިފޫލް މޯލްޑިވްސް، އޯލްވޭސް ނެޗުރަލް". ވަރައް ފައްކާވާނެ.

  5. ޒާ

    ރާއްޖެ ތަރައްގީ ނުވާއިރު ބޮޑުކަމުގޮސް އުޅުނީ އަތިރިމައްޗަށްނޫންތޯ؟ ދެން އެމްޑީޕީ ވެރިކަމާ ހަވާލުވީ ރަށްވެހި ފަތިސް ސިއާރުގެ ދަށުން. އެހެންވީމާ ކޮބައިތޯ މައްސަލައަކީ؟ ރަށްވެހި ފަތިސްގެ އަސަރު ތިފެންނަނީ.

    3
    1
  6. ފަލަކް

    އޯ، މަމެންގެ ނަލަ ނަލަ މުލި، މިދަރަޖައަށް ވައްޓާލުމުގެ ޙައްޤެއް ޞޮބާޙަކަށް ނޯންނާނެ،
    ހަމަ މިހާރުން މިހާރަށް ވަޤްތުން ވަޤްތަށް މިކަން ޙައްލުކުރުމަށް ޞޮބާޙުއަށް ގޮވާލަން.
    ކޯޗެއް ހަދާންތަ ތިއުޅެނީ!

    3
    1
  7. ީިއިކްރާމް

    ސޮބާހް އެއީ އަޅުގަނޑުގެ ބާރުން އެތަނަށް ލީ މީހެއް،އެބޭފުޅާ އެ ހައްދަވަނީ ރަނގަޅަށް.