23:38

ކޮވިޑް-19: އިނގިރޭސިވިލާތާއި އިޓަލީވިލާތުން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެ.

22:03

ރާއްޖެ އިން އިތުރު 52 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ.

21:36

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓްތައް ކެންސަލްކޮށްފި ކަމަށްބުނެ ފަތުރަމުން ގެންދަނީ ދޮގު ޚަބަރެއް ކަމަށް މޯލްޑިވިއަން އިން ބުނެފި.

20:55

ކޮވިޑް-19 ހުރިކަން ދެނެގަތުމަށް ހަދާ ޓެސްޓުގެ ނަތީޖާ ނައްސި (ނެގެޓިވް) ވުން އެއީ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް ނަގަން ޖެހޭ ކަމެއް ނޫން ކަމަށް އެމެރިކާގެ ޑޮކްޓަރަކު ބުނެފި.

19:28

ށ. ފޯކައިދޫން ކޮވިޑް-19 އަށް ފައްސިވި އަންހެނަކު، ކަރަންޓީން އުސޫލާއި ހިލާފަށް ގިނަބަޔާކައި ބައްދަލު ކުރި ކަމަށް އެރަށު ކައުންސިލުން ބުނެފި.

16:30

16:04

"އޯ" ގްރޫޕުގެ ލޭ ހުންނަ ފަރާތްތަކަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ކުޑަ ކަމަށާއި ބަލީގެ ސަބަބުން ލިބޭ ނުރައްކާވެސް ކުޑަ ކަމަށް ދިރާސާއަކުން ދައްކައިފި.

14:14

ބ. ދަރަވަންދޫގެ ރައްޔިތުންގެ ހިތްހަމަ ނުޖެހުމާއި ގުޅިގެން އެރަށުގެ ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެނައުން ކައުންސިލުން ހުއްޓާލައިފި.

14:08

ވާޗުއަލްކޮށް ރަތް ރިބަން ބޭނުންކޮށްގެން އެއިޑްސް ދުވަސް ފާހަގަކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ.

14:07

އޮސްޓްރޭލިއާގެ ސްޓޭޓެއް ކަަމަށްވާ ވިކްޓޯރިއާއަކީ ކޮވިޑް-19 އިން ރައްކާތެރިވެފައިވާ ތަނެއްގެ ގޮތުގައި ކަނޑައަޅައިފި.

13:13

09:06

އޮކްސްފޯޑްގެ ވެކްސިން ބޭނުންކުރަން ޑަބްލިއުއެޗްއޯގެ ހުއްދައަށް އެދެން ތައްޔާރުވަނީ!


ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަދުކަމަށް ބުނެ ބައެއް މީހުން ބައްޔާއިމެދު ފަރުވާ ކުޑަކުރެއެވެ. ނަމަވެސް މުޅި ދުނިޔެ އިން ފެންނަ މަންޒަރަކީ ވެސް އެޑްމިޓް ކުރަން ޖެހޭ "މަދު އަދަދު" ގިނަވެގެން ގޮސް ހޮސްޕިޓަލްތަކަށް ނުކަތައިގެން އެތައް ބަޔަކު މަރުވާން ދޫކޮށްލަން ޖެހޭ މަންޒަރެވެ.

އެންމެ ބޮޑަށް ކުރިއަރާފައި އޮތް އެމެރިކާ އާއި ސިއްހީ ނިޒާމު އެންމެ ފުރިހަމަ ޖަރުމަންވިލާތް ފަދަ ގައުމުތަކުގައި ވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭ ކޮވިޑް-19 ބަލި މީހުންގެ އަދަދު އިތުރުވެ ދަނީ ގޮތްހުސްވަމުންނެވެ. ރާއްޖޭގެ ހާލަތައް ބަލާއިރު ރާއްޖޭގައި ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

މިހާރު ރާއްޖޭގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ ކޮވިޑް-19 ބަލި މީހުންގެ އަދަދު މިވަނީ 92 އަށް އަރާފައެވެ.

މިއަދަކީ އެޑްމިޓް ކޮށްގެން ފަރުވާދޭ ކޮވިޑް-19 ބަލި މީހުންގެ އަދަދު ރާއްޖޭގައި ޖެހިޖެހިގެން އިތުރުވި ނުވަވަނަ ދުވަހެވެ. މިއަދަކީ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހަށް ފަހު ރާއްޖޭގައި އެޑްމިޓް ކޮށްގެން ފަރުވާދޭ ކޮވިޑް-19 ބަލި މީހުންގެ އަދަދު އެންމެ ގިނަވި ދުވަހެވެ.

އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ކޮވިޑް-19 ބަލި މީހުންގެ އަދަދު އިތުރުވުން އެއީ އެންމެ ބޮޑު ނުރައްކަލެވެ. އައިސީޔޫ އާއި އޮކްސިޖަން ދެވޭނެ ވަސީލަތްތަކާއި އަދި ހޮސްޕިޓަލްތަކުގެ ޖާގައާއި ފަރުވާ ދޭން ތިބި ނަރުހުންނާއި ޑޮކްޓަރުންގެ އަދަދަށް ބަލާއިރު ވެސް ބަލި މީހުންގެ އަދަދު އިތުރުވަމުން ދާނަމަ ކަންކަން ރަނގަޅަށް ކުރިއަށް ގެންދަން ދަތިވެ ބިރުވެރި ނަތީޖާއެއް އަޅުގަނޑުމެންނާއި ބައްދަލުކޮށްފާނެއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިއަދު 12758 އަށް އަރާފައެވެ. އޭގެ ތެރެއިން 11615 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑް-19 ޖެހިފައި 1090 މީހުން އެބަތިއްބެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގެރި

    މިސަރުކާރުގެ ބަލާވެރިކަން ތީ ވެސް

    15
    2
  2. ގެރި

    ހާދަ އުފާވެރިވާނޭ ލޮކްޑައުންކޮށްފިއްޔާ މި އެޗްޕީއޭ އެންމެން ފައްސި ވެއްޖިއްޔާ.. މިހާރު ބޮޑު ވަބާއަކަށްވެއްޖެ މި ލޮކްޑައުން އަކާ އެއްޗެހި. މި ޖެހެނީ ނުކައިނުބޮއެ އޮންނަން ލޮކްޑައުން ކުރީމަ

    11
    10
  3. ޙަހަހަހ

    އަދަދުތައް މައްޗަށް ޖައްސާލީ ބިރުންތޯ. ޢަހަރުމެންނަށް އެނގޭ ތިކުޅޭ ގޭމް

    13
    2
  4. އަންނި

    އަޅުގަނޑުމެން މިހާރު ދަސްކޮށްފިން ކޮވިޑާ އެކު ދިރިއުޅެން މަޖިލިސްތެރޭވެސް ބޭނުން ގަނޑެއް މިގަންނަނީ އެކަކައްވެސް ކޮވިޑް ނުޖައްސާ.

    1
    2
  5. މާޟީ

    އިދިކޮޅު މީހުން މުޒާހަރާ ކުރަން ބުނީމަ އަވަހައް މައްޗައްޖައްސާލީ މައިމޫނާ ގަދަ ކިހާދުވަހަކައް ހިފަހައްޓާލެވޭނެބާ؟؟؟؟

  6. ކޮވިޑް

    މީދެން ހަމަ ޖާދޫ އަކަށް ވެއްޖެ. މިހާރު ޕޮސިޓިވް ތި ގިނަވަނީ އިންދި ކޮޅުން މުޒާހަރާ އެއް ކުރަން އުޅޭ ވާހަކަ ބުނީމަ މިމަހު 28 ނިމޭރަށް އަނެއްކާ ކޮވިޑް ނަމްބަރ ތިރިވާނެ. މައިމޫނާ އަޅެ މަޖީދީ މަގައް ނުކުލާބަލަ މުޒާހަރާ އަކަށް ވުރެ މީހުން ގިނަވާނެ. ވެއްޓިދާނެތީ ހާދަ ބިރެކޭ ދޯ ތި ގަންނަނީ؟ބިރުވެރިވެބަލަ ﷲ އަށް ، ދޮގުހަދާ ރައްޔަތުން ކަސްތޮޅު އަޅުވާފަ ބައިތިއްބާކަށް ބިރެއް ނުގަނޭ! ވެރިކަން ވެއްޓިދާނެތީ ބިރުން ތެޅި ފޮޅެނީ ......

  7. އިންސާފު

    ސަރުކާރަށް ފާޑު ކިޔާ މަގުމަތި ހަރަކާތް ތަށް ގިނަކުރަން ގޮވާލުމާއި އެކު ޕޮޒެޑިވު މަށްޗަށް. މި ވާ އެއްޗެއް ނޭގުނު.