އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ގްރޫޕަކުން ބިރު ދައްކައި ޖިންސީ ގޯނާކުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އަޕަ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަން ކަށަވަރުކޮށްދިން ނަމަވެސް މައްސަލަ އާއި ގުޅޭ މައުލޫމާތެއް ފުލުހުން ނުދެއެވެ.

ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިންގެ ވަނަވަރާއި ރަށް ފުލުހުން ހާމައެއް ނުކުރެއެވެ. މިހާދިސާ ހިނގީ ކޮން ރަށެއްގައި ކަން "ވަގުތު" އަށް ކަށަވަރުވި ނަމަވެސް ކުޑަކުއްޖާގެ ވަނަވަރު ހާމަވެދާނެތީ ރަށުގެ ނަން ވަނީ ސިއްރު ކުރަން ނިންމާފައެވެ.

އެރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރީ އެ ރަށަށް ދިޔަ ބަޔަކާއި ރަށުގައި އޮންނަ ގްރޫޕެއްގެ ބަޔަކު ގުޅިގެން ކަމަށް ރަށުތެރޭގައި ވާހަކަދެކެވެއެވެ.

ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިބްރާ

    ކުޑަކުޑަ ކަމެއް. އާއްމުކޮށް މަގުމަތިގައިވެސް ހިނގާޒާތުގެ ކަމެއް. މި ސަރުކާރުގެ ޒަޢާމަތުގައި މިފަދަ ފާޙިޝްކަމެއް ނުބެލޭނެ. އިންސާނީ ހައްގު ކަށަވަރުވަނީ ކެނެރީގޭ ނަޝީދަށް އެކަނި މިގައުމުގައި. އޭނާ ކަސްރަތަށް ދާއިރުވެސް ދައުލަތުގެ 6 ސިކިއުރިޓީން އޭނާގެ ވަށައިގެެން ތިބެންޖެހޭ.

    21
    2
  2. އަންނި

    އިނޑިޔާގެ ސަގާފަތް މިތާ އާލާކޮއް ދިރުވުމަކީ އަޅުގަނޑުމެންގެ އުއްމީދަކީ.

    8
    6
  3. ޖަޒީރާވަންތަ ކެހެރިނުފަޅާ ޖަނަވާރު

    ހޯރަ އިއްބެ ނޫންވީމަތަ މައްސަލައަކަށް ވީ

    17
    2
  4. ބަކަރި

    މަ ހީކުރީ ކުޑަކުދިން ނޮޅާކާ މީހުން މިނިވަންކުރާ ސަރުކާރެއްކަމައް މިއޮތީ..

    15
  5. ގެރިމޯދީ

    ގޭދޮށު ގަރުދިޔަ ފެކްޓަރީތައް އަޅާތީ ވާގޮތެއްދޯމީ.. ސްޓިކާ ސަރުކާރު އިސްތިއުފާ

    18
    1
  6. ޖަޒީރާ ފުޅަ

    މަ ހީކުރީ ޖަޒީރާ ރާއްޖެ މީހުނަށް މައްސަލައަކަށް ނުވާކަމަށް އެއްވެސް ކުށެއްކުރީމަ.. ނުބައި ތަނެއްގަ ސައިކަލު ޕާރކު ކުރީމަ އެކަނި ކަމަށް ކުއްވެރިވަނީ.. މި ސަރުކާރަކި ޖެހިފައޮތް ބޮޑުބަލާވެރިކަމެއް

    17
    1
  7. ޕާކިން ސްޓިކާ

    ދެން އެމްޑިޕީ ގުންޑާއިން ބުނެފާނެ މިވެސް ކުރީ ސަރުކާރުން ކުރިކަމެކޭ

    19
    1
  8. ބަކަރި

    ރޭޕް ސަރުކާރު އިސްތިއުފާ

    21
    1
  9. ޜަސީދު

    ކިހިނެއްބަ ވާނީ ! ކައުންސިލް ނައިބުރައިސްގެ އެއްބަނޑު އެއްބަފާ ކޮއްކަ އަކާ އަދި ދެބެންގެ ދެދަރި ސޮރަކް ވެސް ގުރޫޕުގަ ހިމެނޭ

    6
    3
  10. ކުޑަކުދިން

    ޢަންހެން ކުއްޖާ ބޮޑުވަނީ ކިހިނެއް ވީމަތަ؟ ކުޑަ ކުއްޖެކޭ ކިޔާފަ އޯކޭ ދޯ ހުރިހާ ފިރިހެނުން ކައިރިއަށް ވަދެ ކޮންމެ ކަމެއް ކުރިޔަސް. މައްސަލައަކަށް ވަނީ ފިރިހެން މިހާ. ކުޑަ ކުއްޖެއް ވިއްޔާ ގެއަށް ހިލޭފިރިހެނުން ވައްދާ އެކުއްޖާ އާއެކު އެކަހެރިވާން އޯކޭވެގެން ތިބި ކުއްޖާގެ ބެލެނިވެރިންގެ ޒިންމާ ކޮބާ؟

    7
    4
  11. މުސްބެ

    ޢަރުވައިގެން އުޅޭ ޢަޑޭޢޤ

  12. މުޝައްރަފް

    ކީއްވެ ކޮމެންޓް ނުޖެހީ
    ތިޔައިން އެނގެނީ ބެލެނިވެރިޔާ އިހުމާލުވެފަ އޮތްކަން 18 އަހަރު ނުފުރޭތީ މައްސަލައަކީ އެ ހެޔޮ ތިން ހަތަރު ފިރިހެނުންނާއެކު ގުޅުން ހިންގާ ސްނެޕުން އޮރިޔާން ފޮނުވިޔަސް

    2
    1